Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި ޕްރިމިއާ ލީގު

ބޯންމައުތު ބަލިކޮށް، އެއް ވަނައިގައި އާސެނަލް އަށް ހަ ޕޮއިންޓުގެ ލީޑެއް

މޮޅާއެކު އާސެނަލް އިން ވަނީ އެއް ވަނައިގައި ހަ ޕޮއިންޓުގެ ލީޑެއް ނަގާފައި. މިހާތަނަށް ކުޅެފައިވާ 20 މެޗުން އެ ޓީމަށް ލިބެނީ 48 ޕޮއިންޓު. ހަމަ އެ އަދަދަށް މެޗު ކުޅެގެން ދެ ވަނައިގައި އޮތް އެސްޓަން ވިލާ އަށް ލިބެނީ 42 ޕޮއިންޓު. ތިން ވަނައިގައި މެންޗެސްޓަރ ސިޓީ އަށް 41 ޕޮއިންޓު ލިބެނީ އެއް މެޗު މަދުން ކުޅެގެން.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 4 ޖެނުއަރީ 2026 | އާދީއްތަ 04:07
މެޗުގައި ލަނޑު ޖެހުމަށް ފަހު އާސެނަލްގެ ޑެކްލަން ރައިސް އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށް ފަހު އާސެނަލްގެ ޑެކްލަން ރައިސް އުފާ ފާޅު ކުރަނީ

އިނގިރޭސި ޕްރިމިއާ ލީގުގައި ބޯންމައުތާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، އާސެނަލް އިން މަގާމު ދަމަހައްޓައި، އެއް ވަނައިގައި ހަ ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.

ބޯންމައުތުގެ އަމިއްލަ ދަނޑުގައި ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗު އާސެނަލް އިން ކާމިޔާބު ކުރީ 3-2 އިންނެވެ. މެޗުގައި ބޯންމައުތުން ލަނޑު ޖަހައި ލީޑު ނަގާފައި ވަނިކޮށް، އާސެނަލް އިން ވަނީ ފަހަތުން އަރައި ތިން ލަނޑު ޖަހައިފަ އެވެ. އޭގެ ފަހުން ބޯންމައުތުން ވަނީ ތިން ވަނަ ލަނޑެއް ޖަހައިފަ އެވެ.

މެޗު ފަށައިގެން 10 ވަނަ މިނެޓުގައި ބޯންމައުތުން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ އެވަނިލްސަން އެވެ. ނަމަވެސް، އޭގެ ހަ މިނެޓު ފަހުން ގަބްރިއެލް މަގާޅައެސް ވަނީ ލަނޑު ޖަހައި އާސެނަލް އަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ. 

މެޗުގެ ދެ ވަނަ ހާފު ފަށައިގެން ނުވަ ވަނަ މިނެޓުގައި އާސެނަލް އިން ވަނީ ދެ ވަނަ ލަނޑެއް ޖަހައި ލީޑު ނަަގައިފަ އެވެ. މާޓިން އޮޑެގާޑް ތަނަވަސްކޮށްދިން ފުރުސަތެއްގައި އާސެނަލް އަށް އެ ލަނޑު ޖަހައިދިނީ ޑެކްލަން ރައިސް އެވެ. 

އޭގެ ފަހުން މެޗުގެ 71 ވަނަ މިނެޓުގައި ރައިސް ވަނީ އާސެނަލްގެ ތިން ވަނަ ލަނޑު ޖަހައި އިތުރަށް ލީޑު ފުޅާ ކޮށްފަ އެވެ. އެ ލަނޑު ޖަަހަން ރައިސް އަށް ފުރުސަތު ތަނަވަސްކޮށްދިނީ ބުކަޔޯ ސަކާ އެވެ. އޭގެ ފަސް މިނެޓު ފަހުން ކްރޫޕީ ޖޫނިއާ ވަނީ ބޯންމައުތުގެ ދެ ވަނަ ލަނޑު ޖަހައިފަ އެވެ. 

މޮޅާއެކު އާސެނަލް އިން ވަނީ އެއް ވަނައިގައި ހަ ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ. މިހާތަނަށް ކުޅެފައިވާ 20 މެޗުން އެ ޓީމަށް ލިބެނީ 48 ޕޮއިންޓެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން ދެ ވަނައިގައި އޮތް އެސްޓަން ވިލާ އަށް ލިބެނީ 42 ޕޮއިންޓެވެ. ތިން ވަނައިގައި މެންޗެސްޓަރ ސިޓީ އަށް 41 ޕޮއިންޓު ލިބެނީ އެއް މެޗު މަދުން ކުޅެގެންނެވެ. 

މެޗަށް ފަހު ވާހަކަ ދައްކަމުން އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުނީ، މެޗުގެ ފުރަތަމަ ހާފަށް ބަލާއިރު އާސެނަލް އަށް އުނދަގޫ ތަކެއް ދިމާވި ކަމަށެވެ. ނަމަވެސް، ކަންކަން ދަސް ކުރުމަށް ފަހު ދެ ވަނަ ހާފަށް ނިކުމެ ކުޅުންތެރިން ދެއްކި ކުޅުމާ މެދު ހިތްހަމަ ޖެހޭ ކަމަށް އޭނާ ބުންޏެވެ. ޚާއްސަކޮށް އާސެނަލް އަށް ލިބުނު ފުރުސަތުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފުމަށް ކުޅުންތެރިން މަަސައްކަތް ކުރި މަންޒަރު ފެނުނު ކަމަށް އޭނާ ބުންޏެވެ. 

އާޓެޓާ ބުނީ މެޗަކުން މޮޅުވުމަށް ވަރަށް ގިނަ ކަންކަން ކުރަން ޖެހޭ ކަމަށާއި، އާސެނަލްގެ ކުޅުންތެރިން އެކަން ކުރި މަންޒަރު އޭނާ އަށް ފެނުނު ކަމަށެވެ. އެއް ލަނޑުން ފަހަތުގައި އޮއްވާ، އާސެނަލް އިން ފަހަތުން އަރައި ތިން ލަނޑު ޖެހީ ހަމަޖެހިލައިގެން ތިބެ ނޫން ކަމަށް އާޓެޓާ ބުންޏެވެ. އޭނާ ބުނީ އެކަންކަމާ މެދު ފުންކޮށް ވިސްނައި، ހުރިހާ ކަމަކަށް ނަޒަރު ހިންގާއިރު، ފެންނާނީ ކުޅުންތެރިން ކުރި މަސައްކަތް އަދި ދެއްކި ހިތްވަރު ކަމަށެވެ. 

މީގެ އިތުރުން އާޓެޓާ ބުނީ އާސެނަލްގެ ވަކި ވަކި ކުޅުންތެރިން ވެސް، ކުޅުމުގެ ފެންވަރު ރަނގަޅު ކުރަން ވަރަށް ގިނަ މަސައްކަތް ކުރާ ކަމަށެވެ. އެ މެޗުގައި ދެ ލަނޑު ޖެހި ރައިސް އަންނަނީ ރަނގަޅު ކުޅުމެއް ދައްކަމުންކަން ފާހަގަކޮށް އާޓެޓާ ބުނީ، ގެބްރިއަލް ވެސް މެޗުގައި ރަނގަޅު ކުޅުމެއް ދެއްކި ކަމަށެވެ. އޭނާ ބުނީ އަބަދު ވެސް މަސައްކަތް ކުރަން ވާނީ ޓީމެއްގެ ގޮތުގައި ކުރިއަށް ދާން ކަމަށާއި، އާސެނަލް އިން ވަރަށް ގިނަ ކަންކަން ޙާސިލު ކުރަން ޖެހިފައިވާ ކަމަށެވެ. 

އިނގިރޭސި ޕްރިމިއަރ ލީގުއާސެނަލްބޯންމައުތު

އިތުރަށް ކިޔާލަން

31 ޑިސެމްބަރު 2025

ވުލްވްސްއާ އެއްވަރުވެ، ޔުނައިޓެޑަށް ކުރިއެރުމެއް ނުހޯދުނު

31 ޑިސެމްބަރު 2025
ވުލްވްސްއާ އެއްވަރުވެ، ޔުނައިޓެޑަށް ކުރިއެރުމެއް ނުހޯދުނު
31 ޑިސެމްބަރު 2025

އެސްޓަން ވިލާގެ މޮޅުވުމަށް ނިމުން ގެނެސް، އާސެނަލް މަގާމު ދަމަހައްޓައިފި

31 ޑިސެމްބަރު 2025
އެސްޓަން ވިލާގެ މޮޅުވުމަށް ނިމުން ގެނެސް، އާސެނަލް މަގާމު ދަމަހައްޓައިފި
31 ޑިސެމްބަރު 2025

ބޯންމައުތު ކައިރިން ޗެލްސީ ފުއްދާލަން ޖެހުނީ ޕޮއިންޓަކުން

31 ޑިސެމްބަރު 2025
ބޯންމައުތު ކައިރިން ޗެލްސީ ފުއްދާލަން ޖެހުނީ ޕޮއިންޓަކުން
28 ޑިސެމްބަރު 2025

ބްރައިޓަން އަތުން މޮޅުވެ، އާސެނަލް އިން މަގާމު ދަމަހައްޓައިފި

28 ޑިސެމްބަރު 2025
ބްރައިޓަން އަތުން މޮޅުވެ، އާސެނަލް އިން މަގާމު ދަމަހައްޓައިފި
28 ޑިސެމްބަރު 2025

ފަހު ވަގުތު ފޮރެސްޓް ބަލިކޮށް، ސިޓީ ދެ ވަނައިގައި

28 ޑިސެމްބަރު 2025
ފަހު ވަގުތު ފޮރެސްޓް ބަލިކޮށް، ސިޓީ ދެ ވަނައިގައި
27 ޑިސެމްބަރު 2025

ނިއުކާސަލް އަތުން މޮޅުވެ ޔުނައިޓެޑަށް ހަމަ ޖެހުމެއް

27 ޑިސެމްބަރު 2025
ނިއުކާސަލް އަތުން މޮޅުވެ ޔުނައިޓެޑަށް ހަމަ ޖެހުމެއް
24 ޑިސެމްބަރު 2025

ޕެނަލްޓީ ޖަހައިގެން މޮޅުވެ އާސެނަލް ސެމީ ފައިނަލަށް

24 ޑިސެމްބަރު 2025
ޕެނަލްޓީ ޖަހައިގެން މޮޅުވެ އާސެނަލް ސެމީ ފައިނަލަށް
22 ޑިސެމްބަރު 2025

ޔުނައިޓެޑު އަތުން މޮޅުވެ، އެސްޓަން ވިލާ އަށް ތާރީޚީ ކާމިޔާބެއް

22 ޑިސެމްބަރު 2025
ޔުނައިޓެޑު އަތުން މޮޅުވެ، އެސްޓަން ވިލާ އަށް ތާރީޚީ ކާމިޔާބެއް
21 ޑިސެމްބަރު 2025

އެވަޓަން ބަލިކޮށް، އާސެނަލް އެއް ވަނައިގައި

21 ޑިސެމްބަރު 2025
އެވަޓަން ބަލިކޮށް، އާސެނަލް އެއް ވަނައިގައި
16 ޑިސެމްބަރު 2025

ފަހު ވަގުތު ބޯންްމައުތުން ޔުނައިޓެޑާ އެއްވަރު ކޮށްފި

16 ޑިސެމްބަރު 2025
ފަހު ވަގުތު ބޯންްމައުތުން ޔުނައިޓެޑާ އެއްވަރު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު