Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ބޯހިޔާވަހިކަމު ގެ ސްކީމް

ވީކްއެންޑް ނުނިމޭތީ އަދިވެސް ބޯހިޔާވަހިކަމުގެ ސިޔާސަތު ގެ މައުލޫމާތު ސަރުކާރަށް ދެވޭ ވަރެއް ނުވޭ! ބުނަނީ 30 މިނިޓު ކޯލްގައި މަޑުކޮށްލަން!

ރައީސް މުއިއްޒު ވިދާޅުވިފަދައިން މި މަހުގެ 14 ވަނަ ދުވަހު އާއިލީ ބޯހިޔާވަހިކަން ޕްރޮގްރާމް އިއުލާންކުރައްވައި ހޮޓްލައިން ނަންބަރުތައް ހުޅުވާލެއްވި, އެކަމަކު އެ ނަންބަރުތަކަށް ގުޅާއިރު 30 މިނިޓު މަޑުކޮށްލަން ބުނޭ. ޖަވާބެއް ނުދެވޭ.

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 18 ޖެނުއަރީ 2026 | އާދީއްތަ 15:09
އިއްޒުއްދީން ފާލަން ހުޅުވުމުގެ ރަސްމިއްޔާތަށް ވަޑައިގެން، ރައީސް ޑރ. މުހައްމަދު މުއިއްޒު، ހައުސިންގ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު އާއި ސަލާމް ކުރައްވަނީ - 27 ފެބްރުއަރީ 2025

އިއްޒުއްދީން ފާލަން ހުޅުވުމުގެ ރަސްމިއްޔާތަށް ވަޑައިގެން، ރައީސް ޑރ. މުހައްމަދު މުއިއްޒު، ހައުސިންގ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު އާއި ސަލާމް ކުރައްވަނީ - 27 ފެބްރުއަރީ 2025 | ރައީސް އޮފީސް

"ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ވާހަކަ އިސްތިހާރު ކުރާތާ މި ވީ މަދު ދުވަހެއް ނޫނެވެ. އެކި ޕޯޑިއަމްތަކާއި އެކި ޕްލެޓްފޯމުތަކުގައި މި ވާހަކަ ސަރުކާރުން ދައްކާތާ ކިތަންމެ ދުވަހެކެވެ. 

ސަރުކާރުން ބުނާގޮތުން އާއިލީ ބޯހިޔާވަހިކަމުގެ ޕްރޮގްރާމްގެ އެންމެ މުހިންމު މަޤްޞަދަކީ ކޮންމެ ދިވެހި އާއިލާއަކީވެސް އަބުރުވެރި ދިރިއުޅުމެއް އުޅެވޭނެފަދަ އަމިއްލަ ބޯހިޔާވަހިކަމެއް ލިބިފައިވާ އާއިލާއަކަށް ހެދުމަކީ މި ސްކީމްގެ މަގްސަދެވެ. "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ "އާއިލީ ބޯހިޔާވަހިކަން" މި މަހުގެ 14 ވަނަ ދުވަހު އިއުލާންކުރައްވާނެ ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު އޮތީ ކުރިން ވިދާޅުވެފަ އެވެ.

މި ފަހަރު އެ ވިދާޅުވި ވިދާޅުވުން އަނބުރާ ނުގެންދަވަ އެވެ. އެ ދުވަހު ރައީސް ވިދާޅުވި ގޮތަށް އިއުލާން ކުރައްވާ އެތައް ނަމްބަރުތަކެއް ހޮޓްލައިންގެ ގޮތުގައި އިއުލާންކުރެއްވި އެވެ. ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ކުރިއަށް ގެންދާ "ޢާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމުން ދޫކުރުމަށް ހަމަޖެހިފައިވާ ފްލެޓާއި ގޯއްޗަށް އެދި ހުށަހަޅަން ބޭނުންފުޅުވާ ފަރާތްތައް އިތުރު މައުލޫމާތު ސާފުކޮށްލަން ބޭނުންފުޅުވާނަމަ އެ ކޯލް ސެންޓަރގެ ނަންބަރުތަކަށް ގުޅުމަށް ސަރުކާރުން އެދުނެވެ.

އެ ނަމްބަރުތަކަށް އިސާހިތަކު އާއްމުން ގުޅަން ވެސް ފަށައިފި އެވެ. ކަމަކު ދާކަށް ނެތެވެ. ބުނަނީ 30 މިނިޓު މަޑު ކޮށްލާށެވެ. ދެން އިވުނީ އެ މަރުހަލާ އިހަށް މަޑު ޖައްސާލި ވާހަކަ އެވެ. ބަހަނާ އަކަށް ވީ ހަފްތާ ބަންދު ނުވަތަ ވީކް އެންޑަށް ވުމުން ޖަވާބު ދޭން އުނދަނގޫ ވާހަކަ އެވެ. އެ ބުނާ ވީކް އެންޑް ނިމި އަލުން ހޮޓްލައިންގެ ޚިދުމަތް ފެށީ އާދިއްތަ ދުވަހު އެވެ. ވީކް އެންޑް ވެސް ނިމުނީ އެވެ. ނުނިމުނީ މައުލޫމާތު ހޯދަން 30 މިނިޓު މަޑުކޮށްލަން ބުނާ ބުނުމެވެ. މިކަމުން އެނގެނީ އިންތިޒާމްތަކުގެ ދޯދިޔާކަމާއި ދޯހަޅިކަމެވެ.

ދެން މިހާރު ދަރުބާރު ގޭގައި ހެލްޕް ޑެސްކެއް ޤާއިމްކޮށްފި އެވެ. އެކަމަކު ހެލްޕް ޑެސްކަކުން އެކަނި މައުލޫމާތު އޮޅުން ފިލުވުމަކީ 2.0ގެ ރާއްޖެ ދައްކަން އުޅޭ ސަރުކާރަކަށް ނިކަން ލަދުވެތި ކަމެއް ނޫންތޯއެވެ. 

އަނެއްކާ ހައުސިން މިނިސްޓަރ ޑރ.އަބްދުﷲ މުއްތަލިބު މިވަރުގެ ބޮޑު ސްކީމެއްގެ ވާހަކަ ކުޑަ ނޫސް ބަޔާނަކުން ނިންމަވާލެއްވުމަކީ ވެސް ހައިރާންވާ ވަރު ކަމެކެވެ. "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ކުރިއަށް ގެންދާ "ޢާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމުން ދޫކުރުމަށް ހަމަޖެހިފައިވާ ފުލެޓާއި ބިމަށް އެދި އެޕްލިކޭޝަން ހުށަހެޅުމަށް ހުޅުވާލުން އިއުލާން ކުރުމަށް އިއްވީ އެންމެ 5 މިނިޓުގެ ބަޔާނެކެވެ. ބޯހިޔާވަހިކަމުގެ ސްކީމްގެ މައުލޫމާތު ހޯދަން ވެސް އެ ނޫން ސުވާލެއް ކުރަން ވެސް ނޫސްވެރިއަކަށް ވެސް ފުރުސަތެއް ނުދެއްވަ އެވެ. އެހާވެސް ނޫސްވެރިންނާއި، އާއްމުންނާއި ބީރަށްޓިއްސެވެ. މައުލޫމާތު ދިނުމަކީ ސަރުކާރުން އެންމެ ބިރު ގަންނަ ކަމަށް މިއޮތީ ވެފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުޑރ. އަބްދުﷲ މުއްތަލިބުއާއިލީ ބޯހިޔާވަހިކަންބޯހިޔާވަހިކަން އެންމެންނަށް

ކޮމެންޓް

އިތުރަށް ކިޔާލަން

"ބޯހިޔާވަހިކަން އެންމެންނަށް" އިއުލާންކުރުން: ނޫސްވެރިންނަށް ސުވާލުކުރަން ފުރުސަތު ނުދީ ވަޒީރު އިއްވީ އެންމެ 5 މިނިޓުގެ ބަޔާނެއް!

"ބޯހިޔާވަހިކަން އެންމެންނަށް" އިއުލާންކުރުން: ނޫސްވެރިންނަށް ސުވާލުކުރަން ފުރުސަތު ނުދީ ވަޒީރު އިއްވީ އެންމެ 5 މިނިޓުގެ ބަޔާނެއް!

18 ޖެނުއަރީ 2026
"އެންމެނަށް ބޯހިޔާވަހިކަން" ސިޔާސަތުން ގޯއްޗާ ފެލެޓަށް ހުޅުވާލައިފި، އެކަމަކު އެޕްލައި ކުރާނެ އޮޕްޝަނެއް އަދިވެސް ނެތް!

"އެންމެނަށް ބޯހިޔާވަހިކަން" ސިޔާސަތުން ގޯއްޗާ ފެލެޓަށް ހުޅުވާލައިފި، އެކަމަކު އެޕްލައި ކުރާނެ އޮޕްޝަނެއް އަދިވެސް ނެތް!

18 ޖެނުއަރީ 2026
ވުޖޫދު ގައި ނެތް ބޯހިޔާވަހި ކަމެއް ދޭން މުއިއްޒު ސަރުކާރުން އިއުލާނު ކުރި އިރު، އެމްޑީޕީ ގެ ބޯހިޔާވަހިކަމަށް އޭރު ކިޔަމުންދިޔަ ފާޑު ހަނދާން ވެސް ނެތިއްޖެ!

ވުޖޫދު ގައި ނެތް ބޯހިޔާވަހި ކަމެއް ދޭން މުއިއްޒު ސަރުކާރުން އިއުލާނު ކުރި އިރު، އެމްޑީޕީ ގެ ބޯހިޔާވަހިކަމަށް އޭރު ކިޔަމުންދިޔަ ފާޑު ހަނދާން ވެސް ނެތިއްޖެ!

18 ޖެނުއަރީ 2026
މި ދައުރު ނިމެންވާއިރަށް ރަޖިސްޓްރީ ހަދާފައި ގޯތި ހަވާލުކުރާނަން: މިނިސްޓަރު މުއްތަލިބު

މި ދައުރު ނިމެންވާއިރަށް ރަޖިސްޓްރީ ހަދާފައި ގޯތި ހަވާލުކުރާނަން: މިނިސްޓަރު މުއްތަލިބު

18 ޖެނުއަރީ 2026
"އެންމެންނަށް ބޯހިޔާވަހިކަން" ސިޔާސަތުގެ ދަށުން ގޯއްޗާއި ފުލެޓް އަށް އެދި ކުރިމަތިލާން ހުޅުވާލައިފި

"އެންމެންނަށް ބޯހިޔާވަހިކަން" ސިޔާސަތުގެ ދަށުން ގޯއްޗާއި ފުލެޓް އަށް އެދި ކުރިމަތިލާން ހުޅުވާލައިފި

18 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

9 ފެބުރުއަރީ
ސުޕްރީމް ކޯޓްގެ ފަނޑިޔާރު މަހާޒުގެ މައްސަލައެއް ތަހުގީގު ކުރަނީ
20251 އަހަރު ކުރިން
ރާއްޖެ

ސުޕްރީމް ކޯޓްގެ ފަނޑިޔާރު މަހާޒުގެ މައްސަލައެއް ތަހުގީގު ކުރަނީ

ރައްޔިތުންގެ މަޖިލީހުގެ އިދާރީ މުވައްޒަފުންނަށް ބޯހިޔާވަހިކަން ހަމަޖެއްސުމަށް މަޝްވަރާ ކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

ރައްޔިތުންގެ މަޖިލީހުގެ އިދާރީ މުވައްޒަފުންނަށް ބޯހިޔާވަހިކަން ހަމަޖެއްސުމަށް މަޝްވަރާ ކުރަނީ

ބްރިޖު ހައިވޭގައި އެކްސިޑެންޓްވި މީހާގެ ހާލު ސީރިއަސް، ފަރުވާ ދެމުން އަންނަނީ ވެންޓިލޭޓަރުގައި
20233 އަހަރު ކުރިން
ރާއްޖެ

ބްރިޖު ހައިވޭގައި އެކްސިޑެންޓްވި މީހާގެ ހާލު ސީރިއަސް، ފަރުވާ ދެމުން އަންނަނީ ވެންޓިލޭޓަރުގައި

"ވ އާރަށް ލިބުނީ ރައީސް ޔާމީނަށް ރަނގަޅު އެއްޗެއް ދީގެން"
20224 އަހަރު ކުރިން
ރާއްޖެ

"ވ އާރަށް ލިބުނީ ރައީސް ޔާމީނަށް ރަނގަޅު އެއްޗެއް ދީގެން"

ޔާމީނަށް ޙުކުމް ކުރެއްވި ފަނޑިޔާރުގެ މުޅި އާއިލާއަށް ފްލެޓު ލިބުނު ވާހަކައަކީ ދޮގެއް!
20215 އަހަރު ކުރިން
ރިޕޯޓު

ޔާމީނަށް ޙުކުމް ކުރެއްވި ފަނޑިޔާރުގެ މުޅި އާއިލާއަށް ފްލެޓު ލިބުނު ވާހަކައަކީ ދޮގެއް!

އޮންލައިން ޕޯޓަލް މެދުވެރިކޮށް ފްލެޓަށް ފޯމް ހުށައެޅުމަށް ހޯމަ ދުވަހު ހުޅުވާލަނީ!
20197 އަހަރު ކުރިން
ރާއްޖެ

އޮންލައިން ޕޯޓަލް މެދުވެރިކޮށް ފްލެޓަށް ފޯމް ހުށައެޅުމަށް ހޯމަ ދުވަހު ހުޅުވާލަނީ!

ޕީޕީއެމްގެ ޖަލްސާތަކަށް ނުދާ ދީނީ އިލްމުވެރިންނާ ގިޔާމަތް ދުވަހުން ސުވާލުކުރެވޭނޭ!
20188 އަހަރު ކުރިން
ރާއްޖެ

ޕީޕީއެމްގެ ޖަލްސާތަކަށް ނުދާ ދީނީ އިލްމުވެރިންނާ ގިޔާމަތް ދުވަހުން ސުވާލުކުރެވޭނޭ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު