Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އެމެރިކާ-އީރާން

އިރާނުގެ މުޒާހަރާތައް ހުއްޓުވުމަށް ބާރުގެ ބޭނުން ކުރި އިސްވެރިންނަށް އެމެރިކާ އިން ދަތިކުރުމުގެ ފިޔަވަޅު އަޅައިފި

ފިޔަވަޅުތައް އަމާޒުވި ލަރިޖާނީ ވިދާޅުވެފައި ވަނީ އިރާނުގެ ރައްޔިތުން މަރަމުންދާ އަސްލު ގާތިލުންނަކީ ރައީސް ޓްރަމްޕާއި އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫ ކަމަށް.

ރާއްޖެ އެމްވީ | 15 ޖެނުއަރީ 2026 | ބުރާސްފަތި 18:43
އީރާނުގެ އެންމެ މަތީ ގައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ ވެރިޔާ އަލީ ލަރިޖާނީ

އީރާނުގެ އެންމެ މަތީ ގައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ ވެރިޔާ އަލީ ލަރިޖާނީ | ގެޓީ އިމޭޖަސް

އިރާނުގައި ސަރުކާރާ ދެކޮޅަށް ކުރަމުންދާ މުޒާހަރާތަކާ ގުޅިގެން، އެ ގައުމުގެ ސިޔާސީ އަދި ސަލާމަތީ އިސް މަސްއޫލުވެރިންނާ ދެކޮޅަށް އެމެރިކާ އިން ދަތިކުރުމުގެ އައު ފިޔަވަޅުތަކެއް އަޅައިފި އެވެ.

މި ފިޔަވަޅުތައް އަޅާފައި މިވަނީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިރާނާ ދެކޮޅަށް އަސްކަރީ ފިޔަވަޅެއް އެޅުމުގެ އިންޒާރު ދެއްވާފައިވާ ދަނޑިވަޅެއްގަ އެވެ.

އަންގާރަ ދުވަހު އެމެރިކާ އިން އެޅި މި ފިޔަވަޅުތައް މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައި ވަނީ އިރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީ އަލީ ލަރިޖާނީގެ އިތުރުން ބައެއް އެހެން އިސްވެރިންނަށެވެ. އެމެރިކާ އިން ބުނާ ގޮތުގައި މި ފަރާތްތަކަކީ ތެހެރާނުން މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް ހިންގި "ލާއިންސާނީ" އަމަލުތައް ރޭވި މައިގަނޑު ފަރާތްތަކެވެ.

އެމެރިކާގެ ޓްރެޜަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، މިނިވަންކަމާއި އިންސާފަށް އެދި ގޮވާލަމުންދާ އިރާނުގެ ރައްޔިތުންނާއެކު އެމެރިކާ ސާބިތުކަމާއެކު އޮންނާނެ ކަމަށެވެ. އަދި ރައީސް ޓްރަމްޕްގެ އިރުޝާދުގެ ދަށުން، އިރާނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ އަނިޔާވެރި އަމަލުތަކުގައި ބައިވެރިވާ އިސްވެރިންނަށް ފިޔަވަޅު އަޅަމުންދާނެ ކަމަށާއި، އިންސާނީ ހައްގުތަކަށް އަރައިގަންނަ ފަރާތްތަކާ ދެކޮޅަށް ހުރި ހުރިހާ ވަސީލަތެއްގެ ބޭނުން ހިފާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

މި ފިޔަވަޅުތަކުގެ ދަށުން، އެމެރިކާގެ އިހުތިސާސް ހިނގާ ސަރަހައްދުތަކުގައި ހުރި މި ފަރާތްތަކުގެ މުދަލާއި ފައިސާ ފްރީޒް ކުރެވޭނެ އެވެ. އަދި އެމެރިކާގެ އެއްވެސް ރައްޔިތަކު މި ފަރާތްތަކާ އެކު ވިޔަފާރީގެ އެއްވެސް މުއާމަލާތެއް ކުރުމަކީ ގާނޫނީ ގޮތުން މަނާ ކަމެކެވެ.

އިރާނަކީ މިހާރުވެސް ދަތިކުރުމުގެ ގިނަ ފިޔަވަޅުތަކެއްގެ ދަށުގައި އޮތް ގައުމަކަށް ވުމުން، މިއީ ރަމްޒީ ފިޔަވަޅެއް ކަމަށް ބެލެވުނު ނަމަވެސް، މިއީ އިރާނަށް ދެމުންދާ ޕްރެޝަރު އިތުރުވަމުންދާ ކަމުގެ ނިޝާނެކެވެ. ފިޔަވަޅު އެޅުނު ލަރިޖާނީ އަކީ އިރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީގެ ވަރަށް އަރިސް މުޝީރެކެވެ.

މި ހަފުތާގެ ކުރީކޮޅު ރައީސް ޓްރަމްޕް ވަނީ އިރާނުގެ ރައްޔިތުން ނުކުމެ ސަރުކާރުގެ އިދާރާތައް ހިފައި، "މީހުން މަރާ މީހުންނާއި އަނިޔާވެރިންގެ" ނަންތައް ހޯދައި ބެހެއްޓުމަށް ގޮވާލައްވާފަ އެވެ. މިކަމަށް ރައްދު ދެއްވަމުން ލަރިޖާނީ ވަނީ، އިރާނުގެ ރައްޔިތުން މަރަމުންދާ އަސްލު ގާތިލުންނަކީ ޓްރަމްޕާއި އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ކަމަށް ތުހުމަތު ކުރައްވާފަ އެވެ.

އޭނާ 'އެކްސް' (ކުރީގެ ޓްވިޓާ) ގައި ލިޔުއްވާފައި ވަނީ، "އިރާނުގެ ރައްޔިތުންގެ މައިގަނޑު ގާތިލުންގެ ގޮތުގައި އަހަރެމެން އިއުލާން ކުރަނީ: 1- ޓްރަމްޕް، 2- ނަތަންޔާހޫ" ކަމަށެވެ.

ޢަލީ ލަރިޖާނީއީރާން-އެމެރިކާއީރާން މުޒާހަރާ

ކޮމެންޓް

އިތުރަށް ކިޔާލަން

އީރާންގައި ތިބި އިންޑިއާގެ ރައްޔިތުން އެ ޤައުމު ދޫކޮށް ދިޔުމަށް އަންގައިފި

އީރާންގައި ތިބި އިންޑިއާގެ ރައްޔިތުން އެ ޤައުމު ދޫކޮށް ދިޔުމަށް އަންގައިފި

15 ޖެނުއަރީ 2026
އީރާނުގެ މައްސަލައިގައި އދ. ގެ ސަލާމަތީ މަޖިލީހުގެ ބައްދަލުވުމެއް ބުރާސްފަތި ދުވަހު ބާއްވަނީ

އީރާނުގެ މައްސަލައިގައި އދ. ގެ ސަލާމަތީ މަޖިލީހުގެ ބައްދަލުވުމެއް ބުރާސްފަތި ދުވަހު ބާއްވަނީ

15 ޖެނުއަރީ 2026
އެމެރިކާ އިން އީރާނަށް ހަމަލާދިނުމަކީ ހެދޭނެ އެންމެ ބޮޑު ގޯސް ކަމަށް ރަޝިޔާގެ އިސް އޮފިޝަލަކު ވިދާޅުވެއްޖެ

އެމެރިކާ އިން އީރާނަށް ހަމަލާދިނުމަކީ ހެދޭނެ އެންމެ ބޮޑު ގޯސް ކަމަށް ރަޝިޔާގެ އިސް އޮފިޝަލަކު ވިދާޅުވެއްޖެ

14 ޖެނުއަރީ 2026
ސައުދީގެ އެއްގަމާއި ވައިގެ ސަރަހައްދު އީރާނަށް ހަމަލާ ދިނުމަށް ބޭނުން ނުކުރެވޭނެ ކަމަށް އެ ގައުމުން އަންގައިފި

ސައުދީގެ އެއްގަމާއި ވައިގެ ސަރަހައްދު އީރާނަށް ހަމަލާ ދިނުމަށް ބޭނުން ނުކުރެވޭނެ ކަމަށް އެ ގައުމުން އަންގައިފި

14 ޖެނުއަރީ 2026
ގަތަރުގެ އެމެރިކާގެ އަސްކަރީ މަރުކަޒު، އަލް-އުދައިދު އެއަރ ބޭސްގައި ތިބި ބައެއް މުވައްޒަފުން ބުދަ ދުވަހުގެ އިރުއޮއްސުމުގެ ކުރިން އެތަނުން ފޭބުމަށް އަންގައިފި

ގަތަރުގެ އެމެރިކާގެ އަސްކަރީ މަރުކަޒު، އަލް-އުދައިދު އެއަރ ބޭސްގައި ތިބި ބައެއް މުވައްޒަފުން ބުދަ ދުވަހުގެ އިރުއޮއްސުމުގެ ކުރިން އެތަނުން ފޭބުމަށް އަންގައިފި

14 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

14 އެޕްރީލު
ޒަހަމްވި މާނިއުގެ މަންމަ: "ސަރުކާރުން ހަދަނީ ދޮގު، އެއްވެސް އެހީތެރިކަމެއް ނުދޭ"
20251 އަހަރު ކުރިން
ރާއްޖެ

ޒަހަމްވި މާނިއުގެ މަންމަ: "ސަރުކާރުން ހަދަނީ ދޮގު، އެއްވެސް އެހީތެރިކަމެއް ނުދޭ"

"މާތް ﷲގެ އިރާދަފުޅުން، އަދި އެ ދުވަސް އަނބުރާ ލިބޭނެ"
20242 އަހަރު ކުރިން
ތަފާތު ޚަބަރު

"މާތް ﷲގެ އިރާދަފުޅުން، އަދި އެ ދުވަސް އަނބުރާ ލިބޭނެ"

އަޝްރަފް ހަކީމީގެ މުދާ މަންމަގެ ނަންމަތީގައި، ކުރީގެ އަނބިމީހާއަށް ލަނޑުދީފި
20233 އަހަރު ކުރިން
ކުޅިވަރު

އަޝްރަފް ހަކީމީގެ މުދާ މަންމަގެ ނަންމަތީގައި، ކުރީގެ އަނބިމީހާއަށް ލަނޑުދީފި

"ވަގުތަށް ކަމޭހިތުމުގެ ބައި ފަރީލާގެ ނެތް"
20224 އަހަރު ކުރިން
ރިޕޯޓު

"ވަގުތަށް ކަމޭހިތުމުގެ ބައި ފަރީލާގެ ނެތް"

އިންތިޚާބުގައި ލިބުނީ ނާކާމިޔާބީއެއްކަމަށް ބުނެ މީޑިއާތަކުން ދައްކާވާހަކަ އެމްޑީޕީއިން މިފަހަރު ދޮގުކުރީ ހެއްކާއެކު
20215 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ލިބުނީ ނާކާމިޔާބީއެއްކަމަށް ބުނެ މީޑިއާތަކުން ދައްކާވާހަކަ އެމްޑީޕީއިން މިފަހަރު ދޮގުކުރީ ހެއްކާއެކު

އެކައުންޓުން ކެނޑިފައިވާ ފައިސާ އަކީ ލިންޗްޕިންއަށް ދައްކަންޖެހޭ ފައިސާ: ބީއެމްއެލް
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެކައުންޓުން ކެނޑިފައިވާ ފައިސާ އަކީ ލިންޗްޕިންއަށް ދައްކަންޖެހޭ ފައިސާ: ބީއެމްއެލް

އަބްދުއްރަހީމަށް ދުންޔާ ދެއްވަން އޮތް ޖަވާބަކީ އިމޯޖީއެއް؟
20188 އަހަރު ކުރިން
ރިޕޯޓު

އަބްދުއްރަހީމަށް ދުންޔާ ދެއްވަން އޮތް ޖަވާބަކީ އިމޯޖީއެއް؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު