Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެވައިގެ ދަތުރު

އެއާ ފްރާންސާއި ކޭ.އެލް.އެމް އިން ދުބާއީ އާއި އިޒްރޭލް ހިމެނޭހެން މެދުއިރުމަތީގެ ދަތުރުތައް މެދުކަނޑާލައިފި

24 ޖެނުއަރީ 2026 | ހޮނިހިރު 08:58

ކޭ.އެލް.އެމް އިން ހުކުރު ދުވަހު ބުނި ގޮތުގައި، ތެލް އަވީވް، ދުބާއީ، ދައްމާމް އަދި ރިޔާޟް އަށް ކުރާ ދަތުރުތައް މިހާރު ވަނީ މެދުކަނޑާލާފަ އެވެ. އަދި އިރާގު، އީރާން، އިޒްރޭލް އަދި ގަލްފުގެ ބައެއް ގައުމުތަކުގެ މަތިން ދަތުރުކުރުން ވެސް ވަނީ ހުއްޓާލާފަ.

ރާއްޖެ އެމްވީ | 24 ޖެނުއަރީ 2026 | ހޮނިހިރު 08:58
ކޭއެލްއެމް ގެ މަތިންދާ ބޯޓެއް ޖުލައި 29، 2022 ގައި ބެލްޖިއަމްގެ ބްރަސެލްސް އެއާޕޯޓުގައި ޖައްސަނީ.

ކޭއެލްއެމް ގެ މަތިންދާ ބޯޓެއް ޖުލައި 29، 2022 ގައި ބެލްޖިއަމްގެ ބްރަސެލްސް އެއާޕޯޓުގައި ޖައްސަނީ. | ގެޓީ އިމޭޖަސް

ވިލާތުގެ މަދުވެގެން ދެ އެއާލައިނަކުން މެދުއިރުމަތީގެ ސިޓީތަކަށް ކުރާ ދަތުރުތައް ވަގުތީ ގޮތުން ހުއްޓާލައިފިއެވެ.

މީގެ ތެރެއިން އެއާ ފްރާންސުން ބުނި ގޮތުގައި، ސަރަހައްދުގެ "ޖިއޯޕޮލިޓިކަލް ހާލަތު" ބަލަމުންދާތީ، ދުބާއީ އަށް ކުރާ ދަތުރުތައް ވަގުތީ ގޮތުން މެދުކަނޑާލަން ވަނީ ނިންމާފައި ކަމަށެވެ.

ނެދަލޭންޑްސްގެ ދައުލަތުގެ މީޑިއާ، އެން.އޯ.އެސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެ ގައުމުގެ ކޭ.އެލް.އެމް އެއާލައިނުން ވެސް ވަނީ އިޒްރޭލް، ޔޫ.އޭ.އީ އަދި ސައުދީ އަރަބިއްޔާގެ ބައެއް ސިޓީތަކަށް ކުރާ ދަތުރުތައް ވަކި ގޮތެއް އަންގަންދެން މެދުކަނޑާލާފަ އެވެ. އަދި އިރާގާއި އީރާން ހިމެނޭހެން އެ ސަރަހައްދުގެ ބައެއް ގައުމުތަކުގެ ވައިގެ ސަރަހައްދު ބޭނުންކުރުން ވެސް އެ އެއާލައިނުން ވަނީ ހުއްޓާލާފަ އެވެ.

ފްރާންސްގެ ގައުމީ އެއާލައިން، އެއާ ފްރާންސުން އޭ.އެފް.ޕީ ނިއުސް އެޖެންސީ އަށް ހުކުރު ދުވަހު ދިން ބަޔާނެއްގައި ބުނީ، މި ބަދަލުތައް ގެނައީ "މެދުއިރުމަތީގެ މިހާރުގެ ހާލަތަށް" ރިއާޔަތްކޮށް ކަމަށެވެ. އަދި ދުބާއީގެ ދަތުރުތައް ވަގުތީ ގޮތުން ހުއްޓާލުމަށް ކުންފުނިން މިހާރު ވަނީ ނިންމާފަ އެވެ.

"އެއާ ފްރާންސުން ދަނީ ހާލަތު ވަގުތުން ވަގުތަށް ބަލަމުން. އަދި ދަތުރުތަކުގެ ތާވަލަށް އަންނަ ބަދަލުތައް އިތުރަށް ހާމަކުރަމުންދާނެ،" އެ އެއާލައިނުން ބުންޏެވެ.

ކޭ.އެލް.އެމް އިން ހުކުރު ދުވަހު ބުނި ގޮތުގައި، ތެލް އަވީވް، ދުބާއީ، ދައްމާމް އަދި ރިޔާޟް އަށް ކުރާ ދަތުރުތައް މިހާރު ވަނީ މެދުކަނޑާލާފަ އެވެ. އަދި އިރާގު، އީރާން، އިޒްރޭލް އަދި ގަލްފުގެ ބައެއް ގައުމުތަކުގެ މަތިން ދަތުރުކުރުން ވެސް ވަނީ ހުއްޓާލާފަ އެވެ.

އެ އެއާލައިނުން ދަތުރުތައް ހުއްޓާލި ސީދާ ސަބަބެއް ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް، މިކަމާ ގުޅިގެން ނެދަލޭންޑްސްގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް އެން.އޯ.އެސް އިން ބުނެފައިވެ އެވެ.

މި ބަދަލުތައް އައިސްފައިވަނީ، އެމެރިކާގެ އަސްކަރީ މަނަވަރުތަކުގެ "ބޮޑު ފައުޖެއް" ގަލްފު ސަރަހައްދަށް ދަތުރުކުރަމުންދާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުރާސްފަތި ދުވަހު ވިދާޅުވެފައިވާ ދަނޑިވަޅެއްގަ އެވެ. މިއީ އީރާނާ ދެކޮޅަށް އަސްކަރީ ފިޔަވަޅު އެޅުމާ ގުޅޭގޮތުން ދައްކަވަމުން ގެންދެވި އިންޒާރުތަކަށް ފަހު ޓްރަމްޕް ދެއްވި ބަޔާނެކެވެ.

"އަޅުގަނޑުމެން މިދަނީ އީރާނުގެ ކަންކަން ވަރަށް ގާތުން ބަލަމުން،" ސްވިޒަލޭންޑްގެ ޑާވޯސް ގައި ބޭއްވި ވޯލްޑް އިކޮނޮމިކް ފޯރަމް ނިންމަވާލެއްވުމަށް ފަހު އެނބުރި ވަޑައިގަންނަވަމުން، އެއާ ފޯސް ވަންގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ، "އަޅުގަނޑުމެންގެ ގިނަ އަދަދެއްގެ މަނަވަރުތައް އެ ސަރަހައްދަށް އެބަދޭ. އީރާނާ ދިމާލަށް ވަރަށް ބޮޑު އަސްކަރީ ފައުޖެއް އެބަ ދަތުރުކުރޭ،" ކަމަށެވެ.

އެއަރ ފްރާންސްކޭ.އެލް.އެމްދުބާއީއީރާން-އެމެރިކާ

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

24 ޖެނުއަރީ 2026

އީރާނަށް ހަމަލާއެއް ދީފިނަމަ، އެ ސަރަހައްދުގައި ހުރި އެމެރިކާގެ އިންވެސްޓްމަންޓްތަކަށް ހަމަލާދީފާނެ ކަމުގެ އިންޒާރު ނުފޫޒު ގަދަ ދީނީ އިލްމުވެރިއަކު ދެއްވައިފި

24 ޖެނުއަރީ 2026
އީރާނަށް ހަމަލާއެއް ދީފިނަމަ، އެ ސަރަހައްދުގައި ހުރި އެމެރިކާގެ އިންވެސްޓްމަންޓްތަކަށް ހަމަލާދީފާނެ ކަމުގެ އިންޒާރު ނުފޫޒު ގަދަ ދީނީ އިލްމުވެރިއަކު ދެއްވައިފި
23 ޖެނުއަރީ 2026

އީރާނަށް އެމެރިކާގެ އިންޒާރު - އީރާނަށް އެނގެންޖެހޭ ވަގުތު ޖެހުމުން އެކަން އެނގޭނެ: ހަކަބީ

23 ޖެނުއަރީ 2026
އީރާނަށް އެމެރިކާގެ އިންޒާރު - އީރާނަށް އެނގެންޖެހޭ ވަގުތު ޖެހުމުން އެކަން އެނގޭނެ: ހަކަބީ
23 ޖެނުއަރީ 2026

އީރާން އާ ދިމާލަށް އެމެރިކާގެ ބިޔަ ލަޝްކަރެއް މިސްރާބު ޖަހާފައިވާ ކަމަށް އެމެރިކާގެ ރައީސް ޓްރަމްޕް ވިދާޅުވެއްޖެ

23 ޖެނުއަރީ 2026
އީރާން އާ ދިމާލަށް އެމެރިކާގެ ބިޔަ ލަޝްކަރެއް މިސްރާބު ޖަހާފައިވާ ކަމަށް އެމެރިކާގެ ރައީސް ޓްރަމްޕް ވިދާޅުވެއްޖެ
22 ޖެނުއަރީ 2026

މި ތިބީ ބަޑީގެ ޓްރިގަރ ގައި އަތް އަޅައިގެން، އިޒްރޭލާއި އެމެރިކާ އިން ގޯހެއް ނުހަދާތި: އީރާނުގެ ޗީފް ކޮމާންޑަރު

22 ޖެނުއަރީ 2026
މި ތިބީ ބަޑީގެ ޓްރިގަރ ގައި އަތް އަޅައިގެން، އިޒްރޭލާއި އެމެރިކާ އިން ގޯހެއް ނުހަދާތި: އީރާނުގެ ޗީފް ކޮމާންޑަރު
21 ޖެނުއަރީ 2026

އީރާނުގެ ޚާރިޖީ ވަޒީރު އެމެރިކާ އަށް އަމާޒުކޮށް މިހާތަނަށް ދެއްވި އެންމެ ވަރުގަދަ އިންޒާރު މިއަދު ދެއްވައިފި

21 ޖެނުއަރީ 2026
އީރާނުގެ ޚާރިޖީ ވަޒީރު އެމެރިކާ އަށް އަމާޒުކޮށް މިހާތަނަށް ދެއްވި އެންމެ ވަރުގަދަ އިންޒާރު މިއަދު ދެއްވައިފި
21 ޖެނުއަރީ 2026

އަހަރެން މަރާލައިފި ނަމަ، ދުނިޔެ އިން ވެސް އީރާން ފޮހެލާނަން: ޓްރަމްޕް

21 ޖެނުއަރީ 2026
އަހަރެން މަރާލައިފި ނަމަ، ދުނިޔެ އިން ވެސް އީރާން ފޮހެލާނަން: ޓްރަމްޕް
19 ޖެނުއަރީ 2026

އާޔަތުﷲ ޚާމަނާއީ އަށް އަމާޒުކޮށް ދޭ ކޮންމެ ހަމަލާ އަކީ މުޅި އީރާނުގެ ރައްޔިތުންނާ ދެކޮޅަށް އިޢުލާން ކުރާ "ފުރިހަމަ ހަނގުރާމަ އެއް": ރައީސް މަސްޢޫދު ޕެޒެޝްކިއަން

19 ޖެނުއަރީ 2026
އާޔަތުﷲ ޚާމަނާއީ އަށް އަމާޒުކޮށް ދޭ ކޮންމެ ހަމަލާ އަކީ މުޅި އީރާނުގެ ރައްޔިތުންނާ ދެކޮޅަށް އިޢުލާން ކުރާ "ފުރިހަމަ ހަނގުރާމަ އެއް": ރައީސް މަސްޢޫދު ޕެޒެޝްކިއަން
17 ޖެނުއަރީ 2026

އީރާނުގެ މަސްރަހު މިވަގުތު ބަލިކަށިކޮށް އޮތް ނަމަވެސް، އެމެރިކާ އިން އެ ގައުމަށް ދޭ ކޮންމެ ހަމަލާ އަކީ ނުރައްކާތެރި ހަނގުރާމަ އެއް ފެށިދާނެ ކަމެއް: ތަޖުރިބާކާރުން

17 ޖެނުއަރީ 2026
އީރާނުގެ މަސްރަހު މިވަގުތު ބަލިކަށިކޮށް އޮތް ނަމަވެސް، އެމެރިކާ އިން އެ ގައުމަށް ދޭ ކޮންމެ ހަމަލާ އަކީ ނުރައްކާތެރި ހަނގުރާމަ އެއް ފެށިދާނެ ކަމެއް: ތަޖުރިބާކާރުން
16 ޖެނުއަރީ 2026

ސަލާމަތީ މަޖިލީހުގެ ބައްދަލުވުމުގައި އީރާން އާއި ޗައިނާ އާއި ރަޝިޔާ އިން އެމެރިކާ އަށް ވަރަށް ބޮޑަށް ފާޑު ކިޔައިފި

16 ޖެނުއަރީ 2026
ސަލާމަތީ މަޖިލީހުގެ ބައްދަލުވުމުގައި އީރާން އާއި ޗައިނާ އާއި ރަޝިޔާ އިން އެމެރިކާ އަށް ވަރަށް ބޮޑަށް ފާޑު ކިޔައިފި
16 ޖެނުއަރީ 2026

އެމެރިކާގެ ހަނގުރާމަމަތީ މަނަވަރުތައް ދެކުނު ޗައިނާ ކަނޑުން ފުރައިގެން މެދުއިރުމައްޗަށް މިސްރާބު ޖަހައިފި

16 ޖެނުއަރީ 2026
އެމެރިކާގެ ހަނގުރާމަމަތީ މަނަވަރުތައް ދެކުނު ޗައިނާ ކަނޑުން ފުރައިގެން މެދުއިރުމައްޗަށް މިސްރާބު ޖަހައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް