Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އެމެރިކާ

ބިލް ކްލިންޓަން އާއި ހިލަރީ ކްލިންޓަން އަށް ފިޔަވަޅު އަޅަން ކޮމެޓީ އިން ފާސްކޮށްފި

ހައުސްގެ ފުރިހަމަ ތާއީދާ އެކު ފިޔަވަޅު އަޅަން ނިންމައިފި ނަމަ، ޖަސްޓިސް ޑިޕާޓްމަންޓް އިން ނިންމާނީ މި ތުހުމަތުތައް ކުރިއަށް ގެންދިޔުމާާ މެދު ގޮތެއް ނިންމުމަށް.. މިއީ 100،000 (އެއް ލައްކަ) އެމެރިކާ ޑޮލަރާ ހަމައަށް ޖޫރިމަނާ ކުރެވޭނެ މައްސަލަ އެއް. އަދި އެއް އަހަރު ދުވަހުގެ ޖަލު ޙުކުމެއް ވެސް ކުރިމަތި ވެދާނެ މައްސަލަ އެއް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 22 ޖެނުއަރީ 2026 | ބުރާސްފަތި 08:47
އެމެރިކާގެ ކުރީގެ ރައީސް ބިލް ކްލިންޓަން އާއި، އޭނާގެ އަނބިކަނބަލުން އަދި ކުރީގެ ސެކްރެޓަރީ އޮފް ސްޓޭޓް ހިލަރީ ކްލިންޓަން

އެމެރިކާގެ ކުރީގެ ރައީސް ބިލް ކްލިންޓަން އާއި، އޭނާގެ އަނބިކަނބަލުން އަދި ކުރީގެ ސެކްރެޓަރީ އޮފް ސްޓޭޓް ހިލަރީ ކްލިންޓަން | ގެޓީ އިމޭޖަސް

އެމެރިކާގެ ކުރީގެ ރައީސް ބިލް ކްލިންޓަން އާއި، އޭނާ ގެ އަނބިކަނބަލުން އަދި ކުރީގެ ސެކްރެޓަރީ އޮފް ސްޓޭޓް ހިލަރީ ކްލިންޓަން އަށް ފިޔަވަޅު އެޅުމަށް، އޯވަސައިޓް ކޮމެޓީ އިން ފާސްކޮށްފި އެވެ. 

މިއީ ޖިންސީ ކުށްވެރިޔާ އެޕްސްޓައިންގެ މައްސަލައިގައި ކުރިއަށް ގެންދާ ތަހުގީގަށް އެއްބާރުލުން ދިނުމަށް އެދި ފޮނުވާފައިވާ ޗިޓު ތަކަށް އިހުތިރާމް ކޮށްފައި ނުވާތީ ނިންމި ނިންމުމެކެވެ. 

އެމެރިކާގެ ރިޕަބްލިކަން ޕާޓީ އިން ކޮންޓްރޯލް ކުރާ ހައުސް އޯވަސައިޓް ކޮމެޓީ އިން މި ފިޔަވަޅަށް ތާއީދު ކުރީ ބައެއް ޑިމޮކްރަޓިކް ޕާޓީގެ މެންބަރުންގެ ތާއީދާ އެކު އެވެ. މިހާރު މި މައްސަލަ ހައުސް ރެފްރެޒެންޓޭޓިވްސް އަށް ވަނީ ހުށަހަޅައިފަ އެވެ. އެ ތަނުން އެ މައްސަލަ ފާސްވެއްޖެ ނަމަ، ދެން އެ މައްސަލަ ފޮނުވާނީ އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓް އަށެވެ. 

ކޮމެޓީ އިން ކްލިންޓަންގެ ދެމަފިރިންނަށް ހާޒިރުވުމަށް އަންގާފައި ވަނީ އެޕްސްޓައިންގެ މައްސަލައާ ގުޅޭ ގޮތުން ސުވާލު ކުރުމަށެވެ. ބިލް ކްލިންޓަން އާއި އެޕްސްޓައިން އެކުގާ ނަގާފައިވާ ފޮޓޯ ތަކެއް ލީކުވެފައިވާއިރު، އެއީ 1990 އާއި 2000 ގެ ކުރީ ކޮޅު ނަގާފައިވާ ފޮޓޯ ތަކެއް ކަމަށް ބެލެވެ އެވެ. 

ނަމަވެސް، މި މައްސަލައިގައި އެޕްސްޓައިންއާ ގުޅޭ ގޮތުން ދެކެވިފައިވާ ވާހަކަ ތަކުގައި ބިލް ކްލިންޓަންގެ މައްޗަށް އެއްވެސް ތުހުމަތެއް ކޮށްފައި ނުވެ އެވެ. އަދި އެޕްސްޓައިންގެ ޖިންސީ ކުށްތަކާ ބެހޭ ގޮތުން އޭނާ އަށް އެއްވެސް މައުލޫމާތެއް އެނގެން ނެތް ކަަމަށް ވެސް ބުނެފައިވެ އެވެ. 

އެކަމާ ގުޅޭ ގޮތުން ބިލް ކްލިންޓަންގެ ޤާނޫނީ ވަކީލުން ބުނެފައި ވަނީ، އޯވަސައިޓު ކޮމެޓީގެ ޗިޓުތަކަކަކީ ތަންފީޒު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އެޕްސްޓައިންއާ ގުޅޭ ގޮތުން ކްލިންޓަންގެ ދެމަފިރިންނަށް އެނގެނީ ވަރަށް މަދު މައުލޫމާތެއް ކަމަށާއި، އެ މައުލޫމާތުތައް ކޮމެޓީއާ ހިއްސާ ކޮށްފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ. 

ބިލް ކްލިންޓަންއާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ބުދަ ދުވަހު ކޮންގްރެސް އިން ނިންމާފައިވާއިރު، ރިޕަބްލިކަން މެމްބަރުންގެ އިތުރުން، ޑިމޮކްރަޓިކް ޕާޓީގެ ނުވަ މެމްބަރަކު ވެސް ވޯޓު ދީފައިވެ އެވެ. އަދި ހިލަރީ ކްލިންޓަންއާ ދެކޮޅަށް ޑިމޮކްރަޓިކް ޕާޓީގެ ތިން މެމްބަރުން ވަނީ ވޯޓު ދީފަ އެވެ. 

ހައުސްގެ ފުރިހަމަ ތާއީދާ އެކު ފިޔަވަޅު އަޅަން ނިންމައިފި ނަމަ، ޖަސްޓިސް ޑިޕާޓްމަންޓް އިން ނިންމާނީ މި ތުހުމަތުތައް ކުރިއަށް ގެންދިޔުމާާ މެދު ގޮތެއް ނިންމުމަށެވެ. މިއީ 100،000 (އެއް ލައްކަ) އެމެރިކާ ޑޮލަރާ ހަމައަށް ޖޫރިމަނާ ކުރެވޭނެ މައްސަލަ އެކެވެ. އަދި އެއް އަހަރު ދުވަހުގެ ޖަލު ޙުކުމެއް ވެސް ކުރިމަތި ވެދާނެ މައްސަލަ އެކެވެ. 

އޯވަސައިޓް ކޮމެޓީގެ ރައީސް ޖޭމްސް ކޯމަރު ވިދާޅުވީ، ކްލިންޓަންގެ ދެމަފިރިންނަށް ފިޔަވަޅު އެޅުމަށް ހައުސް އިން ފުރިހަމަ އަށް ވޯޓު ދިނުމަށް އެދޭ ކަމަށެވެ. އަދި އޭނާގެ ކޮމެޓީ އިްނ ސާފު މެސެޖެއް ފޮނުވާފައިވާ ކަމަށާއި، ޤާނޫނުގެ ކުރިމަތީގައި އެންމެން ވެސް ހަމަހަމަ ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މިއީ އިންސާފު ޤާއިމު ކުރުމަށް ދެވޭނެ މެސެޖެއް ކަމަށް ވެސް ވިދާޅުވެފައިވެ އެވެ. 

ކްލިންޓަންގެ ދެމަފިރިން ވިދާޅުވެފައި ވަނީ، އެއީ އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އިރުޝާދުގެ ދަށުން، ސިޔާސީ ގޮތުން ކުރިއަށް ގެންދާ ކަމެއް ކަމަށެވެ. 

މަސްދަރު: ބީބީސީ

ބިލް ކްލިންޓަންހިލަރީ ކްލިންޓަންއެޕްސްޓައިންރައީސް ޑޮނަލްޑް ޓްރަމްޕްއެމެރިކާ

ކޮމެންޓް

އިތުރަށް ކިޔާލަން

ވެނެޒުއެލާގެ ރައީސް ޑެލްސީ، އެމެރިކާ އަށް ވަޑައިގަންނަވަނީ

ވެނެޒުއެލާގެ ރައީސް ޑެލްސީ، އެމެރިކާ އަށް ވަޑައިގަންނަވަނީ

22 ޖެނުއަރީ 2026
ޔޫކްރެއިންގެ ސުލްޙައިގެ މަޝްވަރާތައް، އެންމެ މައްސަލަ އަކަށް ކުޑައަޑި ވެއްޖެ: ވިޓްކޮފް

ޔޫކްރެއިންގެ ސުލްޙައިގެ މަޝްވަރާތައް، އެންމެ މައްސަލަ އަކަށް ކުޑައަޑި ވެއްޖެ: ވިޓްކޮފް

22 ޖެނުއަރީ 2026
ބުރާސްފަތި ދުވަހު އެމެރިކާ އިން ރަސްމީކޮށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ އިން ވަކިވާނެ

ބުރާސްފަތި ދުވަހު އެމެރިކާ އިން ރަސްމީކޮށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ އިން ވަކިވާނެ

22 ޖެނުއަރީ 2026
ހަމާސް އިން ޖެހޭނީ ހަތިޔާރު ބަހައްޓަން، އެހެން ނޫނީ ނައްތާލާނަން: ޓްރަމްޕް

ހަމާސް އިން ޖެހޭނީ ހަތިޔާރު ބަހައްޓަން، އެހެން ނޫނީ ނައްތާލާނަން: ޓްރަމްޕް

22 ޖެނުއަރީ 2026
ގްރީންލޭންޑް ހޯދުމަކީ ގަނޑުފެންގަނޑެއް ހޯދުން ފަދަ ކަމެއްގެ ގޮތުގައި ސިފަ ކުރައްވަމުން އެތަން ހޯދަން ބާރުގެ ބޭނުން ނުކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

ގްރީންލޭންޑް ހޯދުމަކީ ގަނޑުފެންގަނޑެއް ހޯދުން ފަދަ ކަމެއްގެ ގޮތުގައި ސިފަ ކުރައްވަމުން އެތަން ހޯދަން ބާރުގެ ބޭނުން ނުކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

21 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

24 ޖެނުއަރީ
ޝުކުރިއްޔާ އޭޓީއެމް!
20251 އަހަރު ކުރިން
ރިޕޯޓު

ޝުކުރިއްޔާ އޭޓީއެމް!

އިންޑިއާގައި އޮންނަ ތަމްރީންތަކާއި އެކްސްޗޭންޖް ޕްރޮގްރާމްތަކަށް ދިވެހިން ނުފޮނުވަން ރައީސް އަންގަވައިފި
20242 އަހަރު ކުރިން
ރާއްޖެ

އިންޑިއާގައި އޮންނަ ތަމްރީންތަކާއި އެކްސްޗޭންޖް ޕްރޮގްރާމްތަކަށް ދިވެހިން ނުފޮނުވަން ރައީސް އަންގަވައިފި

"ކެފޭ ތާސީރު" ބަންދުކުރަން އަންގައިފި
20233 އަހަރު ކުރިން
ރާއްޖެ

"ކެފޭ ތާސީރު" ބަންދުކުރަން އަންގައިފި

30 މިލިއަން ރުފިޔާގެ ބަދަލުގައި 35 މިލިއަން ރުފިޔާގެ މިސްކިތެއް، ރަނގަޅު ނިންމުމެއް
20224 އަހަރު ކުރިން
ރިޕޯޓު

30 މިލިއަން ރުފިޔާގެ ބަދަލުގައި 35 މިލިއަން ރުފިޔާގެ މިސްކިތެއް، ރަނގަޅު ނިންމުމެއް

ދުނިޔޭގެ ބެޑްމިންޓަނުގެ އެންމެ ބާރުގަދަ އޮފީސް ރާއްޖެއަށް
20215 އަހަރު ކުރިން
ކުޅިވަރު

ދުނިޔޭގެ ބެޑްމިންޓަނުގެ އެންމެ ބާރުގަދަ އޮފީސް ރާއްޖެއަށް

ކަޅު ފައިސާ ވަން އެކައުންޓްތަކުގެ ތަފްސީލް އެބަހުރި: ނަޝީދު
20197 އަހަރު ކުރިން
ރާއްޖެ

ކަޅު ފައިސާ ވަން އެކައުންޓްތަކުގެ ތަފްސީލް އެބަހުރި: ނަޝީދު

އެސްއެސްސީ އިމްތިހާނުގެ ޕޭޕަރު ލީކުވެފައިވާ ކަމަށް އޭސީސީގެ ތަހުގީގުން ކަށަވަރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެސްއެސްސީ އިމްތިހާނުގެ ޕޭޕަރު ލީކުވެފައިވާ ކަމަށް އޭސީސީގެ ތަހުގީގުން ކަށަވަރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު