Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އެމްޑީޕީ ކެމްޕެއިން ލޯންޗް

ކައުންސިލް އިންތިހާބުގެ ކެމްޕެއިން އެމްޑީޕީ އިން ލޯންޗްކުރުން އަންނަ މަހު 12 ގައި ބާއްވަނީ

އެމްޑީޕީން ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިން އަންނަ މަހު 12ގައި ލޯންޗުކުރުމަށް ނިންމާ ވާންޖެހޭ ތައްޔާރީތައް ވަމުންދާ ކަމަށް އެމްޑީޕީ އިން ބުނޭ.

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 22 ޖެނުއަރީ 2026 | ބުރާސްފަތި 14:32
އެމްޑީޕީން ކުރިން ބޭއްވި ހިނގާލުމެއްގެ ތެރެއިން

އެމްޑީޕީން ކުރިން ބޭއްވި ހިނގާލުމެއްގެ ތެރެއިން | ރާއްޖެއެމްވީ

އިދިކޮޅު އެންމެ ބޮޑު ޕާޓީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން އަންނަ މަހު 12، ގައި ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިން ލޯންޗުކުރުމަށް ނިންމައިފި އެވެ.

އެކަން ހާމަކޮށްފައި ވަނީ ބުރާސްފަތި ދުވަހު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ. އެކަމާއި ގުޅޭ ގޮތުން ވާހަކަދައްކަވަމުން ކައުންސިލް އިންތިހާބަށް އެމްޑީޕީން ކަނޑައަޅާފައިވާ ތަރުޖަމާނު ދިއްދޫ ދާއިރާގެ ރައީސް އަބްދުﷲ ވަހީދު ވިދާޅުވީ ކެމްޕެއިން ލޯންޗުކުރުމުގެ ޖަލްސާ އަންނަ މަހު 12ގައި ބާއްވަން ނިންމާފައިވާ އިރު، ޕާޓީ އިން އިންތިޚާބަށް ވާން ޖެހޭ ހުރިހާ ތައްޔާރީތަކެއް އެހިސާބަށް ދާ އިރު ނިމިފައި ހުންނާނެ ކަމަށެވެ. 

Advertisement - newsAdvertisement

މިހާރު ވެސް އެ ޕާޓީ އިން މަސައްކަތް ކުރަމުން ދަނީ ކައުންސިލް އިންތިހާބު ކާމިޔާބުކުރުމަށް ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ. އިތުރަށް އޭނާ ވިދާޅުވީ ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓުންނާއި ކެމްޕެއިން ޓީމުތަކަށް މުހިންމު ތަމްރީންތައް ދިނުމަށް ވެސް މަސައްކަތް ކުރާނެ ކަމަށެވެ. އަމާޒަކީ އިންތިހާބު ބޮޑުތަނުން އެމްޑީޕީއަށް ކާމިޔާބުކޮށްދިނުން ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިގެން ވަނީ 294،937 މީހުންނަށެވެ. އޭގެ ތެރެއިން 150،410 މީހުންނަކީ ފިރިހެނުންނެވެ. އަދި 144،527 މީހުންނަކީ އަންހެނުންނެވެ. އިންތިހާބުގައި ޖުމްލަ 621 ވޯޓު ފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވެ އެވެ. ޖުމްލަ 225 ދާއިރާއަކަށް ލޯކަލް ކައުންސިލްތަކުގެ މެންބަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން އިންތިޚާބުކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

އެމްޑީޕީލޯކަލް ކައުންސިލް އިންތިޚާބު 2026އަބްދުﷲ ވަހީދުއިލެކްޝަންސް ކޮމިޝަން

ކޮމެންޓް

އިތުރަށް ކިޔާލަން

މުއިއްޒުގެ ބަހުން ނަމަ ޕީއެންސީ މީހުން ކައުންސިލަށް ހޮވުމަކީ ބިރުވެރިކަމެއް!

މުއިއްޒުގެ ބަހުން ނަމަ ޕީއެންސީ މީހުން ކައުންސިލަށް ހޮވުމަކީ ބިރުވެރިކަމެއް!

22 ޖެނުއަރީ 2026
ވައުދުވާ މޫސުން ނިމިއްޖެ، ކައުންސިލް އިންތިޚާބުގައި ރައްޔިތުން ނުކުމެ ވަރަށް ރަނގަޅަށް ސަރުކާރަށް ރިޕޯޓު ދޭން ޖެހޭ: އަމްރު

ވައުދުވާ މޫސުން ނިމިއްޖެ، ކައުންސިލް އިންތިޚާބުގައި ރައްޔިތުން ނުކުމެ ވަރަށް ރަނގަޅަށް ސަރުކާރަށް ރިޕޯޓު ދޭން ޖެހޭ: އަމްރު

22 ޖެނުއަރީ 2026
ރައީސް މުއިއްޒު މަސައްކަތް ކުރައްވަނީ ކައުންސިލްތަކަކީ ރައީސް އޮފީހުން އަންގާ އެންގުންތައް އެކަނި ތަންފީޒު ކުރާ އިދާރާއަކަށް ހެދުމަށް: ނިޔާޒު

ރައީސް މުއިއްޒު މަސައްކަތް ކުރައްވަނީ ކައުންސިލްތަކަކީ ރައީސް އޮފީހުން އަންގާ އެންގުންތައް އެކަނި ތަންފީޒު ކުރާ އިދާރާއަކަށް ހެދުމަށް: ނިޔާޒު

22 ޖެނުއަރީ 2026
އިލެކްޝަން ކޮމިޝަންގެ "މައި ޕޯޓަލް" އަށް ޕީއެންސީ އަށް އެކްސަސް އެބައޮތް: އެމްޑީޕީ

އިލެކްޝަން ކޮމިޝަންގެ "މައި ޕޯޓަލް" އަށް ޕީއެންސީ އަށް އެކްސަސް އެބައޮތް: އެމްޑީޕީ

22 ޖެނުއަރީ 2026
މުވައްޒަފުން ފަސޭހައިން ވަޒީފާ އިން ވަކި ކުރެވޭ ގޮތަށް އެޗްޑީސީ ގެ އުސޫލުތައް ބަދަލު ކޮށްފި

މުވައްޒަފުން ފަސޭހައިން ވަޒީފާ އިން ވަކި ކުރެވޭ ގޮތަށް އެޗްޑީސީ ގެ އުސޫލުތައް ބަދަލު ކޮށްފި

22 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

14 ޖޫން
އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ
20251 އަހަރު ކުރިން
ދުނިޔެ

އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ރާއްޖެ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟
20233 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ
20197 އަހަރު ކުރިން
ރާއްޖެ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު