Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން-އެމެރިކާ

މުޒަހާރާ ކުރާ މީހުން ހައްޔަރު ކުރާ ނަމަ، ވަރުގަދަ ފިޔަވަޅު ތަކެއް އަޅުއްވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

ބުދަ ދުވަހު ވޮޝިންޓަން އަށް އެނބުރި ވަޑައިގަންނަވަމުން ޓްރަމްޕް ވިދާޅުވީ، އީރާންއާ ގުޅޭ ގޮތުން ވަރަށް އަވަހަށް އޭނާ އަށް ބްރީފިންއެއް ލިބިވަޑައިގަންނަވާނެ ކަމަށް. އެގޮތުން މަރުވެފައިވާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުވެފައިވާ ކަމަށް ހީފުޅު ކުރެވޭ ކަމަށާއި، ނަމަވެސް އެކަން ކަށަވަރު ނުކުރެވޭ ކަމަށް ވިދާޅުވި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 14 ޖެނުއަރީ 2026 | ބުދަ 06:27
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނޫސްވެރިންނާ ވާހަކަ ދައްކަވަނީ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނޫސްވެރިންނާ ވާހަކަ ދައްކަވަނީ | ގެޓީ އިމޭޖަސް

އީރާންގައި އެ ޤައުމުގެ ސަރުކާރާ ދެކޮޅަށް ކުރަމުން އަންނަ މުޒާހަރާ ތަކުގައި ބައިވެރިވާ މީހުން ހައްޔަރު ކުރާ ނަމަ، އެމެރިކާ އިން އެކަމާ ދެކޮޅަށް ވަރުގަދަ ފިޔަވަޅު އަޅުއްވާނެ ކަމަށް އެ ޤައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

އަންގާރަ ދުވަހު ސީބީއެސް ނިއުސް އަށް ދެއްވި އިންޓަވިޔުއެއްގައި ޓްރަމްޕް ވިދާޅުވީ، އީރާން އިން އެފަދަ ކަމެއް ކޮށްފި ނަމަ އެމެރިކާ އިން ހަގީގަތުގައި ވެސް އެކަމާ ދެކޮޅަށް ފިޔަވަޅު އަޅުއްވާނެ ކަމަށެވެ. އެއީ އީރާންގައި މުޒާހަރާ ކުރާ މީހުން ހައްޔަރު ކުރުން ބުދަ ދުވަހު ފެށޭނެ ކަމަށް ކޮށްފައިވާ ރިޕޯޓަށް އިޝާރާތްކޮށެވެ. 

ޓްރަމްޕް ވިދާޅުވީ އެތައް ހާސް ބަޔަކު މަރާލާފައިވާ ކަމަށާއި، އަނެއްކާ މިހާރު މީހުން ހައްޔަރު ކުރުމުގެ ވާހަކަ ފެތުރެމުން އަންނަ ކަމަށެވެ. އެކަން އެހެން ވެއްޖެ ނަމަ، ދެން ކަންތައް ވާނެ ގޮތެއް ބަލަން ތިބުމަށް ވެސް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ. 

މީގެ އިތުރުން މުޒާހަރާގެ ތެރެއިން މިހާތަނަށް މަރުވެފައިވާ މީހުން އަދަދު ކަށަވަރު ކުރެވިފައި ނުވާ ކަމަށާއި، އެމެރިކާ އިން އީރާންގެ ރައްޔިތުުންނަށް އެހީތެރިކަމާއި އެއްބާރުލުން ދެއްވާނެ ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ. މީގެ ކުރިން ވެސް ސޯޝަލް މީޑިއާ މެދުވެރިކޮށް ޓްރަމްޕް ވަނީ އެހެން ވިދާޅުވެފަ އެވެ. 

އެގޮތުން ޓްރަމްޕް ވިދާޅުވީ އޭނާ އަށް އިވެނީ އެކި އަދަދު ތަކުން މީހުން މަރާލާފައިވާ ވާހަކަ ކަމަށެވެ. އެންމެ މީހަކު މަރުވުމަކީ ވެސް ވަރަށް ބޮޑު ކަމެއްގެ ގޮތުގައި ފާހަގަ ކުރައްވައި ޓްރަމްޕް ވިދާޅުވީ، އޭނާ އަށް އަޑު އިވެނީ އެތައް ބަޔަކު މަރާލާފައިވާ ކަމަށް ބުނާ ވާހަކަ ކަމަށެވެ. ނަމަވެސް، ވަރަށް މަދު އަދަދެއްގެ ވާހަކަ ވެސް އިވޭ ކަމަށް ޓްރަމްޕް ވަނީ ފާހަގަ ކުރައްވައިފަ އެވެ. 

އޭގެ ފަހުން ބުދަ ދުވަހު ވޮޝިންޓަން އަށް އެނބުރި ވަޑައިގަންނަވަމުން ޓްރަމްޕް ވިދާޅުވީ، އީރާންއާ ގުޅޭ ގޮތުން ވަރަށް އަވަހަށް އޭނާ އަށް ބްރީފިންއެއް ލިބިވަޑައިގަންނަވާނެ ކަމަށެވެ. އެގޮތުން މަރުވެފައިވާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުވެފައިވާ ކަމަށް ހީފުޅު ކުރެވޭ ކަމަށާއި، ނަމަވެސް އެކަން ކަށަވަރު ނުކުރެވޭ ކަމަށް ވިދާޅުވި އެވެ. ވަރަށް އަވަހަށް ފުރިހަމަ މައުލޫމާތު ލިބިވަޑައިގަންނަވާނެ ކަމަށާއި، އެއާ އެއްގޮތަށް އަމަލު ކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. 

އީރާންގައި ކުރަމުން އަންނަ މުޒާހަރާ ތަކުގައި ބައިވެރިވާ މީހުންނަށް ހަމަލާ ދީ، އެ މީހުން ހައްޔަރުކޮށް އަދި މީހުން މަރާ ނަމަ އެކަމާ ދެކޮޅަށް އެމެރިކާ އިން ފިޔަވަޅު އަޅާނެ ކަމަށް މީގެ ކުރިން ވެސް ޓްރަމްޕް ވިދާޅުވެފައިވެ އެވެ. ނަމަވެސް، އީރާން އިން ބުނެފައި ވަނީ އެ މުޒާހަރާ ތަކުގެ މަޤުސަދު ގެއްލިފައިވާ ކަމަށާއި، އެއީ އެމެރިކާ އާއި އިސްރާއީލް އަޑީގައި އޮވެގެން ހިންގާ ޖަރީމާއެއް ކަމަށެވެ.

ނޯވޭގައި ހުންނަ އީރާން ހިއުމަން ރައިޓްސް ޖަމިއްޔާ އިން އަންގާރަ ދުވަހު ބުނެފައި ވަނީ، މުޒާހަރާ ތަކާ ގުޅިގެން ހިނގި ކަންތައް ތަކުގެ ތެރޭގައި މަދުވެގެން 734 މީހަކު މަރުވެފައިވާ ކަމަށް ކަށަވަރު ކުރެވިފައިވާ ކަމަށެވެ. ނަމަވެސް، އެ އަދަދު ހާހުން މައްޗަށް އަރައިގެން ގޮސްދާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ވެސް ވަނީ ބުނެފަ އެވެ. 

ރައީސް ޑޮނަލްޑް ޓްރަމްޕްއެމެރިކާމުޒާހަރާތައްއީރާން-އެމެރިކާއީރާން މުޒާހަރާއީރާން

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އީރާނު މިސްރާބު ޖަހާފައި ވަނީ 1979 ވަނަ އަހަރު ފަދަ އިންގިލާބަކާ ދިމާލަށްބާ؟

އީރާނު މިސްރާބު ޖަހާފައި ވަނީ 1979 ވަނަ އަހަރު ފަދަ އިންގިލާބަކާ ދިމާލަށްބާ؟

13 ޖެނުއަރީ 2026
އެމެރިކާ އިން އީރާނަށް އާ އަސްކަރީ ހަމަލާތަކެއް ދީފާނެކަމަށް ބުނެ ދެމުންދާ އިންޒާރުތަކަކީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަންކަމެއް ނޫން: ރަޝިޔާ

އެމެރިކާ އިން އީރާނަށް އާ އަސްކަރީ ހަމަލާތަކެއް ދީފާނެކަމަށް ބުނެ ދެމުންދާ އިންޒާރުތަކަކީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަންކަމެއް ނޫން: ރަޝިޔާ

13 ޖެނުއަރީ 2026
މުޒާހަރާތައް ހުއްޓާ ނުލާ ކުރިއަށް ގެންގޮސް ދައުލަތުގެ ތަންތަން ހިފުމަށް އީރާނުގެ ރައްޔިތުންނަށް ޓްރަމްޕް ގޮވާލައްވައިފި

މުޒާހަރާތައް ހުއްޓާ ނުލާ ކުރިއަށް ގެންގޮސް ދައުލަތުގެ ތަންތަން ހިފުމަށް އީރާނުގެ ރައްޔިތުންނަށް ޓްރަމްޕް ގޮވާލައްވައިފި

13 ޖެނުއަރީ 2026
އީރާނަށް ދެވިދާނެ ހަމަލާތަކާ ގުޅޭ މައުލޫމާތު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް އަރުވައިފި

އީރާނަށް ދެވިދާނެ ހަމަލާތަކާ ގުޅޭ މައުލޫމާތު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް އަރުވައިފި

13 ޖެނުއަރީ 2026
އީރާނާ އެކު ވިޔަފާރީގެ މުޢާމަލާތްތައް ހިންގާ ޤައުމުތަކާ ދެކޮޅަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވި ޓެރިފްގެ އިންޒާރަށް ޗައިނާ އިން ދެކޮޅުހަދައިފި

އީރާނާ އެކު ވިޔަފާރީގެ މުޢާމަލާތްތައް ހިންގާ ޤައުމުތަކާ ދެކޮޅަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވި ޓެރިފްގެ އިންޒާރަށް ޗައިނާ އިން ދެކޮޅުހަދައިފި

13 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

23 ފެބުރުއަރީ
ރެފްކޫލް އިން ރޯދަމަހަށް ވީޑިއޯ ކޮންޓެންޓް އުފެއްދުމުގެ މުބާރާތެއް ބާއްވަނީ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރެފްކޫލް އިން ރޯދަމަހަށް ވީޑިއޯ ކޮންޓެންޓް އުފެއްދުމުގެ މުބާރާތެއް ބާއްވަނީ

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިިހުގެ އަރިހުން މަސްވެރި އަލިބެ މައާފަށް އެދިއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިިހުގެ އަރިހުން މަސްވެރި އަލިބެ މައާފަށް އެދިއްޖެ

ޖޫސް ޓައިމަށް ހަމާލާދިނުން: ފުނޑުފުނޑުކޮށްލީ އުމުރުން ދުވަސްވީ މީހެއްގެ މުޅި ދިރިއުޅުން
20233 އަހަރު ކުރިން
ރިޕޯޓު

ޖޫސް ޓައިމަށް ހަމާލާދިނުން: ފުނޑުފުނޑުކޮށްލީ އުމުރުން ދުވަސްވީ މީހެއްގެ މުޅި ދިރިއުޅުން

ރަޝިއާއިން ޔޫކްރޭން ހިފަން ބޭނުންވާ ސަބަބު: ޕުޓިން ބޭނުންފުޅުވަނީ ކޮންކަމެއް؟
20224 އަހަރު ކުރިން
ރިޕޯޓު

ރަޝިއާއިން ޔޫކްރޭން ހިފަން ބޭނުންވާ ސަބަބު: ޕުޓިން ބޭނުންފުޅުވަނީ ކޮންކަމެއް؟

ޑރ. އަލީ ލަތީފްގެ ދައްތަ ފާތިމަތު އަބްދުﷲ ލަތީފް ނިޔާވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ޑރ. އަލީ ލަތީފްގެ ދައްތަ ފާތިމަތު އަބްދުﷲ ލަތީފް ނިޔާވެއްޖެ

ޝިމާ ގެއްލުނު ހާދިސާ ޑިންގީ ދުއްވި ފަޒީލްގެ ދުލުން
20197 އަހަރު ކުރިން
ރިޕޯޓު

ޝިމާ ގެއްލުނު ހާދިސާ ޑިންގީ ދުއްވި ފަޒީލްގެ ދުލުން

ފުލުހުންގެ ބެލުމުގެދަށުގައި، ފުލުހުންގެ ވެހިކަލްގައި އިން މީހަކަށް ބަޔަކު އަނިޔާކުރާ ވީޑިއޯ އެއް އާންމުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ފުލުހުންގެ ބެލުމުގެދަށުގައި، ފުލުހުންގެ ވެހިކަލްގައި އިން މީހަކަށް ބަޔަކު އަނިޔާކުރާ ވީޑިއޯ އެއް އާންމުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު