Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން-އެމެރިކާ

އީރާނަށް އެެމެރިކާ އިން ހަމަލާ އެއް ދީފާނެ ކަމަށް އިޒްރޭލް ހައި އެލާޓް ގައި

11 ޖެނުއަރީ 2026 | އާދީއްތަ 07:34

އިރާނުގައި ކުރިއަށްދާ ސަރުކާރާ ދެކޮޅު މުޒާހަރާތަކާ ގުޅިގެން އެމެރިކާގެ ރައީސް ޓްރަމްޕް ވަނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ތައްޔާރަށް އޮތް ކަމަށް ވިދާޅުވެފައި. އިރާނުގެ މައްސަލައިގެ ތެރެއަށް އެމެރިކާ ވަނުމާ ބެހޭ ގޮތުން އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫ އާއި އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ މަޝްވަރާ ކުރައްވައިފައިވާއިރު، އިޒްރޭލުން މި ހާލަތާ ގުޅިގެން ހާއްސަ ފިޔަވަޅުތައް އަޅަމުންދާކަން ރޮއިޓާސް އިން ރިޕޯޓްކޮށްފައިވޭ.

ރާއްޖެ އެމްވީ | 11 ޖެނުއަރީ 2026 | އާދީއްތަ 07:34
ސަރުކާރާ ދެކޮޅު މުޒާހަރާތައް އީރާނުގެ އެކި ސަރަހައްދުތަކުގައި ދަނީ ބާއްވަމުން

ސަރުކާރާ ދެކޮޅު މުޒާހަރާތައް އީރާނުގެ އެކި ސަރަހައްދުތަކުގައި ދަނީ ބާއްވަމުން | އެކްސް

އިރާނުގައި މިހާރު ކުރިއަށްދާ ސަރުކާރާ ދެކޮޅު ބޮޑެތި މުޒާހަރާތަކާ ގުޅިގެން، އެ ގައުމުގެ ދާޚިލީ ކަންކަމުގެ ތެރެއަށް އެމެރިކާ އިން ވަދެ، އީރާނަށް ހަމަލާ އެއް ދީފާނެ ކަމުގެ ފުރުސަތު ބޮޑުވެފައި އޮތުމާ އެކު އިޒްރޭލުން އޮތީ "ހައި އެލާޓް"  ގައި ކަމަށް މި ކަމުގެ މައުލޫމާތު ހުރި މަސްދަރުތަކާ ހަވާލާދީ ރޮއިޓާސް އިން ބުނެފިއެވެ.

މިދިޔަ ދުވަސްތަކުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އިރާނުގެ މުޒާހަރާތަކުގެ ތެރެއަށް ވަންނާނެ ކަމުގެ އިންޒާރު ތަކުރާރުކޮށް ދެއްވައި، މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް ބާރުގެ ބޭނުން ނުކުރުމަށް އިރާނުގެ ވެރިންނަށް ގޮވާލައްވާފަ އެވެ. އަދި ހޮނިހިރު ދުވަހު ޓްރަމްޕް ވިދާޅުވީ، އެހީތެރިކަން ފޯރުކޮށްދިނުމަށް އެމެރިކާ އޮތީ "ތައްޔާރަށް" ކަމަށެވެ.

ސޯޝަލް މީޑިއާގައި އެމެރިކާގެ ރައީސް ކުރައްވާފައިވާ ޕޯސްޓް

ސޯޝަލް މީޑިއާގައި އެމެރިކާގެ ރައީސް ކުރައްވާފައިވާ ޕޯސްޓް

އިޒްރޭލުގެ ސަލާމަތީ މަޝްވަރާތަކުގައި ބައިވެރިވި މަސްދަރުތަކުން ބުނާގޮތުގައި، މި ހާލަތާ ގުޅިގެން އިޒްރޭލުން ހާއްސަ ފިޔަވަޅުތަކެއް އަޅަމުންދިޔަ ނަމަވެސް، އޭގެ ތަފްސީލެއް ހާމައެއް ނުކުރެ އެވެ. ފާހަގަކޮށްލެވޭ ގޮތުގައި، ނިމިދިޔަ ޖޫން މަހު އިޒްރޭލާއި އިރާނާ ދެމެދު 12 ދުވަހުގެ ހަނގުރާމައެއް ހިނގާފައިވާއިރު، އެމެރިކާ އިން ވަނީ އިޒްރޭލާ ގުޅިގެން އިރާނަށް ވައިގެ ހަމަލާތަކެއް ދީފަ އެވެ.

ހޮނިހިރު ދުވަހު އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ފޯނުން ގުޅުއްވައި، އިރާނުގެ މައްސަލައިގެ ތެރެއަށް އެމެރިކާ އިން ވަނުމާ ބެހޭގޮތުން މަޝްވަރާ ކުރެއްވި ކަމަށް އެ ބައްދަލުވުމުގައި ބައިވެރިވި މަސްދަރަކުން ކަށަވަރުކޮށްދޭ ކަމަށް ރޮއިޓާސް އިން ރިޕޯޓު ކޮށްފައިވެ އެވެ. އެމެރިކާގެ އޮފިޝަލަކު މި ދެ ބޭފުޅުން ވާހަކަދެއްކެވިކަން ކަށަވަރުކޮށްދެއްވި ނަމަވެސް، މަޝްވަރާކުރެވުނު ކަންކަމުގެ ތަފްސީލެއް ނުދެއްވައެވެ.

އިރާނުގެ ނިއުކްލިއާ އަދި ބެލިސްޓިކް މިސައިލް ޕްރޮގްރާމާ ގުޅިގެން ދެ ގައުމުގެ ދެމެދުގައި ބޮޑެތި ނުތަނަވަސްކަމެއް އުފެދިފައިވީ ނަމަވެސް، މިހާރު ކުރިއަށްދާ މުޒާހަރާތަކުގެ ތެރެއަށް ސީދާ ގޮތުން ވަންނާނެ ކަމެއް އިޒްރޭލުން މިހާތަނަށް ފާޅުކޮށްފައެއް ނުވެއެވެ. އެހެން ނަމަވެސް އީރާނުގެ މަސްއޫލުވެރިން ވިދާޅުވަނީ ހިނގަމުންދާ ހަމަނުޖެހުންތަކުގައި އިޒްރޭލާއި އެމެރިކާގެ ބައިވެރިވުން އޮތް ކަމަށެވެ.

ދާދި ފަހުން 'އިކޮނޮމިސްޓް' މަޖައްލާ އަށް ދެއްވި އިންޓަވިއުއެއްގައި ނަތަންޔާހޫ ވިދާޅުވީ، އިރާނުން އިޒްރޭލަށް ހަމަލާ އެއް ދީފިނަމަ، އޭގެ ނަތީޖާ އެ ގައުމަށް ވަރަށް ހިތިވާނެ ކަމަށެވެ. އަދި އިރާނުގެ ދާޚިލީ މުޒާހަރާތަކަށް އިޝާރާތް ކުރައްވައި އޭނާ ވިދާޅުވީ، އެ ގައުމުގެ އެތެރޭގައި ހިނގަމުންދާ ކަންކަން ވަރަށް ގާތުން ބަލަންޖެހޭ ކަމަށެވެ.

އީރާން-އިޒްރޭލްއީރާން-އެމެރިކާރައީސް ޑޮނަލްޑް ޓްރަމްޕްބެންޖަމިން ނަތަންޔާހޫމާކޯ ރޫބިއޯ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

އިތުރަށް ކިޔާލަން

11 ޖެނުއަރީ 2026

މަދޫރޯ ހުންނެވި ގަދަކޮށް: ދަރިކަލުން

11 ޖެނުއަރީ 2026
މަދޫރޯ ހުންނެވި ގަދަކޮށް: ދަރިކަލުން
11 ޖެނުއަރީ 2026

ވެނެޒުއެލާގައި ތިބި އެމެރިކާގެ ރައްޔިތުން ވަގުތުން އެ ޤައުމުން ފޭބުމަށް އަންގައިފި

11 ޖެނުއަރީ 2026
ވެނެޒުއެލާގައި ތިބި އެމެރިކާގެ ރައްޔިތުން ވަގުތުން އެ ޤައުމުން ފޭބުމަށް އަންގައިފި
11 ޖެނުއަރީ 2026

އީރާން އިން ދަނީ މިނިވަން ކަމަށް މަސައްކަތް ކުރަމުން، މިތިބީ އެހީވާން ތައްޔާރަށް: ޓްރަމްޕް

11 ޖެނުއަރީ 2026
އީރާން އިން ދަނީ މިނިވަން ކަމަށް މަސައްކަތް ކުރަމުން، މިތިބީ އެހީވާން ތައްޔާރަށް: ޓްރަމްޕް
10 ޖެނުއަރީ 2026

އެމެރިކާ ގައި ހުރި ވެނެޒުއޭލާގެ ތެލުގެ އާމްދަނީ ފައިސާ އަތުނުލެވޭނެ ގޮތަށް ގަރާރެއްގައި ޓްރަމްޕް ސޮއިކުރައްވައިފި

10 ޖެނުއަރީ 2026
އެމެރިކާ ގައި ހުރި ވެނެޒުއޭލާގެ ތެލުގެ އާމްދަނީ ފައިސާ އަތުނުލެވޭނެ ގޮތަށް ގަރާރެއްގައި ޓްރަމްޕް ސޮއިކުރައްވައިފި
10 ޖެނުއަރީ 2026

ހަމަ ނުޖެހުންތަކަށް ފަހު އީރާނުގެ ސިޓީތަކަށް ހަމަޖެހުން އައިސްފި ކަމަށް ފުލުހުންގެ ތަރުޖަމާނު ހާމަ ކޮށްފި

10 ޖެނުއަރީ 2026
ހަމަ ނުޖެހުންތަކަށް ފަހު އީރާނުގެ ސިޓީތަކަށް ހަމަޖެހުން އައިސްފި ކަމަށް ފުލުހުންގެ ތަރުޖަމާނު ހާމަ ކޮށްފި
10 ޖެނުއަރީ 2026

ވެނެޒުއޭލާގައި ތެޔޮ ނެގުމަށް އެމެރިކާގެ ބޮޑެތި ކުންފުނިތަކުގެ ޝައުގު ހޯދުމަށް ޓްރަމްޕް ބޭއްވެވި ބައްދަލުވުމުގައި ކުންފުނިތަކުން މާ ބޮޑު ޝައުގުވެރިކަމެއް ނުދެއްކި

10 ޖެނުއަރީ 2026
ވެނެޒުއޭލާގައި ތެޔޮ ނެގުމަށް އެމެރިކާގެ ބޮޑެތި ކުންފުނިތަކުގެ ޝައުގު ހޯދުމަށް ޓްރަމްޕް ބޭއްވެވި ބައްދަލުވުމުގައި ކުންފުނިތަކުން މާ ބޮޑު ޝައުގުވެރިކަމެއް ނުދެއްކި
10 ޖެނުއަރީ 2026

އީރާނުގައި މުޒާހަރާ ކުރާ މީހުންނަށް އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިއޯ ހިތްވަރު ދެއްވައިފި

10 ޖެނުއަރީ 2026
އީރާނުގައި މުޒާހަރާ ކުރާ މީހުންނަށް އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިއޯ ހިތްވަރު ދެއްވައިފި
10 ޖެނުއަރީ 2026

މަސްތުވާތަކެއްޗާ ދެކޮޅަށް ކަނޑުމަތީގައި ދިން ހަމަލާތަކަށް ފަހު އެއްގަމު މަގުން ހަމަލާތައް ދޭން އެމެރިކާ އިން ތައްޔާރު ވެއްޖެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

10 ޖެނުއަރީ 2026
މަސްތުވާތަކެއްޗާ ދެކޮޅަށް ކަނޑުމަތީގައި ދިން ހަމަލާތަކަށް ފަހު އެއްގަމު މަގުން ހަމަލާތައް ދޭން އެމެރިކާ އިން ތައްޔާރު ވެއްޖެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
10 ޖެނުއަރީ 2026

ޔޫރަޕުގެ ސިޔާސީ ނިޒާމު އޮތީ ނުރައްކަލެއްގެ ތެރޭގައި: ފްރާންސްގެ ފޮރިން މިނިސްޓަރު

10 ޖެނުއަރީ 2026
ޔޫރަޕުގެ ސިޔާސީ ނިޒާމު އޮތީ ނުރައްކަލެއްގެ ތެރޭގައި: ފްރާންސްގެ ފޮރިން މިނިސްޓަރު
10 ޖެނުއަރީ 2026

ބާރުގެ ބޭނުން ކޮށްގެން ވިޔަސް ގްރީންލޭންޑް ހިފާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

10 ޖެނުއަރީ 2026
ބާރުގެ ބޭނުން ކޮށްގެން ވިޔަސް ގްރީންލޭންޑް ހިފާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް