Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މޭޔަރު އާދަމް އާޒިމް

"މިސްކިތްތަކަށް ވެސް މީހުން ނެގުން މިސަރުކާރުން ވަނީ ހުއްޓުވާފަ" - މޭޔަރު އާދަމް އާޒިމް

މިހާރުގެ ރައީސުލްޖުމްހޫރިއްޔާ މާލެ ސިޓީ މޭޔަރު ކަމުގައި ހުންނެވި އިރު މިސްކިތްތަކާ މެދު ވަރަށް އިހާނެތިކޮށް ކަންތައް ކުރެއްވިކަން އާޒިމް ފާހަގަ ކުރެއްވި.

އަލީ ޝާހީން
އަލީ ޝާހީން, ރާއްޖެ އެމްވީ | 22 ޖެނުއަރީ 2026 | ބުރާސްފަތި 18:43
މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް

މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް | ރާއްޖެ އެމްވީ

މިސްކިތްތަކަށް ބޭނުންވާ މުވައްޒަފުން ނެގުންވެސް މިސަރުކާރުން ހުއްޓުވާފައިވާކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ. 

އެމްޑީޕީ ހަރުގެ ޖަލްސާގައި ބުރާސްފަތި ދުވަހުގެ ރޭ ވާހަކަ ދައްކަވަމުން މޭޔަރު އާޒިމް ވިދާޅުވީ، 2015 ވަނަ އަހަރު މާލެ ސިޓި ކައުންސިލް މަގުމަތި ކޮށްލީ މިހާރު ވެރިކަމުގައި ހުންނެވި މުއިއްޒުގެ މިނިސްޓަރު ކަމުގައި ކަމަށާއި އޭގެ ފަހުން ލާމަރުކަޒީ ނިޒާމުގެ ޗެމްޕިއަން އެމްޑީޕީ އިން 2018 ވަނަ އަހަރު ވެރިކަމާއި ހަވާލުވެ ކައުންސިލްތައް ބާރުވެރި ކުރުމަށްޓަކައި ކައުންސިލް ތަކަށް ބާރުތައް ދިން ކަމަށެވެ. 

Advertisement - newsAdvertisement

މޭޔަރު ވިދާޅުވީ އޭގެ ފަހުން އަނެއްކާ މުއިއްޒު ވެރިކަމަށް ވަޑައިގެން އަނެއްކާ ވެސް ކައުންސިލް ތަކަށް ލިބިދީފައި އޮތް ބާރު އަތުލާ 2015 ވަނަ އަހަރު ކަންކުރި ގޮތަށް ކަންކުރަން މިސްރާބު ހިފާފައިވާ ކަމަށެވެ. އަދި މިހާރުވަނީ ވަރަށް ބޮޑަށް ބާރުތައް ހަނިކޮށް މުވައްޒަފުން ނެގުން ހުއްޓުވާފައިވާ ކަން ފާހަގަކުރައްވާ މޭޔަރު ވިދާޅުވީ އެންމެ ކުޑަމިނުން މިސްކިތްތަކަށް ބޭނުންވާ މުވައްޒަފުން ވެސް ނުނެގޭ ކަމަށެވެ.

އާޒިމު ވިދާޅުވީ، މިސްކިތްތަކަށާއި ދީނީ ކަންކަމަށް އެންމެ ބޮޑަށް އިސްކަންދީފައިވަނީ އެމްޑީޕީގެ ވެރިކަމުގައި ކަމަށާއި އަދި އެމްޑީޕީ އަށް ނިސްބަތްވާ މޭޔަރެއްގެ ގޮތުން އޭނާ ގެ މޭޔަރު ކަމުގައި ކަމަށެވެ.

މާލެ ސިޓީގެ މިސްކިތްތަކަކީ މިއިން ޒަމާނަކު ރީތި ނުކުރާ ވަރަށް އަޅުގަނޑުމެން ރީތިކޮށްފައި ހުރި ތަންތަން. ދިވެހިން ނަގައިގެން ދިވެހިން ލައިގެން މި މިސްކިތްތައް ވަނީ ސާފުތާހިރު ކުރެވި ހުރިހާ ފާހަނަ ތަކެއް ހުރިހާ ތަށިމުށި ބަދަލުކޮށް ރީތިކޮށް ހަދާފަ މިވަނީ. އަދި ހަމަ ވުޟޫ ކުރާ ތަންތަން ރީތި ތަންތަނަށް ހަދާފަ މިވަނީ. އެއި ކީއްވެގެންތޯ. އެމްޑީޕީ އަކީ މިދީނަށް ލޯބިކުރާ ވަރުގަދަ ޝަހުސިއްޔަތެއް އޮތް ދީނަށް ލޯބިކުރާ މީހުންތަކެއް އޮތް ޕާޓީ އަކަށް ވާތީ. 
މޭޔަރު އާދަމް އާޒިމް

މީގެ އިތުރުން މޭޔަރު އާޒިމް ވަނީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ މާލެ ސިޓީ މޭޔަރު ކަމުގައި ހުންނެވި އިރު މިސްކިތްތަކާ މެދު ވަރަށް އިހާނެތިކޮށް ކަންތައް ކުރެއްވިކަން ފާހަގަ ކުރައްވާފަ އެވެ. އެ ގޮތުން މިސްކިތްތައް ސާފު ކުރަން ބޭރު މީހުން މަގުމަތިން ނަގާފައިވާކަމަށް އާޒިމް ވިދާޅުވި އެވެ. އެހެން ނަމަވެސް މިހާރު މަސައްކަތްތައް ކުރަމުން ދަނީ ހުސް ދިވެހިން ލައިގެން ކަން އާޒިމް ފާހަގަ ކުރެއްވި އެވެ. އޭގެ އިތުރުން މާލޭގެ އާސަހާރާ މިސްކިތް ތަޅާލާފައި ހުންނަތާ އަހަރެއް ވެގެން ދިޔައިރު އަދި މޭޔަރު ކަމަށް އޭނާ ވަޑައިގަންނަވަންދެން އެތައް ހުރީ އަޅާ ނުލާ ދޫކޮށްލާފައި ކަމަށެވެ. އަދި އެ މިސްކިތް ފުރިހަމަ ކޮށް ނިންމީ ވެސް އޭނާ ގެ ބެއްލެވުމުގެ ދަށުންކަން ފާހަގަ ކުރެއްވި އެވެ.

އާޒިމް ވިދާޅުވި މިސަރުކާރުން މުވައްޒަފުން ނެގުން ހުއްޓުވިޔަސް އަމިއްލަ އަށް ގޮސްގެން ވިޔަސް މިސްކިތްތައް ސާފުތާހިރުކޮށް ބަލަހައްޓާނަން ކަމަށާއި މިސްކިތްތައް ހަލާކުވާން ދޫކޮށްލައިގެން ނުތިބޭނެ ކަމަށެވެ. 

އާދަމް އާޒިމްމާލެ ސިޓީއެމްޑީޕީލާމަރުކަޒުކުރުންމާލޭ ސިޓީ ކައުންސިލްލޯކަލް ކައުންސިލް އިންތިހާބު

ކޮމެންޓް

އިތުރަށް ކިޔާލަން

ކައުންސިލް އިންތިހާބުގެ ކެމްޕެއިން އެމްޑީޕީ އިން ލޯންޗްކުރުން އަންނަ މަހު 12 ގައި ބާއްވަނީ

ކައުންސިލް އިންތިހާބުގެ ކެމްޕެއިން އެމްޑީޕީ އިން ލޯންޗްކުރުން އަންނަ މަހު 12 ގައި ބާއްވަނީ

22 ޖެނުއަރީ 2026
މުއިއްޒުގެ ބަހުން ނަމަ ޕީއެންސީ މީހުން ކައުންސިލަށް ހޮވުމަކީ ބިރުވެރިކަމެއް!

މުއިއްޒުގެ ބަހުން ނަމަ ޕީއެންސީ މީހުން ކައުންސިލަށް ހޮވުމަކީ ބިރުވެރިކަމެއް!

22 ޖެނުއަރީ 2026
ވައުދުވާ މޫސުން ނިމިއްޖެ، ކައުންސިލް އިންތިޚާބުގައި ރައްޔިތުން ނުކުމެ ވަރަށް ރަނގަޅަށް ސަރުކާރަށް ރިޕޯޓު ދޭން ޖެހޭ: އަމްރު

ވައުދުވާ މޫސުން ނިމިއްޖެ، ކައުންސިލް އިންތިޚާބުގައި ރައްޔިތުން ނުކުމެ ވަރަށް ރަނގަޅަށް ސަރުކާރަށް ރިޕޯޓު ދޭން ޖެހޭ: އަމްރު

22 ޖެނުއަރީ 2026
ރައީސް މުއިއްޒު މަސައްކަތް ކުރައްވަނީ ކައުންސިލްތަކަކީ ރައީސް އޮފީހުން އަންގާ އެންގުންތައް އެކަނި ތަންފީޒު ކުރާ އިދާރާއަކަށް ހެދުމަށް: ނިޔާޒު

ރައީސް މުއިއްޒު މަސައްކަތް ކުރައްވަނީ ކައުންސިލްތަކަކީ ރައީސް އޮފީހުން އަންގާ އެންގުންތައް އެކަނި ތަންފީޒު ކުރާ އިދާރާއަކަށް ހެދުމަށް: ނިޔާޒު

22 ޖެނުއަރީ 2026
އިލެކްޝަން ކޮމިޝަންގެ "މައި ޕޯޓަލް" އަށް ޕީއެންސީ އަށް އެކްސަސް އެބައޮތް: އެމްޑީޕީ

އިލެކްޝަން ކޮމިޝަންގެ "މައި ޕޯޓަލް" އަށް ޕީއެންސީ އަށް އެކްސަސް އެބައޮތް: އެމްޑީޕީ

22 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު