Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން

އީރާނުގެ މަސްރަހު މިވަގުތު ބަލިކަށިކޮށް އޮތް ނަމަވެސް، އެމެރިކާ އިން އެ ގައުމަށް ދޭ ކޮންމެ ހަމަލާ އަކީ ނުރައްކާތެރި ހަނގުރާމަ އެއް ފެށިދާނެ ކަމެއް: ތަޖުރިބާކާރުން

ތަޖުރިބާކާރުންގެ ނަޒަރުގައި އީރާނުގެ ސުޕްރީމް ލީޑަރު އަލީ ޚާމަނާއީ އާއި އެގައުމުގެ އިސް އޮފިޝަލުން ނައްތާލުމަށް ދޭ ހަމަލާއަކުން ވެސް، އެގައުމުގެ ވެރިކަމުގެ ނިޒާމު މުޅިން ރޫޅިގެން ނުގޮސް، ސަރަހައްދީ ހަމަޖެހުން އިތުރަށް ގެއްލިދާނެ. އަދި އެމެރިކާ އިން ފަށާ ދިގުދެމިގެންދާ ހަނގުރާމަ އަކީ ވޮޝިންޓަނަށާއި މުޅި ސަރަހައްދަށް ވެސް ބޮޑެތި ގެއްލުންތަކާއި ހަރަދުތަކެއް ކުރަންޖެހޭނެ، ބިރުވެރި ކަމަކަށް ވެދާނެ.

ރާއްޖެ އެމްވީ | 17 ޖެނުއަރީ 2026 | ހޮނިހިރު 10:26
އީރާނުގެ ތެހެރާނުގައި 2026 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 8 ވަނަ ދުވަހު މުޒާހަރާގެ ބައިވެރިން މަގުމަތީގައި އަލިފާން ރޯކުރަނީ.

އީރާނުގެ ތެހެރާނުގައި 2026 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 8 ވަނަ ދުވަހު މުޒާހަރާގެ ބައިވެރިން މަގުމަތީގައި އަލިފާން ރޯކުރަނީ. | ގެޓީ އިމޭޖަސް

އީރާނުގެ މަސްރަހު މިވަގުތު ބަލިކަށިކޮށް އޮތް ނަމަވެސް، އެމެރިކާ އިން އެގައުމަށް ދޭ ކޮންމެ ހަމަލާއަކީ ދިގުދެމިގެންދާ، ނުރައްކާތެރި ހަނގުރާމަ އެއް ފެށިދާނެ ކަމެއް ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.

ޑޮނަލްޑް ޓްރަމްޕް ވިދާޅުވަނީ އީރާނާ މެދު އޭނާ ގެންގުޅުއްވާ އަމާޒަކީ "ކާމިޔާބީ" ހޯދުން ކަމަށެވެ.

ނަމަވެސް، އަމިއްލަ ދިފާއުގައި މަސައްކަތްކުރާ އީރާނުގެ ދީނީ ވެރިކަމުގެ ނިޒާމާ ދެކޮޅަށް ކާމިޔާބީ ހޯދުމަކީ އެމެރިކާގެ ރައީސަށް އޮތް ފަސޭހަ މަގެއް ނޫން ކަމަށް ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރެއެވެ. 2020 ވަނަ އަހަރު ޖެނެރަލް ގާސިމް ސުލައިމާނީ އަވަހާރަކޮށްލުމާއި، ނިއުކްލިއާ މަރުކަޒުތަކަށް ދިން ހަމަލާތަކާ ގުޅިގެން އީރާނުން ދިން ރަމްޒީ ރައްދާ ހިލާފަށް، މިފަހަރު އެގައުމުގެ މަރުކަޒީ ސަރުކާރަށް އަމާޒުކޮށް ދޭ ކޮންމެ ހަމަލާއަކަށް އީރާނުން ވަރުގަދަ ރައްދެއް ދޭނެ ކަމަށް ބެލެވެ އެވެ.

ތަޖުރިބާކާރުންގެ ނަޒަރުގައި އީރާނުގެ ސުޕްރީމް ލީޑަރު އަލީ ޚާމަނާއީ އާއި އެގައުމުގެ އިސް އޮފިޝަލުން ނައްތާލުމަށް ދޭ ހަމަލާއަކުން ވެސް، އެގައުމުގެ ވެރިކަމުގެ ނިޒާމު މުޅިން ރޫޅިގެން ނުގޮސް، ސަރަހައްދީ ހަމަޖެހުން އިތުރަށް ގެއްލިދާނެ އެވެ. އަދި އެމެރިކާ އިން ފަށާ ދިގުދެމިގެންދާ ހަނގުރާމަ އަކީ ވޮޝިންޓަނަށާއި މުޅި ސަރަހައްދަށް ވެސް ބޮޑެތި ގެއްލުންތަކާއި ހަރަދުތަކެއް ކުރަންޖެހޭނެ، ބިރުވެރި ކަމަކަށް ވެދާނެ އެވެ.

ސްޓިމްސަން ސެންޓަރުގެ ތަޖުރިބާކާރެއް ކަމަށްވާ ބާބަރާ ސްލޭވިން އަލް ޖަޒީރާ އާ ވާހަކަ ދައްކަވަމުން ވިދާޅުވި ގޮތުގައި، "މިކަމުގައި އޮތް ހުރިހާ އިހުތިޔާރެއް ވެސް ފެންނަނީ ވަރަށް ގޯސްކޮށް" ކަމަށެވެ. އަދި ވަކި ފިޔަވަޅެއް އެޅުމުން ދެން ވާނެ ގޮތެއް އަންދާޒާކުރަން އުނދަގޫ ކަމަށާއި، ހާއްސަކޮށް އީރާނުގެ ވެރިކަން މުޅިން ގޮތް ހުސްވާ ހިސާބަށް ދިއުމުން، އެ ސަރަހައްދުގައި ތިބި އެމެރިކާގެ ސިފައިންނާއި އެކުވެރި ގައުމުތަކަށް އަމާޒުކޮށް ވަރަށް ނުރައްކާތެރި ހަމަލާތަކެއް ދީފާނެ ކަމުގެ ބިރު އެބައޮތް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

މި އަހަރުގެ ކުރީކޮޅުން ފެށިގެން އީރާނުގައި ސަރުކާރާ ދެކޮޅަށް ކުރިއަށްދާ ވަރުގަދަ މުޒާހަރާތަކާ ގުޅިގެން، އެގައުމުގެ ކަމާބެހޭ ފަރާތްތަކުން މުޒާހަރާގެ ބައިވެރިން މަރާ ނަމަ، އަސްކަރީ ގޮތުން އީރާނުގެ ކަންކަމުގެ ތެރެއަށް ވަންނާނެ ކަމުގެ އިންޒާރު ޓްރަމްޕް ވަނީ ދެއްވާފަ އެވެ.

ޖެނުއަރީ 2 ވަނަ ދުވަހު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕް ވިދާޅުވީ، "އީރާނުން އާދައިގެ މަތިން ސުލްހަވެރި މުޒާހަރާގެ ބައިވެރިންނަށް ބަޑިޖަހައި މަރާނަމަ، އެމެރިކާ އިން އެމީހުންގެ ސަލާމަތަށް ނުކުންނާނެ. އަހަރެމެން މިތިބީ ފުރިހަމަ އަށް ތައްޔާރުވެގެން،" ކަމަށެވެ.

ވޭތުވެދިޔަ ދެ ހަފުތާގެ ތެރޭގައި އޭނާ އެ އިންޒާރު އެތައް ފަހަރަކު ތަކުރާރު ކުރެއްވި އެވެ. އަދި ދައުލަތުގެ މުއައްސަސާތައް ހިސޯރު ކުރުމަށް މުޒާހަރާގެ ބައިވެރިންނަށް ގޮވާލައްވައި، "އެހީތެރިކަން އަންނަނީ" ކަމަށް ވިދާޅުވެ އެމީހުންނަށް ޓްރަމްޕް އުންމީދު ދެއްވި އެވެ.

ނަމަވެސް، ސަރުކާރުން ވަނީ މުޒާހަރާތައް ހުއްޓުވުމަށް ވަރުގަދަ އަދި ނުރައްކާތެރި ފިޔަވަޅުތަކެއް އަޅާފަ އެވެ. އެކްޓިވިސްޓް ގްރޫޕްތަކުން ބުނާ ގޮތުގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ އެތައް ހާހަކަށް އަރާފައެވެ. އީރާނުގެ ކަމާބެހޭ ފަރާތްތަކުން މުޅި ގައުމުން އިންޓަނެޓްގެ ހިދުމަތް މެދުކަނޑާލުމާ ގުޅިގެން، ޓްރަމްޕް ކުރިން ގެންގުޅުއްވި ސިޔާސަތު މަޑުޖައްސާލެއްވި ކަމަށް ފެނެ އެވެ.

ބުދަ ދުވަހު ޓްރަމްޕް ވަނީ މި ހާދިސާތަކާ ގުޅޭގޮތުން ތެހެރާނުން ގަބޫލުކުރާ ގޮތް ހާމަކުރައްވާފަ އެވެ. އެއީ ހަތިޔާރު އަޅައިގެން ތިބި މުޒާހަރާގެ ބައިވެރިން ސަލާމަތީ ބާރުތަކަށް އަމާޒުކޮށް ހަމަލާދެމުންދާ ކަމަށް ބުނާ ވާހަކަ އެވެ.

ޓްރަމްޕް ވިދާޅުވީ، "އެމީހުން (އީރާނުގެ އޮފިޝަލުން) ބުނީ އާންމުން އެމީހުންނަށް ބަޑިން ހަމަލާދެމުންދާ ކަމަށާއި، އެމީހުންވެސް ރައްދުގައި ހަމަލާ ދިނީ ކަމަށެވެ. މިއީ ހިނގާފާނެ ކަންކަން ނަމަވެސް، އެއްވެސް މީހަކަށް މަރުގެ އަދަބު ނުދޭނެ ކަމަށް އެމީހުން  ބުނި. އަދި އެއީ ތެދަކަށް ވުމަށް އަހަރެންނަށް އުންމީދު ކުރެވޭ."

އޭގެ ދެ ދުވަސް ފަހުން، ބުރާސްފަތި ދުވަހު ތަންފީޒު ކުރުމަށް ތާވަލުކޮށްފައި އޮތް 800 މަރުގެ ހުކުމެއް އީރާނުން ބާތިލުކުރުމާ ގުޅިގެން، ޓްރަމްޕް ވަނީ އެ ގައުމަށް "އިހުތިރާމް" އާއި ޝުކުރު އަދާކުރައްވާފަ އެވެ.

ބައެއް ރިޕޯޓުތަކުން ދައްކާ ގޮތުގައި އިރާނުގައި ކުރިއަށްދާ އިހުތިޖާޖުތައް މިހާރު ކޮންމެވެސް ވަރަކަށް މަޑުޖެހެމުންދާކަން ފާހަގަކުރެވެ އެވެ. ނަމަވެސް، އިރާނުގެ ރައްޔިތުންނަށް އިންޓަނެޓްގެ ޚިދުމަތް ނުލިބޭތީ، އެ ގައުމުގެ އެތެރޭގެ ހާލަތު އޮތް ގޮތް ސީދާ ގޮތެއްގައި ޔަގީންކުރުމަކީ އުނދަގޫ ކަމެކެވެ.

އެހެން ނަމަވެސް، ތަޖުރިބާކާރުން އިންޒާރު ދޭ ގޮތުގައި މި ނުތަނަވަސްކަން އަދި ނިމުމަކަށް ނާދެ އެވެ. އަދި ކޮންމެ ވަގުތެއްގައި ވެސް ހާލަތު ބަދަލުވެދާނެ އެވެ. އަލުން މުޒާހަރާތައް ފެށިގެން ދިއުމުގެ ފުރުސަތު އޮތްއިރު، އަސްކަރީ ބާރުގެ ބޭނުން ކުރުމުގެ ވިސްނުން ޓްރަމްޕް އަދިވެސް ދޫކޮށްލައްވާފަ އެއް ނުވެ އެވެ.

އެމެރިކާގެ ބައެއް މީޑިއާތަކުން ހުކުރު ދުވަހު ރިޕޯޓުކޮށްފައިވާ ގޮތުގައި، ޕެންޓަގަނުން ދަނީ މެދުއިރުމައްޗަށް އަސްކަރީ ވަސީލަތްތައް އިތުރުކުރަމުންނެވެ. އޭގެ ތެރޭގައި މަތިންދާބޯޓު އުފުލާ މަނަވަރުތަކުގެ ގްރޫޕެއް ވެސް ހިމެނެ އެވެ.

ޓްރަމްޕްގެ ސިޔާސީ މަގުސަދުތައް ހާސިލްކުރުމަށްޓަކައި އެމެރިކާގެ އަސްކަރީ ބާރުގެ ބޭނުންކުރުމަށް އޭނާ ހުންނެވީ ތައްޔާރަށް ކަމަށް ރިޕޯޓުތައް ބުނެ އެވެ.

2019 ވަނަ އަހަރު އައިސިސް ގެ ލީޑަރު އަބޫ ބަކުރު އަލް-ބަޣުދާދީ މަރާލުމާއި، ސުލައިމާނީ އަވަހާރަކޮށްލުމާއި، އަދި މިދިޔަ އަހަރު އިރާނުގެ ނިއުކްލިއާ މަރުކަޒުތަކަށް ދިން ބޮމުގެ ހަމަލާތަކާ ގުޅޭ ގޮތުން އޭނާ ވަނީ ފަޚުރުވެރިކަމާ އެކު ވާހަކަދައްކަވާފަ އެވެ. އަދި މި މަހުގެ ތެރޭގައި ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަދޫރޯ ހައްޔަރުކުރުމަށް ވެސް އޭނާ ވަނީ އަމުރުކުރައްވާފަ އެވެ.

މިކަންކަން މިހެން ހުރި ނަމަވެސް، ތަޖުރިބާކާރުން ބުނާ ގޮތުގައި އިރާނުގައި އަވަސް އަސްކަރީ ކާމިޔާބީ އެއް ހޯދުމުގެ ފުރުސަތު ޓްރަމްޕަށް ވަރަށް ކުޑަ އެވެ.

އީރާނަކީ ވެނެޒުއޭލާ އެއް ނޫން

އިރާނާ ބެހޭގޮތުން ވާހަކަދައްކަވަމުން ސްލެވިން ވިދާޅުވީ، "މިއީ ވެނެޒުއޭލާ އެއް ނޫން" ކަމަށެވެ.

"މިއީ އެއް ފަހަރުން ނިންމާލެވޭނެ ކަމެއް ނޫން. އޭނާ މިހާރު ވެސް ކުރިމަތިލަމުންދާ އެހެނިހެން މައްސަލަތަކާއި—އޭގެ ތެރޭގައި ވެނެޒުއޭލާގެ މައްސަލަ އާއި، ގްރީންލޭންޑް ހޯދުމަށް ކުރާ ބޭކާރު މަސައްކަތް ހިމެނޭއިރު—މިފަދަ ހަނގުރާމަތަކާ ދެކޮޅަށް ކެމްޕޭން ކުރުމަށް ފަހު، މެދުއިރުމަތީގައި ބޮޑު ހަމަނުޖެހުމެއް އުފެދުމަށް އޭނާ ހަގީގަތުގައި ވެސް ބޭނުންފުޅުވޭ ހެއްޔެވެ؟"

މީގެ ދެ މަސް ކުރިން ޓްރަމްޕްގެ ސަރުކާރުން ނެރުނު 'ނޭޝަނަލް ސެކިއުރިޓީ ސްޓްރެޓެޖީ' ގައި ވަނީ، ޚާރިޖީ ސިޔާސަތުގެ ވަސީލަތްތައް މެދުއިރުމައްޗާ ދުރަށް ބަދަލުކުރުމަށް ރާވާފައިވާކަން ހާމަކޮށްފަ އެވެ. އެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، މާޒީގައި އެ ސަރަހައްދު އެމެރިކާ އަށް މުހިންމުވި ސަބަބުތައް ކަމަށްވާ ހަކަތަ އުފެއްދުމާއި ފުޅާދާއިރާއެއްގައި ހިނގާ ހަމަނުޖެހުންތަކަކީ، "މިހާރު އެހާ ބޮޑު އަހައްމިއްޔަތުކަމެއް ދޭންޖެހޭ ކަންކަމެއް ނޫނެވެ."

މި ލިޔުމުގައި ފާހަގަކޮށްފައިވާ ގޮތުން، އެހެން ގައުމުތަކުގެ ދާޚިލީ ކަންކަމުގެ ތެރެއަށް ނުވަނުމަކީ ޓްރަމްޕް ގެންގުޅުއްވާ ސިޔާސަތެކެވެ. ދުނިޔޭގެ ގައުމުތަކުގެ އާދަކާދަތަކާއި ތާރީޚާ ނުގުޅޭ ފަދަ ޑިމޮކްރެޓިކް ނުވަތަ އިޖުތިމާއީ ބަދަލުތަކެއް އެ ގައުމުތަކަށް މަޖުބޫރު ކުރުމެއް ނެތި، ސުލްހަވެރި ވިޔަފާރީގެ ގުޅުންތަކެއް ބޭއްވުމަށް އެމެރިކާ އިން ބޭނުންވާ ކަމަށް އެ ލިޔުމުގައި ބަޔާންކޮށްފައިވެ އެވެ.

ނަމަވެސް، އީރާނުގެ ސަރުކާރުން އެ ގައުމުގެ މުޒާހަރާކުރާ މީހުންނާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތައް އަޅަމުން ދާތީ، އިންސާނީ ހައްގުތަކުގެ ނަމުގައި އީރާނުގެ ކަންކަމުގެ ތެރެ އަށް ވަނުމަށް ޓްރަމްޕަށް މަޖުބޫރުވެދާނެ ކަމަށް ޚާރިޖީ ދާއިރާގެ ދިރާސާތައް ކުރާ "ކުއިންސީ އިންސްޓިޓިއުޓް" ގެ އެގްޒެކެޓިވް ވައިސް ޕްރެޒިޑެންޓް ތުރީތާ ޕާސީ ވިދާޅުވެ އެވެ. އޭނާ އަލްޖަޒީރާ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވި ގޮތުގައި، ވެނެޒުއޭލާ އާ މެދު އަމަލުކުރި ގޮތަށް އީރާނާ މެދު އަމަލެއް ނުކުރެވޭނެ އެވެ. އަދި އެކަމަށްޓަކައި ވަރުގަދަ އަސްކަރީ ބާރެއް ބޭނުންވާނެ އެވެ.

އީރާނުން ދީފާނެ ރައްދު

2025 ވަނަ އަހަރުގެ ޖޫން މަހު އީރާނުގެ ނިއުކްލިއާ މަރުކަޒުތަކަށް ދިން ހަމަލާތަކަށް ފަހު، އީރާނުން ދިން ރައްދު ނިސްބަތުން ކުޑަ އެވެ. ގަތަރުގައި ހުންނަ އެމެރިކާގެ އަލް އުދައިދު އެއާ ބޭސް އަށް އީރާނުން ފޮނުވާލި މިސައިލް ހަމަލާތަކުގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވެ އެވެ. އެހެން ނަމަވެސް، ޕާސީ ވިދާޅުވާ ގޮތުގައި، އެމެރިކާއާ އެކު ބޮޑު ކުރިމަތިލުމަކަށް ނުދިއުމަށްޓަކައި ހަމަލާތަކަށް ކެތްކުރުމުގެ ސިޔާސަތު އީރާނުން މިހާރު ވަނީ ބަދަލުކޮށްފައެވެ.

"ޓްރަމްޕާއި އީރާނުން ކާމިޔާބީ މިނާ މިންގަނޑު ތަފާތުވެދާނެ،" ޕާސީ ވިދާޅުވިއެވެ. އޭނާގެ ނަޒަރުގައި ޓްރަމްޕް ބޭނުންފުޅު ވަނީ މުޅި އީރާނުގެ ދައުލަތް ނައްތާލުމަށެވެ. އީރާނަށް މި ހަނގުރާމަ އަސްކަރީ ގޮތުން ކާމިޔާބު ނުކުރެވުނަސް، ހަނގުރާމަ ދިގުލައިދާ ހަފުތާތަކުގެ ތެރޭގައި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލި، އެމެރިކާ ހިމެނޭހެން މުޅި ދުނިޔޭގައި އިންފްލޭޝަން މަތިވުމަކީ ޓްރަމްޕްގެ ވެރިކަން ބަލިކަށިކޮށް ހަލާކުކޮށްލުމަށް އީރާނަށް ލިބޭނެ ފުރުސަތެކެވެ.

އިންޓަނޭޝަނަލް ކްރައިސިސް ގްރޫޕްގެ ސީނިއާ އެނަލިސްޓް ނައިސާން ރަފާތީ ވިދާޅުވި ގޮތުގައި، ގާސިމް ސުލައިމާނީ އަވަހާރަކޮށްލުމާއި ނިއުކްލިއާ މަރުކަޒުތަކަށް ދިން ހަމަލާތަކަށް އީރާނުން ކެތްކުރީ އެއީ ވަކި އަމާޒުތަކަކަށް ދިން ހަމަލާތަކަކަށް ވާތީ އެވެ. އެހެން ނަމަވެސް، ސަރުކާރާ ދެކޮޅު މުޒާހަރާތަކަކީ ވެރިކަމަށް އޮތް ނުރައްކަލެއް ކަމަށް އީރާނުން ދެކޭތީ، އެމެރިކާ އިން ދޭ ކުޑަ ހަމަލާއަކުން ވެސް އީރާނުން ވަރުގަދަ ރައްދެއް ދީފާނެ އެވެ.

ރަފާތީ އިތުރަށް ވިދާޅުވީ، އީރާނުގެ ވެރިކަން ވައްޓާލުމަށް ޓްރަމްޕް ބޭނުންވާ ނަމަ، އެމެރިކާގެ ވައިގެ ހަމަލާތަކާ އެކު އީރާނުގެ އެތެރޭގެ މުޒާހަރާތައް ވަރުގަދަވެގެން ދިއުމަކީ އޭނާ އުންމީދު ކުރާނެ ގޮތެވެ. ނަމަވެސް، ޓްރަމްޕް ބޮޑަށް ބޭނުން ވަނީ އަވަސް އަދި ވަރުގަދަ އަސްކަރީ އޮޕަރޭޝަންތަކެއް ހިންގުމަށެވެ. މީގެ ނަތީޖާ އަކީ އެމެރިކާގެ ހަމަލާއަކަށް އީރާނުން ރައްދުދީ، އަނެއްކާ ވެސް އެމެރިކާ އިން ހަމަލާދީ، ހަނގުރާމަ މުޅި ސަރަހައްދަށް ފުޅާވެގެން ދިއުން ކަމަށް ވެދާނެ އެވެ.

އީރާނަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި މަސްރަޙު

އީރާނާ ދެކޮޅަށް އަސްކަރީ ފިޔަވަޅު އެޅުމަކީ ނުރައްކާތަކެއް ހުރި ކަމެއް ނަމަވެސް، އެމެރިކާގެ ރައީސް ޓްރަމްޕްގެ އަރިސް ބައެއް ބޭފުޅުންނާއި އީރާނާ އިދިކޮޅު ފަރާތްތަކުން ދެކޭގޮތުގައި، މިއީ އީރާނުގެ މިހާރުގެ ނިޒާމު ބަދަލުކޮށްލުމަށް ލިބިފައިވާ ތާރީޚީ ފުރުސަތެކެވެ. 1979 ވަނަ އަހަރުގެ އިސްލާމީ އިންގިލާބަށް ފަހު، އީރާނުން ވަނީ ބޮޑެތި ހަނގުރާމަތަކާއި، ދަތިކުރުމުގެ ފިޔަވަޅުތަކުގެ އިތުރުން ދާޚިލީ ހަމަނުޖެހުންތަކާ ކުރިމަތިލައި، އެކަންކަމުން އަރައިގަނެފަ އެވެ.

1980 ގެ އަހަރުތަކުގައި އީރާނާއި އިރާގާ ދެކޮޅަށް ކުރި އަށް އަހަރުގެ ދިގު ހަނގުރާމައި ގައި އެތައް ލައްކަ ބަޔަކު މަރުވި ނަމަވެސް، އީރާނުގެ ވެރިކަން ދެމިއޮތެވެ. އޭގެ ފަހުން ކުރިމަތިވި މުޒާހަރާތަކާއި އިޤްތިޞާދީ ކާރިސާތައް ވެސް އެ ޤައުމުން ވަނީ ކާމިޔާބުކަމާއެކު ގިރާކޮށްފަ އެވެ. ނަމަވެސް، މުޙައްލިލުން ވިދާޅުވާ ގޮތުގައި އީރާނުގެ 47 އަހަރުވީ ތާރީޚުގައި މިހާރު މިއީ އެންމެ ނާޒުކު އަދި ގޮންޖެހުންތައް ބޮޑު ދަނޑިވަޅެވެ.

އީރާނުން އެތައް އަހަރެއް ވަންދެން ބިނާކުރި "އެކްސިސް އޮފް ރެސިސްޓެންސް" ނުވަތަ ސަރަޙައްދީ ބާރުތަކުގެ ގުޅުން މިހާރު ވަނީ ވަރަށް ބޮޑަށް ބަލިކަށިވެފަ އެވެ. ޣައްޒާގައި އިޒްރޭލުން ހިންގަމުންދާ ނަސްލު ނައްތާލުމުގެ ހަނގުރާމަ އާއި ލުބުނާނަށް ދެމުންދާ ހަމަލާތަކުގެ ސަބަބުން ޙަމާސް އާއި ޙިޒްބުﷲ ވަނީ ވަރަށް ބޮޑަށް ބަލިކަށިވެފަ އެވެ. މީގެ އިތުރުން، އީރާނުގެ އެންމެ ގާތް އެކުވެރިޔާ  ކަމަށްވާ ސޫރިޔާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދުގެ ވެރިކަން ވެއްޓި، އީރާނާ އިދިކޮޅު ހަނގުރާމަވެރިން މިހާރު ވަނީ އެ ޤައުމުގެ ބާރުތައް ހޯދާފަ އެވެ. އަދި ވެނެޒުއޭލާގެ މަދޫރޯ ހައްޔަރުކުރުމާއެކު، އެ ޤައުމުގެ އެހީތެރިކަން ވެސް އީރާނަށް ވަނީ ގެއްލިފަ އެވެ.

އަސްކަރީ ގޮތުން ބަލާއިރު، އިޒްރޭލުން އީރާނުގެ ވައިގެ ދިފާޢީ ނިޒާމުތައް ހަލާކުކޮށްލައި، އެ ޤައުމުގެ ވައިގެ ސަރަޙައްދުގެ ފުރިހަމަ ބާރު ހޯދުމާއެކު، އީރާނުގެ ދިފާޢީ ގާބިލުކަން ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފަ އެވެ. މީގެ އިތުރުން، އެމެރިކާގެ ހަމަލާތަކުގެ ސަބަބުން އީރާނުގެ ނިއުކްލިއާ ޕްރޮގްރާމަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، މިހާރު ޔުރޭނިއަމް މުއްސަނދިކުރުން ވަނީ ހުއްޓާލާފަ އެވެ.

ބޭރުގެ މި ގޮންޖެހުންތަކުގެ އިތުރުން، އެތައް އަހަރެއްގެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އީރާނުގެ އިޤްތިޞާދު ވަނީ ވަރަށް ބޮޑަށް އަޑިއަށް ގޮސްފަ އެވެ. އެ ޤައުމުގެ ފައިސާ، ރިއާލްގެ އަގު 90% އަށް ވުރެ ބޮޑަށް ވެއްޓި، ތާރީޚު ގައި ވެސް ނުދާހާ ދަށަށް ވަނީ ގޮސްފަ އެވެ. އަދި ޤައުމުގެ އެތެރޭ ގައި ކުރިއަށްދާ މުޒާހަރާތަކާއި، އެކަމާ ދެކޮޅަށް ސަރުކާރުން އަޅަމުންދާ ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުން ސަރުކާރުގެ މަޤްބޫލުކަމާ މެދު ވަނީ ސުވާލު އުފެދިފަ އެވެ.

ޚާރިޖީ ސިޔާސަތާއި ޑިޕްލޮމަސީގެ ފުރުސަތުތައް

އެމެރިކާގެ ސެނެޓަރު ލިންޑްސީ ގްރަހަމް ފަދަ ބޭފުޅުން ދެކޭގޮތު ގައި، އީރާނުގެ ވެރިކަން ބަދަލުކުރުމަށް މިއީ އެންމެ ރަނގަޅު ވަގުތެވެ. ނަމަވެސް، ގަލްފުގެ ޤައުމުތަކުން ވަނީ އީރާނަށް ހަމަލާދީ ސަރަޙައްދީ ހަމަނުޖެހުމެއް އުފެދިދާނެތީ އެކަމުގެ އިންޒާރު ދީފަ އެވެ. އަދި އެމެރިކާގެ ރައްޔިތުން، ޚާއްޞަކޮށް ޓްރަމްޕަށް ތާއީދުކުރާ ފަރާތްތަކުން ވެސް އިރާގާއި އަފްޣާނިސްތާނު ހަނގުރާމައިގެ ނާކާމިޔާބީއަށް ފަހު، އިތުރު ހަނގުރާމައަކަށް ތާއީދެއް ނުކުރެ އެވެ.

ޑިޕްލޮމަސީގެ މަގުން މައްސަލަ ހައްލުކުރުމާ ގުޅޭގޮތުން ޓްރަމްޕްގެ ޚާއްޞަ މަންދޫބު ސްޓީވް ވިޓްކޮފް ވިދާޅުވީ، އީރާނުން ނިއުކްލިއާ ޕްރޮގްރާމް ހުއްޓާލައި، މިސައިލް ޕްރޮގްރާމް ކުޑަކޮށް، އަދި ހަނގުރާމަވެރި ޖަމާޢަތްތަކަށް އެހީތެރިވުން ހުއްޓާލައިފި ނަމަ، ސުލްޙަވެރި ހައްލެއް ހޯދިދާނެ ކަމަށެވެ. ނަމަވެސް ބައެއް މުޙައްލިލުން ދެކޭގޮތުގައި އެމެރިކާ އިން މި ހުށަހަޅަނީ އީރާނުން މުޅިން އަމާން ދިނުމަށެވެ.

އީރާނުން މިހާތަނަށް ބުނަމުން އަންނަނީ އެ ޤައުމުގެ އެތެރޭގެ ހަމަނުޖެހުންތަކަކީ އެމެރިކާ އާއި އިޒްރޭލުން އަޑީގައި ތިބެގެން ހިންގާ ރޭވުމެއް ކަމަށެވެ. އަދި ބޭރުގެ ކޮންމެ ހަމަލާއަކަށް ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ވެސް އެ ޤައުމުން ވަނީ ދީފަ އެވެ. އެހެންނަމަވެސް، ދަތިކުރުމުގެ ފިޔަވަޅުތަކުން ސަލާމަތްވުމަށްޓަކައި، ނިއުކްލިއާ މައްސަލައިގައި އީރާނުން ދޫތަކެއް ދިނުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް ބައެއް މާހިރުން ލަފާކުރެއެވެ.

އީރާން-އެމެރިކާއީރާން މުޒާހަރާ

ކޮމެންޓް

އިތުރަށް ކިޔާލަން

އީރާނު ގައި ހަމަ ނުޖެހުން އުފައްދަން އެތެރެވި ޓެރަރިސްޓް ގްރޫޕެއް ހޯދައި، އެމީހުންގެ ހަރަކާތްތައް ހުއްޓުވައިފި

އީރާނު ގައި ހަމަ ނުޖެހުން އުފައްދަން އެތެރެވި ޓެރަރިސްޓް ގްރޫޕެއް ހޯދައި، އެމީހުންގެ ހަރަކާތްތައް ހުއްޓުވައިފި

17 ޖެނުއަރީ 2026
ސަލާމަތީ މަޖިލީހުގެ ބައްދަލުވުމުގައި އީރާން އާއި ޗައިނާ އާއި ރަޝިޔާ އިން އެމެރިކާ އަށް ވަރަށް ބޮޑަށް ފާޑު ކިޔައިފި

ސަލާމަތީ މަޖިލީހުގެ ބައްދަލުވުމުގައި އީރާން އާއި ޗައިނާ އާއި ރަޝިޔާ އިން އެމެރިކާ އަށް ވަރަށް ބޮޑަށް ފާޑު ކިޔައިފި

16 ޖެނުއަރީ 2026
ބޭރުގެ ފަރާތްތަކުން ގޮވާލުމަން ދިޔަ ނަމަވެސް ހުކުރު ވިލޭރޭ އީރާނުގެ އެއްވެސް ތަނެއްގައި އެއްވުމެއް ނުބާއްވާ: ފުލުހުންގެ ވެރިޔާ

ބޭރުގެ ފަރާތްތަކުން ގޮވާލުމަން ދިޔަ ނަމަވެސް ހުކުރު ވިލޭރޭ އީރާނުގެ އެއްވެސް ތަނެއްގައި އެއްވުމެއް ނުބާއްވާ: ފުލުހުންގެ ވެރިޔާ

16 ޖެނުއަރީ 2026
ތެހެރާން ގައި ހުންނަ ނިއުޒީލެންޑްގެ އެމްބަސީ ބަންދުކޮށް، އެ ގައުމުގެ ޑިޕްލޮމޭޓުން ފުރައިފި

ތެހެރާން ގައި ހުންނަ ނިއުޒީލެންޑްގެ އެމްބަސީ ބަންދުކޮށް، އެ ގައުމުގެ ޑިޕްލޮމޭޓުން ފުރައިފި

16 ޖެނުއަރީ 2026
އެމެރިކާގެ ހަނގުރާމަމަތީ މަނަވަރުތައް ދެކުނު ޗައިނާ ކަނޑުން ފުރައިގެން މެދުއިރުމައްޗަށް މިސްރާބު ޖަހައިފި

އެމެރިކާގެ ހަނގުރާމަމަތީ މަނަވަރުތައް ދެކުނު ޗައިނާ ކަނޑުން ފުރައިގެން މެދުއިރުމައްޗަށް މިސްރާބު ޖަހައިފި

16 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

20 ޖެނުއަރީ
ޕިއްޒާ ސްޓަންޓް އަތަށް ގޮވާ، ޑީއެންއާރުގެ މަސައްކަތާއި މެދު ޖަވާބު ނުދެވި ނޫސްވެރިންނަށް ފިއްލަވައިފި
20251 އަހަރު ކުރިން
ރާއްޖެ

ޕިއްޒާ ސްޓަންޓް އަތަށް ގޮވާ، ޑީއެންއާރުގެ މަސައްކަތާއި މެދު ޖަވާބު ނުދެވި ނޫސްވެރިންނަށް ފިއްލަވައިފި

އައްމަޓީ ފުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

އައްމަޓީ ފުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި

ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްއާ ބެހޭ ގަވާއިދު ނެރެފި
20233 އަހަރު ކުރިން
ރާއްޖެ

ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްއާ ބެހޭ ގަވާއިދު ނެރެފި

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ގޮވަނީ 346 މިލިއަން ރުފިޔާ ގެންދިޔައީ ގޯނިގޯނީގައިތޯއެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ގޮވަނީ 346 މިލިއަން ރުފިޔާ ގެންދިޔައީ ގޯނިގޯނީގައިތޯއެވެ.

ހޯޕް ޓްރެވަލްސްއިން ތަފާތު މޮޑެލްއެއްގެ ލޯންޗެއް - ގަލްފް ކްރާފްޓްގެ \"ސިލްވަރ ކެޓް 34\"
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ހޯޕް ޓްރެވަލްސްއިން ތަފާތު މޮޑެލްއެއްގެ ލޯންޗެއް - ގަލްފް ކްރާފްޓްގެ \"ސިލްވަރ ކެޓް 34\"

ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!
20197 އަހަރު ކުރިން
ރިޕޯޓު

ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!

އެއް އުކުޅެއް: ގާސިމްގެ ވިޔަފާރި ނައްތާލަން މަސައްކަތް ކުރަނީ ގުޅީ އީސާ ކަލޭފާނުގެ ވިޔަފާރި ނައްތާލި ގޮތަށް!
20188 އަހަރު ކުރިން
ރިޕޯޓު

އެއް އުކުޅެއް: ގާސިމްގެ ވިޔަފާރި ނައްތާލަން މަސައްކަތް ކުރަނީ ގުޅީ އީސާ ކަލޭފާނުގެ ވިޔަފާރި ނައްތާލި ގޮތަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު