Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އިރާގު

އިރާގުގެ ބޮޑު ވަޒީރަކަށް، ކުރީގެ ބޮޑު ވަޒީރު އަލް މާލިކީ ގެންނަން ތާއީދު ކޮށްފި

އަލުން އަނބުރާ ބޮޑު ވަޒީރު ކަމުގެ މަގާމަށް އަލް މާލިކީ ވަޑައިގަންނަވާނެ ކަމަށް ބެލެވިފައިވާއިރު، މިއީ މެދު އިރުމަތީގައި ބޮޑު ބަދަލު ތަކެއް އަންނަ ދަނޑިވަޅެއް. ސަރަހައްދުގައި އީރާންގެ ނުފޫޒު ދަށްވަމުން އަންނަ ކަމަށް މާހިރުން ބުނަމުން އަންނައިރު، އެމެރިކާ އާއި އީރާންއާ ދެމެދު ވަނީ ނުތަނަވަސްކަން އުފެދިފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 25 ޖެނުއަރީ 2026 | އާދީއްތަ 06:58
އިރާގުގެ ކުރީގެ ބޮޑު ވަޒީރު ނޫރީ އަލް މާލިކީ

އިރާގުގެ ކުރީގެ ބޮޑު ވަޒީރު ނޫރީ އަލް މާލިކީ | ރޮއިޓަސް

އިރާގުގެ ބޮޑު ވަޒީރަކަށް، އެ ޤައުމުގެ ބާރުގަދަ ސިޔާސީ ލީޑަރު އަދި ކުރީގެ ބޮޑު ވަޒީރު ނޫރީ އަލް މާލިކީ ގެންނަން ޤާނޫނު ހަދާ މަޖިލީހުން ތާއީދު ކޮށްފި އެވެ. 

ޝިއާ އިއްތިހާދުގެ އަޣުލަބިއްޔަތު ޤާނޫނު ހަދާ މަޖިލީހުގައި އޮންނައިރު، ހޮނިހިރު ދުވަހު އެ އިއްތިހާދުން ވަނީ އެ ޤައުމުގެ ބޮޑު ވަޒީރަކަށް އަލް މާލިކީ ގެންނަން ތާއީދު ކޮށްފަ އެވެ. 

މި ނޮމިނޭޝަންއާ އެކު، މިހާރު އުމުރުފުޅުން 75 އަހަރުގެ އަލް މާލިކީ އަށް އަނެއްކާ ވެސް އިރާގުގެ ބޮޑު ވަޒީރުކަން ލިބޭނެ ކަމަށް ވަރަށް ބޮޑަށް ބެލެވެ އެވެ. އަލް މާލިކީ ވަނީ މީގެ 10 އަހަރު ކުރިން ވެސް އިރާގުގެ ބޮޑު ވަޒީރުކަން ކުރައްވައިފަ އެވެ. އެގޮތުން 2006 ވަނަ އަހަރުން ފެށިގެން، 2024 ވަނަ އަހަރަށް އޭނާ ވަނީ އެ ޤައުމުގެ ބޮޑު ވަޒީރުކަން ކުރައްވައިފަ އެވެ. 

އަލުން އަނބުރާ ބޮޑު ވަޒީރު ކަމުގެ މަގާމަށް އަލް މާލިކީ ވަޑައިގަންނަވާނެ ކަމަށް ބެލެވިފައިވާއިރު، މިއީ މެދު އިރުމަތީގައި ބޮޑު ބަދަލު ތަކެއް އަންނަ ދަނޑިވަޅެކެވެ. ސަރަހައްދުގައި އީރާންގެ ނުފޫޒު ދަށްވަމުން އަންނަ ކަމަށް މާހިރުން ބުނަމުން އަންނައިރު، އެމެރިކާ އާއި އީރާންއާ ދެމެދު ވަނީ ނުތަނަވަސްކަން އުފެދިފަ އެވެ. 

އީރާންއާ ތަފާތު ގުޅުންތައް އޮންނަ ޝިއާ ފެކްޝަން ތަކުގެ އިންތިހާދެއް ކަމަށްވާ ކޯޑިނޭޝަން ފްރޭމްވޯކް އިން ނެރުނު ބަޔާނެއްގައި ބުނީ، ޤާނޫނު ހަދާ މަޖިލީހުގެ އެންމެ ބޮޑު ބްލޮކްގެ ކެންޑިޑޭޓުގެ ގޮތުގައި، ބޮޑު ވަޒީރުގެ މަގާމަށް އަލް މާލިކީ ނޮމިނޭޓު ކުރުމަށް އަޣުލަބިއްޔަތުން ނިންމާފައިވާ ކަމަށެވެ. އެ ބަޔާނުގައި ވަނީ އަލް މާލިކީގެ ސިޔާސީ އަދި އިދާރީ ތަޖުރިބާ އާއި، ދައުލަތް ހިންގެވުމުގައި އޭނާގެ އަތުގައި އޮތް ފުރިހަމަ ރެކޯޑު ވެސް ފާހަގަ ކޮށްފަ އެވެ. 

މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި އިރާގުގެ ޤާނޫނު ހަދާ މަޖިލީހަށް މެމްބަރުން އިންތިޚާބު ކުރުމަށް ބޭއްވި އިންތިޚާބަށް ފަހު، އަލް މާލިކީ ހިމެނޭ ކޯޑިނޭޝަން ފްރޭމްވޯކް އިން ވަނީ އަޣުަލަބިއްޔަތު ހޯދައިފަ އެވެ. އެއަށް ފަހު، ދެން ބޮޑު ވަޒީރު ކަމަށް ވަޑައިގަންނަވާނެ ބޭފުޅެއް ކަނޑައެޅުމަށް ވަނީ "ހޫނު" މަޝްވަރާ ތަކެއް ކުރިއަށް ގެންގޮސްފަ އެވެ. 

މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި އިރާގުގެ ޤާނޫނު ހަދާ މަޖިލީހުން ވަނީ ސްޕީކާ އަކު އިންތިޚާބު ކޮށްފަ އެވެ. އެއަށް ފަހު ޤައުމުގެ ރައީސަކު ހޮވަން ޖެހޭއިރު، މިހާރުގެ ބޮޑު ވަޒީރު މުޙައްމަދު ޝިޔާއު އަލް ސުދާނީގެ ބަދަލުގައި ބޮޑު ވަޒީރަކު އައްޔަން ކުރައްވާނީ އައު ރައީސް އެވެ. 

އިރާގުގެ ޤާނޫނު އޮންނަ ގޮތުން ބޮޑު ވަޒީރުގެ މަގާމު ލިބޭނީ ޝިއާ މުސްލިމަކަށެވެ. ޤާނޫނު ހަދާ މަޖިލީހުގެ ސްޕީކަރަކީ ސުންނީ އަކަށްވާއިރު، ރަމްޒީ މަގާމެއްގެ ގޮތުގައި އޮންނަ ރައީސްކަން ލިބެނީ ކުރުދީންގެ މީހަކަށެވެ. 

މަސްދަރު: އަލް އަރަބިއްޔާ

އިރާގުނޫރީ އަލް މާލިކީކޯޑިނޭޝަން ފްރޭމްވޯކްމުޙައްމަދު ޝިޔާއު އަލް ސުދާނީ

ކޮމެންޓް

އިތުރަށް ކިޔާލަން

އދ ގެ ރެފިއުޖީންގެ ހައި ކޮމިޝަނަރަކަށް އިރާގުގެ ކުރީގެ ރައީސް ސާލިހް

އދ ގެ ރެފިއުޖީންގެ ހައި ކޮމިޝަނަރަކަށް އިރާގުގެ ކުރީގެ ރައީސް ސާލިހް

14 ޑިސެމްބަރު 2025
އިޒްރޭލުން އީރާނަށް ހަމަލާދޭން އިރާޤުގެ ވައިގެ ސަރަހައްދު 'ލޯންޗު ޕެޑް' އެއްގެ ގޮތުގައި ބޭނުންކުރުމާ ދެކޮޅު: އިރާޤުގެ ރައީސް

އިޒްރޭލުން އީރާނަށް ހަމަލާދޭން އިރާޤުގެ ވައިގެ ސަރަހައްދު 'ލޯންޗު ޕެޑް' އެއްގެ ގޮތުގައި ބޭނުންކުރުމާ ދެކޮޅު: އިރާޤުގެ ރައީސް

14 އޮކްޓޯބަރު 2024
ކުޑައިރުގެ ހުވަފެންތަކުގައި ކުލަޖައްސަން، ޔުނިވަރސިޓީ ޕްރޮފެސަރު ދަނޑުވެރިކަމަށް!

ކުޑައިރުގެ ހުވަފެންތަކުގައި ކުލަޖައްސަން، ޔުނިވަރސިޓީ ޕްރޮފެސަރު ދަނޑުވެރިކަމަށް!

27 އެޕްރީލު 2024
ހަނގުރާމައިގެ ކަށިކުނބުރު ޖަންގައްޔަކަށް ވި ޢިރާޤުގެ ދަނޑުވެރިން، ކަށިކުންނާރު ދަނޑުތަކަށް!

ހަނގުރާމައިގެ ކަށިކުނބުރު ޖަންގައްޔަކަށް ވި ޢިރާޤުގެ ދަނޑުވެރިން، ކަށިކުންނާރު ދަނޑުތަކަށް!

02 އެޕްރީލު 2024
"ކެންސަރުގެ ވޭނީ ދަތުރުގަ ނުރޯށޭ ނުބުނެ، ތަދުވާނޭ، އެހެނަސް ކެތްކޮށްލާނީއޭ މީހަކު ބުނިނަމަ..."

"ކެންސަރުގެ ވޭނީ ދަތުރުގަ ނުރޯށޭ ނުބުނެ، ތަދުވާނޭ، އެހެނަސް ކެތްކޮށްލާނީއޭ މީހަކު ބުނިނަމަ..."

21 މާރިޗު 2024

އަހަރުތަކުން މިއަދު

19 އެޕްރީލު
ޓެކްސީ ޑްރައިވަރުންގެ އަނެއް ފަރާތް
20251 އަހަރު ކުރިން
ރިޕޯޓު

ޓެކްސީ ޑްރައިވަރުންގެ އަނެއް ފަރާތް

ނައިޖީރިޔާގެ މީހަކު ޗެސްގެ އައު ރިކޯޑެއް ހަދައިފި
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ނައިޖީރިޔާގެ މީހަކު ޗެސްގެ އައު ރިކޯޑެއް ހަދައިފި

މާއިސާއަށް ނުކުރެވޭ ކަމެއް މަދު، މޮޓޯއަކީ "ވާނެ"، ބޭނުމީ 100 ސެޓްފިކެޓް ހާސިލްކުރަން!
20233 އަހަރު ކުރިން
ރިޕޯޓު

މާއިސާއަށް ނުކުރެވޭ ކަމެއް މަދު، މޮޓޯއަކީ "ވާނެ"، ބޭނުމީ 100 ސެޓްފިކެޓް ހާސިލްކުރަން!

ސަރުކާރު ބަންދު އިތުރު ދުވަސްތަކެއް
20224 އަހަރު ކުރިން
ރާއްޖެ

ސަރުކާރު ބަންދު އިތުރު ދުވަސްތަކެއް

ވަނުއަޓޫއަށް ލައްގާފައިއޮތް، ގޮތް ނޭނގޭ މީހާ ކޮވިޑަށް ޕޮޒިޓިވް
20215 އަހަރު ކުރިން
ދުނިޔެ

ވަނުއަޓޫއަށް ލައްގާފައިއޮތް، ގޮތް ނޭނގޭ މީހާ ކޮވިޑަށް ޕޮޒިޓިވް

މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ
20197 އަހަރު ކުރިން
ރިޕޯޓު

މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ

ފުލުހުންނާއި ސިފައިން ނުކުމެ ރައީސް އަބްދުﷲ ޔާމީނުގެ އަތުގައި ބިޑި އަޅުވަންޖެހޭ ވަރުގެ ވާހަކަތައް ދައްކަވާފައިވޭ: އިންތި
20188 އަހަރު ކުރިން
ރާއްޖެ

ފުލުހުންނާއި ސިފައިން ނުކުމެ ރައީސް އަބްދުﷲ ޔާމީނުގެ އަތުގައި ބިޑި އަޅުވަންޖެހޭ ވަރުގެ ވާހަކަތައް ދައްކަވާފައިވޭ: އިންތި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު