Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އެމެރިކާ

ޓްރަމްޕް ދަތުރު ކުރައްވަމުން ގެންދެވި އެއާ ފޯސް ވަން، އިލެކްޓްރިކަލް މައްސަލަ އެއް ޖެހި އަނބުރާލަން ޖެހިއްޖެ

ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ކެރޮލިން ލެވިޓް ވިދާޅުވި ގޮތުގައި، ޓްރަމްޕް އާއި އެމަނިކުފާނުގެ މުވައްޒަފުން އަދި ނޫސްވެރިން ހިމެނޭ ގޮތަށް ދަތުރު ކުރަމުން ދިޔަ އެއާ ފޯސް ވަން އަންގާރަ ދުވަހުގެ ރޭ 11:00 ހާއިރު، މެރީލޭންޑްގެ ޖޮއިންޓް ބޭސް އެންޑްރޫސް އަށް އަނބުރާ ޖައްސާފައިވާ ކަމަށް. އަދި އެއީ "ކުޑަ އިލެކްޓްރިކަލް މައްސަލައެއް" ހުރުމުގެ ސަބަބުން ކަމަށް ވެސް ލެވިޓް ވިދާޅުވި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 21 ޖެނުއަރީ 2026 | ބުދަ 08:39
މެރީލޭންޑްގެ ޖޮއިންޓް ބޭސް އެންޑްރޫސްގައި އެއާ ފޯސް ވަން ޖައްސާފައި

މެރީލޭންޑްގެ ޖޮއިންޓް ބޭސް އެންޑްރޫސްގައި އެއާ ފޯސް ވަން ޖައްސާފައި | އޭއެފްޕީ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދަތުރު ކުރައްވަމުން ގެންދެވި އެއާ ފޯސް ވަން އަށް މައްސަލަ އެއް ދިމާވެ އަނބުރާލަން ޖެހިއްޖެ އެވެ.

މި ހާދިސާ ހިނގާފައި ވަނީ ސްވިޒަލެންޑުގެ ޑާވޯސްގައި އޮތް ވޯލްޑް އިކޮނޮމިކް ފޯރަމް އަށް ޓްރަމްޕް ދަތުރު ކުރައްވަމުން ގެންދަވަނިކޮށެވެ. މި ހާދިސާ ހިނގާފައި ވަނީ ޓްރަމްޕް ދަތުރުފުޅު ފެއްޓެވިތާ ގާތް ގަނޑަކަށް އެއް ގަޑިއިރު ފަހުންނެވެ. 

އެމެރިކާގެ ރިޔާސީ ގަނޑުވަރު، ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ކެރޮލިން ލެވިޓް ވިދާޅުވި ގޮތުގައި، ޓްރަމްޕް އާއި އެމަނިކުފާނުގެ މުވައްޒަފުން އަދި ނޫސްވެރިން ހިމެނޭ ގޮތަށް ދަތުރު ކުރަމުން ދިޔަ އެއާ ފޯސް ވަން އަންގާރަ ދުވަހުގެ ރޭ 11:00 ހާއިރު، މެރީލޭންޑްގެ ޖޮއިންޓް ބޭސް އެންޑްރޫސް އަށް އަނބުރާ ޖައްސާފައިވާ ކަމަށެވެ. އަދި އެއީ "ކުޑަ އިލެކްޓްރިކަލް މައްސަލައެއް" ހުރުމުގެ ސަބަބުން ކަމަށް ވެސް ލެވިޓް ވިދާޅުވި އެވެ. 

ފޯރަމް ގައި ބައިވެރިވެ ވަޑައިގަތުމަށް ޓްރަމްޕް ދަތުރު ކުރެއްވީ ބޯއިން 757 އެއްގަ އެވެ. މި ފްލައިޓު ފުރާފައި ވަނީ ބުދަ ދުވަހުގެ މެންދުރު 12:00 ހާއިރު ކަމަށް ބުނެފައިވެ އެވެ. މިއީ ފުރަތަމަ ފްލައިޓު ފުރިތާ ދެ ގަޑިއިރަށް ވުރެ ގިނަ ވަގުތު ފަހުންނެވެ. މި ބޯއިން 757 އާންމުކޮށް ބޭނުން ކުރަނީ ކުދި އެއާޕޯޓު ތަކުން ޤައުމީ ދަތުރުތައް ކުރުމަށެވެ. 

ޑާވޮސްގައި ކުރިއަށްދާ ފޯރަމްގައި ޓްރަމްޕް ބައިވެރިވެ ވަޑައިގަންނަވާއިރު، އެ ފޯރަމްގެ ތެރެއިން ދުނިޔޭގެ ގިނަ ލީޑަރުންނާ ޓްރަމްޕް ބައްދަލު ކުރައްވާނެ އެވެ. އަދި ފޯރަމްގައި ޓްރަމްޕް ތަޤުރީރު ކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ. 

ނޫ ކުލަ އަދި ހުދު ކުލައިގެ ކްލާސިކް ލިވަރީއާ އެކު، އެއާ ފޯސް ވަން އަކީ ދުނިޔޭގެ އެންމެ މަޝްހޫރު ފްލައިޓު ތަކުގެ ތެރޭގައި ހިމެނޭ ފްލައިޓެކެވެ. މިއީ އެމެރިކާގެ ރިޔާސީ ނިޝާނަކަށް ވާއިރު، މި ފްލައިޓަކީ އެމެރިކާގެ ރައީސް ކަމުގައި ހުންނަވާ ބޭފުޅަކު ބޭނުން ކުރެއްވުމަށް ޚާއްސަ ފްލައިޓެކެވެ. މިއީ ސަލާމަތީ ގޮތުން ވެސް ވަރަށް ބޮޑަށް ރައްކާތެރިކަން ދެވިފައިވާ ފްލައިޓެކެވެ.

އެއާ ފޯސް ވަންގެ ގޮތުގައި މިހާރު ބޭނުން ކުރަމުން އަންނަ ދެ ފްލައިޓު ދަތުރު ކުރުމަށް ބޭނުން ކުރަމުން އަންނަތާ 40 އަހަރުވެއްޖެ އެވެ. ބޯއިން އިން މި ފްލައިޓު ތަކަށް ބަދަލު ގެނައުމަށް މަސައްކަތް ކުރަމުން އަންނަ ނަމަވެސް، މި ޕްރޮގްރާމް އަށް ވަނީ ބޮޑު ލަސް ކަމެއް ކުރިމަތިވެފަ އެވެ. 

މި ފްލައިޓު ތަކުގައި ރޭޑިއޭޝަން ޝީލްޑިން އަދި އެންޓި މިސައިލް ޓެކްނޮލޮޖީ ހަރުކޮށްފައިވެ އެވެ. އަދި ދުނިޔޭގެ ކޮންމެ ތާކު އޮތް ނަމަވެސް، ރައީސް އާއި އަސްކަރިއްޔާއާ ގުޅުން ޤާއިމު ކުރެވޭނެ އެވެ. މީގެ އިތުރުން ރައީސް އަށް ބަރާބަލަށް މުވާސަލާތީ ގޮތުން ގުޅުންތައް ކުރިއަށް ގެންދެވޭނެ އެވެ.

މިދިޔަ އަހަރުގެ ތެރޭގައި ޤަތަރުން ވަނީ ލަގްޒަރީ ބޯއިން 8-747 ގެ ޖަމްބޯ ޖެޓެއް ޓްރަމްޕް އަށް ހަދިޔާ ކުރައްވައިފަ އެވެ. އެ ޖެޓު، އެއާ ފޯސް ވަންގެ ފްލީޓަށް އިތުރު ކުރުމަށް، މިހާރު އަންނަނީ ސެކިއުރިޓީ ބޭނުން ތަކަށް ރެޓްރޮފިޓް ކުރަމުންނެވެ. 

މިދިޔަ އަހަރުގެ ފެބްރުވަރީ މަހުގެ ތެރޭގައި އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ އެއާ ފޯސް ވަންގައި ޖަރުމަނަށް ދަތުރު ކުރައްވަމުން ގެންދަވަނިކޮށް، މެކޭނިކަލް މައްސަލައެއް ދިމާވެ، އަނބުރާ ވެރި ރަށް ވޮޝިންޓަން ޑީސީ އަށް އަންނަން މަޖުބޫރުވި އެވެ. 

މަސްދަރު: އަލް ޖަޒީރާ

ރައީސް ޑޮނަލްޑް ޓްރަމްޕްއެއަރ ފޯސް ވަންވޯލްޑް އިކޮނޮމިކް ފޯރަމްކެރޮލައިން ލެވިޓްއެމެރިކާ

ކޮމެންޓް

އިތުރަށް ކިޔާލަން

މެކްރޮން އައިނު އަޅުއްވައިގެން އުޅުއްވަނީ، އިންފެކްޝަނެއްގެ ސަބަބުން ލޮލަށް ލޭ އަރާފައި ހުރުމުން

މެކްރޮން އައިނު އަޅުއްވައިގެން އުޅުއްވަނީ، އިންފެކްޝަނެއްގެ ސަބަބުން ލޮލަށް ލޭ އަރާފައި ހުރުމުން

21 ޖެނުއަރީ 2026
ތެލުގެ ވިޔަފާރިން ވެނެޒުއެލާ އަށް 300 މިލިއަން ޑޮލަރު ލިބިއްޖެ

ތެލުގެ ވިޔަފާރިން ވެނެޒުއެލާ އަށް 300 މިލިއަން ޑޮލަރު ލިބިއްޖެ

21 ޖެނުއަރީ 2026
އަހަރެން މަރާލައިފި ނަމަ، ދުނިޔެ އިން ވެސް އީރާން ފޮހެލާނަން: ޓްރަމްޕް

އަހަރެން މަރާލައިފި ނަމަ، ދުނިޔެ އިން ވެސް އީރާން ފޮހެލާނަން: ޓްރަމްޕް

21 ޖެނުއަރީ 2026
ދުނިޔެ މި މިސްރާބު ޖަހާފައި ވަނީ ހަމައެކަނި ބާރުގަދަ މީހާގެ ބަސް ހިނގާ، އިސްތިއުމާރީ ފިކުރުތައް އަލުން އާލާވަމުންދާ ޒަމާނަކަށް: ފްރާންސްގެ ރައީސް

ދުނިޔެ މި މިސްރާބު ޖަހާފައި ވަނީ ހަމައެކަނި ބާރުގަދަ މީހާގެ ބަސް ހިނގާ، އިސްތިއުމާރީ ފިކުރުތައް އަލުން އާލާވަމުންދާ ޒަމާނަކަށް: ފްރާންސްގެ ރައީސް

20 ޖެނުއަރީ 2026
ފްރާންސް ގެ ރައީސް މެކްރޮން އާ އެކު އެއްވެސް މީހަކު މަސައްކަތް ކުރަން ބޭނުން ނުވާ ކަމަށާއި، ވަރަށް އަވަހަށް އޭނާގެ ވަޒީފާ ގެއްލޭނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

ފްރާންސް ގެ ރައީސް މެކްރޮން އާ އެކު އެއްވެސް މީހަކު މަސައްކަތް ކުރަން ބޭނުން ނުވާ ކަމަށާއި، ވަރަށް އަވަހަށް އޭނާގެ ވަޒީފާ ގެއްލޭނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

20 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

10 ފެބުރުއަރީ
އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް
20242 އަހަރު ކުރިން
ރާއްޖެ

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
20233 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
20197 އަހަރު ކުރިން
ރިޕޯޓު

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
20188 އަހަރު ކުރިން
ރިޕޯޓު

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު