Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން-އެމެރިކާ

އެމެރިކާގެ ހަނގުރާމަމަތީ މަނަވަރުތައް ދެކުނު ޗައިނާ ކަނޑުން ފުރައިގެން މެދުއިރުމައްޗަށް މިސްރާބު ޖަހައިފި

އީރާނާއި އެމެރިކާ އާ ދެމެދު މަސްލަހަތު ގޯސްވެފައިވާ ދަނޑިވަޅެއްގައި، އެމެރިކާގެ މަތިންދާބޯޓު އުފުލާ މަނަވަރު އަބްރަހަމް ލިންކަން އާއި ހަނގުރާމަމަތީ ބޯޓުތައް މެދުއިރުމައްޗަށް މިސްރާބު ޖަހާފައިވާ ކަމަށް ނިއުޔޯކް ޓައިމްސް އިން ވަނީ ރިޕޯޓު ކޮށްފައި.

ރާއްޖެ އެމްވީ | 16 ޖެނުއަރީ 2026 | ހުކުރު 09:22
އެމެރިކާގެ ހަނގުރާމަތީ މަނަވަރު އަބްރަހަމަ ލިންކަން ކެރިއަރ ސްޓްރައިކް ގްރޫޕް ދަތުރު ކުރަނީ (ފައިލް)

އެމެރިކާގެ ހަނގުރާމަތީ މަނަވަރު އަބްރަހަމަ ލިންކަން ކެރިއަރ ސްޓްރައިކް ގްރޫޕް ދަތުރު ކުރަނީ (ފައިލް) | އޭއެފްޕީ

އީރާނާއި އެމެރިކާ އާ ދެމެދު މަސްލަހަތު ގޯސްވެފައިވާ ދަނޑިވަޅެއްގައި، އެމެރިކާގެ މަތިންދާބޯޓު އުފުލާ މަނަވަރު "ޔޫ.އެސް.އެސް އަބްރަހަމް ލިންކަން" އާއި އެއާ އެކު ދަތުރުކުރާ ހަނގުރާމަމަތީ މަނަވަރުތައް ދެކުނު ޗައިނާ ކަނޑުން ފުރައިގެން މެދުއިރުމައްޗަށް މިސްރާބު ޖަހާފައިވާ ކަމަށް ނިއުޔޯކް ޓައިމްސް އިން ބުރާސްފަތި ދުވަހު ރިޕޯޓުކޮށްފި އެވެ.

ނަން ހާމަނުކުރުމަށް އެދި މައުލޫމާތު ދިން ދެ އޮފިޝަލަކާ ހަވާލާދީ އެ ނޫހުން ބުނެފައިވަނީ، ކުރިއަށް އޮތް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އެ މަނަވަރުތައް އެ ސަރަހައްދަށް ފޯރާނެ ކަމަށް ބެލެވޭ ކަމަށެވެ. މީގެ އިތުރުން، އެ ސަރަހައްދަށް ގިނަ އަދަދެއްގެ ހަނގުރާމަމަތީ ބޯޓުތައް ފޮނުވުމަށް ހަމަޖެހިފައިވާ ކަމަށާއި، އޭގެ ތެރޭގައި ފައިޓާ ޖެޓުތަކާއި، ހަމަލާދޭ ބޯޓުތަކުގެ އިތުރުން ތެޔޮ އަޅައިދޭ ބޯޓުތައް ހިމެނޭނެ ކަމަށް އޮފިޝަލުން ވިދާޅުވެފައިވެ އެވެ.

ހަމައެއާއެކު، މެދުއިރުމައްޗާއި ގަލްފު ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތައް، ވަކިން ހާއްސަކޮށް ގަތަރުގައި ހުންނަ އަލް-އުދައިދު އެއާބޭސް ރައްކާތެރިކުރުމަށްޓަކައި ވައިގެ ދިފާއީ ނިޒާމުތަކާއި މިސައިލްތައް ފޮނުވުމަށް ޕެންޓަގަން އިން ދަނީ ތައްޔާރުވަމުންނެވެ.

ނިއުޔޯކް ޓައިމްސް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ފިޔަވަޅުތަކުގެ ބޭނުމަކީ އީރާނުގައި މުޒާހަރާ ކުރާ ފަރާތްތަކާ ދެކޮޅަށް އެ ގައުމުގެ ސަރުކާރުން ހިންގާ އަނިޔާވެރި އަމަލުތައް ހުއްޓުވުމަށް ބާރުއެޅުމާއި، އީރާނަށް ހަމަލާދޭން ޖެހިއްޖެ ހާލަތެއްގައި ރައީސް ޓްރަމްޕަށް އިތުރު އިޚްތިޔާރުތަކެއް ފަހިކޮށްދިނުމެވެ.

އީރާނުގައި ސަރުކާރާ ދެކޮޅަށް ބޮޑެތި މުޒާހަރާތަކެއް ކުރިއަށްދާތާ ހަފުތާތަކެއް ވެފައިވާއިރު، އެ ގައުމުގެ ސަރުކާރުން ދަނީ ބާރުގެ ބޭނުންކޮށް މުޒާހަރާތައް ހުއްޓުވުމަށް މަސައްކަތް ކުރަމުން ކަމަށް އެމެރިކާ އިން ބުނެ އެވެ. އަނެއްކޮޅުން އީރާނުން ބުނެފައިވަނީ ގައުމުގެ އެތެރޭގެ ހަމަ ނުޖެހުން ނަގާލުމުގެ ފަހަތުގައި ވަނީ އެމެރިކާ އާއި އިޒްރޭލު ކަމަށެވެ.

މުޒާހަރާވެރިންނާ ދެކޮޅަށް ހިންގާ "އަނިޔާވެރި" އަމަލުތައް ހުއްޓާނުލައިފި ނަމަ، އަސްކަރީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ރައީސް ޓްރަމްޕް ވަނީ ތަކުރާރުކޮށް ދެއްވާފަ އެވެ.

މަސްދަރު: ނިއުޔޯކް ޓައިމްސް

އީރާން-އެމެރިކާޔޫ.އެސް.އެސް އަބްރަހަމް ލިންކަންއަލް-އުދައިދު އެއާބޭސްއީރާން މުޒާހަރާ

ކޮމެންޓް

އިތުރަށް ކިޔާލަން

ސަލާމަތީ މަޖިލީހުގައި އެމެރިކާ އިން އީރާނަށް ވަރުގަދަ އިންޒާރުތަކެއް ދީފި

ސަލާމަތީ މަޖިލީހުގައި އެމެރިކާ އިން އީރާނަށް ވަރުގަދަ އިންޒާރުތަކެއް ދީފި

16 ޖެނުއަރީ 2026
އީރާނަށް އެމެރިކާ އިން ހަމަލާ ދިނުން ހުއްޓުވުމަށް ސައުދީ، ގަތަރު އަދި އުމާނުން އިސްނަގައިގެން ބޮޑެތި މަސައްކަތްތަކެއް ކުރި ކަމަށް ބުނެފި

އީރާނަށް އެމެރިކާ އިން ހަމަލާ ދިނުން ހުއްޓުވުމަށް ސައުދީ، ގަތަރު އަދި އުމާނުން އިސްނަގައިގެން ބޮޑެތި މަސައްކަތްތަކެއް ކުރި ކަމަށް ބުނެފި

15 ޖެނުއަރީ 2026
އިރާނުގެ މުޒާހަރާތައް ހުއްޓުވުމަށް ބާރުގެ ބޭނުން ކުރި އިސްވެރިންނަށް އެމެރިކާ އިން ދަތިކުރުމުގެ ފިޔަވަޅު އަޅައިފި

އިރާނުގެ މުޒާހަރާތައް ހުއްޓުވުމަށް ބާރުގެ ބޭނުން ކުރި އިސްވެރިންނަށް އެމެރިކާ އިން ދަތިކުރުމުގެ ފިޔަވަޅު އަޅައިފި

15 ޖެނުއަރީ 2026
އީރާންގައި ތިބި އިންޑިއާގެ ރައްޔިތުން އެ ޤައުމު ދޫކޮށް ދިޔުމަށް އަންގައިފި

އީރާންގައި ތިބި އިންޑިއާގެ ރައްޔިތުން އެ ޤައުމު ދޫކޮށް ދިޔުމަށް އަންގައިފި

15 ޖެނުއަރީ 2026
އީރާނުގެ މައްސަލައިގައި އދ. ގެ ސަލާމަތީ މަޖިލީހުގެ ބައްދަލުވުމެއް ބުރާސްފަތި ދުވަހު ބާއްވަނީ

އީރާނުގެ މައްސަލައިގައި އދ. ގެ ސަލާމަތީ މަޖިލީހުގެ ބައްދަލުވުމެއް ބުރާސްފަތި ދުވަހު ބާއްވަނީ

15 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

14 އެޕްރީލު
ޒަހަމްވި މާނިއުގެ މަންމަ: "ސަރުކާރުން ހަދަނީ ދޮގު، އެއްވެސް އެހީތެރިކަމެއް ނުދޭ"
20251 އަހަރު ކުރިން
ރާއްޖެ

ޒަހަމްވި މާނިއުގެ މަންމަ: "ސަރުކާރުން ހަދަނީ ދޮގު، އެއްވެސް އެހީތެރިކަމެއް ނުދޭ"

"މާތް ﷲގެ އިރާދަފުޅުން، އަދި އެ ދުވަސް އަނބުރާ ލިބޭނެ"
20242 އަހަރު ކުރިން
ތަފާތު ޚަބަރު

"މާތް ﷲގެ އިރާދަފުޅުން، އަދި އެ ދުވަސް އަނބުރާ ލިބޭނެ"

އަޝްރަފް ހަކީމީގެ މުދާ މަންމަގެ ނަންމަތީގައި، ކުރީގެ އަނބިމީހާއަށް ލަނޑުދީފި
20233 އަހަރު ކުރިން
ކުޅިވަރު

އަޝްރަފް ހަކީމީގެ މުދާ މަންމަގެ ނަންމަތީގައި، ކުރީގެ އަނބިމީހާއަށް ލަނޑުދީފި

"ވަގުތަށް ކަމޭހިތުމުގެ ބައި ފަރީލާގެ ނެތް"
20224 އަހަރު ކުރިން
ރިޕޯޓު

"ވަގުތަށް ކަމޭހިތުމުގެ ބައި ފަރީލާގެ ނެތް"

އިންތިޚާބުގައި ލިބުނީ ނާކާމިޔާބީއެއްކަމަށް ބުނެ މީޑިއާތަކުން ދައްކާވާހަކަ އެމްޑީޕީއިން މިފަހަރު ދޮގުކުރީ ހެއްކާއެކު
20215 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ލިބުނީ ނާކާމިޔާބީއެއްކަމަށް ބުނެ މީޑިއާތަކުން ދައްކާވާހަކަ އެމްޑީޕީއިން މިފަހަރު ދޮގުކުރީ ހެއްކާއެކު

އެކައުންޓުން ކެނޑިފައިވާ ފައިސާ އަކީ ލިންޗްޕިންއަށް ދައްކަންޖެހޭ ފައިސާ: ބީއެމްއެލް
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެކައުންޓުން ކެނޑިފައިވާ ފައިސާ އަކީ ލިންޗްޕިންއަށް ދައްކަންޖެހޭ ފައިސާ: ބީއެމްއެލް

އަބްދުއްރަހީމަށް ދުންޔާ ދެއްވަން އޮތް ޖަވާބަކީ އިމޯޖީއެއް؟
20188 އަހަރު ކުރިން
ރިޕޯޓު

އަބްދުއްރަހީމަށް ދުންޔާ ދެއްވަން އޮތް ޖަވާބަކީ އިމޯޖީއެއް؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު