Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އައްޑޫ ސިޓީ

އައްޑޫ ލިންކް ރޯޑުގެ މަސައްކަތް ހުއްޓި ރައްޔިތުންގެ ފުރާނަ ނުރައްކަލަކަށް ހުށަހެޅިފައި، މިހާލަތަށް ގެންދިޔައީ ރައީސް މުއިއްޒު: މެންބަރު އަހުމަދު ދީދީ

މެންބަރު އަހުމަދު ދީދީ ވިދާޅުވީ ރައީސް މުއިއްޒު އައްޑޫގެ ތަރައްގީއަށް ވެވަޑައިގެންނެވި އެއްވެސް ވައުދެއް މިހާތަނަށް ފުއްދާފައިނުވާ ކަމަށް. އަދި ކުރިއަށް އޮތް ކައުންސިލް އިންތިޚާބަކީ ރައްޔިތުންގެ ތާއީދު މިސަރުކާރަށް ނެތްކަން ހާމަ ކުރުމަށް ލިބޭ ވަރަށް ބޮޑު ފުރުސަތެއް ކަމަށާއި، ގައުމުގެ ހާލަތަށް ބަލާއިރު، ސަރުކާރުގެ ކެންޑިޑޭޓުންނަށް ވޯޓު ދޭން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް އޭނާ ވިދާޅުވި.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 23 ޖެނުއަރީ 2026 | ހުކުރު 08:47
އެމްޑީޕީން ކުރިއަށް ގެންދިޔަ ހަރުގެ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ ވާހަކަ ދައްކަވަނީ

އެމްޑީޕީން ކުރިއަށް ގެންދިޔަ ހަރުގެ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ ވާހަކަ ދައްކަވަނީ | ރާއްޖެއެމްވީ

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އައްޑޫ ސިޓީގެ ތަރައްގީ އަށް ވެވަޑައިގެންނެވި އެއްވެސް ވައުދެއް މިހާތަނަށް ފުއްދާފައިނުވާ ކަމަށާއި، މިއީ ގައުމެއްގެ ހަޔާތުން ބޭކާރުވި ދެއަހަރާ ބައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

ބުރާސްފަތި ދުވަހުގެ ރޭ އެމްޑީޕީން ކުރިއަށް ގެންދިޔަ ހަރުގެ ޖަލްސާގައި މެންބަރު އަހުމަދު ދީދީ ވިދާޅުވީ ރައީސް މުއިއްޒު ވަމުންދާ ވައުދުތަކަކީ މިއަދު ނޫން މާދަމާގެ ވައުދުތަކެއް ކަމަށާއި، މިވެރިކަމުގައި ދެ އަހަރާއި ބަޔަކީ ބޭކާރު ވެގެން ދިޔަ ދުވަސްތަކެއް ކަމަށެވެ.

އައްޑޫ ސިޓީއަށް އިޝާރާތް ކުރައްވައި މެންބަރު އަހުމަދު ދީދީ ވިދާޅުވީ ރައީސް މުއިއްޒު އައްޑޫގެ ތަރައްގީއަށް ވެވަޑައިގެންނެވި އަދި ވައުދުނާމާގައި ލިޔުއްވާފައިވާ އެއްވެސް ވައުދެއް މިހާތަނަށް ފުއްދާފައިނުވާ ކަމަށާއި، މިހާރު އެ މަޝްރޫއުތައް ކުރިއަށް ގެންދާނެ ކަމާމެދު ސުވާލު އުފެދިފައިވާ ކަމަށެވެ.

ޚާއްސަ އިސްކަމެއްދީގެން އައްޑޫ ސިޓީގެ ލިންކް ރޯޑު ތަރައްގީ ކުރަން ޖެހޭ ކަމަށާއި، އެގޮތަށް އެމަގު ބޭއްވުމަކީ މީހުންގެ ފުރާނައަށް އޮތް ނުރައްކަލެއް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ލިންކް ރޯޑުގެ އަމަލީ މަސައްކަތް 2024 ވަނަ އަހަރުގެ ތެރޭގައި ފަށާނެކަމުގެ ޔަގީންކަން ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ދެއްވި ކަމަށާއި، އަހަރެއް ފާއިތުވެގެން ދިޔައިރު ވެސް މަގުގެ އަމަލީ އެއްވެސް މަސައްކަތެއް ކޮށްފައިނުވާ ކަމަށެވެ. 

މީގެ އިތުރުން މެންބަރު އަހުމަދު ދީދީ ވިދާޅުވީ، އައްޑޫ ތަމްސީލު ކުރާ މެންބަރެއްގެ ހައިސިއްޔަތުން އައްޑޫގެ ތަރައްގީ ހުއްޓިފައިވާތީ ކަންބޮޑުވާ ކަމަށާއި، މިއީ ރައްޔިތުންނަށް ނިކަމެތިކަން ލިބޭ ކަމަށެވެ.

އަޅުގަނޑުމެން އެންމެން އައްޑޫ ސިޓީ ރައްޔިތުން އެންމެ ބޮޑަށް ކަންބޮޑުވާ އެއް ކަމެއް އައްޑޫ ސިޓީގެ އަގުބޮޑެތި މުދާ ހަލާކުވެގެން މިދަނީ. ލިންކް ރޯޑު. އޭރު އެމްޑީޕީން  ވިސްނާފައި ވަނީ އަދި މަސައްކަތް ކުރަމުން ގެންދިޔައީ އައްޑޫސިޓީގައި ހިންގަމުން ދިޔަ 114 ކިލޯމީޓަރުގެ ރޯޑު ޑިވަލޮޕްމަންޓް ޕްރޮޖެކްޓް ނިމޭއިރަށް ފޭސް-2ގެ ދަށުން ހަމަ އެނިމޭއިރަށް އެކުންފުންޏާ ހަވާލުކޮށްގެން ނޫނީ އެހެން ކުންފުންޏާ ހަވާލުކޮށްގެން ނަމަވެސް ލިންކް ރޯޑު އަލުން ހަދައި، އަދި ތާރު ނޭޅި ރަނގަޅު ފެންވަރަށް ނުހެދި ހުރިހާ މަގެއް ވެސް ހަދަން. ރައީސް މުއިއްޒު އައްޑޫއަށް ވަޑައިގެން ވިދާޅުވީ މިހުރިހާ ކަމެއް އެމްޑީޕީން ކުރަމުން މިގެންދާ ކަންތައްތަކަށްވުރެ މާރަނގަޅަށް ތިމަންމަނިކުފާނު ކޮށްދޭނަމޭ. 
މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ

މެންބަރު އަހުމަދު ދީދީ ވިދާޅުވީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަކީ ރައްޔިތުންގެ ތާއީދު މިސަރުކާރަށް ނެތްކަން ހާމަ ކުރުމަށް ލިބޭ ވަރަށް ބޮޑު ފުރުސަތެއް ކަމަށެވެ. ގައުމުގެ ހާލަތަށް ބަލާއިރު، ސަރުކާރުގެ ކެންޑިޑޭޓުންނަށް ވޯޓު ދޭން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށާއި، ގައުމުގެ ހައްގުގައި ރައްޔިތުން ތެދުވުމަށް އޭނާ ގޮވާލެއްވި އެވެ. 

އަޙްމަދު ދީދީއައްްޑޫ ސިޓީއެމްޑީޕީ

ކޮމެންޓް

އިތުރަށް ކިޔާލަން

"މިސްކިތްތަކަށް ވެސް މީހުން ނެގުން މިސަރުކާރުން ވަނީ ހުއްޓުވާފަ" - މޭޔަރު އާދަމް އާޒިމް

"މިސްކިތްތަކަށް ވެސް މީހުން ނެގުން މިސަރުކާރުން ވަނީ ހުއްޓުވާފަ" - މޭޔަރު އާދަމް އާޒިމް

22 ޖެނުއަރީ 2026
ކައުންސިލް އިންތިހާބުގެ ކެމްޕެއިން އެމްޑީޕީ އިން ލޯންޗްކުރުން އަންނަ މަހު 12 ގައި ބާއްވަނީ

ކައުންސިލް އިންތިހާބުގެ ކެމްޕެއިން އެމްޑީޕީ އިން ލޯންޗްކުރުން އަންނަ މަހު 12 ގައި ބާއްވަނީ

22 ޖެނުއަރީ 2026
ވައުދުވާ މޫސުން ނިމިއްޖެ، ކައުންސިލް އިންތިޚާބުގައި ރައްޔިތުން ނުކުމެ ވަރަށް ރަނގަޅަށް ސަރުކާރަށް ރިޕޯޓު ދޭން ޖެހޭ: އަމްރު

ވައުދުވާ މޫސުން ނިމިއްޖެ، ކައުންސިލް އިންތިޚާބުގައި ރައްޔިތުން ނުކުމެ ވަރަށް ރަނގަޅަށް ސަރުކާރަށް ރިޕޯޓު ދޭން ޖެހޭ: އަމްރު

22 ޖެނުއަރީ 2026
ރައީސް މުއިއްޒު މަސައްކަތް ކުރައްވަނީ ކައުންސިލްތަކަކީ ރައީސް އޮފީހުން އަންގާ އެންގުންތައް އެކަނި ތަންފީޒު ކުރާ އިދާރާއަކަށް ހެދުމަށް: ނިޔާޒު

ރައީސް މުއިއްޒު މަސައްކަތް ކުރައްވަނީ ކައުންސިލްތަކަކީ ރައީސް އޮފީހުން އަންގާ އެންގުންތައް އެކަނި ތަންފީޒު ކުރާ އިދާރާއަކަށް ހެދުމަށް: ނިޔާޒު

22 ޖެނުއަރީ 2026
އިލެކްޝަން ކޮމިޝަންގެ "މައި ޕޯޓަލް" އަށް ޕީއެންސީ އަށް އެކްސަސް އެބައޮތް: އެމްޑީޕީ

އިލެކްޝަން ކޮމިޝަންގެ "މައި ޕޯޓަލް" އަށް ޕީއެންސީ އަށް އެކްސަސް އެބައޮތް: އެމްޑީޕީ

22 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

27 މާރިޗު
ކްރީމް ޗީޒް އެންޑް ޕީނަޓް ބަޓަރ ސްޓްރޯބެރީ ސޭންޑްވިޗް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރީމް ޗީޒް އެންޑް ޕީނަޓް ބަޓަރ ސްޓްރޯބެރީ ސޭންޑްވިޗް

އަލް މަޝްއަރު ހައްޖު އެންޑް އުމްރާ ގްރޫޕުން އުމްރާއަށް ދިޔަ އުމްރާވެރިން މައްކާގައި މަގުމަތިވެފައި
20242 އަހަރު ކުރިން
ރާއްޖެ

އަލް މަޝްއަރު ހައްޖު އެންޑް އުމްރާ ގްރޫޕުން އުމްރާއަށް ދިޔަ އުމްރާވެރިން މައްކާގައި މަގުމަތިވެފައި

އޮސްޓްރޭލިޔާގެ ރައްޔިތަކަށް 160،000 ޑޮލަރުގެ އަގުހުރި ރަން އެކުލެވޭ ގަލެއް ހޮވިއްޖެ
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އޮސްޓްރޭލިޔާގެ ރައްޔިތަކަށް 160،000 ޑޮލަރުގެ އަގުހުރި ރަން އެކުލެވޭ ގަލެއް ހޮވިއްޖެ

ރާފިލް ޓްރެއިނިންގއަށް ގެންގޮސްފައިވަނީ މެޑިކަލް ޓެސްޓުން ފެއިލްވެފައި ވަނިކޮށް
20224 އަހަރު ކުރިން
ރާއްޖެ

ރާފިލް ޓްރެއިނިންގއަށް ގެންގޮސްފައިވަނީ މެޑިކަލް ޓެސްޓުން ފެއިލްވެފައި ވަނިކޮށް

ކިޑްނީއެއް ނުލިބުމަށްވުރެ ހިތްދަތިވީ އެންމެ ބޭނުންވި ދުވަހު ލޯބިވާ މީހާ ދޫކޮށްފައި ދިއުމުން!
20215 އަހަރު ކުރިން
ރިޕޯޓު

ކިޑްނީއެއް ނުލިބުމަށްވުރެ ހިތްދަތިވީ އެންމެ ބޭނުންވި ދުވަހު ލޯބިވާ މީހާ ދޫކޮށްފައި ދިއުމުން!

ނުކުތީ ގޮނޑި ބޭނުން ވެގެނެއް ނޫން، ރައްޔިތުންގެ މުދާ ހިމާޔަތް ކުރަން: ޔައުގޫބު
20197 އަހަރު ކުރިން
ރާއްޖެ

ނުކުތީ ގޮނޑި ބޭނުން ވެގެނެއް ނޫން، ރައްޔިތުންގެ މުދާ ހިމާޔަތް ކުރަން: ޔައުގޫބު

90ގެ ޓްރެންޑެއް ކަމަށްވާ \'ތޮންގް ހީލްސް\' އަނބުރާ އައީ؟
20188 އަހަރު ކުރިން
ތަފާތު ޚަބަރު

90ގެ ޓްރެންޑެއް ކަމަށްވާ \'ތޮންގް ހީލްސް\' އަނބުރާ އައީ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު