Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެދަރިވަރުންގެ ސްޓައިޕެންޑް

8 ހަފްތާ ވަންދެން ދަރިވަރުންނަށް ފައިސާ ނުފޮނުވި ހުރިކަމަށް އިއުތިރާފްވެވަޑައިގަތުމަށް ފަހު، ސްޓައިޕެންޑްތައް މުރާޖައާކުރާނެ ކަމަށް ވަޒީރު ހައިދަރު ވިދާޅުވެއްޖެ

ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވީ ބޭރުގައި ކިޔަވާ ދަރިވަރުންނަށް ފައިސާ ގަވައިދުން ނުލިބޭތީ ޝަކުވާކުރާ ކަމަށާއި އަށް ހަފުތާ ވަންދެން ފައިސާ ނުފޮނުވި ވާ ކަމަށް. ހަތް އަހަރު ވެއްޖެ އެއް ސްޓައިޕެންޑެއް ބޭނުންކުރާތީ އަދި ކޮންމެ ގައުމެއްގައި ދިރިއުޅުމުގެ ހަރަދު އިތުރުވަމުން ދާތީ މި އަހަރު ތެރޭ ސްޓައިޕެންޑް މުރާޖައާ ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އޭނާ ވިދާޅުވި.

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 19 ޖެނުއަރީ 2026 | ހޯމަ 13:31
ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު

ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު | ރައްޔިތުންގެ މަޖިލިސް

ސަރުކާރުން ދޫކުރާ ލޯނާއި ސްކޮލާޝިޕްގައި ރާއްޖެ އިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ދޫކުރާ ސްޓައިޕެންޑްތައް މުރާޖައާކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ގެ ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވެއްޖެ އެވެ.

ހައިދަރު އެފަދައިން ވިދާޅުވީ ސަރުކާރުން ކުރިއަށް ގެންދާ "ތަރުޖަމާނާ އެކު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.   

Advertisement - newsAdvertisement

އެ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ހައިދަރު ވަނީ  ބޭރުގައި ކިޔަވާ ރާއްޖޭގެ ދަރިވަރުންނަށް ގަވައިދުން ފައިސާ ނުލިބޭތީ އެ ޝަކުވާ ކުރާ ކަމަށް ވިދާޅުވެފަ އެވެ. އަދި ފައިސާ ދޫކުރަން ހަމަޖެހިފައިވާ މުއްދަތަށް ވުރެ ދެ މަސް ކުރިން އެ މަސައްކަތް ފެއްޓެވި ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

އެހެން ނަމަވެސް އަށް ހަފުތާ ވަންދެން ދަރިވަރުންނަށް ފައިސާ ނުފޮނުވި ވާ ކަމަށް އެ މަނިކުފާނު އިއުތިރާފްވެ ވަޑައިގަތެވެ. އެކަން އެހެންވީ ބައެއް މައްސަލަތައް ދިމާވެގެން ކަމަށް ހައިދަރު ވަނީ ވިދާޅުވެފަ އެވެ. ސްޓައިޕެންޑް މުރާޖައާ ކުރަނީ އެކި ޤައުމުތަކަށް ސްޓައިޕެންޑް ކަނޑާއަޅާފައިވާ މިންވަރު ތަފާތުވުމުން ކަމަށް ވެސް ހައިދަރު ވިދާޅުވި އެވެ.

"ސްޓައިޕެންޑްގެ މުރާޖައާ ކުރަން އަޅުގަނޑުމެން އެބަ ފަށަން.  މިހާރު ހަތް ވަރަކަށް އަހަރު ވެއްޖެ ގާތްގަނޑަކަށް އެއް ސްޓައިޕެންޑެއް ބޭނުންކުރާތާ. ދިރިއުޅުމުގެ ހަރަދުތައް ކޮންމެ ގައުމެއްގައި މި ދަނީ އިތުރުވަމުން. އެހެންވީމާ މުރާާޖައާކުރުމުގެ މަރުހަލާއެއް މި އަހަރު ތެރޭ ފަށައިފިން." މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރ މިފަދައިން ވިދާޅުވެފައިވާ އިރު ބޭރުގައި ކިޔަވާ ދަރިވަރުންނަށް ދިމާވާ ދަތިތައް ބޮޑުވެ ތަކުރާރުކޮށް އެ ޝަކުވާތައް ވަޒީރަށް ދަނީ ހުށަހަޅަމުންނެވެ. އަދި ޝަކުވާތައް ބޮޑުވެ އެކަމާއި ގުޅިގެން އެކުލަވާލި ރިޕޯޓެއް ވެސް ވަޒީރާއި ހިއްސާކޮށްފައި ވެ އެވެ. މިނިސްޓްރީ އިން ޖަވާބުދާރީ ނުވުމާއި ދަރިވަރުންގެ ފޯނުކޯލަށް ޖަވާބު ނުދިނުމަކީ ވެސް ދަރިވަރުންގެ ބޮޑު ޝަކުވާއެކެވެ.

ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުޢަލީ ޙައިދަރުތަރުޖަމާނާ އެކު

އިތުރަށް ކިޔާލަން

18 ޖެނުއަރީ 2026

ވީކްއެންޑް ނުނިމޭތީ އަދިވެސް ބޯހިޔާވަހިކަމުގެ ސިޔާސަތު ގެ މައުލޫމާތު ސަރުކާރަށް ދެވޭ ވަރެއް ނުވޭ! ބުނަނީ 30 މިނިޓު ކޯލްގައި މަޑުކޮށްލަން!

18 ޖެނުއަރީ 2026
ވީކްއެންޑް ނުނިމޭތީ އަދިވެސް ބޯހިޔާވަހިކަމުގެ ސިޔާސަތު ގެ މައުލޫމާތު ސަރުކާރަށް ދެވޭ ވަރެއް ނުވޭ! ބުނަނީ 30 މިނިޓު ކޯލްގައި މަޑުކޮށްލަން!
16 ޖެނުއަރީ 2026

ރައީސް މުއިއްޒު ނޭޝަނަލް އެންޓި ޑޯޕިން އެޖެންސީ އުފައްދަވައިފި

16 ޖެނުއަރީ 2026
ރައީސް މުއިއްޒު ނޭޝަނަލް އެންޓި ޑޯޕިން އެޖެންސީ އުފައްދަވައިފި
15 ޖެނުއަރީ 2026

ކައުންސިލުން ބިން ހަވާލުކުރިތާ 2 އަހަރު ވާން ކައިރި ވީއިރުވެސް، ދުވާފަރު ދަނާލު ގެ މަސައްކަތް ނުފެށޭ

15 ޖެނުއަރީ 2026
ކައުންސިލުން ބިން ހަވާލުކުރިތާ 2 އަހަރު ވާން ކައިރި ވީއިރުވެސް، ދުވާފަރު ދަނާލު ގެ މަސައްކަތް ނުފެށޭ
13 ޖެނުއަރީ 2026

"ކޮރަޕްޝަން ޓޮލަރޭޓެއް ނުކުރާނަން، ޒީރޯ ޓޮލަރެންސް ހަގީގީ މާނައިގައި ތަންފީޒު ކުރާނެ ވާހަކަ ދަންނަވަން"

13 ޖެނުއަރީ 2026
"ކޮރަޕްޝަން ޓޮލަރޭޓެއް ނުކުރާނަން، ޒީރޯ ޓޮލަރެންސް ހަގީގީ މާނައިގައި ތަންފީޒު ކުރާނެ ވާހަކަ ދަންނަވަން"
12 ޖެނުއަރީ 2026

ނޯށުން ރޯ ވަރަށް ގައުމުން ވައްކަން ކުރަނީ!

12 ޖެނުއަރީ 2026
ނޯށުން ރޯ ވަރަށް ގައުމުން ވައްކަން ކުރަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު