Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެންޓި ޑޯޕިން އެޖެންސީ

ރައީސް މުއިއްޒު ނޭޝަނަލް އެންޓި ޑޯޕިން އެޖެންސީ އުފައްދަވައިފި

އެޖެންސީ ހިނގަމުންދާނީ ސްޕޯޓްސް މިނިސްޓްރީގެ ދަށުން، މުސްތަގިއްލު ބޯޑެއްގެ ދަށުން ވޯލްޑް އެންޓި ޑޯޕިން ކޯޑާއި އެއްގޮތަށް ޑޯޕިން ކޮންޓްރޯލްކުރުމުގެ ސިޔާސަތުތައް ތަންފީޒުކުރުމަށް ކަމަށް ގާނުނުގައި ބުނޭ.

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް | 16 ޖެނުއަރީ 2026 | ހުކުރު 05:22
ދިވެހިރާއްޖޭގެ ކުޅިވަރު ޤާނޫނަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސް މުއިއްޒު ތަސްދީގުކުރެއްވި ރަސްމިއްޔާތުގެ ތެރެއިން؛ އެންޓި ޑޯޕިން އެޖެންސީ އުފެއްދެވީ މި ގާނޫނުގެ ދަށުން

ދިވެހިރާއްޖޭގެ ކުޅިވަރު ޤާނޫނަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސް މުއިއްޒު ތަސްދީގުކުރެއްވި ރަސްމިއްޔާތުގެ ތެރެއިން؛ އެންޓި ޑޯޕިން އެޖެންސީ އުފެއްދެވީ މި ގާނޫނުގެ ދަށުން | ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ކުޅިވަރުގެ ދާއިރާގައި އެންމެންނަށް ހަމަހަމަކަން ކަށަވަރުކޮށްދިނުމަށް "މޯލްޑިވްސް ނޭޝަނަލް އެންޓި ޑޯޕިން އެޖެންސީ" އުފައްދަވައިފި އެވެ.

މި އެޖެންސީ އުފައްދަވާފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީ ގެ 116 ވަނަ މާއްދާގެ ހ އިން ރައީސުލްޖުމްހޫރިއްޔާ އަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުން ކަމަށް ބުނެފައިވެ އެވެ.

ރައީސް އޮފީހުން ބުރާސްފަތި ދުވަހުގެރޭ ކުރި އިއުލާނެއްގައި ބުނީ، ދިވެހިރާއްޖޭގެ ކުޅިވަރު ގާނޫނުގެ 38 ވަނަ މާއްދާގެ ހ ގައި ބަޔާންކޮށްފައިވާ މި އެޖެންސީ އުފައްދަވާފައިވާ ކަމަށެވެ. މި އެޖެންސީ އުފައްދަވާފައިވަނީ މިދިޔަ އަހަރު މެއި މަހުގެ 19 ވަނަ ދުވަހު ރައީސް މުއިއްޒު ތަސްދީގުކުރެއްވި ދިވެހިރާއްޖޭގެ ކުޅިވަރު ގާނޫނަށް އެއްވަނަ އިސްލާހު ގެނައުމުގެ ބިލުގެ ދަށުންނެވެ.

މޯލްޑިވްސް ނޭޝަނަލް އެންޓި ޑޯޕިން އެޖެންސީ އަކީ ސްޕޯޓްސް މިނިސްޓްރީ ގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި ރައީސް މުއިއްޒު ހަމަޖައްސަވައިފައިވާ އިދާރާއެކެވެ. އިދާރީ ގޮތުން ސްޕޯޓްސް މިނިސްޓްރީ އާއި ގުޅިފައިވާ އެޖެންސީ އެއް ނަމަވެސް، ގަނޫނުގައި ވާގޮތުން އެ އިދާރާ ހިނގަމުންދާނީ ކުޅިވަރުގެ މައިދާނު ގައި ޑޯޕިން ކޮންޓްރޯލް ކުރުމުގެ ސިޔާސަތުތައް ތަންފީޒުކުރުމަށްޓަކައި ކަނޑައެޅޭ މުސްތަގިއްލު ބޯޑެއްގެ ދަށުންނެވެ.

ގާނޫނުގައި ވާގޮތުން، ޔުނެސްކޯ ކޮންވެންޝަން އާއި ވޯލްޑް އެންޓި ޑޯޕިން ކޯޑާއި އެއްގޮތްވާ ގޮތުގެ މަތިން ކުޅިވަރު މައިދާނުގައި ޑޯޕިން ކޮންޓްރޯލްކުރުމުގެ ސިޔާސަތުތައް ތަންފީޒުކުރުމަށްޓަކައި މުސްތަގިއްލު ބޯޑެއްގެ ދަށުން މި އެޖެންސީ ހިންގަންވާނެ އެވެ. 

މޯލްޑިވްސް ނޭޝަނަލް އެންޓި ޑޯޕިން އެޖެންސީ ގެ ބޯޑު އެކުލަވާލާނީ، ދިވެހިރާއްޖޭގައި ހުރި ވަސީލަތްތައް ބޭނުންކޮށްގެން، ދިވެހިރާއްޖޭގެ ގާނޫނާއި ގަވާއިދުތަކާއި، ބައިނަލްއަގްވާމީ ބެސްޓް ޕްރެކްޓިސް އާއި އެއްގޮތްވާ ގޮތަށް ކުޅިވަރާބެހޭ ވަޒީރު ކަމަށް ގާނޫނު ގައި ބަޔާންކޮށްފައިވެ އެވެ.

ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުމޯލްޑިވްސް ނޭޝަނަލް އެންޓި ޑޯޕިންގ އެޖެންސީދިވެހިރާއްޖޭގެ ކުޅިވަރު ގާނޫނު

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2026

ކައުންސިލުން ބިން ހަވާލުކުރިތާ 2 އަހަރު ވާން ކައިރި ވީއިރުވެސް، ދުވާފަރު ދަނާލު ގެ މަސައްކަތް ނުފެށޭ

15 ޖެނުއަރީ 2026
ކައުންސިލުން ބިން ހަވާލުކުރިތާ 2 އަހަރު ވާން ކައިރި ވީއިރުވެސް، ދުވާފަރު ދަނާލު ގެ މަސައްކަތް ނުފެށޭ
13 ޖެނުއަރީ 2026

"ކޮރަޕްޝަން ޓޮލަރޭޓެއް ނުކުރާނަން، ޒީރޯ ޓޮލަރެންސް ހަގީގީ މާނައިގައި ތަންފީޒު ކުރާނެ ވާހަކަ ދަންނަވަން"

13 ޖެނުއަރީ 2026
"ކޮރަޕްޝަން ޓޮލަރޭޓެއް ނުކުރާނަން، ޒީރޯ ޓޮލަރެންސް ހަގީގީ މާނައިގައި ތަންފީޒު ކުރާނެ ވާހަކަ ދަންނަވަން"
12 ޖެނުއަރީ 2026

ނޯށުން ރޯ ވަރަށް ގައުމުން ވައްކަން ކުރަނީ!

12 ޖެނުއަރީ 2026
ނޯށުން ރޯ ވަރަށް ގައުމުން ވައްކަން ކުރަނީ!
11 ޖެނުއަރީ 2026

ރާއްޖޭގެ މުސްތަގުބަލަށް ރައީސް އަށް ލިބިދީފައިވާ ބާރުތައް އަދިވެސް ކުޑަ ކުރަން ޖެހޭ: އަލީ ހުސެއިން

11 ޖެނުއަރީ 2026
ރާއްޖޭގެ މުސްތަގުބަލަށް ރައީސް އަށް ލިބިދީފައިވާ ބާރުތައް އަދިވެސް ކުޑަ ކުރަން ޖެހޭ: އަލީ ހުސެއިން
10 ޖެނުއަރީ 2026

ގާނޫނުގައި ވާ ގޮތުން ކައުންސިލުން ހުއްދަ ނުދިނަސް ސަރުކާރުން ބޭނުންވާ ކަމެއް ކުރެވޭ؟ ދެން ކައުންސިލުން ބިން ނުދީގެން މަޝްރޫއު ނުހިންގޭ ކަމަށް ވިދާޅުވެ މުއިއްޒު މި ދެއްކެވީ ކޮން ވާހަކަ އެއް؟

09 ޖެނުއަރީ 2026

ރަށްރަށުގައި މަޝްރޫއުތައް ކުރިއަށް ނުދަނީ ކައުންސިލުން ބިން ހަވާލުނުކޮށްގެން: ރައީސް މުޢިއްޒު

09 ޖެނުއަރީ 2026
ރަށްރަށުގައި މަޝްރޫއުތައް ކުރިއަށް ނުދަނީ ކައުންސިލުން ބިން ހަވާލުނުކޮށްގެން: ރައީސް މުޢިއްޒު
09 ޖެނުއަރީ 2026

ރައީސް މުއިއްޒު އަބަދުވެސް ހުންނަވަނީ ބަނޑުހައިހޫނު ކަންމަތީގައި، އެފަދަ ބޭފުޅަކަށް ގައުމެއް ނުހިންގޭނެ: ކައުންސިލް މެންބަރު ޔަޝްފާ

09 ޖެނުއަރީ 2026
ރައީސް މުއިއްޒު އަބަދުވެސް ހުންނަވަނީ ބަނޑުހައިހޫނު ކަންމަތީގައި، އެފަދަ ބޭފުޅަކަށް ގައުމެއް ނުހިންގޭނެ: ކައުންސިލް މެންބަރު ޔަޝްފާ
09 ޖެނުއަރީ 2026

ދުވާފަރަށް ތަރައްގީގެ ބޮޑު ބަދަލެއް ގެނެސްދެއްވީ ކުރީގެ ރައީސް ސޯލިހު، މިސަރުކާރުން ދަނާލުގެ ބިންގާ ވެސް ދެ ފަހަރަށް މިހާރު ވަނީ އަޅާފައި!

09 ޖެނުއަރީ 2026
ދުވާފަރަށް ތަރައްގީގެ ބޮޑު ބަދަލެއް ގެނެސްދެއްވީ ކުރީގެ ރައީސް ސޯލިހު، މިސަރުކާރުން ދަނާލުގެ ބިންގާ ވެސް ދެ ފަހަރަށް މިހާރު ވަނީ އަޅާފައި!
07 ޖެނުއަރީ 2026

ކުރީ ސަރުކާރުގައި މާލެ ސަރަހައްދުން ގޯތީގެ ރަޖިސްޓްރީ ދޫކޮށްފައިވާ ހުރިހާ ރައްޔިތުންގެ ބޯހިޔާވަހިކަން ކަށަވަރުކޮށް ދިނުމަށް އަނެއްކާ ވެސް ގޮވާލައިފި

07 ޖެނުއަރީ 2026
ކުރީ ސަރުކާރުގައި މާލެ ސަރަހައްދުން ގޯތީގެ ރަޖިސްޓްރީ ދޫކޮށްފައިވާ ހުރިހާ ރައްޔިތުންގެ ބޯހިޔާވަހިކަން ކަށަވަރުކޮށް ދިނުމަށް އަނެއްކާ ވެސް ގޮވާލައިފި
07 ޖެނުއަރީ 2026

ޚަރަދު ކުޑަ ކުރުމުގެ ނަމުގައި ދެ ވޯޓު އެއްކޮށްލަން ސަރުކާރުން ހުށަހަޅާފައިވާ ބަދަލަކީ، އެހެން މަޤުސަދެއް އޭގައި ހިމެނޭ ކަމެއް: ފައިސަލް

07 ޖެނުއަރީ 2026
ޚަރަދު ކުޑަ ކުރުމުގެ ނަމުގައި ދެ ވޯޓު އެއްކޮށްލަން ސަރުކާރުން ހުށަހަޅާފައިވާ ބަދަލަކީ، އެހެން މަޤުސަދެއް އޭގައި ހިމެނޭ ކަމެއް: ފައިސަލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު