Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ަލޯކަލް ކައުންސިލް އިންތިޚާބު

ރައީސް މުއިއްޒު މަސައްކަތް ކުރައްވަނީ ކައުންސިލްތަކަކީ ރައީސް އޮފީހުން އަންގާ އެންގުންތައް އެކަނި ތަންފީޒު ކުރާ އިދާރާއަކަށް ހެދުމަށް: ނިޔާޒު

ނިޔާޒު ވިދާޅުވީ ރައީސް މުއިއްޒު ކައުންސިލަރުންގެ ބޮލުގައި ދޮގު އިލްޒާމު އަޅުވައި އަގު ވައްޓާލުމަށް މަސައްކަތް ކުރައްވާ ކަމަށް.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 22 ޖެނުއަރީ 2026 | ބުރާސްފަތި 07:29
އެމްޑީޕީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ ކުރީގެ މެންބަރު އަލީ ނިޔާޒު ވާހަކަ ދައްކަވަނީ

އެމްޑީޕީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ ކުރީގެ މެންބަރު އަލީ ނިޔާޒު ވާހަކަ ދައްކަވަނީ | ރާއްޖެއެމްވީ

ރައީސް ޑރ.މުހައްމަދު މުއިއްޒު މަސައްކަތް ކުރައްވަނީ ކައުންސިލްތަކަކީ ރައީސް އޮފީހުން އަންގާ އެންގުންތައް އެކަނި ތަންފީޒު ކުރާ އިދާރާއަކަށް ހެދުމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ ކުރީގެ މެންބަރު އަދި ނިމިދިޔަ ރައްޔިތުން މަޖިލީހުގެ ލާމަރުކަޒީ ކޮމެޓީގެ ކުރީގެ މުގައްރިރު އަލީ ނިޔާޒު ވިދާޅުވެއްޖެ އެވެ.

ބުރާސްފަތި ދުވަހު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނިޔާޒު ވަނީ ރައީސް މުއިއްޒު ކައުންސިލަރުންގެ ބޮލުގައި ދޮގު އިލްޒާމު އަޅުވައި، ކައުންސިލަރުންގެ އަގު ވައްޓާލުމަށް މަސައްކަތް ކުރާ ކަމަށް ވިދާޅުވެފަ އެވެ.

Advertisement - newsAdvertisement

ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ނުދަނީ ކައުންސިލަރުންގެ ސަބަބުން ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވާތީ އެކަމަށް ވެސް ފާޑު ވިދާޅުވި އެވެ. އަދި ވިދާޅުވީ މިއީ ރައްޔިތުންނަށް އޮޅުވާލައި، މަޝްރޫއުތައް ކުރިއަށް ނުގެންދިއުމަށް ދައްކާ ވާހަކަތަކެއް ކަމަށެވެ. 

ނިޔާޒު ވިދާޅުވީ ރައީސް މުއިއްޒު މަސައްކަތް ކުރައްވަނީ ކައުންސިލުތަކުގެ ބާރު ކަނޑުވާލައި، އެއީ ހަމައެކަނި ރައީސް އޮފީހުން އަންގާ ކަންކަން ތަންފީޒު ކުރަން އޮންނަ އިދާރާއަކަށް ބަދަލު ކުރުމަށް ކަމަށެވެ. 

މިއީ ރައީސް މުއިއްޒު ހުންނަވައިގެން ކައުންސިލުތަކުގެ އަގު ވައްޓާލާ ކައުންސިލްތަކަކީ ހަމައެކަނި ރައީސުލްޖުމްހޫރިއްޔާ އޮފީހުން އަންގާ އެންގުންތައް އެކަނި ތަންފީޒު ކުރަން އޮންނަތަނެއްގެ ގޮތުގައި ހެދުމަށްޓަކައި ހިންގާ ކެންޕޭނެއްގެ ތެރެއިން ކުރާ ކަމެއް. އެކަމުގައި އިސްވެ ހުންނެވީ ރައީސް މުއިއްޒު. ދެން ހުންނެވީ ލޯކަލް ގަވަރމަންޓް މިނިސްޓަރު އާދަމް ޝަރީފް. އެހެން މިދަންނަވަން ޖެހެނީ ގާނޫނުގައި ވަރަށް ރަނގަޅަށް ކަނޑައެޅިފައި އެބައޮތް ކައުންސިލްތަކަކީ ކޮބައިކަން. 

ކައުންސިލްތަކަކީ ގާނޫނީ ވަކި ޝަހުޝެއްކަން ފާހަގަކުރައްވައި ނިޔާޒު ވިދާޅުވީ ކައުންސިލްތަކަށް އަމިއްލައަށް ކަންކަން ކުރެވޭ ކަމަށެވެ.

ލާމަރުކަޒީ ގާނޫނުގައި ކައުންސިލްތަކަށް ކުރަން އޮންނަނީ މައިގަނޑު ދެ ކަމެއް ކަމަށާއި، އެއީ ރަށްވެހިކަމުގެ ޚިދުމަތް ދިނުމާއި، ރައްޔިތުންނާ މަޝްވަރާކޮށްގެން 5 އަހަރު ދުވަހުގެ ތަރައްގީގެ ޕްލޭން އެކުލަވާލުން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ ބިން ބޭނުންކުރާނެ ގޮތުގެ ޕްލޭން އެކުލަވާލާ ގައުމީ އިދާރާއަކުން ފާސް ކުރަންޖެހޭ ކަމަށެވެ. 

ނިޔާޒު ވިދާޅުވީ ލާމަރުކަޒީ ނިޒާމާއެކު ކައުންސިލްތަކުގެ ޒިންމާ ވަރަށް ބޮޑު ކަމަށާއި، މިބާރުވެރިކަން ދިނުމުން މިމަސައްކަތް ވަރަށް ރަނގަޅަށް ކައުންސިލްތަކުން ކުރި ކަމަށެވެ. ނަމަވެސް މިސަރުކާރާއެކު ކައުންސިލްގެ މަސައްކަތްތަކަށް ހުރަސްއަޅައި، އެއް އަހަރު މަސައްކަތް ނުކުރެވޭ ގޮތަށް ގާނޫނު ބަދަލު ކޮށްފައިވާ ކަމަށެވެ. 

މީގެ އިތުރުން ނިޔާޒު ވިދާޅުވީ ރަށްރަށުގެ ކަންކަމާ ގުޅޭގޮތުން ކައުންސިލަރުން ރައްޔިތުންނަށް ޖަވާބުދާރީވާން ޖެހޭ ކަމަށެވެ. އަދި މަދުވެގެން ކޮންމެ އަހަރަކު ކައުންސިލްތަކުން ރައްޔިތުންނާއެކު ދެ ބައްދަލުވުމެއް ބާއްވައި، ތަރައްގީގެ މަޝްރޫއުތަކާ ގުޅޭގޮތުންނާއި، އަދި ރައްޔިތުންގެ ކަންބޮޑުވުންތަކާއި، ސުވާލުތަކަށް ޖަވާބު ދޭން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

މި މައުލޫމާތުތައް ކައުންސިލްތަކަށް ލިބެން އޮތީ ސަރުކާރުގެ ފަރާތުން ކަމަށާއި، ނަމަވެސް މިސަރުކާރު ޖަވާބުދާރީ ކުރުމުގެ މަސައްކަތް ކައުންސިލްތަކަށް ނުކުރެވޭނެ ކަމަށް މިސަރުކާރުގެ ބޭފުޅުން ވިދާޅުވެފައިވާ ކަމަށް ނިޔާޒު ވިދާޅުވި އެވެ. އަދި ވިދާޅުވީ ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ބޭނުންވާ ކަމަށްވާނަމަ، ސަރުކާރާ ދެކޮޅަށް އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވޯޓު ދޭން ޖެހޭ ކަމަށެވެ. 

ރައީސް ޑރ. މުހައްމަދު މުއިއްޒުއަލީ ނިޔާޒްއެމްޑީޕީލޯކަލް ކައުންސިލް އިންތިހާބުލާމަރުކަޒުކުރުން

ކޮމެންޓް

އިތުރަށް ކިޔާލަން

އިލެކްޝަން ކޮމިޝަންގެ "މައި ޕޯޓަލް" އަށް ޕީއެންސީ އަށް އެކްސަސް އެބައޮތް: އެމްޑީޕީ

އިލެކްޝަން ކޮމިޝަންގެ "މައި ޕޯޓަލް" އަށް ޕީއެންސީ އަށް އެކްސަސް އެބައޮތް: އެމްޑީޕީ

22 ޖެނުއަރީ 2026
ރައީސް މުއިއްޒުގެ ވައުދުފުޅާ ހިލާފުވެ، މިފްކޯ ގެ ސެންޓަރު ތަކަށާއި ބޯޓުތަކަށް ކުޑަ އަގެއްގައި ކަންނެލި ގަންނަން ފަށައިފި

ރައީސް މުއިއްޒުގެ ވައުދުފުޅާ ހިލާފުވެ، މިފްކޯ ގެ ސެންޓަރު ތަކަށާއި ބޯޓުތަކަށް ކުޑަ އަގެއްގައި ކަންނެލި ގަންނަން ފަށައިފި

21 ޖެނުއަރީ 2026
މާލެތެރެއަށް ބުޅަލުގެ ނަޖިސް އެޅެން ދޫކުރާނެ އުޒުރެއް ނުދެއްކޭނެ، ނުވަންޏާ ހަވާލުކުރޭ: މޭޔަރު އާދަމް އާޒިމް

މާލެތެރެއަށް ބުޅަލުގެ ނަޖިސް އެޅެން ދޫކުރާނެ އުޒުރެއް ނުދެއްކޭނެ، ނުވަންޏާ ހަވާލުކުރޭ: މޭޔަރު އާދަމް އާޒިމް

21 ޖެނުއަރީ 2026
ރައީސް ވިދާޅުވާ އެއްޗެއް ތަކުރާރު ކުރައްވަން އުޅުއްވި ފަލާހު އަށް މިފަހަރު އޮޅިވަޑައިގަތީ އަމިއްލަ އަށް ބަދަލު ކުރެއްވި ގާނޫނު!

ރައީސް ވިދާޅުވާ އެއްޗެއް ތަކުރާރު ކުރައްވަން އުޅުއްވި ފަލާހު އަށް މިފަހަރު އޮޅިވަޑައިގަތީ އަމިއްލަ އަށް ބަދަލު ކުރެއްވި ގާނޫނު!

21 ޖެނުއަރީ 2026
ށ.އަތޮޅު ކައުންސިލް އަކީ ވަރަށް ބޮޑު އެސެޓެއް ނަމަވެސް މިސަރުކާރު ގައި އެއަށް ވާނެ ގޮތެއް ނޭނގޭ: ކުރީގެ ކައުންސިލް މެންބަރު ސައުދުﷲ

ށ.އަތޮޅު ކައުންސިލް އަކީ ވަރަށް ބޮޑު އެސެޓެއް ނަމަވެސް މިސަރުކާރު ގައި އެއަށް ވާނެ ގޮތެއް ނޭނގޭ: ކުރީގެ ކައުންސިލް މެންބަރު ސައުދުﷲ

21 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު