Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ލޯކަލް ކައުންސިލް އިންތިޚާބު

ކައުންސިލް އިންތިޚާބުގައި ޕީއެންސީއަށް އެންމެ ގޮނޑިއެއް ލިބުނު ނަމަވެސް އެއީ ރައްޔިތުން ބޭނުންވާ ކަންކަން ކުރުމަށް އެޅޭ ހުރަހެއް: މޭޔަރު އާޒިމް

މާލޭ ރައްޔިތުންގެ ހައްގުގައި ވަރަށް ގިނަ މަސައްކަތްތައް ކުރަން ބޭނުންވާކަން ފާހަގަކުރައްވައި މޭޔަރު އާޒިމް ވިދާޅުވީ، ގޯތި ދިނުމުގެ މަސައްކަތްތައް ކުރުމާއި، ރަޖިސްޓްރީ ހަދައިދިނުމުގެ މަސައްކަތް ކުރުމަށް ކައުންސިލްއާ ހަވާލު ކޮށްދިނުމަށް އެދިފައިވާ ކަމަށް. ނަމަވެސް އެއްވެސް މަސައްކަތެއް ހަވާލު ކޮށްފައިނުވާ ކަމަށާއި، ކައުންސިލުން ކުރަމުންދާ މަސައްކަތްތަކަށް ވެސް ސަރުކާރުން ވަރަށް ބޮޑަށް ހުރަސް އަޅަމުންދާ ކަމަށް އޭނާ ވިދާޅުވި.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 24 ޖެނުއަރީ 2026 | ހޮނިހިރު 08:16
ރާއްޖެޓީވީގެ ޓީވީޓޯކް ޕްރޮގްރާމްގައި މާލެސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް ވާހަކަ ދައްކަވަނީ

ރާއްޖެޓީވީގެ ޓީވީޓޯކް ޕްރޮގްރާމްގައި މާލެސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް ވާހަކަ ދައްކަވަނީ | ރާއްޖެއެމްވީ

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ޕީއެންސީއަށް އެންމެ ގޮނޑިއެއް ލިބުނު ނަމަވެސް އެއީ ރައްޔިތުން ބޭނުންވާ ކަންކަން ކުރުމަށް އެޅޭ ހުރަހެއް ކަމަށް މާލެސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ. 

ރާއްޖެޓީވީގެ ޓީވީޓޯކް ޕްރޮގްރާމްގައި މޭޔަރު އާޒިމް ވިދާޅުވީ، މާލެސިޓީ ކައުންސިލްގައި މިހާރު ވެސް އޮތީ ސަރުކާރުގެ ފުލް މެޖޯރިޓީ ކަމަށާއި، ނަމަވެސް ޖަލްސާތައް ކުރިއަށް ގެންދިއުމަށް ވެސް އެއްބާރުލުން ނުލިބޭ ކަމަށެވެ.

Advertisement - newsAdvertisement

މާލޭ ރައްޔިތުންގެ ހައްގުގައި ވަރަށް ގިނަ މަސައްކަތްތައް ކުރަން ބޭނުންވާކަން ފާހަގަކުރައްވައި މޭޔަރު އާޒިމް ވިދާޅުވީ، ގޯތި ދިނުމުގެ މަސައްކަތްތައް ކުރުމާއި، ރަޖިސްޓްރީ ހަދައިދިނުމުގެ މަސައްކަތް ކުރުމަށް ކައުންސިލްއާ ހަވާލު ކޮށްދިނުމަށް އެދިފައިވާ ކަމަށެވެ.

ނަމަވެސް އެއްވެސް މަސައްކަތެއް ހަވާލު ކޮށްފައިނުވާ ކަމަށާއި، ކައުންސިލުން ކުރަމުންދާ މަސައްކަތްތަކަށް ވެސް ސަރުކާރުން ވަރަށް ބޮޑަށް ހުރަސް އަޅަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އެންމެ ގޮނޑިއެއް ޕީއެންސީއަށް ދިން ނަމަވެސް އެއީ ރައްޔިތުން ބޭނުންވާ ކަންކަން ކުރުމަށް އެޅޭ ހުރަހެއް ކަމަށެވެ. 

ރައްޔިތުން ކުރަން ބޭނުންވާ ކަންތައް ކުރަން ބޭނުންވެއްޖެއްޔާ ރައްޔިތުންގެ ބާރު ބޭނުން ކުރަންވީ އެއީ ސީދާ ވޯޓުގެ ބާރު. އެންމެ ވަރުގަދަ ބާރު. އެބާރު މިފަހަރު ރައްޔިތުން ރަނގަޅު ގޮތުގައި ބޭނުން ކޮށްފިއްޔާ މުޅި ރާއްޖޭގައި އެބޭފުޅުން ކޮށްފި ކަމަށްވެއްޖެއްޔާމުން މިސަރުކާރަށް މަޖުބޫރުވާނެ މިމީހުން ވައުދުވީ ކަންތައްތައް ކޮންމެ ގޮތެއް ހަދާފައި ވެސް ކުރަން. ދެން އިތުރަށް ދޮގު ހަދާގެންނެއް ވެރިކަމުގައި ވެސް ނުތިބެވޭނެ. އެމީހުން ހަމަޖެހޭނީ ކުރަން. އެކަމަކު އަޅުގަނޑު ހަމަ ރައްޔިތުންނަށް ދަންނަވަން ބޭނުންވަނީ ތިބޭފުޅުން އެބޭފުޅުންނަށް ވޯޓު ދީފިއްޔާ އެއްވެސް ރަށެއްގެ ޕްރޮޖެކްޓެއް ނުހިނގާނެ. އާސަންދަ ވެސް ނުލިބޭނެ، އެންސްޕާ ވެސް ނުލިބޭނެ.
މާލެސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް

މީގެ އިތުރުން މޭޔަރު އާޒިމް ވިދާޅުވީ ރައްޔިތުންނަށް އެންމެ ބޮޑަށް ދަތިވާ ކަންކަމުގައި އެމްޑީޕީން ޓޯޓަލް ސޮލިއުޝަން ހޯދައިދީފައިވާ ކަމަށާއި، ބޯހިޔާވަހިކަމުގައި ވެސް ޕްލޭނެއް ދިން ކަމަށެވެ. ނަމަވެސް އެސޮލިއުޝަން މިސަރުކާރުން ބޭނުންނުވާ ކަމަށާއި، އިތުރަށް ރައްޔިތުން ނިކަމެތި ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

މޭޔަރު އާޒިމް ވިދާޅުވީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ޕީއެންސީއަށް ވޯޓު ދީފި ކަމަށްވާނަމަ މުޅި ދައުރު ނިންމާނީ ނިކަމެތި ކަމުގައި ކަމަށާއި، ރައްޔިތަކަށް ފްލެޓެއް ވެސް ގޯއްޗެއް ވެސް ނުދޭނެ ކަމަށެވެ. 

އާދަމް އާޒިމްމާލޭ ސިޓީ ކައުންސިލްޕީއެންސީލޯކަލް ކައުންސިލް އިންތިޚާބު 2026

ކޮމެންޓް

އިތުރަށް ކިޔާލަން

ބާ މުސްހަފު ތަކާއި ދީނީ ލިޔުންތަށް ނައްތާލުމަށް ސިޓީ ކައުންސިލާ ހަވާލުކުރަން ހުޅުވާލައިފި

ބާ މުސްހަފު ތަކާއި ދީނީ ލިޔުންތަށް ނައްތާލުމަށް ސިޓީ ކައުންސިލާ ހަވާލުކުރަން ހުޅުވާލައިފި

23 ޖެނުއަރީ 2026
އިލެކްޝަން ކޮމިޝަންގެ "މައި ޕޯޓަލް" އަށް ޕީއެންސީ އަށް އެކްސަސް އެބައޮތް ކަމަށް އެމްޑީޕީން ބުނުމުން އީސީ އިން އެ ޕާޓީ އަށް ރައްދު ދީފި

އިލެކްޝަން ކޮމިޝަންގެ "މައި ޕޯޓަލް" އަށް ޕީއެންސީ އަށް އެކްސަސް އެބައޮތް ކަމަށް އެމްޑީޕީން ބުނުމުން އީސީ އިން އެ ޕާޓީ އަށް ރައްދު ދީފި

23 ޖެނުއަރީ 2026
އެމްއެމްޕީއާރުސީ ޚިޔާނާތުގެ ލިސްޓުގައި ނަން އޮތް ބޭފުޅުން ރައީސް މުއިއްޒުގެ ޕީއެންސީ އިން މިފަހަރުގެ ލޯކަލް ކައުންސިލް އިންތިހާބުގެ ކެނޑިޑޭޓުންގެ ގޮތުގައި ނެރެފައިވޭ: ގަފޫރު

އެމްއެމްޕީއާރުސީ ޚިޔާނާތުގެ ލިސްޓުގައި ނަން އޮތް ބޭފުޅުން ރައީސް މުއިއްޒުގެ ޕީއެންސީ އިން މިފަހަރުގެ ލޯކަލް ކައުންސިލް އިންތިހާބުގެ ކެނޑިޑޭޓުންގެ ގޮތުގައި ނެރެފައިވޭ: ގަފޫރު

22 ޖެނުއަރީ 2026
"މިސްކިތްތަކަށް ވެސް މީހުން ނެގުން މިސަރުކާރުން ވަނީ ހުއްޓުވާފަ" - މޭޔަރު އާދަމް އާޒިމް

"މިސްކިތްތަކަށް ވެސް މީހުން ނެގުން މިސަރުކާރުން ވަނީ ހުއްޓުވާފަ" - މޭޔަރު އާދަމް އާޒިމް

22 ޖެނުއަރީ 2026
ކައުންސިލް އިންތިހާބުގެ ކެމްޕެއިން އެމްޑީޕީ އިން ލޯންޗްކުރުން އަންނަ މަހު 12 ގައި ބާއްވަނީ

ކައުންސިލް އިންތިހާބުގެ ކެމްޕެއިން އެމްޑީޕީ އިން ލޯންޗްކުރުން އަންނަ މަހު 12 ގައި ބާއްވަނީ

22 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

18 ޖޫން
އިސްރާއީލަށް އީރާނުގެ ވަރުގަދަ ހަމަލާއެއް- އެތައް ބަޔަކު މަރުވެ އިމާރާތްތަކަށް ބޮޑެތި ގެއްލުން ތަކެއް
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލަށް އީރާނުގެ ވަރުގަދަ ހަމަލާއެއް- އެތައް ބަޔަކު މަރުވެ އިމާރާތްތަކަށް ބޮޑެތި ގެއްލުން ތަކެއް

ސުމުއްވުލްއަމީރް އަބްދުލްހަންނާން ހަލީމް ދޮށިމޭނާކިލެގެފާނު އަވަހާރަވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ސުމުއްވުލްއަމީރް އަބްދުލްހަންނާން ހަލީމް ދޮށިމޭނާކިލެގެފާނު އަވަހާރަވެއްޖެ

ސުމަކުން ފަށައިގެން ތުޅާދޫގައި 3 ކޮޓަރީގެ 100 ހައުސިންގ ޔުނިޓް ނިމުމަކަށް!
20233 އަހަރު ކުރިން
ރިޕޯޓު

ސުމަކުން ފަށައިގެން ތުޅާދޫގައި 3 ކޮޓަރީގެ 100 ހައުސިންގ ޔުނިޓް ނިމުމަކަށް!

ކުޑަކުދިންނަށް ޖަހާ ކޮވިޑް ވެކްސިނާ ބެހޭ ގޮތުން އެނގެނީ ކިހާ ވަރަކަށް؟
20224 އަހަރު ކުރިން
ރިޕޯޓު

ކުޑަކުދިންނަށް ޖަހާ ކޮވިޑް ވެކްސިނާ ބެހޭ ގޮތުން އެނގެނީ ކިހާ ވަރަކަށް؟

އަސްރާގެ ނަމުގައި ޕީޖީ އޮފީހަށް ސިޓީ ދިޔައީ އީސަގެ ވަކީލުންގެ ފަރާތުން: ޕީޖީ
20215 އަހަރު ކުރިން
ރާއްޖެ

އަސްރާގެ ނަމުގައި ޕީޖީ އޮފީހަށް ސިޓީ ދިޔައީ އީސަގެ ވަކީލުންގެ ފަރާތުން: ޕީޖީ

އެމްއެޗް 370: އޮކްސިޖަން ނުދީ ފަސިންޖަރުން މަރާލުމަށް ފަހު ޕައިލެޓުު ފްލައިޓް ވައްޓާލީ
20197 އަހަރު ކުރިން
ރާއްޖެ

އެމްއެޗް 370: އޮކްސިޖަން ނުދީ ފަސިންޖަރުން މަރާލުމަށް ފަހު ޕައިލެޓުު ފްލައިޓް ވައްޓާލީ

ބަޖެޓެއް ނުލިބޭ، އިންތިހާބެއް ނޯންނާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ބަޖެޓެއް ނުލިބޭ، އިންތިހާބެއް ނޯންނާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު