Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި ޕްރިމިއާ ލީގު

އެވަޓަން އަތުން ބަލިވެ، އެސްޓަން ވިލާ އިން ފުރުސަތު ނަގާލައިފި

19 ޖެނުއަރީ 2026 | ހޯމަ 08:09

މެޗުން ބަލިވެ އެސްޓަން ވިލާ އޮތީ ލީގު ތާވަލްގެ ތިން ވަނަ މަގާމުގައި. އެއީ މިހާތަނަށް ލީގުގައި ކުޅެފައިވާ 22 މެޗުން 43 ޕޮއިންޓާ އެކު.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 19 ޖެނުއަރީ 2026 | ހޯމަ 08:09
އެސްޓަން ވިލާ އާއި އެވަޓަން ބައްދަލު ކުރި މެޗުގެ ތެރެއިން

އެސްޓަން ވިލާ އާއި އެވަޓަން ބައްދަލު ކުރި މެޗުގެ ތެރެއިން | ރޮއިޓަސް

އިނގިރޭސި ޕްރިމިއާ ލީގުގައި އެވަޓަންއާ ދެކޮޅަށް ކުޅުނު މެޗުން ބަލިވެ، ލީގު ތާވަލްގެ ކުރިއަށް ޖެހިލަން ލިބުނު ފުރުސަތު އެސްޓަން ވިލާ އިން ނަގާލައިފި އެވެ.

އާދީއްތަ ދުވަހުގެ ރޭ އެސްޓަން ވިލާގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި އެ ޓީމު ވަނީ، 1-0 އިން އެވަޓަން އަތުން ބަލިވެފަ އެވެ. މެޗުގައި އެވަޓަން އިން ލަނޑު ޖެހީ ވެސް މެޗުގެ ދެ ވަނަ ހާފުގަ އެވެ.

މެޗު ފަށައިގެން ވެސް އެވަޓަން އިން ރަނގަޅަށް ކުޅެފައިވާއިރު، ލަނޑު ޖެހުމަށް އެ ޓީމުން ފޮނުވާލި ދެ ހަމަލާއެއް އެސްޓަން ވިލާގެ ގޯލު ކީޕަރު އެމިލިއާނޯ މާޓިނޭޒް ވަނީ މަތަކޮށްފަ އެވެ. އޭގެ ފަހުން އެވަޓަން އިން ލަނޑެއް ޖެހި ނަމަވެސް، އެއީ އޮފްސައިޑު ލަނޑެއް ކަމަށް ވަނީ ނިންމައިފަ އެވެ.

މެޗުގެ ދެ ވަނަ ހާފު ފަށައިގެން 14 ވަނަ މިނެޓުގައި އެވަޓަން އިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ލަނޑު އެވަޓަން އަށް ޖަހައިދިނީ ތިއާނޯ ބެރީ އެވެ. އެއީ އެސްޓަން ވިލާގެ ކީޕަރު މާޓިނޭޒް އަތުގައި ޖެހިފައި ރީ ބައުންސަށް އައި ބޯޅަ ގޮލަށް ފޮނުވާލައިގެން އޭނާ ޖެހި ލަނޑެކެވެ.

މެޗުން ބަލިވެ އެސްޓަން ވިލާ އޮތީ ލީގު ތާވަލްގެ ތިން ވަނަ މަގާމުގަ އެވެ. އެއީ މިހާތަނަށް ލީގުގައި ކުޅެފައިވާ 22 މެޗުން 43 ޕޮއިންޓާ އެކު އެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން ދެ ވަަނައިގައި އޮތް މެންޗެސްޓަރ ސިޓީ އަށް ވެސް ލިބެނީ 43 ޕޮއިންޓެވެ. އެވަޓަން އަތުން މޮޅުވެ، ދެ ވަނަ އަށް ޖެހިލުމުގެ ފުރުސަތު އެސްޓަން ވިލާ އަށް އޮތް ނަމަވެސް، ބައްޔާ އެކު ވަނީ އެ ފުރުސަތު ގެއްލިފަ އެވެ.

އިނގިރޭސި ޕްރިމިއަރ ލީގުއެވަޓަންއެސްޓަން ވިލާ

އެންމެ ހިނގާ

1

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

2

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

5

އެމެރިކާގެ އުދުވާނުތަކާ ދެކޮޅަށް ހުރިހާ ވަސީލަތެއް ބޭނުންކުރާނަން: އީރާން

އިތުރަށް ކިޔާލަން

18 ޖެނުއަރީ 2026

ބްރެންޓްފޯޑު ބަލިކޮށް، ޗެލްސީ ހަ ވަަނައިގައި

18 ޖެނުއަރީ 2026
ބްރެންޓްފޯޑު ބަލިކޮށް، ޗެލްސީ ހަ ވަަނައިގައި
18 ޖެނުއަރީ 2026

ޔުނައިޓެޑު އަތުން ސިޓީ އަށް ލަދުވެތި ބައްޔެއް، އާސެނަލް އަށް ކުރި ނުހޯދުނު

18 ޖެނުއަރީ 2026
ޔުނައިޓެޑު އަތުން ސިޓީ އަށް ލަދުވެތި ބައްޔެއް، އާސެނަލް އަށް ކުރި ނުހޯދުނު
08 ޖެނުއަރީ 2026

ބްރައިޓަން އަތުން ވެސް ސިޓީ ފުއްދާލަން ޖެހުނީ ޕޮއިންޓަކުން

08 ޖެނުއަރީ 2026
ބްރައިޓަން އަތުން ވެސް ސިޓީ ފުއްދާލަން ޖެހުނީ ޕޮއިންޓަކުން
08 ޖެނުއަރީ 2026

ފުލަމް އަތުން ޗެލްސީ ބަލިވެއްޖެ

08 ޖެނުއަރީ 2026
ފުލަމް އަތުން ޗެލްސީ ބަލިވެއްޖެ
05 ޖެނުއަރީ 2026

ފުލަމް ކައިރިން ލިވަޕޫލް އަށް ޕޮއިންޓެއް

05 ޖެނުއަރީ 2026
ފުލަމް ކައިރިން ލިވަޕޫލް އަށް ޕޮއިންޓެއް
05 ޖެނުއަރީ 2026

ފަހު ވަގުތު ޗެލްސީ އިން ސިޓީއާ އެއްވަރު ކޮށްފި

05 ޖެނުއަރީ 2026
ފަހު ވަގުތު ޗެލްސީ އިން ސިޓީއާ އެއްވަރު ކޮށްފި
04 ޖެނުއަރީ 2026

ބޯންމައުތު ބަލިކޮށް، އެއް ވަނައިގައި އާސެނަލް އަށް ހަ ޕޮއިންޓުގެ ލީޑެއް

04 ޖެނުއަރީ 2026
ބޯންމައުތު ބަލިކޮށް، އެއް ވަނައިގައި އާސެނަލް އަށް ހަ ޕޮއިންޓުގެ ލީޑެއް
31 ޑިސެމްބަރު 2025

ވުލްވްސްއާ އެއްވަރުވެ، ޔުނައިޓެޑަށް ކުރިއެރުމެއް ނުހޯދުނު

31 ޑިސެމްބަރު 2025
ވުލްވްސްއާ އެއްވަރުވެ، ޔުނައިޓެޑަށް ކުރިއެރުމެއް ނުހޯދުނު
31 ޑިސެމްބަރު 2025

އެސްޓަން ވިލާގެ މޮޅުވުމަށް ނިމުން ގެނެސް، އާސެނަލް މަގާމު ދަމަހައްޓައިފި

31 ޑިސެމްބަރު 2025
އެސްޓަން ވިލާގެ މޮޅުވުމަށް ނިމުން ގެނެސް، އާސެނަލް މަގާމު ދަމަހައްޓައިފި
31 ޑިސެމްބަރު 2025

ބޯންމައުތު ކައިރިން ޗެލްސީ ފުއްދާލަން ޖެހުނީ ޕޮއިންޓަކުން

31 ޑިސެމްބަރު 2025
ބޯންމައުތު ކައިރިން ޗެލްސީ ފުއްދާލަން ޖެހުނީ ޕޮއިންޓަކުން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް