Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން-އެމެރިކާ

އީރާން އިން ދަނީ މިނިވަން ކަމަށް މަސައްކަތް ކުރަމުން، މިތިބީ އެހީވާން ތައްޔާރަށް: ޓްރަމްޕް

ޓްރަމްޕްގެ ޕޯސްޓުގައި ވިދާޅުވެފައި ވަނީ، އީރާން އިން މިހާރު މިނިވަންކަން ހޯދުމަށް މަަސައްކަތް ކުރަމުން އަންނަނީ މީގެ ކުރިން ނުކުރާ މިންވަރަށް ކަމަށް. އެގޮތުން އެކަމުގައި އެމެރިކާ އިން އޮތީ އެހީވާން ތައްޔާރަށް ކަމަށް ވެސް އެ ޕޯސްޓުގައި ޓްރަމްޕް ވިދާޅުވެފައިވޭ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 11 ޖެނުއަރީ 2026 | އާދީއްތަ 06:38
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އޭނާ ވިދާޅުވީ މިނިވަންކަން ހޯދުމަށް މަސައްކަތް ކުރާ އީރާންގެ ރައްޔިތުންނަށް އެހީވާން ތައްޔާރު ކަމަށް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އޭނާ ވިދާޅުވީ މިނިވަންކަން ހޯދުމަށް މަސައްކަތް ކުރާ އީރާންގެ ރައްޔިތުންނަށް އެހީވާން ތައްޔާރު ކަމަށް | ގެޓީ އިމޭޖަސް

އީރާންގައި ކުރަމުން އަންނަ މުޒާހަރާތައް ވަރުގަދަ ވަމުން އަންނަ ކަމަށާއި، އީރާން އިން މަސައްކަތް ކުރަމުން ދަނީ މިނިވަންކަން ހޯދުމަށް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ހޮނިހިރު ދުވަހު ޓްރަމްޕް މިހެން ވިދާޅުވީ އޭނާގެ ޓްރުތު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގަ އެވެ. އީރާންގައި ކުރަމުން އަންނަ މުޒާހަރާ ތަކާ ގުޅިގެން މީގެ ކުރިން ވެސް ޓްރަމްޕް ވަނީ ވާހަކަ ދައްކަވައިފަ އެވެ. އެގޮތުން، މުޒާހަރާގެ ބައިވެރިންނަށް ޓްރަމްޕް ވަނީ ހިތްވަރު ވެސް ދެއްވައިފަ އެވެ. 

ޓްރަމްޕްގެ ޕޯސްޓުގައި ވިދާޅުވެފައި ވަނީ، އީރާން އިން މިހާރު މިނިވަންކަން ހޯދުމަށް މަަސައްކަތް ކުރަމުން އަންނަނީ މީގެ ކުރިން ނުކުރާ މިންވަރަށް ކަމަށެވެ. އެގޮތުން އެކަމުގައި އެމެރިކާ އިން އޮތީ އެހީވާން ތައްޔާރަށް ކަމަށް ވެސް އެ ޕޯސްޓުގައި ޓްރަމްޕް ވިދާޅުވެފައިވެ އެވެ.  

މުޒާހަރާ ތަކާ ގުޅިގެން މީގެ ކުރިން ޓްރަމްޕް ވިދާޅުވެފައި ވަނީ، އީރާންގައި ކުރަމުން އަންނަ މުޒާހަރާ ތަކުގައި ބައިވެރިވާ ފަރާތްތަކަށް އަނިޔާ ކޮށްގެން ނުވާނެ ކަމަށެވެ. އަދި މުޒާހަރާގެ އެއްވެސް ބައިވެރިޔަކު މަރާލައިގެން ނުވާނެ ކަމަށް ވެސް ޓްރަމްޕް ވިދާޅުވެފައިވެ އެވެ. އެކަން ފާހަގަ ކުރައްވައި ޓްރަމްޕް ވިދާޅުވެފައި ވަނީ، އެފަދަ ކަމެއް ކޮށްފި ނަމަ، އެ ބަޔަކާ ދެކޮޅަށް އެމެރިކާ އިން ހަަމަލާ ދޭނެ ކަމަށެވެ. 

ހުކުރު ދުވަހު އެމެރިކާގެ ތެލުގެ ކުންފުނިތަކާ އެކު އޮތް ބައްދަލުވުމަށް ފަހު ވެސް ޓްރަމްޕް ވިދާޅުވީ، އެމެރިކާ އިން އަންނަނީ އީރާންގެ ޙާލަތު ވަރަށް ކައިރިން ބަލަމުން ކަމަށެވެ. އަދި މިވަގުތު އީރާންގައި ސަރުކާރާ ދެކޮޅަށް ވަރުގަދަ މުޒާހަރާ ތަކެއް ކުރަމުން އަންނައިރު، އީރާން އޮތީ ބޮޑު މުސީބާތެއްގެ ތެރޭގައި ކަމަށް ވެސް ޓްރަމްޕް ވިދާޅުވެފައިވެ އެވެ. 

އީރާންގެ ސަރުކާރުން ބުނެފައި ވަނީ، އެ މުޒާހަރާ ތަކަކީ އެ ޤައުމާ ދެކޮޅު ބަޔަކު އަޑީގައި ތިބެގެން ކުރިއަށް ގެންދާ މުޒާހަރާ ތަކެއް ކަމަށެވެ. ވިޔަފާރި ވެރިންގެ ކަންބޮޑުވުން ތަކުގެ ތެރެއިން މުޒާހަރާ ފެށުނު ނަމަވެސް، ބަޔަކު އެ މުޒާހަރާގެ މަޤުސަދު ގެއްލުވާލާފައިވާ ކަމަށް ބުނެ، އީރާންގެ ދިފާއުގައި ފިޔަވަޅުތައް އަޅާނެ ކަމުގެ އިންޒާރު ވެސް ދީފައިވެ އެވެ. 

އީރާންއާ ދެކޮޅަށް އަސްކަރީ ގޮތުން ހަމަލާ ތަކެއް ދޭނެ ކަަމަށް ވިދާޅުވެ ޓްރަމްޕް އިންޒާރު ދެއްވަމުން އަންނައިރު، ގިނަ ބަޔަކު އަންނަނީ އެކަމުގެ ކަންބޮޑުވުން ވެސް ފާޅު ކުރަމުންނެވެ. 

ރައީސް ޑޮނަލްޑް ޓްރަމްޕްއެމެރިކާއީރާން-އެމެރިކާއީރާން

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2026

އެމެރިކާ ގައި ހުރި ވެނެޒުއޭލާގެ ތެލުގެ އާމްދަނީ ފައިސާ އަތުނުލެވޭނެ ގޮތަށް ގަރާރެއްގައި ޓްރަމްޕް ސޮއިކުރައްވައިފި

10 ޖެނުއަރީ 2026
އެމެރިކާ ގައި ހުރި ވެނެޒުއޭލާގެ ތެލުގެ އާމްދަނީ ފައިސާ އަތުނުލެވޭނެ ގޮތަށް ގަރާރެއްގައި ޓްރަމްޕް ސޮއިކުރައްވައިފި
10 ޖެނުއަރީ 2026

އިރާނުގެ މުޒާހަރާގައި އިސްކޮށް ހަރަކާތްތެރިވި 100ށް ވުރެ ގިނަ މީހުން ހައްޔަރު ކޮށްފި

10 ޖެނުއަރީ 2026
އިރާނުގެ މުޒާހަރާގައި އިސްކޮށް ހަރަކާތްތެރިވި 100ށް ވުރެ ގިނަ މީހުން ހައްޔަރު ކޮށްފި
10 ޖެނުއަރީ 2026

ވެނެޒުއޭލާގައި ތެޔޮ ނެގުމަށް އެމެރިކާގެ ބޮޑެތި ކުންފުނިތަކުގެ ޝައުގު ހޯދުމަށް ޓްރަމްޕް ބޭއްވެވި ބައްދަލުވުމުގައި ކުންފުނިތަކުން މާ ބޮޑު ޝައުގުވެރިކަމެއް ނުދެއްކި

10 ޖެނުއަރީ 2026
ވެނެޒުއޭލާގައި ތެޔޮ ނެގުމަށް އެމެރިކާގެ ބޮޑެތި ކުންފުނިތަކުގެ ޝައުގު ހޯދުމަށް ޓްރަމްޕް ބޭއްވެވި ބައްދަލުވުމުގައި ކުންފުނިތަކުން މާ ބޮޑު ޝައުގުވެރިކަމެއް ނުދެއްކި
10 ޖެނުއަރީ 2026

މަސްތުވާތަކެއްޗާ ދެކޮޅަށް ކަނޑުމަތީގައި ދިން ހަމަލާތަކަށް ފަހު އެއްގަމު މަގުން ހަމަލާތައް ދޭން އެމެރިކާ އިން ތައްޔާރު ވެއްޖެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

10 ޖެނުއަރީ 2026
މަސްތުވާތަކެއްޗާ ދެކޮޅަށް ކަނޑުމަތީގައި ދިން ހަމަލާތަކަށް ފަހު އެއްގަމު މަގުން ހަމަލާތައް ދޭން އެމެރިކާ އިން ތައްޔާރު ވެއްޖެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
10 ޖެނުއަރީ 2026

ޔޫރަޕުގެ ސިޔާސީ ނިޒާމު އޮތީ ނުރައްކަލެއްގެ ތެރޭގައި: ފްރާންސްގެ ފޮރިން މިނިސްޓަރު

10 ޖެނުއަރީ 2026
ޔޫރަޕުގެ ސިޔާސީ ނިޒާމު އޮތީ ނުރައްކަލެއްގެ ތެރޭގައި: ފްރާންސްގެ ފޮރިން މިނިސްޓަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު