Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި ޕްރިމިއާ ލީގު

ބްރެންޓްފޯޑު ބަލިކޮށް، ޗެލްސީ ހަ ވަަނައިގައި

18 ޖެނުއަރީ 2026 | އާދީއްތަ 06:21

ބްރެންޓްފޯޑު އަތުން ހޯދި މޮޅާ އެކު، ޗެލްސީ އޮތީ ލީގު ތާވަލްގެ ހަ ވަަނައިގައި. އެއީ މިހާތަނަށް އެ ޓީމު ކުޅެފައިވާ 22 މެޗުން 34 ޕޮއިންޓާ އެކު.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 18 ޖެނުއަރީ 2026 | އާދީއްތަ 06:21
މެޗުގައި ލަނޑު ޖެހުމަށް ފަހު ޗެލްސީގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށް ފަހު ޗެލްސީގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ | ރޮއިޓަސް

އިނގިރޭސި ޕްރިމިއާ ލީގުގައި ބްރެންޓްފޯޑްއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ޗެލްސީ އިން ލީގު ތާވަލްގެ ހަ ވަނަ މަގާމަށް ޖެހިލައިފި އެވެ.

ޗެލްސީގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 2-0 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ޗެލްސީ އިން އެއް ލަނޑު ޖެހިއިރު، އަނެއް ލަނޑު އެ ޓީމުން ޖެހީ ދެ ވަނަ ހާފުގަ އެވެ.

މެޗު ފަށައިގެން ފުރަތަމަ ހާފުގެ 26 ވަނަ މިނެޓުގައި ޗެލްސީ އިން ވަނީ ލަނޑު ޖަަހައި ލީޑު ނަަގައިފަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ ޔާއޯ ޕެޑްރޯ އެވެ. އެއީ އާޖެންޓީނާގެ އެންޒޯ ފެނާންޑޭޒް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ޖެހި ލަނޑެކެވެ. މެޗުގެ ދެ ވަނަ ހާފުގައި ޗެލްސީގެ ދެ ވަނަ ލަނޑު، 76 ވަނަ މިނެޓުގައި ކޯލް ޕާމާ ޖެހީ އެ ޓީމަށް ލިބުނު ޕެނަލްޓީ ކާމިޔާބު ކޮށްގެންނެވެ. 

މެޗަށް ފަހު ވާހަކަ ދައްކަމުން ޗެލްސީގެ ކޯޗު ލިއަމް ރޮސެނިއާ ބުނީ، މެޗުގައި ޗެލްސީގެ އެންމެ މޮޅު ކުޅުމާއި ފެންވަރު ނުދެއްކުނު ނަމަވެސް، ޓީމުގެ ކުޅުންތެރިން ކުރި މަސައްކަތް ފާހަގަ ކުރާ ކަމަށެވެ. ޚާއްސަކޮށް މެޗުން ތިން ޕޮއިންޓު ހޯދުމަށް ޗެލްސީގެ ކުޅުންތެރިން ކުރި ހިތްވަރު އޭނާ ވަނީ ފާހަގަ ކޮށްފަ އެވެ.

ބްރެންޓްފޯޑަކީ ވެސް ރަނގަޅު ޓީމެއްކަން ފާހަގަކޮށް އޭނާ ބުނީ، ޗެލްސީގެ ކުޅުންތެރިން ދައްކައިދިނީ އެ ޓީމަށް މޮޅު ވެވޭނެކަން ކަމަށެވެ. އެންމެ އާދައިގެ ކަންކަމުން ފެށިގެން ގޮސް، އެންމެ މުހިންމު ކަންކަން ކުރުމަށް އިސްކަން ދޭން ޖެހޭ ަކމަށް ރޮސެނިއާ ވަނީ ބުނެފަ އެވެ. ރޮސެނިއާ ބުނީ އޭނާ އެންމެ ހިތްހަމަ ޖެހެނީ މެޗުގައި ދެ ލަނޑު ޖަހައި، އޭގެ އިތުރަށް ކުޅުންތެރިން ކުރި މަސައްކަތް ކަމަށެވެ.

މިއީ ޗެލްސީގެ ކޯޗުކަމާ ރޮސެނިއާ ހަވާލުވި ފަހުން އެ ޓީމުން ކުޅުނު ތިން ވަނަ މެޗެވެ. އޭގެ ތެރެއިން ދެ މެޗުން ޗެލްސީ މޮޅުވެފައިވާއިރު، އަނެއް މެޗުން ވަނީ އެއްވަރުވެފަ އެވެ. ބްރެންޓްފޯޑު އަތުން ހޯދި މޮޅާ އެކު، ޗެލްސީ އޮތީ ލީގު ތާވަލްގެ ހަ ވަަނައިގަ އެވެ. އެއީ މިހާތަނަށް އެ ޓީމު ކުޅެފައިވާ 22 މެޗުން 34 ޕޮއިންޓާ އެކު އެވެ.

އިނގިރޭސި ޕްރިމިއަރ ލީގުޗެލްސީބްރެންޓްފޯޑު

އެންމެ ހިނގާ

1

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

2

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

5

އެމެރިކާގެ އުދުވާނުތަކާ ދެކޮޅަށް ހުރިހާ ވަސީލަތެއް ބޭނުންކުރާނަން: އީރާން

އިތުރަށް ކިޔާލަން

18 ޖެނުއަރީ 2026

ޔުނައިޓެޑު އަތުން ސިޓީ އަށް ލަދުވެތި ބައްޔެއް، އާސެނަލް އަށް ކުރި ނުހޯދުނު

18 ޖެނުއަރީ 2026
ޔުނައިޓެޑު އަތުން ސިޓީ އަށް ލަދުވެތި ބައްޔެއް، އާސެނަލް އަށް ކުރި ނުހޯދުނު
15 ޖެނުއަރީ 2026

ފުރަތަމަ ލެގުގައި ޗެލްސީ ބަލިކޮށް އާސެނަލް އިން އުންމީދުގައި

15 ޖެނުއަރީ 2026
ފުރަތަމަ ލެގުގައި ޗެލްސީ ބަލިކޮށް އާސެނަލް އިން އުންމީދުގައި
10 ޖެނުއަރީ 2026

ބަހަނާއެއް ނެތް، މިއައީ މޮޅުވާން: ރޮސެނިއާ

10 ޖެނުއަރީ 2026
ބަހަނާއެއް ނެތް، މިއައީ މޮޅުވާން: ރޮސެނިއާ
08 ޖެނުއަރީ 2026

ބްރައިޓަން އަތުން ވެސް ސިޓީ ފުއްދާލަން ޖެހުނީ ޕޮއިންޓަކުން

08 ޖެނުއަރީ 2026
ބްރައިޓަން އަތުން ވެސް ސިޓީ ފުއްދާލަން ޖެހުނީ ޕޮއިންޓަކުން
08 ޖެނުއަރީ 2026

ފުލަމް އަތުން ޗެލްސީ ބަލިވެއްޖެ

08 ޖެނުއަރީ 2026
ފުލަމް އަތުން ޗެލްސީ ބަލިވެއްޖެ
05 ޖެނުއަރީ 2026

ފުލަމް ކައިރިން ލިވަޕޫލް އަށް ޕޮއިންޓެއް

05 ޖެނުއަރީ 2026
ފުލަމް ކައިރިން ލިވަޕޫލް އަށް ޕޮއިންޓެއް
05 ޖެނުއަރީ 2026

ފަހު ވަގުތު ޗެލްސީ އިން ސިޓީއާ އެއްވަރު ކޮށްފި

05 ޖެނުއަރީ 2026
ފަހު ވަގުތު ޗެލްސީ އިން ސިޓީއާ އެއްވަރު ކޮށްފި
04 ޖެނުއަރީ 2026

ބޯންމައުތު ބަލިކޮށް، އެއް ވަނައިގައި އާސެނަލް އަށް ހަ ޕޮއިންޓުގެ ލީޑެއް

04 ޖެނުއަރީ 2026
ބޯންމައުތު ބަލިކޮށް، އެއް ވަނައިގައި އާސެނަލް އަށް ހަ ޕޮއިންޓުގެ ލީޑެއް
31 ޑިސެމްބަރު 2025

ވުލްވްސްއާ އެއްވަރުވެ، ޔުނައިޓެޑަށް ކުރިއެރުމެއް ނުހޯދުނު

31 ޑިސެމްބަރު 2025
ވުލްވްސްއާ އެއްވަރުވެ، ޔުނައިޓެޑަށް ކުރިއެރުމެއް ނުހޯދުނު
31 ޑިސެމްބަރު 2025

އެސްޓަން ވިލާގެ މޮޅުވުމަށް ނިމުން ގެނެސް، އާސެނަލް މަގާމު ދަމަހައްޓައިފި

31 ޑިސެމްބަރު 2025
އެސްޓަން ވިލާގެ މޮޅުވުމަށް ނިމުން ގެނެސް، އާސެނަލް މަގާމު ދަމަހައްޓައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް