Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި ޕްރިމިއާ ލީގު

ބޯންމައުތު އަތް ދަށުވެ، ލިވަޕޫލްގެ ރެކޯޑު ނިމުމަކަށް

ބޯންމައުތު އަތުން ވީ ބައްޔާ އެކު، އެންމެ ފަހުން ލީގުގައި ކުޅުނު ފަސް މެޗު ވެސް ލިވަޕޫލް އިން ނިންމާލަން ޖެހުނީ މޮޅެއް ނުހޯދި. އަނެއްކޮޅުން ލީގުގައި ލިވަޕޫލް އިން ދަމަހައްޓަމުން އައި ބަލިނުވުމުގެ ރެކޯޑަށް ވެސް ވަނީ ނިމުން އައިސްފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 25 ޖެނުއަރީ 2026 | އާދީއްތަ 04:58
ލިވަޕޫލް އާއި ބޯންމައުތު ބައްދަލު ކުރި މެޗުގެ ތެރެއިން

ލިވަޕޫލް އާއި ބޯންމައުތު ބައްދަލު ކުރި މެޗުގެ ތެރެއިން | ރޮއިޓަސް

އިނގިރޭސި ޕްރިމިއާ ލީގުގައި ބޯންމައުތާ ދެކޮޅަށް ކުޅުނު މެޗުން ބަލިވެ، އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލްގެ ޙާލަތު ދަށް ވެއްޖެ އެވެ.

ބޯންމައުތުގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި އެ ޓީމުން ވަނީ 3-2 އިން ލިވަޕޫލް ބަލިކޮށްފަ އެވެ. މެޗުގައި ބޯންމައުތުން ދެ ލަނޑުގެ ލީޑެއް ހޯދާފައި ވަނިކޮށް، ލިވަޕޫލް އިން ނަތީޖާ ހަމަހަމަ ވެސް ކުރި އެވެ. ނަމަވެސް، މެޗުގެ ފަހު ވަގުތުގައި ލަނޑު ޖަހައިގެން ބޯންމައުތު ވަނީ މެޗުން މޮޅުވެފަ އެވެ.

މެޗުގެ 26 ވަނަ މިނެޓުގައި ބޯންމައުތަށް ލަނޑު ޖަހައި ލީޑު ނަގައިދިނީ އެވަނިލްސަން އެވެ. އޭގެ ފަހުން މެޗުގެ 33 ވަނަ މިނެޓުގައި އަލެކްސް ހިނިމޭޒް ޖެހި ލަނޑާ އެކު، ބޯންމައުތުން ވަނީ ލީޑު ފުޅާ ކޮށްފަ އެވެ. މެޗުގެ ފުރަތަމަ ހާފުގެ ފަހު ވަގުތު ލިވަޕޫލްގެ ވާޖިލް ވެން ޑައިކް ވަނީ ލަނޑު ޖަހައި އެ ޓީމަށް ފަރަގު ކުޑަ ކޮށްދީފަ އެވެ. 

ދެ ވަނަ ހާފުގައި ލިވަޕޫލް އިން ރަނގަޅަށް ކުޅެން މަސައްކަތް ކުރިއިރު، ދެ ވަނަ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަ ވެސް ކުރި އެވެ. އެގޮތުން މެޗުގެ 80 ވަނަ މިނެޓުގައި ލިވަޕޫލް އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ޑޮމިނިކް ސޮބޮސްލާއީ އެވެ. ނަމަވެސް، މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގައި  އަމީން އަދްލީ ވަނީ ލަނޑު ޖަހައި ބޯންމައުތު މޮޅު ކޮށްދީފަ އެވެ.

ބޯންމައުތު އަތުން ވީ ބައްޔާ އެކު، އެންމެ ފަހުން ލީގުގައި ކުޅުނު ފަސް މެޗު ވެސް ލިވަޕޫލް އިން ނިންމާލަން ޖެހުނީ މޮޅެއް ނުހޯދި އެވެ. އަނެއްކޮޅުން ލީގުގައި ލިވަޕޫލް އިން ދަމަހައްޓަމުން އައި ބަލިނުވުމުގެ ރެކޯޑަށް ވެސް ވަނީ ނިމުން އައިސްފަ އެވެ. ލިވަޕޫލް ވަނީ ބަލި ނުވެ 13 މެޗު ހަމަ ކޮށްފަ އެވެ.

ބައްޔާ އެކު ލީގު ތާވަލްގެ ހަތަރު ވަނަ މަގާމުގައި ލިވަޕޫލް އޮތީ މިހާތަނަށް ކުޅެފައިވާ 23 މެޗުން 36 ޕޮއިންޓާ އެކު އެވެ. މިއީ މި ސީޒަންގެ ލީގުގައި ލިވަޕޫލްގެ ހަތް ވަނަ ބައްޔެވެ.

އިނގިރޭސި ޕްރިމިއަރ ލީގުލިވަޕޫލްބޯންމައުތު

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2026

ވުލްވްސް ބަލިކޮށް، ސިޓީ އަށް ހަމަޖެހުމެއް

25 ޖެނުއަރީ 2026
ވުލްވްސް ބަލިކޮށް، ސިޓީ އަށް ހަމަޖެހުމެއް
19 ޖެނުއަރީ 2026

އެވަޓަން އަތުން ބަލިވެ، އެސްޓަން ވިލާ އިން ފުރުސަތު ނަގާލައިފި

19 ޖެނުއަރީ 2026
އެވަޓަން އަތުން ބަލިވެ، އެސްޓަން ވިލާ އިން ފުރުސަތު ނަގާލައިފި
18 ޖެނުއަރީ 2026

ބްރެންޓްފޯޑު ބަލިކޮށް، ޗެލްސީ ހަ ވަަނައިގައި

18 ޖެނުއަރީ 2026
ބްރެންޓްފޯޑު ބަލިކޮށް، ޗެލްސީ ހަ ވަަނައިގައި
18 ޖެނުއަރީ 2026

ޔުނައިޓެޑު އަތުން ސިޓީ އަށް ލަދުވެތި ބައްޔެއް، އާސެނަލް އަށް ކުރި ނުހޯދުނު

18 ޖެނުއަރީ 2026
ޔުނައިޓެޑު އަތުން ސިޓީ އަށް ލަދުވެތި ބައްޔެއް، އާސެނަލް އަށް ކުރި ނުހޯދުނު
08 ޖެނުއަރީ 2026

ބްރައިޓަން އަތުން ވެސް ސިޓީ ފުއްދާލަން ޖެހުނީ ޕޮއިންޓަކުން

08 ޖެނުއަރީ 2026
ބްރައިޓަން އަތުން ވެސް ސިޓީ ފުއްދާލަން ޖެހުނީ ޕޮއިންޓަކުން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު