Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރައީސް ޓްރަމްޕް

އެމެރިކާގެ ރައީސް ޓްރަމްޕްގެ އަތްޕުޅުގައި ނޫފައިގެންފައި ހުރި ނިޝާންތަކެއް ފެނުމާ ގުޅިގެން އެއީ މޭޒެއްގައި އަތްޕުޅު ޖެހިގެން ދިމާވި ކަމެއް ކަމަށް އޭނާ ވިދާޅުވެއްޖެ

23 ޖެނުއަރީ 2026 | ހުކުރު 05:02

އުމުރުން 79 އަހަރުގެ ޓްރަމްޕަކީ އެމެރިކާގެ ތާރީޚުގައިވެސް މަގާމާ ހަވާލުވި އެންމެ ދޮށީ ރައީސް ކަމަށްވާއިރު، އޭނާގެ އަތްޕުޅުން ފެންނަ މިފަދަ ނިޝާންތަކާއި، ފައިންޕުޅު ދުޅަވުމާއި، އަދި ބައެއް ރަސްމީ ޖަލްސާތަކުގައި ނިދިޖެހޭ މަންޒަރު ފެނުމުން އޭނާގެ ސިއްހީ ހާލަތާ މެދު ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުން.

ރާއްޖެ އެމްވީ | 23 ޖެނުއަރީ 2026 | ހުކުރު 05:02
ޑާވޯސް ގައި "ބޯޑް އޮފް ޕީސް" އިނިޝިއޭޓިވްގެ ޗާޓަރު އިއުލާނު ކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަތްޕުޅުގައި ނޫފައިގެންފައިވާ ތަނެއް ވަނީ ފާހަގަ ވެފައި - ޖެނުއަރީ 22، 2026.

ޑާވޯސް ގައި "ބޯޑް އޮފް ޕީސް" އިނިޝިއޭޓިވްގެ ޗާޓަރު އިއުލާނު ކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަތްޕުޅުގައި ނޫފައިގެންފައިވާ ތަނެއް ވަނީ ފާހަގަ ވެފައި - ޖެނުއަރީ 22، 2026. | ރޮއިޓަސް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަތްޕުޅުގައި ނޫފައިގެންފައި ހުރި ނިޝާންތަކެއް ފެނުމާ ގުޅިގެން އޭނާގެ ސިއްހީ ހާލަތާ މެދު ގިނަ ބައެއްގެ މެދުގައި ސުވާލު އުފެދުނު ނަމަވެސް، އެއީ މޭޒެއްގައި އަތްޕުޅު ޖެހިގެން ދިމާވި ކަމެއް ކަމަށް ވިދާޅުވެ 79 އަހަރުގެ ރައީސް އެ ވާހަކަތައް ދޮގުކުރައްވައިފި އެވެ.

ވައިޓް ހައުސް އަށް އެނބުރި ވަޑައިގަތް ފަހުން ޓްރަމްޕްގެ ކަނާތްޕުޅުން މިފަދަ ނޫފައިގަތުމުގެ ނިޝާންތައް ގިނަގިނައިން ފެންނަމުން ދާއިރު، ގިނަ ފަހަރަށް އެ ނިޝާންތައް ފޮރުއްވަނީ ބެންޑޭޖް ނުވަތަ މޭކަޕް ބޭނުންކުރައްވައިގެންނެވެ.

ވައިޓް ހައުސް އިން ހާމަކުރި ގޮތުގައި، މިކަން މިހެން ދިމާވަނީ ގިނަގިނައިން މީހުންނާ ސަލާމްކުރެއްވުމުގެ ސަބަބުންނާއި، ހިތުގެ ދުޅަހެޔޮކަމަށްޓަކައި ބޭނުންކުރައްވާ އެސްޕިރިން ބޭހުގެ ސަބަބުން ހަންގަނޑު ތުނިވެ ނޫފައިގަތުމަށް ފަސޭހަވާތީ ކަމަށެވެ.

ނަމަވެސް، ސްވިޒަލޭންޑްގެ ޑާވޯސްގައި ބޭއްވުނު ވޯލްޑް އިކޮނޮމިކް ފޯރަމްގައި ނަގާފައިވާ ފޮޓޯތަކުން ފެންނަނީ، މިފަހަރު ޓްރަމްޕްގެ ވާތްޕުޅުގައިވެސް އެފަދަ ކުލަގަދަ ނޫފައިގަތުމުގެ ނިޝާންތަކެއް ހުރި މަންޒަރެވެ. މިއީ ޓްރަމްޕް އިސްނަންގަވައިގެން ފެއްޓެވި "ބޯޑް އޮފް ޕީސް" އިނީޝިއޭޓިވްގެ ރަސްމިއްޔާތުގެ ތެރެއިން ނަގާފައިވާ ފޮޓޯތަކެކެވެ. މި ފޮޓޯތައް ސޯޝަލް މީޑިއާގައި ވަރަށް ބާރަށް ފެތުރިގެން ދިޔަ އެވެ.

އެއަރ ފޯސް ވަންގައި ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން ޓްރަމްޕް ވިދާޅުވީ، އެއީ މޭޒެއްގައި އަތްޕުޅު ޖެހިގެން ވީކަމެއް ކަމަށެވެ. އަދި ހިތުގެ ބަލިން ރައްކާތެރިވާން ބޭނުން ނަމަ އެސްޕިރިން ބޭނުންކުރުމަށާއި، ނަމަވެސް އޭގެ ސަބަބުން ކުޑަކޮށް ނޫފައިގަތުން އެކަށީގެންވާ ކަމަށް އޭނާ ވިދާޅުވި އެވެ. މީގެ ކުރިން ވައިޓް ހައުސް އިން ވެސް ވަނީ މިކަމާ ގުޅޭގޮތުން މިފަދަ މޭރުމަކުން ޖަވާބު ދީފަ އެވެ.

އުމުރުން 79 އަހަރުގެ ޓްރަމްޕަކީ އެމެރިކާގެ ތާރީޚުގައިވެސް މަގާމާ ހަވާލުވި އެންމެ ދޮށީ ރައީސް ކަމަށްވާއިރު، އޭނާގެ އަތްޕުޅުން ފެންނަ މިފަދަ ނިޝާންތަކާއި، ފައިންޕުޅު ދުޅަވުމާއި، އަދި ބައެއް ރަސްމީ ޖަލްސާތަކުގައި ނިދިޖެހޭ މަންޒަރު ފެނުމުން އޭނާގެ ސިއްހީ ހާލަތާ މެދު ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ޓްރަމްޕްގެ ފައިންޕުޅު ދުޅަވަނީ "ކްރޮނިކް ވީނަސް އިންސަފިޝިއެންސީ" ނަމަކަށް ކިޔާ ބައްޔެއްގެ ސަބަބުން ކަމަށް ސަރުކާރުން ވަނީ މިދިޔަ އަހަރު ހާމަކޮށްފަ އެވެ. މިއީ ލޭގެ ދައުރުވުމަށް ދިމާވާ މައްސަލައެއްގެ ސަބަބުން ފައި ދުޅަވެ، މަސްގަނޑަށް ތަދުވާ ބައްޔެއް ކަމަށްވެ އެވެ.

މިދިޔަ އަހަރު ކުއްލި ގޮތަކަށް ހޮސްޕިޓަލަށް ކުރެއްވި ޒިޔާރަތަކާ ގުޅިގެންވެސް އޭނާގެ ސިއްހީ ކަންކަން ސިއްރުކުރާ ކަމުގެ ޝައްކުތަކެއް އުފެދުނެވެ. ނަމަވެސް އޭގެ ހަފުތާތަކެއް ފަހުން ޓްރަމްޕްގެ ޑޮކްޓަރު ހާމަކުރި ގޮތުގައި، އެމް.އާރް.އައި ރިޕޯޓްތަކުން ދައްކާ ގޮތުގައި ރައީސްގެ ހިތާއި ލޭހިނގާ ނިޒާމުގެ ހާލަތު ވަރަށް ރަނގަޅެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްބޯޑް އޮފް ޕީސް

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2026

ޓްރަމްޕް އުފައްދަވާފައިވާ "ބޯޑް އޮފް ޕީސް" ގައި ބައިވެރިވުމަށް ކެނެޑާ އަށް ދީފައިވާ ދައުވަތު އަނބުރާ ގެންދަވައިފި

23 ޖެނުއަރީ 2026
ޓްރަމްޕް އުފައްދަވާފައިވާ "ބޯޑް އޮފް ޕީސް" ގައި ބައިވެރިވުމަށް ކެނެޑާ އަށް ދީފައިވާ ދައުވަތު އަނބުރާ ގެންދަވައިފި
22 ޖެނުއަރީ 2026

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އުފެއްދެވި "ބޯޑް އޮފް ޕީސް" ރަސްމީކޮށް އިފްތިތާހް ކޮށްފި

22 ޖެނުއަރީ 2026
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އުފެއްދެވި "ބޯޑް އޮފް ޕީސް" ރަސްމީކޮށް އިފްތިތާހް ކޮށްފި
21 ޖެނުއަރީ 2026

ޣައްޒާ ގެ "ބޯޑް އޮފް ޕީސް" ގައި ބައިވެރިވުމަށް ސައުދީ އަރަބިއްޔާ، ތުރުކީ، މިސްރު، އުރުދުން، އިންޑޮނޭޝިއާ، ޕާކިސްތާން، ގަތަރު އަދި ޔޫއޭއީ އިން އެއްބަސްވެއްޖެ

21 ޖެނުއަރީ 2026
ޣައްޒާ ގެ "ބޯޑް އޮފް ޕީސް" ގައި ބައިވެރިވުމަށް ސައުދީ އަރަބިއްޔާ، ތުރުކީ، މިސްރު، އުރުދުން، އިންޑޮނޭޝިއާ، ޕާކިސްތާން، ގަތަރު އަދި ޔޫއޭއީ އިން އެއްބަސްވެއްޖެ
20 ޖެނުއަރީ 2026

ފްރާންސް ގެ ރައީސް މެކްރޮން އާ އެކު އެއްވެސް މީހަކު މަސައްކަތް ކުރަން ބޭނުން ނުވާ ކަމަށާއި، ވަރަށް އަވަހަށް އޭނާގެ ވަޒީފާ ގެއްލޭނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

20 ޖެނުއަރީ 2026
ފްރާންސް ގެ ރައީސް މެކްރޮން އާ އެކު އެއްވެސް މީހަކު މަސައްކަތް ކުރަން ބޭނުން ނުވާ ކަމަށާއި، ވަރަށް އަވަހަށް އޭނާގެ ވަޒީފާ ގެއްލޭނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
20 ޖެނުއަރީ 2026

ސުލްޙައިގެ ބޯޑުގައި ބައިވެރިވުމުގެ ދައުވަތު ޕުޓިން އަށް ދެއްވާފައިވާ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

20 ޖެނުއަރީ 2026
ސުލްޙައިގެ ބޯޑުގައި ބައިވެރިވުމުގެ ދައުވަތު ޕުޓިން އަށް ދެއްވާފައިވާ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
18 ޖެނުއަރީ 2026

ޣައްޒާގެ ކަންކަމާ ގުޅޭގޮތުން އެމެރިކާ އިން އެކުލަވައިލި ލަފާދޭ މަޖިލީހާ މެދު ހިތްހަމަނުޖެހި، ނަތަންޔާހޫ އޭނާގެ އިއްތިހާދުގެ ބައިވެރިންނާ ބައްދަލުކޮށްފި

18 ޖެނުއަރީ 2026
ޣައްޒާގެ ކަންކަމާ ގުޅޭގޮތުން އެމެރިކާ އިން އެކުލަވައިލި ލަފާދޭ މަޖިލީހާ މެދު ހިތްހަމަނުޖެހި، ނަތަންޔާހޫ އޭނާގެ އިއްތިހާދުގެ ބައިވެރިންނާ ބައްދަލުކޮށްފި
18 ޖެނުއަރީ 2026

ޓްރަމްޕް އުފެއްދި "ބޯޑް އޮފް ޕީސް" ގައި ދާއިމީ މެންބަރެއްގެ ގޮތުގައި ހިމެނުމަށް 1 ބިލިއަން ޑޮލަރު ދައްކަންޖެހޭ

18 ޖެނުއަރީ 2026
ޓްރަމްޕް އުފެއްދި "ބޯޑް އޮފް ޕީސް" ގައި ދާއިމީ މެންބަރެއްގެ ގޮތުގައި ހިމެނުމަށް 1 ބިލިއަން ޑޮލަރު ދައްކަންޖެހޭ
18 ޖެނުއަރީ 2026

ޣައްޒާ ބެލެހެއްޓުމަށް އުފެއްދި ނޭޝަނަލް ކޮމިޓީން އެ ކޮމިޓީގެ މަގްސަދުތައް ހާމަކޮށްފި

18 ޖެނުއަރީ 2026
ޣައްޒާ ބެލެހެއްޓުމަށް އުފެއްދި ނޭޝަނަލް ކޮމިޓީން އެ ކޮމިޓީގެ މަގްސަދުތައް ހާމަކޮށްފި
17 ޖެނުއަރީ 2026

ރޫބިއޯ އާއި ބްލެއާ ހިމަނައި، ޣައްޒާގެ ބޯޑު އޮފް ޕީސް އުފައްދަވައިފި

17 ޖެނުއަރީ 2026
ރޫބިއޯ އާއި ބްލެއާ ހިމަނައި، ޣައްޒާގެ ބޯޑު އޮފް ޕީސް އުފައްދަވައިފި
16 ޖެނުއަރީ 2026

ޣައްޒާ ގެ ވަގުތީ ސަރުކާރު އެކުލަވާލާ، އެ ސަރުކާރަށް ތާއީދު ކުރައްވާ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

16 ޖެނުއަރީ 2026
ޣައްޒާ ގެ ވަގުތީ ސަރުކާރު އެކުލަވާލާ، އެ ސަރުކާރަށް ތާއީދު ކުރައްވާ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް