Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ

75 ޤައުމެއްގެ ރައްޔިތުންނަށް އެމެރިކާ އަށް ހިޖުރަކުރުމަށް ދޫކުރާ ވިސާ ވަކި މުއްދަތެއް ނެތް ގޮތައް މެދުކަނޑާލަން ނިންމައިފި

މި ލިސްޓުގައި ރަޝިޔާ، އީރާން، ސޯމާލިއާ، އަފްޣާނިސްތާން، ބްރެޒިލް އަދި މިޞްރު ފަދަ ޤައުމުތައް ހިމެނޭ ކަމަށް ބެލެވިފައި ވިޔަސް މި ލިސްޓު އަދި ރަސްމީކޮށް އާންމުކޮށްފަ އެއް ނުވޭ.

ރާއްޖެ އެމްވީ | 14 ޖެނުއަރީ 2026 | ބުދަ 17:41
ޔޫ.އެސް ޑިޕާޓްމަންޓް އޮފް ސްޓޭޓްގެ މައި އޮފީސް ބިލްޑިންގ

ޔޫ.އެސް ޑިޕާޓްމަންޓް އޮފް ސްޓޭޓްގެ މައި އޮފީސް ބިލްޑިންގ | ގެޓީ އިމޭޖަސް

އެމެރިކާ ގައި ދިރިއުޅޭއިރު އެ ޤައުމުގެ ސަރުކާރުގެ މާލީ އެހީތެރިކަމަށް ނުވަތަ އިނާޔަތްތަކަށް ބަރޯސާވާންޖެހިދާނެ ކަމަށް ބެލެވޭ 75 ޤައުމެއްގެ ރައްޔިތުންނަށް، އެމެރިކާ އަށް ހިޖުރަކުރުމަށް ދޫކުރާ "އިމިގްރަންޓް ވިސާ" ދޫކުރުން މެދުކަނޑާލަން ނިންމައިފިކަން އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ބުދަ ދުވަހު ހާމަކޮށްފި އެވެ.

ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯގެ އިރުޝާދުގެ ދަށުން އެޅި މި ފިޔަވަޅާ ބެހޭ ގޮތުން ސްޓޭޓް ޑިޕާޓްމަންޓުން ބުނެފައި ވަނީ، އެމެރިކާގެ ދައުލަތަށް ބުރައަކަށް ވެދާނެ ފަދަ މީހުން އެ ގައުމަށް ހިޖުރަކުރުން ހުއްޓުވުމަށް ނޮވެމްބަރު މަހު ނެރުނު ހަރުކަށި އަމުރާ އެއްގޮތަށް، މި ޤައުމުތަކުގެ ވިސާ އެޕްލިކޭޝަންތައް ކުރިއަށް ނުގެންދިއުމަށް ކޮންސިއުލާ އޮފިސަރުންނަށް މިހާރު އަންގާފައިވާ ކަމަށެވެ.

ޖެނުއަރީ މަހުގެ 21 ވަނަ ދުވަހުން ފެށިގެން އަމަލުކުރަން ފަށާ މި ނިންމުމުގެ ސަބަބުން، ފަތުރުވެރިކަމާއި ވިޔަފާރި ފަދަ ކަންކަމަށް ދޫކުރާ ވަގުތީ ވިސާތަކަށް (ނޮން-އިމިގްރަންޓް ވިސާ) އެއްވެސް ބަދަލެއް ނާންނާނެ އެވެ.

ސްޓޭޓް ޑިޕާޓްމަންޓުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޓްރަމްޕްގެ ސަރުކާރުން މަސައްކަތް ކުރަމުންދަނީ އެމެރިކާގެ އިމިގްރޭޝަން ނިޒާމުގެ ނާޖާއިޒު ފައިދާ ނަގައި، އެމެރިކާގެ ރައްޔިތުންގެ މުއްސަނދިކަން "ފޭރޭ" މީހުން ހުއްޓުވުމަށެވެ. އަދި މި 75 ޤައުމުގެ ވިސާ މެދުކަނޑާލާފައިވަނީ، ދައުލަތުގެ އިނާޔަތްތަކާއި އެހީތަކަށް ބަރޯސާވާނެ ބޭރުގެ ރައްޔިތުން އެމެރިކާއަށް އެތެރެވުން ހުއްޓުވުމަށްޓަކައި ބަލަންޖެހޭ އުސޫލުތައް އިތުރަށް މުރާޖަޢާ ކުރުމަށް ކަމަށް ވެސް ބުނެފައިވެ އެވެ.

މި ނިންމުމުގެ އަސަރުކުރާނެ 75 ޤައުމުގެ ލިސްޓު އެ ބަޔާނުގައި ރަސްމީކޮށް ހާމަކޮށްފައި ނުވިނަމަވެސް، ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ވަނީ މީގެ ކުރިންވެސް އެފްރިކާގެ ގިނަ ޤައުމުތަކެއް ހިމެނޭހެން ދިހަވަރަކަށް ޤައުމުގެ ވިސާ ދޫކުރުން ވަރަށް ބޮޑަށް ހަރުކަށިކޮށްފަ އެވެ.

އެމެރިކާގެ އޮފިޝަލަކު ނަން ހާމަނުކުރުމަށް އެދި ވިދާޅުވި ގޮތުގައި، މި ލިސްޓުގައި ރަޝިޔާ، އީރާން، ސޯމާލިއާ، އަފްޣާނިސްތާން، ބްރެޒިލް އަދި މިޞްރު ފަދަ ޤައުމުތައް ހިމެނެ އެވެ. މި ލިސްޓު އަދި ރަސްމީކޮށް އާންމުކޮށްފައެއް ނުވެއެވެ.

މަސްދަރު: އޭޕީ

އެމެރިކާރައީސް ޑޮނަލްޑް ޓްރަމްޕްމާކޯ ރޫބިއޯ ސްޓޭޓް ޑިޕާޓްމަންޓް

އިތުރަށް ކިޔާލަން

14 ޖެނުއަރީ 2026

ގަތަރުގެ އެމެރިކާގެ އަސްކަރީ މަރުކަޒު، އަލް-އުދައިދު އެއަރ ބޭސްގައި ތިބި ބައެއް މުވައްޒަފުން ބުދަ ދުވަހުގެ އިރުއޮއްސުމުގެ ކުރިން އެތަނުން ފޭބުމަށް އަންގައިފި

14 ޖެނުއަރީ 2026
ގަތަރުގެ އެމެރިކާގެ އަސްކަރީ މަރުކަޒު، އަލް-އުދައިދު އެއަރ ބޭސްގައި ތިބި ބައެއް މުވައްޒަފުން ބުދަ ދުވަހުގެ އިރުއޮއްސުމުގެ ކުރިން އެތަނުން ފޭބުމަށް އަންގައިފި
14 ޖެނުއަރީ 2026

އެމެރިކާ އިން މަސައްކަތް ކުރަނީ އަސްކަރީ ހަމަލާ ދޭން ބަހަނާ އެއް ހޯދުމަށް ކަމަށް އީރާނުން ބުނެފި

14 ޖެނުއަރީ 2026
އެމެރިކާ އިން މަސައްކަތް ކުރަނީ އަސްކަރީ ހަމަލާ ދޭން ބަހަނާ އެއް ހޯދުމަށް ކަމަށް އީރާނުން ބުނެފި
14 ޖެނުއަރީ 2026

ޓްރަމްޕްގެ ޣައްޒާ ސުލްޙަ ބޯޑުގައި ބައިވެރިވުމަށް ސްޓާމާ ވިސްނަވަނީ

14 ޖެނުއަރީ 2026
ޓްރަމްޕްގެ ޣައްޒާ ސުލްޙަ ބޯޑުގައި ބައިވެރިވުމަށް ސްޓާމާ ވިސްނަވަނީ
14 ޖެނުއަރީ 2026

މުޒަހާރާ ކުރާ މީހުން ހައްޔަރު ކުރާ ނަމަ، ވަރުގަދަ ފިޔަވަޅު ތަކެއް އަޅުއްވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

14 ޖެނުއަރީ 2026
މުޒަހާރާ ކުރާ މީހުން ހައްޔަރު ކުރާ ނަމަ، ވަރުގަދަ ފިޔަވަޅު ތަކެއް އަޅުއްވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
13 ޖެނުއަރީ 2026

މުޒާހަރާތައް ހުއްޓާ ނުލާ ކުރިއަށް ގެންގޮސް ދައުލަތުގެ ތަންތަން ހިފުމަށް އީރާނުގެ ރައްޔިތުންނަށް ޓްރަމްޕް ގޮވާލައްވައިފި

13 ޖެނުއަރީ 2026
މުޒާހަރާތައް ހުއްޓާ ނުލާ ކުރިއަށް ގެންގޮސް ދައުލަތުގެ ތަންތަން ހިފުމަށް އީރާނުގެ ރައްޔިތުންނަށް ޓްރަމްޕް ގޮވާލައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު