Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކައުންސިލް އިންތިޚާބު

ވައުދުވާ މޫސުން ނިމިއްޖެ، ކައުންސިލް އިންތިޚާބުގައި ރައްޔިތުން ނުކުމެ ވަރަށް ރަނގަޅަށް ސަރުކާރަށް ރިޕޯޓު ދޭން ޖެހޭ: އަމްރު

22 ޖެނުއަރީ 2026 | ބުރާސްފަތި 08:31

މިސަރުކާރަށް ދެ އަހަރާއި ބައި ވެގެންދާއިރު، ހުރިހާ ކަމެއް ދަނީ އިދިކޮޅަށްކަން ފާހަގަކުރައްވައި އަމްރު ވިދާޅުވީ ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި ސަރުކާރުގެ ކެންޑިޑޭޓުންނަށް ވޯޓު ދިނުމުގައި ރައްޔިތުން ވިސްނަން ޖެހޭ ކަމަށް. އަމްރު ވިދާޅުވީ ވިދާޅުވީ މިސަރުކާރު އައިފަހުން މިހާތަނަށް ރައްޔިތުން ޓެކްސްގެ ގޮތުގައި 100 ބިލިއަނަށް ވުރެ ގިނަ ފައިސާ ދެއްކި ނަމަވެސް ގައުމާއި ރައްޔިތުންނަށް ލިބުނު ކުރިއެރުމެއް ނެތް ކަމަށް.

އަމްނާ އިމާދު
އަމްނާ އިމާދު | 22 ޖެނުއަރީ 2026 | ބުރާސްފަތި 08:31
އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސްޓީއޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ހުސައިން އަމްރު ވާހަކަ ދައްކަވަނީ

އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސްޓީއޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ހުސައިން އަމްރު ވާހަކަ ދައްކަވަނީ | ރާއްޖެއެމްވީ

ވައުދުވާ މޫސުން ނިމިފައިވާ ކަމަށާއި، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ރައްޔިތުން ނުކުމެ ވަރަށް ރަނގަޅަށް ސަރުކާރަށް ރިޕޯޓު ދޭން ޖެހޭ ކަމަށް އެސްޓީއޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވެއްޖެ އެވެ. 

ބުރާސްފަތި ދުވަހު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަމްރު ވިދާޅުވީ، ރައީސް ޑރ.މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވުމަށްފަހު އެންމެ ފުރަތަމަ ރައްޔިތުންގެ ކިބައިން އެދުނީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ދިނުމަށް ކަމަށެވެ. 

Advertisement - newsAdvertisement

މަޖިލީހުގެ މެޖޯރިޓީ ނުލިބި ރައްޔިތުންނަށް ޚިދުމަތް ނުދެވޭނެ ކަމަށާއި، މިހާރު ރަނގަޅު ކުރަން ޖެހޭ ކަންކަން ރަނގަޅު ނުކުރެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި ކަމަށެވެ.

އެގޮތުން މަޖިލިސް ސަރުކާރަށް ލިބިއްޖެ ނަމަ، ތަކެތީގެ އަގު ދަށް ކުރުމާއި، އިތުރު އިންވެސްޓްމަންޓުތައް ރާއްޖެއަށް ގެނައުމާއި، ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދުމާއި، ޑޮލަރުގެ އަގާއި، ތާށިކަމަށް ހައްލު ހޯދައިދޭނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް ދިން ކަމަށް އަމްރު ވިދާޅުވި އެވެ. 

ނަމަވެސް މިސަރުކާރަށް ދެ އަހަރާއި ބައި ވެގެންދާއިރު، ހުރިހާ ކަމެއް ދަނީ އިދިކޮޅަށްކަން ފާހަގަކުރައްވައި އަމްރު ވިދާޅުވީ ޑޮލަރު މާރު ކުރުމަށް ސަރުކާރުން މަޖުބޫރު ކުރުވައި، ގާނޫނަށް ގެނައި ބަދަލާއެކު ސަރުކާރަށް ގިނަ އަދަދެއްގެ ޑޮލަރު ވަންނަ ކަމަށާއި، ނަމަވެސް ރިޒާވުން ޑޮލަރު ނުފެންނަ ކަމަށެވެ. އަދި ވިދާޅުވީ ދެ އަހަރާ ބައިގެ ތެރޭގައި ޑޮލަރުގެ އަގު 25 ޕަސެންޓް ބޮޑު ވެފައިވާ ކަމަށާއި، ރައްޔިތުން ކުރަން ޖެހޭ ހަރަދު އިންތިހާއަށް ބޮޑުވެ ދިރިއުޅުން ދަތިވެފައިވާ ކަމަށެވެ. މިކަންކަމާ ގުޅޭގޮތުން ސުވާލު ކޮށްލާނެ ޕީއެންސީގެ މަޖިލިސް މެންބަރެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ. 

އެހެންކަމުން ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި ސަރުކާރުގެ ކެންޑިޑޭޓުންނަށް ވޯޓު ދިނުމުގައި ރައްޔިތުން ވިސްނަން ޖެހޭ ކަމަށް އަމްރު ވިދާޅުވި އެވެ.  އަދި ވިދާޅުވީ ދެ އަހަރާއި ބައިގެ ތެރޭގައި ކަންކަން ހިނގާފައިވާ ގޮތަށް ބަލައި، ރިޕޯޓު ދޭން ޖެހޭ ކަމަށާއި، މިހާރު ވައުދުވާ މޫސުން ނިމިފައިވާ ކަމަށެވެ. 

އަމްރު ވިދާޅުވީ ކައުންސިލް އިންތިޚާބާ ދިމާކޮށް ސަރުކާރުން ގިނަ މަޝްރޫއުތައް ފަށައި، އެއްބަސްވުންތަކުގައި ސޮއިކުރި ނަމަވެސް އެއީ ރައްޔިތުންނަށް ދައްކާ ހުވަފެނެއް ކަމަށެވެ. 

މިވީ ދެއަހަރާ ބައިގެ ތެރޭގައި މިއީ ވައުދުވާ މޫސުމެއް ނޫން. މިއީ ރިޕޯޓު ދޭ މޫސުން. އެހެންވީމަ ރައްޔިތުން ނުކުމެ މިފަހަރު ސަރުކާރަށް ރަނގަޅު ރައްދެއް ދޭން ޖެހޭ. ރަނގަޅު މެސެޖެއް ދޭން ޖެހޭ. ކަންކަން ގޯސްކޮށް ދާ ކަމަށްވަންޏާ އެވާހަކަ ދައްކަން އެބަ ޖެހޭ. ނިޔާޒު ފާހަގަކުރެވި ފަދައިން ކައުންސިލްތަކަކީ ސަރުކާރުގެ އެކްސްޓެންޝަނެއް ނޫން. އަދި ސަރުކާރަށް އެއްބާރުލުން ދޭން ޖެހޭ ބައެއް ނޫން. އެމީހުންގެ މަސައްކަތަކީ އެ މުޖުތަމައުއަށް ބޭނުންވާ ކަންކަން ފޯރުކޮށް ދިނުން. ރަނގަޅު ކޮށްދިނުން.
އެސްޓީއޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ހުސައިން އަމްރު 

މީގެ އިތުރުން އަމްރު ވިދާޅުވީ ވިދާޅުވީ މިސަރުކާރު އައިފަހުން މިހާތަނަށް ރައްޔިތުން ޓެކްސްގެ ގޮތުގައި 100 ބިލިއަނަށް ވުރެ ގިނަ ފައިސާ ސަރުކާރަށް ދައްކާފައިވާ ކަމަށެވެ. 

ނަމަވެސް ގައުމާއި ރައްޔިތުންނަށް ލިބުނު ކުރިއެރުމެއް ނެތް ކަމަށާއި، މީގެ ކުރިން ލިބުނު ބޭސް ވެސް ނުލިބި ސިއްހީ ޚިދުމަތް ހޯދުކަށް ތަކުލީފު އުފުލަން ޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ހުސެއިން އަމްރުއެމްޑީޕީކައުންސިލް އިންތިޚާބު

އެންމެ ހިނގާ

1

އުތުރު ކޮރެއާއިން މަނަވަރެއް ޚިދުމަތަަށް ނެރެ "ދުޝްމަނުންނަށް" އިންޒާރުދީފި

2

ހުޅުމާލެއިން 7.1 މިލިއަން ރުފިޔާގެ އަގުބޮޑު ބިމެއް މިނިސްޓަރު މުއްޠަލިބުގެ ޢާއިލީ ބޭފުޅަކު ބައްލަވައިގެންނެވިކަން ހާމަވެއްޖެ

3

ދުނިޔޭގެ އައު ޗާޓް އދ. ގެ އާންމު މަޖިލީހުން ފާސްކޮށްފި

4

އެމެރިކާއަށް ކުރިއަށްވުރެ ވަރުގަދަ އަދި ތަދު އިހުސާސްވާނެ ހަމަލާތަކެއް ދޭނެކަމުގެ އިންޒާރު އީރާނުން ދީފި

5

ޕީއެންސީއަށް ސޮއިކުރަން މަޖުބޫރުކުރާ މައްސަލަ ފަޅާއެރިތަނާ، ލައިވް ޕްރޮގްރާމްތަކުގައި ކުރާ ކޯލްތަކާ ގުޅޭގޮތުން ކޮމިޝަނުގެ އިންޒާރެއް!

އިތުރަށް ކިޔާލަން

20 އޯގަސްޓު 2026

10 އަހަރު ފޯކައިދޫ ފެނަކަ ބްރާންޗަށް ޚިދުމަތް ކުރި މުވައްޒަފަކު އެމްޑީޕީއަށް ސޮއިކުރުމުން ވަޒީފާއިން ވަކިކުރި ކަމުގެ ތުހުމަތު!

20 އޯގަސްޓު 2026
10 އަހަރު ފޯކައިދޫ ފެނަކަ ބްރާންޗަށް ޚިދުމަތް ކުރި މުވައްޒަފަކު އެމްޑީޕީއަށް ސޮއިކުރުމުން ވަޒީފާއިން ވަކިކުރި ކަމުގެ ތުހުމަތު!
18 އޯގަސްޓު 2026

އައްޑޫއިން ފެނިގެން ދަނީ ސަރުކާރުގެ ދެކޮޅުނުޖެހޭ ސިޔާސަތުތަކުގެ ސަބަބުން ތަރައްގީ ސޮއްސާލާފައިވާ މަންޒަރު: ޝާހިދު

18 އޯގަސްޓު 2026
އައްޑޫއިން ފެނިގެން ދަނީ ސަރުކާރުގެ ދެކޮޅުނުޖެހޭ ސިޔާސަތުތަކުގެ ސަބަބުން ތަރައްގީ ސޮއްސާލާފައިވާ މަންޒަރު: ޝާހިދު
17 އޯގަސްޓު 2026

ރައީސް މުއިއްޒު ސިޔާސީ ގޮތުން މާޔޫސްވެ ބަލިކަށިވެއްޖެ: ޑީޑީ

17 އޯގަސްޓު 2026
ރައީސް މުއިއްޒު ސިޔާސީ ގޮތުން މާޔޫސްވެ ބަލިކަށިވެއްޖެ: ޑީޑީ
17 އޯގަސްޓު 2026

ރާއްޖޭގެ އިޤްތިސާދީ ހާލަތު ބަދަލުކޮށް ރައްޔިތުންނަށް ފުދުންތެރި ދިރިއުޅުމެއް ހޯދައިދެވޭނީ އެމްޑީޕީއަށް: ޝާހިދު

17 އޯގަސްޓު 2026
ރާއްޖޭގެ އިޤްތިސާދީ ހާލަތު ބަދަލުކޮށް ރައްޔިތުންނަށް ފުދުންތެރި ދިރިއުޅުމެއް ހޯދައިދެވޭނީ އެމްޑީޕީއަށް: ޝާހިދު
14 އޯގަސްޓު 2026

އެމްޑީޕީގެ ވެރިކަން ނިމުމާއެކު މުޅި ރާއްޖޭގެ ތަރައްގީ އަދި އިގްތިސާދު ބިލާހަކަށްވެ ނެތިގޮސްފި: ނާޒިލް

14 އޯގަސްޓު 2026
އެމްޑީޕީގެ ވެރިކަން ނިމުމާއެކު މުޅި ރާއްޖޭގެ ތަރައްގީ އަދި އިގްތިސާދު ބިލާހަކަށްވެ ނެތިގޮސްފި: ނާޒިލް
14 އޯގަސްޓު 2026

މި ސަރުކާރުގެ ހިންގުންތެރިކަމަށް ބަލާއިރު ފެންނަނީ އެއްވެސް ކަހަލަ ލީޑަރޝިޕެއް ނެތް މަންޒަރު: ހިސާން

14 އޯގަސްޓު 2026
މި ސަރުކާރުގެ ހިންގުންތެރިކަމަށް ބަލާއިރު ފެންނަނީ އެއްވެސް ކަހަލަ ލީޑަރޝިޕެއް ނެތް މަންޒަރު: ހިސާން
14 އޯގަސްޓު 2026

ރާއްޖޭގެ ރައްޔިތުން އެދުނު ކޮންމެ ކަމެއް އިސްލާހުކޮށް ބަދަލުކޮށްލި ފަހުލަވާނުން ތިބީ އެމްޑީޕީގައި: ޝާހިދު

14 އޯގަސްޓު 2026
ރާއްޖޭގެ ރައްޔިތުން އެދުނު ކޮންމެ ކަމެއް އިސްލާހުކޮށް ބަދަލުކޮށްލި ފަހުލަވާނުން ތިބީ އެމްޑީޕީގައި: ޝާހިދު
14 އޯގަސްޓު 2026

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ޝާހިދު އިއުލާނުކުރައްވައިފި

14 އޯގަސްޓު 2026
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ޝާހިދު އިއުލާނުކުރައްވައިފި
14 އޯގަސްޓު 2026

ސަވާހިލި އަނބުރާ އައްޑޫގެ ރައްޔިތުންނާ ހަވާލުކުރާނަން: ޝާހިދު

14 އޯގަސްޓު 2026
ސަވާހިލި އަނބުރާ އައްޑޫގެ ރައްޔިތުންނާ ހަވާލުކުރާނަން: ޝާހިދު
14 އޯގަސްޓު 2026

ގާނޫނު އަސާސީ ހޯދަން ކުރި މަސައްކަތުގައި ރައީސް މުއިއްޒުއަކީ 'ގައިން އެންމެ ދާ ފޮދެއް ވެސް އޮހުރުވި' ބޭފުޅެއް ނޫން: ޝިފާޒް

14 އޯގަސްޓު 2026
ގާނޫނު އަސާސީ ހޯދަން ކުރި މަސައްކަތުގައި ރައީސް މުއިއްޒުއަކީ 'ގައިން އެންމެ ދާ ފޮދެއް ވެސް އޮހުރުވި' ބޭފުޅެއް ނޫން: ޝިފާޒް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް