Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމްޑީޕީ

ކައުންސިލް އަދި ޑަބްލިއުޑީސީ އަށް ވާދަކުރާ ކެންޑިޑޭޓުންގެ ފޯމު މެނުއަލްކޮށް ވެސް ބަލައިގަތުމަށް އެމްޑީޕީ އިން ގޮވާލައިފި

އިންތިހާބުގައި ވާދަކުރުމަށް އޮންލައިންކޮށް ކުރިމަތިލުމަށް ގިނަ ދަތިތަކެއް ކުރިމަތިވާތީ 24 ގަޑިއިރު އޮންލައިންކޮށް ފޯމް ބަލައިގަތުމުގެ އިންތިޒާމް ހަމަޖެއްސުމަށް ވެސް އެމްޑީޕީ އިން ވަނީ ގޮވާލާފަ.

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް, ރާއްޖެ އެމްވީ | 24 ޖެނުއަރީ 2026 | ހޮނިހިރު 13:28
އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން

އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން | ރާއްޖެއެމްވީ

ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ގެ އިންތިހާބަށް ވާދަކުރާ ކެންޑިޑޭޓުންގެ ފޯމު މެނުއަލްކޮށް ވެސް ބަލައިގަތުމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން އިލެކްޝަންސް ކޮމިޝަނަށް ގޮވާލައިފި އެވެ.

އިންތިހާބަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތު ކުޑަކަމުން އަދި އޮންލައިންކޮށް ފޯމު ހުށަހެޅުމުގައި ގިނަ ދަތިތަކެއް ކުރިމަތިވާތީ މިފަދަ ފިޔަވަޅު އެޅުމަށް އެ ޕާޓީ އިން ވަނީ ގޮވާލާފަ އެވެ.

Advertisement - newsAdvertisement

ކައުންސިލް އިންތިހާބަށް އެމްޑީޕީން ހަމަޖައްސާފައިވާ ތަރުޖަމާން ދިއްދޫ ދާއިރާގެ ރައީސް އަބްދުﷲ ވަހީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މެނުއަލްކޮށް ފޯމު ބަލައިގަތުމުގެ އިންތިޒާމު ހަމަޖައްސަން އީސީ އަށް ގޮވާލާ ކަމަށެވެ. އޭނާ ވިދާޅުވީ އިންތިހާބުގައި ވާދަކުރުމަށް އޮންލައިންކޮށް ކުރިމަތިލުމަށް ގިނަ ދަތިތަކެއް ކުރިމަތިވާތީ 24 ގަޑިއިރު އޮންލައިންކޮށް ފޯމް ބަލައިގަތުމުގެ އިންތިޒާމް ހަމަޖެއްސުމަށް ވެސް އީސީ އަށް ގޮވާލާ ކަމަށެވެ.

އެމްޑީޕީގެ އިތުރުން ޕީއެންއެފް އިން ވެސް ވަނީ އެ ޕާޓީގެ ކަންބޮޑުވުންތައް އީސީއަށް ހުށަހަޅާފަ އެވެ. ކައުންސިލް އިންތިހާބުގައި ކެންޑިޑޭޓުންނަށް އީސީން ވަނީ ޤާނޫނާއި ހިލާފު ޝަރުތުތަކެއް ކުރިމަތިކުރުވާފައި ކަމަށާއި އެކަން ބަދަލު ނުކުރާނަމަ ކޯޓަށް މައްސަލަ ހުށަހަޅާނެ ކަމަށް އެ ޕާޓީން ބުނެފައިވެ އެވެ.

ޕީއެންއެފް އިން ބުނީ ހަމައެކަނި އޮންލައިންކޮށް ކެންޑިޑޭޓުންނަށް ފޯމު ހުށަހެޅޭ ގޮތަށް އިންތިޒާމްތައް ހަމަޖެއްސުމަކީ ބަލައިގަނެވޭ ކަމެއް ނޫން ކަމަށާއި އީސީއަށް ގޮސްގެން ފޯމު ހުށަހެޅުމުގެ މަސައްކަތް ކުރެވޭނެ މަގު ފަހިކޮށްދޭން ޖެހޭނެ ކަމަށެވެ. އެ ޕާޓީން ވަނީ ދެ ހުށަހެޅުމެއް އީސީއަށް ހުށަހަޅާފަ އެވެ. އެއީ އީފާސް ޝަރުތެއްގެ ގޮތުގައި އޮތުމަށް ބަދަލު ގެނައުމާއި މިނިވަން ކެންޑިޑޭޓުންނަށް ތާއީދުކުރާ 50 މީހުންގެ ފޯމު މެނުއަލްކޮށް ފުރައިގެން ހުށަހެޅުމަށް ފުރުސަތު ދިނުމެވެ.

އީސީ އިން މިހާރު ކަނޑައަޅާފައިވާ ގޮތުން އިންތިހާބަށް ކުރިމަތިލުމަށް އޮންލައިން ކޮށް ފޯމު ހުށަހެޅޭނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 8:30 އިން ފެށިގެން މެންދުރުފަހު 15:30 އަށް އަދި ހުކުރު ދުވަހު މެންދުރުފަހު 15:30 އިން ފެށިގެން އިރުއޮއްސި 18:00 އަށެވެ. 

އީސީން ބުނީ ކައުންސިލް އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ 17 ޖެނުއަރީން ފެށިގެން 01 ފެބްރުއަރީ ވާ އާދީއްތަ ދުވަހުގެ 15:30 ގެ ނިޔަލަށް ކަމަށެވެ. ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި ޑަބްލިއުޑީސީ އިންތިހާބުގެ ވޯޓުލުން އެޕްރީލް 4 ގައި ކުރިއަށްދާނީ ހެނދުނު 8:00 އިން ފެށިގެން ހަވީރު 16:00 އަށެވެ.

އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާންކުރުމަށް ހަމަޖެހިފައިވަނީ އެޕްރީލް 11 ވާ ހޮނިހިރު ދުވަހު އެވެ.

ލޯކަލް ކައުންސިލް އިންތިޚާބު 2026އެމްޑީޕީއިލެކްޝަންސް ކޮމިޝަންއަބްދުﷲ ވަހީދުޕީއެންއެފްޑަބްލިއުޑީސީ

ކޮމެންޓް

އިތުރަށް ކިޔާލަން

ކައުންސިލް އިންތިޚާބުގައި ޕީއެންސީއަށް އެންމެ ގޮނޑިއެއް ލިބުނު ނަމަވެސް އެއީ ރައްޔިތުން ބޭނުންވާ ކަންކަން ކުރުމަށް އެޅޭ ހުރަހެއް: މޭޔަރު އާޒިމް

ކައުންސިލް އިންތިޚާބުގައި ޕީއެންސީއަށް އެންމެ ގޮނޑިއެއް ލިބުނު ނަމަވެސް އެއީ ރައްޔިތުން ބޭނުންވާ ކަންކަން ކުރުމަށް އެޅޭ ހުރަހެއް: މޭޔަރު އާޒިމް

24 ޖެނުއަރީ 2026
ކުރިއަށް އޮތް ކައުންސިލް އިންތިޚާބަކީ ރިޔާސީ އިންތިޚާބުގެ ފެށުން، އެމްޑީޕީ އަށް ވޯޓު ދިނުން މުހިންމު: ފުވައްމުލައް ސިޓީގެ މޭޔަރ

ކުރިއަށް އޮތް ކައުންސިލް އިންތިޚާބަކީ ރިޔާސީ އިންތިޚާބުގެ ފެށުން، އެމްޑީޕީ އަށް ވޯޓު ދިނުން މުހިންމު: ފުވައްމުލައް ސިޓީގެ މޭޔަރ

23 ޖެނުއަރީ 2026
ކައުންސިލް މެންބަރުން ހޮވުމުގަ ބަލަންވީ ލާމަރުކަޒީ ނިޒާމު ދަންނަނީ ކޮންބައެއް ތޯ: ނިޔާޒް

ކައުންސިލް މެންބަރުން ހޮވުމުގަ ބަލަންވީ ލާމަރުކަޒީ ނިޒާމު ދަންނަނީ ކޮންބައެއް ތޯ: ނިޔާޒް

23 ޖެނުއަރީ 2026
އިލެކްޝަން ކޮމިޝަންގެ "މައި ޕޯޓަލް" އަށް ޕީއެންސީ އަށް އެކްސަސް އެބައޮތް ކަމަށް އެމްޑީޕީން ބުނުމުން އީސީ އިން އެ ޕާޓީ އަށް ރައްދު ދީފި

އިލެކްޝަން ކޮމިޝަންގެ "މައި ޕޯޓަލް" އަށް ޕީއެންސީ އަށް އެކްސަސް އެބައޮތް ކަމަށް އެމްޑީޕީން ބުނުމުން އީސީ އިން އެ ޕާޓީ އަށް ރައްދު ދީފި

23 ޖެނުއަރީ 2026
އައްޑޫ ލިންކް ރޯޑުގެ މަސައްކަތް ހުއްޓި ރައްޔިތުންގެ ފުރާނަ ނުރައްކަލަކަށް ހުށަހެޅިފައި، މިހާލަތަށް ގެންދިޔައީ ރައީސް މުއިއްޒު: މެންބަރު އަހުމަދު ދީދީ

އައްޑޫ ލިންކް ރޯޑުގެ މަސައްކަތް ހުއްޓި ރައްޔިތުންގެ ފުރާނަ ނުރައްކަލަކަށް ހުށަހެޅިފައި، މިހާލަތަށް ގެންދިޔައީ ރައީސް މުއިއްޒު: މެންބަރު އަހުމަދު ދީދީ

23 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

24 ޖެނުއަރީ
ޝުކުރިއްޔާ އޭޓީއެމް!
20251 އަހަރު ކުރިން
ރިޕޯޓު

ޝުކުރިއްޔާ އޭޓީއެމް!

އިންޑިއާގައި އޮންނަ ތަމްރީންތަކާއި އެކްސްޗޭންޖް ޕްރޮގްރާމްތަކަށް ދިވެހިން ނުފޮނުވަން ރައީސް އަންގަވައިފި
20242 އަހަރު ކުރިން
ރާއްޖެ

އިންޑިއާގައި އޮންނަ ތަމްރީންތަކާއި އެކްސްޗޭންޖް ޕްރޮގްރާމްތަކަށް ދިވެހިން ނުފޮނުވަން ރައީސް އަންގަވައިފި

"ކެފޭ ތާސީރު" ބަންދުކުރަން އަންގައިފި
20233 އަހަރު ކުރިން
ރާއްޖެ

"ކެފޭ ތާސީރު" ބަންދުކުރަން އަންގައިފި

30 މިލިއަން ރުފިޔާގެ ބަދަލުގައި 35 މިލިއަން ރުފިޔާގެ މިސްކިތެއް، ރަނގަޅު ނިންމުމެއް
20224 އަހަރު ކުރިން
ރިޕޯޓު

30 މިލިއަން ރުފިޔާގެ ބަދަލުގައި 35 މިލިއަން ރުފިޔާގެ މިސްކިތެއް، ރަނގަޅު ނިންމުމެއް

ދުނިޔޭގެ ބެޑްމިންޓަނުގެ އެންމެ ބާރުގަދަ އޮފީސް ރާއްޖެއަށް
20215 އަހަރު ކުރިން
ކުޅިވަރު

ދުނިޔޭގެ ބެޑްމިންޓަނުގެ އެންމެ ބާރުގަދަ އޮފީސް ރާއްޖެއަށް

ކަޅު ފައިސާ ވަން އެކައުންޓްތަކުގެ ތަފްސީލް އެބަހުރި: ނަޝީދު
20197 އަހަރު ކުރިން
ރާއްޖެ

ކަޅު ފައިސާ ވަން އެކައުންޓްތަކުގެ ތަފްސީލް އެބަހުރި: ނަޝީދު

އެސްއެސްސީ އިމްތިހާނުގެ ޕޭޕަރު ލީކުވެފައިވާ ކަމަށް އޭސީސީގެ ތަހުގީގުން ކަށަވަރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެސްއެސްސީ އިމްތިހާނުގެ ޕޭޕަރު ލީކުވެފައިވާ ކަމަށް އޭސީސީގެ ތަހުގީގުން ކަށަވަރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު