Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން-އެމެރިކާ

އަހަރެން މަރާލައިފި ނަމަ، ދުނިޔެ އިން ވެސް އީރާން ފޮހެލާނަން: ޓްރަމްޕް

21 ޖެނުއަރީ 2026 | ބުދަ 05:50

އެމެރިކާގެ ނިއު ނޭޝަން އަށް ދެއްވި އިންޓަވިޔުއެއްގައި އުމުރުން 79 އަހަރުގެ ޓްރަމްޕް ވިދާޅުވީ، އޭނާގެ ފުރާނަ އަށް ނުރައްކާވާ ގޮތަށް އީރާން އިން ދެމުން އަންނަ އިންޒާރު ތަކުގެ ސަބަބުން، ވަރަށް ހަރުކަށި ފިޔަވަޅު ތަކެއް އެޅުމުގެ އިރުޝާދު ލިބިފައިވާ ކަމަށް. އަދި އެކަމާ ގުޅިގެން އޭނާ އަށް އެއްވެސް ކަމެއް ދިމާވެއްޖެ ނަމަ، ދުނިޔެ އިން އީރާން ފޮހެލާނެ ކަމަށް ޓްރަމްޕް ވިދާޅުވި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 21 ޖެނުއަރީ 2026 | ބުދަ 05:50
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ޓްރަމްޕް ވިދާޅުވީ އޭނާ އަށް އަމާޒުކޮށް ހަމަލާ ދީފި ނަމަ، މުޅި ދުނިޔެ އިން ވެސް އީރާން ފޮހެލާނެ ކަމަށް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ޓްރަމްޕް ވިދާޅުވީ އޭނާ އަށް އަމާޒުކޮށް ހަމަލާ ދީފި ނަމަ، މުޅި ދުނިޔެ އިން ވެސް އީރާން ފޮހެލާނެ ކަމަށް | ގެޓީ އިމޭޖަސް

އީރާން އިން ދޭ ހަމަލާއެއްގެ ސަބަބުން އޭނާ މަރާލައިފި ނަމަ، މުޅި ދުނިޔެ އިން ވެސް އީރާން ފޮހެލާނެ ކަމަށް ވިދާޅުވެ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަރުގަދަ އިންޒާރެއް ދެއްވައިފި އެވެ. 

އެމެރިކާގެ ނިއު ނޭޝަން އަށް ދެއްވި އިންޓަވިޔުއެއްގައި އުމުރުން 79 އަހަރުގެ ޓްރަމްޕް ވިދާޅުވީ، އޭނާ ގެ ފުރާނަ އަށް ނުރައްކާވާ ގޮތަށް އީރާން އިން ދެމުން އަންނަ އިންޒާރު ތަކުގެ ސަބަބުން، ވަރަށް ހަރުކަށީ ފިޔަވަޅު ތަކެއް އެޅުމުގެ އިރުޝާދު ލިބިފައިވާ ކަމަށެވެ. އަދި އެކަމާ ގުޅިގެން އޭނާ އަށް އެއްވެސް ކަމެއް ދިމާވެއްޖެ ނަމަ، ދުނިޔެ އިން އީރާން ފޮހެލާނެ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. 

ޓްރަމްޕް މިހެން ވިދާޅުވެފައިވާއިރު، އީރާން އާއި އެމެރިކާއާ ދެމެދު ވަނީ ބަހުގެ ހަމަލާ ތަކެއް ބަދަލު ކޮށްފަ އެވެ. އެގޮތުން ދެ ޤައުމުގެ ލީޑަރުންނަށް އަމާޒު ކޮށްގެން ހަމަލާ ތަކެއް ދޭނެ ކަމުގެ އިންޒާރު ދީފައިވާއިރު، ބައިނަލްއަޤުވާމީ މަސްރަހުގައި މިއީ ސަމާލުކަން ލިބިފައިވާ ކަމެކެވެ. 

ޓްރަމްޕް ގެންދަވަނީ އީރާން އާއި އެ ޤައުމުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަށް އިންޒާރު ދެއްވައި، އެކި ވާހަކަތައް ދައްކަވަމުންނެވެ. އެގޮތުން އެމެރިކާ އިން އީރާން އަށް، ނުވަތަ އެ ޤައުމުގެ އިސްވެރިންނަށް އަމާޒުކޮށް ހަމަލާ ދީފި ނަމަ، އީރާން އިން ފަހަތަށް ނުޖެހޭނެކަން ޓްރަމްޕް އަށް އެނގިވަޑައިގަންނަވާނެ ކަމަށް އީރާންގެ ޖެނަރަލް އަބޮލްފްޒްލް ޝެކާރްޗީ ވަނީ ވިދާޅުވެފަ އެވެ. 

އީރާންގެ ސަރުކާރުގެ މީޑިއާ އަށް ދެއްވި އިންޓަވިޔުއެއްގައި ޖެނަރަލް ވިދާޅުވީ، އީރާންގެ ލީޑަރަށް ހަމަލާ ދޭން އަތެއް ދިއްކޮށްފި ނަމަ، އީރާން އިން އެ އެތެއް ކަނޑާލާނެ ކަމަށެވެ. އަދި އެއީ ހަމަ އެކަނި ދެވޭ އިންޒާރެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެ ފަދަ ޙާލަތެއްގެ ދިމާވެއްޖެ ނަމަ، އެފަދަ ކަމެއް ކުރި ބައެއްގެ ދުނިޔެ އަލިވެ، ސަރަހައްދުގައި އެ މީހުންނަށް ސަލާމަތް ވާނެ އެއްވެސް ފުރުސަތެއް އީރާން އިން ނުދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

އީރާން އަށް އަމާޒުކޮށް ހަމަލާ ދޭނެ ކަމުގެ އިންޒާރު ޓްރަމްޕް ވަނީ ވަރަށް ގިނައިން ދެއްވައިފަ އެވެ. ޚާއްސަކޮށް އެމެރިކާގެ ރައީސް ކަމުގެ ދެ ވަނަ ދައުރަކަށް ވަޑައިގެންނެވި ފަހުން ޓްރަމްޕް ވަނީ އެ ފަދަ އިންޒާރުތައް ދިނުން އިތުރު ކުރައްވައިފަ އެވެ. އީރާންގެ ހަމަލާއެއް އެމެރިކާ އަށް އަމާޒުވެއްޖެ ނަމަ، ނުވަތަ އޭނާ އަށް އަމާޒުކޮށްފި ނަމަ، އީރާން ނައްތާލާނެ ކަމަށް ޓްރަމްޕް ވިދާޅުވެފައިވެ އެވެ. 

އީރާންގެ މި ދޭތެރެއިން މުޒާހަރާ ކުރުން ކުރިއަށް ގެންގޮސްފައިވާއިރު، އެ މުޒާހަރާ ތަކުގެ ސަބަބުން އީރާންގެ ސަރުކާރަށް ވަނީ ބޮޑު ޕްރެޝަރަކާ ކުރިމަތިލާން ޖެހިފަ އެވެ. އެއީ 1979 ވަނަ އަހަރުގެ އިސްލާމީ އިންޤިލާބަށް ފަހު، އީރާންގައި ދިމާވި ސަރުކާރާ ދެކޮޅު އެންމެ ބޮޑު އެއްވުންތައް ކަމަށް ފާހަގަ ކޮށްފައިވެ އެވެ. އެއީ އިޤްތިސާދީ ދަތި ކަމުގެ ސަބަބުން އެ ޤައުމުގައި ފެށުނު މުޒާހަރާ ތަކެކެވެ. 

އީރާން އާއި އެމެރިކާއާ ދެމެދު ނުތަނަވަސްކަން އުފެދުނީ، އެ މުޒާހަރާ ތަކަށް އެމެރިކާ އިން ހިތްވަރު ދިނުމުންނެވެ. އަދި މުޒާހަރާގެ ބައިވެރިންނަށް ހިތްވަރު ދެއްވައި ޓްރަމްޕް ވާހަކަ ދައްކަވާފައިވާއިރު، އީރާން އިން ތުހުމަތު ކޮށްފައި ވަނީ އެއީ އެމެރިކާ އަޑީގައި އޮވެގެން ކުރި ކަންތައް ތަކެއް ކަމަށެވެ.

މަސްދަރު: އޭއެފްޕީ

ރައީސް ޑޮނަލްޑް ޓްރަމްޕްއީރާން-އެމެރިކާއާޔަތުﷲ އަލީ ޚާމަނާއީ

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2026

ދުނިޔެ މި މިސްރާބު ޖަހާފައި ވަނީ ހަމައެކަނި ބާރުގަދަ މީހާގެ ބަސް ހިނގާ، އިސްތިއުމާރީ ފިކުރުތައް އަލުން އާލާވަމުންދާ ޒަމާނަކަށް: ފްރާންސްގެ ރައީސް

20 ޖެނުއަރީ 2026
ދުނިޔެ މި މިސްރާބު ޖަހާފައި ވަނީ ހަމައެކަނި ބާރުގަދަ މީހާގެ ބަސް ހިނގާ، އިސްތިއުމާރީ ފިކުރުތައް އަލުން އާލާވަމުންދާ ޒަމާނަކަށް: ފްރާންސްގެ ރައީސް
20 ޖެނުއަރީ 2026

ފްރާންސް ގެ ރައީސް މެކްރޮން އާ އެކު އެއްވެސް މީހަކު މަސައްކަތް ކުރަން ބޭނުން ނުވާ ކަމަށާއި، ވަރަށް އަވަހަށް އޭނާގެ ވަޒީފާ ގެއްލޭނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

20 ޖެނުއަރީ 2026
ފްރާންސް ގެ ރައީސް މެކްރޮން އާ އެކު އެއްވެސް މީހަކު މަސައްކަތް ކުރަން ބޭނުން ނުވާ ކަމަށާއި، ވަރަށް އަވަހަށް އޭނާގެ ވަޒީފާ ގެއްލޭނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
20 ޖެނުއަރީ 2026

ފަރަންސޭސި ރައީސް މެކްރޮން ޓްރަމްޕަށް ފޮނުއްވި ޕްރައިވެޓް މެސެޖްތަކެއް ޓްރަމްޕް ސޯޝަލް މީޑިއާގައި ލީކު ކޮށްލައްވައިފި

20 ޖެނުއަރީ 2026
ފަރަންސޭސި ރައީސް މެކްރޮން ޓްރަމްޕަށް ފޮނުއްވި ޕްރައިވެޓް މެސެޖްތަކެއް ޓްރަމްޕް ސޯޝަލް މީޑިއާގައި ލީކު ކޮށްލައްވައިފި
20 ޖެނުއަރީ 2026

ގްރީންލޭންޑުގެ މައްސަލައިގައި ނޭޓޯގެ ރުޓޭއާ ވަރަށް ކާމިޔާބު މަޝްވަރާ ތަކެއް ކޮށްފައިވާ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

20 ޖެނުއަރީ 2026
ގްރީންލޭންޑުގެ މައްސަލައިގައި ނޭޓޯގެ ރުޓޭއާ ވަރަށް ކާމިޔާބު މަޝްވަރާ ތަކެއް ކޮށްފައިވާ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
20 ޖެނުއަރީ 2026

ޓްރަމްޕް އާއި އަލް ޝަރާ ފޯނުން މަޝްވަރާ ކުރައްވައި، ވަރުގަދަ ސީރިއާ އަކަށް އެދިވަޑައިގެންފި

20 ޖެނުއަރީ 2026
ޓްރަމްޕް އާއި އަލް ޝަރާ ފޯނުން މަޝްވަރާ ކުރައްވައި، ވަރުގަދަ ސީރިއާ އަކަށް އެދިވަޑައިގެންފި
20 ޖެނުއަރީ 2026

ތުރުކީ ނުވަތަ ޤަތަރުގެ ސިފައިން ޣައްޒާގައި ތިބުމުގެ ފުރުސަތެއް ނުދޭނަން: ނަތަންޔާހޫ

20 ޖެނުއަރީ 2026
ތުރުކީ ނުވަތަ ޤަތަރުގެ ސިފައިން ޣައްޒާގައި ތިބުމުގެ ފުރުސަތެއް ނުދޭނަން: ނަތަންޔާހޫ
20 ޖެނުއަރީ 2026

ސުލްޙައިގެ ބޯޑުގައި ބައިވެރިވުމުގެ ދައުވަތު ޕުޓިން އަށް ދެއްވާފައިވާ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

20 ޖެނުއަރީ 2026
ސުލްޙައިގެ ބޯޑުގައި ބައިވެރިވުމުގެ ދައުވަތު ޕުޓިން އަށް ދެއްވާފައިވާ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
19 ޖެނުއަރީ 2026

ނޮބެލް ސުލްހައިގެ އިނާމު ނުލިބުމުން ދެން ކޮންމެހެން ހަމަ އެކަނި ސުލްހަ އަށް އުޅޭކަށް ނުޖެހޭ: ޓްރަމްޕް

19 ޖެނުއަރީ 2026
ނޮބެލް ސުލްހައިގެ އިނާމު ނުލިބުމުން ދެން ކޮންމެހެން ހަމަ އެކަނި ސުލްހަ އަށް އުޅޭކަށް ނުޖެހޭ: ޓްރަމްޕް
19 ޖެނުއަރީ 2026

އާޔަތުﷲ ޚާމަނާއީ އަށް އަމާޒުކޮށް ދޭ ކޮންމެ ހަމަލާ އަކީ މުޅި އީރާނުގެ ރައްޔިތުންނާ ދެކޮޅަށް އިޢުލާން ކުރާ "ފުރިހަމަ ހަނގުރާމަ އެއް": ރައީސް މަސްޢޫދު ޕެޒެޝްކިއަން

19 ޖެނުއަރީ 2026
އާޔަތުﷲ ޚާމަނާއީ އަށް އަމާޒުކޮށް ދޭ ކޮންމެ ހަމަލާ އަކީ މުޅި އީރާނުގެ ރައްޔިތުންނާ ދެކޮޅަށް އިޢުލާން ކުރާ "ފުރިހަމަ ހަނގުރާމަ އެއް": ރައީސް މަސްޢޫދު ޕެޒެޝްކިއަން
19 ޖެނުއަރީ 2026

ގްރީންލޭންޑުން ރަޝިޔާގެ ނުރައްކާތެރިކަން ދުރު ކުރަން ޖެހޭ: ޓްރަމްޕް

19 ޖެނުއަރީ 2026
ގްރީންލޭންޑުން ރަޝިޔާގެ ނުރައްކާތެރިކަން ދުރު ކުރަން ޖެހޭ: ޓްރަމްޕް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް