Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ-އީރާން

އީރާނަށް އެމެރިކާގެ އިންޒާރު - އީރާނަށް އެނގެންޖެހޭ ވަގުތު ޖެހުމުން އެކަން އެނގޭނެ: ހަކަބީ

23 ޖެނުއަރީ 2026 | ހުކުރު 12:54

ހަކަބީ ވިދާޅުވީ، އީރާނާ މެދު ނިންމާ ކޮންމެ ނިންމުމަކީ ސީދާ ރައީސް ޓްރަމްޕްގެ ނިންމެވުމެއް ކަމަށް.

ރާއްޖެ އެމްވީ | 23 ޖެނުއަރީ 2026 | ހުކުރު 12:54
އިޒްރޭލުގައި ހުންނަވާ އެމެރިކާގެ ސަފީރު މައިކް ހަކަބީ.

އިޒްރޭލުގައި ހުންނަވާ އެމެރިކާގެ ސަފީރު މައިކް ހަކަބީ. | ރޮއިޓަސް

އީރާނުން އެގައުމުގެ ސިޔާސަތުތަކަށް ބަދަލު ނުގެނެސްފި ނަމަ، އެމެރިކާ އިން އިތުރު ހަރުކަށި ފިޔަވަޅުތަކެއް އަޅާފާނެ ކަމުގެ އިންޒާރު މައިކް ހަކަބީ ދެއްވައިފި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވާ އިންޒާރުތަކަކީ އަމަލީ ސިފަ ގެންނަވާނެ ކަންތައްތައްކަން އީރާނުގެ ވެރިންނަށް މިހާރު އޮންނާނީ ސާފުވެފަ އެވެ.

ހުކުރު ދުވަހު އަލް އަރަބިއްޔާގެ 'ކައުންޓަރޕޮއިންޓްސް' އަށް ދެއްވި ޚާއްޞަ ބަސްދީގަތުމެއްގައި ހަކަބީ އާ ސުވާލުކުރެވުނީ، އެމެރިކާގެ އަސްކަރީ މަނަވަރުތަކެއް އީރާނާ ދިމާލަށް ދަތުރުކުރަމުންދާ ކަމަށް ޓްރަމްޕް އިޝާރާތްކުރެއްވި ވާހަކަފުޅާ ގުޅޭގޮތުންނެވެ. ދެން އަޅާނެ ސީދާ ފިޔަވަޅެއް ހާމަކުރައްވަން ފަސްޖެހުނުކަން ފާހަގަ ކުރެވުނު ނަމަވެސް ހަކަބީ ވިދާޅުވީ، އީރާނަށް މިހާރު ވެސް ވަނީ ސާފު އިންޒާރުތަކެއް ދެވިފައި ކަމަށާއި، ރައީސް ޓްރަމްޕްގެ ވަރުގަދަ ނިންމުންތަކާ މެދު އީރާނުން ފަރުވާކުޑަކޮށްގެން ނުވާނެ ކަމަށެވެ.

"އީރާނަށް އެކަން އެނގެންޖެހޭ ވަގުތު ޖެހުމުން އެކަން އެނގޭނެ،" ހަކަބީ ވިދާޅުވި އެވެ. އަދި ޓްރަމްޕް ދެއްވާ އިންޒާރުތަކަކީ ހަމައެކަނި ދައްކަވާ ވާހަކަފުޅުތަކެއް ނޫންކަން މިދިޔަ ހޫނު މޫސުމުގައި އެމަނިކުފާނު ސާބިތުކޮށްދެއްވާފައިވާ ކަމަށްވެސް އޭނާ ފާހަގަކުރެއްވި އެވެ.

އަލް އަރަބިއްޔާ އާ ވާހަކަދައްކަވަމުން ހަކަބީ ވިދާޅުވީ، "މިދިޔަ ހޫނު މޫސުމުގައި އީރާނަށް ވަރަށް ބޮޑު ލޮޅުމެއް އެރި. އަދި ރައީސް ޓްރަމްޕް އަމަލުކުރެއްވީ ސީދާ އެމަނިކުފާނު ވިދާޅުވި ގޮތަށް،" ކަމަށެވެ.

އީރާނަށް ޔުރޭނިއަމް މުއްސަނދިކުރުމުގެ ނުވަތަ ނިއުކްލިއަރ ހަތިޔާރު އުފެއްދުމުގެ ފުރުސަތު ނުދެއްވާނެ ކަމަށް ރައީސް ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވި ކަމަށާއި، ނަމަވެސް ވޮޝިންގޓަނުން އަމަލީ ފިޔަވަޅު އަޅަންދެން ތެހެރާނުން އެ އިންޒާރުތަކަށް ބޯ ނުލަނބާ އޮތް ކަމަށް އޭނާ ވިދާޅުވި އެވެ. "އެމީހުން އެމަނިކުފާނުގެ ބަސްފުޅު ގަބޫލެއް ނުކުރި. އެކަމަކު އެއީ ހަގީގަތެއްކަން އެމަނިކުފާނު ސާބިތުކޮށްދެއްވި،" ހަކަބީ ވިދާޅުވި އެވެ.

މީގެ އިތުރުން، އެމެރިކާގެ ސަފީރު ވަނީ އީރާނުގެ ދާޚިލީ ކަންކަމަށް ވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އީރާނުގެ ވެރިން އެގައުމުގެ ރައްޔިތުންނަށް ދިމާވެފައިވާ އިގްތިސާދީ ދަތިތައް ހައްލުކުރުމުގެ ބަދަލުގައި، ގައުމުގެ ވަސީލަތްތައް ޣައްޒާގެ ހަމާސް ޖަމާއަތަށާއި، ލުބުނާނުގެ ހިޒްބުالله އަދި ޔަމަނުގެ ހޫޘީން ފަދަ ހަނގުރާމަވެރި ޖަމާއަތްތަކަށް ހޭދަކުރާ ކަމަށް އޭނާ ތުހުމަތުކުރެއްވި އެވެ. އަދި އަމިއްލަ ގައުމުގައި މުޒާހަރާކުރާ މީހުން މަރަމުންދާ ކަމަށް ވެސް ވިދާޅުވި އެވެ.

އީރާނުގައި މިހާރު މަސްލަހަތު ގާއިމުވެފައިވާ ކަމަށާއި، މީހުން މެރުން ހުއްޓާލާފައިވާ ކަމަށް އީރާނުން ބުނާ ބުނުމަށް ރައީސް ޓްރަމްޕް ޝައްކުކުރައްވާ ކަމަށް ހަކަބީ ވިދާޅުވި އެވެ. އީރާނުގެ އަނިޔާވެރިކަމުގެ ދިގު ތާރީޚަށް ބަލާއިރު، އެއްވެސް ކަމެއް ގަބޫލުކުރެވޭނީ ހެއްކާއެކުގައި ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

"އެމަނިކުފާނު (ޓްރަމްޕް) ބޭނުންފުޅުވާނީ ހެކި. އެ ހެކި ނުލިބިއްޖެނަމަ، އެއީ އެމަނިކުފާނު ގޮތް ނިންމެވުމުގައި ބައްލަވާނެ އެންމެ މުހިންމު އެއް އަސާސް،" ހަކަބީ ވިދާޅުވި އެވެ.

މެދުއިރުމަތީގައި އެމެރިކާގެ އިތުރު އަސްކަރީ ހަރަކާތެއް ފެނިދާނެތޯ ސުވާލުކުރުމުން، ހަކަބީ ވިދާޅުވީ މިވަގުތު، ވަގުތުން ވަގުތަށް ކުރިމަތިވެދާނެ ނުރައްކަލެއްގެ އިހުސާސް ނުކުރެވޭ ކަމަށެވެ. ނަމަވެސް މެދުއިރުމައްޗަކީ ކޮންމެ ވަގުތަކުވެސް ކަންކަން ބަދަލުވެދާނެ ފަދަ ނުތަނަވަސް ސަރަހައްދެއް ކަމަށާއި، އަބަދުވެސް ސަމާލުވެ ތިބެންޖެހޭނެ ކަމަށް އޭނާ ބުންޏެވެ.

"ބޮޑު ހަނގުރާމައެއް ފެށެން އުޅޭ ކަމަކަށް އެކަކުވެސް ގަބޫލެއް ނުކުރޭ. އެކަމަކު މި ސަރަހައްދުގެ މީހުންނަށް އެނގޭ ކަންކަން ވަރަށް އަވަހަށް ބަދަލުވެދާނެކަން،" އޭނާ ވިދާޅުވި އެވެ.

ހަކަބީ އިތުރަށް ވިދާޅުވީ، އީރާނާ މެދު ނިންމާ ކޮންމެ ނިންމުމަކީ ސީދާ ރައީސް ޓްރަމްޕްގެ ނިންމެވުމެއް ކަމަށެވެ. އަދި ރައީސް ފިޔަވަޅު އަޅުއްވަން ފަސްޖެހިވަޑައިގަންނަވާނެ ކަމަށް ހީކުރާ މީހުންނަކީ ކަން ހިނގަމުންދާ ގޮތަށް ސަމާލުކަން ނުދޭ މީހުން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

މަސްދަރު: އަލް އަރަބިއްޔާ

މައިކް ހަކަބީއީރާން-އެމެރިކާއީރާން މުޒާހަރާ

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2026

އީރާން އާ ދިމާލަށް އެމެރިކާގެ ބިޔަ ލަޝްކަރެއް މިސްރާބު ޖަހާފައިވާ ކަމަށް އެމެރިކާގެ ރައީސް ޓްރަމްޕް ވިދާޅުވެއްޖެ

23 ޖެނުއަރީ 2026
އީރާން އާ ދިމާލަށް އެމެރިކާގެ ބިޔަ ލަޝްކަރެއް މިސްރާބު ޖަހާފައިވާ ކަމަށް އެމެރިކާގެ ރައީސް ޓްރަމްޕް ވިދާޅުވެއްޖެ
22 ޖެނުއަރީ 2026

މި ތިބީ ބަޑީގެ ޓްރިގަރ ގައި އަތް އަޅައިގެން، އިޒްރޭލާއި އެމެރިކާ އިން ގޯހެއް ނުހަދާތި: އީރާނުގެ ޗީފް ކޮމާންޑަރު

22 ޖެނުއަރީ 2026
މި ތިބީ ބަޑީގެ ޓްރިގަރ ގައި އަތް އަޅައިގެން، އިޒްރޭލާއި އެމެރިކާ އިން ގޯހެއް ނުހަދާތި: އީރާނުގެ ޗީފް ކޮމާންޑަރު
21 ޖެނުއަރީ 2026

އީރާނުގެ ޚާރިޖީ ވަޒީރު އެމެރިކާ އަށް އަމާޒުކޮށް މިހާތަނަށް ދެއްވި އެންމެ ވަރުގަދަ އިންޒާރު މިއަދު ދެއްވައިފި

21 ޖެނުއަރީ 2026
އީރާނުގެ ޚާރިޖީ ވަޒީރު އެމެރިކާ އަށް އަމާޒުކޮށް މިހާތަނަށް ދެއްވި އެންމެ ވަރުގަދަ އިންޒާރު މިއަދު ދެއްވައިފި
21 ޖެނުއަރީ 2026

އަހަރެން މަރާލައިފި ނަމަ، ދުނިޔެ އިން ވެސް އީރާން ފޮހެލާނަން: ޓްރަމްޕް

21 ޖެނުއަރީ 2026
އަހަރެން މަރާލައިފި ނަމަ، ދުނިޔެ އިން ވެސް އީރާން ފޮހެލާނަން: ޓްރަމްޕް
19 ޖެނުއަރީ 2026

އާޔަތުﷲ ޚާމަނާއީ އަށް އަމާޒުކޮށް ދޭ ކޮންމެ ހަމަލާ އަކީ މުޅި އީރާނުގެ ރައްޔިތުންނާ ދެކޮޅަށް އިޢުލާން ކުރާ "ފުރިހަމަ ހަނގުރާމަ އެއް": ރައީސް މަސްޢޫދު ޕެޒެޝްކިއަން

19 ޖެނުއަރީ 2026
އާޔަތުﷲ ޚާމަނާއީ އަށް އަމާޒުކޮށް ދޭ ކޮންމެ ހަމަލާ އަކީ މުޅި އީރާނުގެ ރައްޔިތުންނާ ދެކޮޅަށް އިޢުލާން ކުރާ "ފުރިހަމަ ހަނގުރާމަ އެއް": ރައީސް މަސްޢޫދު ޕެޒެޝްކިއަން
18 ޖެނުއަރީ 2026

އީރާނުގެ މުޒާހަރާތަކުގައި މަރުވި މީހުންގެ ޒިންމާ ނަންގަވަން ޖެހޭނީ އެމެރިކާގެ ރައީސް: އީރާނުގެ ލީޑަރު

18 ޖެނުއަރީ 2026
އީރާނުގެ މުޒާހަރާތަކުގައި މަރުވި މީހުންގެ ޒިންމާ ނަންގަވަން ޖެހޭނީ އެމެރިކާގެ ރައީސް: އީރާނުގެ ލީޑަރު
18 ޖެނުއަރީ 2026

ޚާމަނާއީ އަކީ ބަލި މީހެއް، އީރާން އޮތީ އައު ލީޑާޝިޕް އަކަށް ބޭނުން ވެފައި: ޓްރަމްޕް

18 ޖެނުއަރީ 2026
ޚާމަނާއީ އަކީ ބަލި މީހެއް، އީރާން އޮތީ އައު ލީޑާޝިޕް އަކަށް ބޭނުން ވެފައި: ޓްރަމްޕް
17 ޖެނުއަރީ 2026

އީރާނުގެ މަސްރަހު މިވަގުތު ބަލިކަށިކޮށް އޮތް ނަމަވެސް، އެމެރިކާ އިން އެ ގައުމަށް ދޭ ކޮންމެ ހަމަލާ އަކީ ނުރައްކާތެރި ހަނގުރާމަ އެއް ފެށިދާނެ ކަމެއް: ތަޖުރިބާކާރުން

17 ޖެނުއަރީ 2026
އީރާނުގެ މަސްރަހު މިވަގުތު ބަލިކަށިކޮށް އޮތް ނަމަވެސް، އެމެރިކާ އިން އެ ގައުމަށް ދޭ ކޮންމެ ހަމަލާ އަކީ ނުރައްކާތެރި ހަނގުރާމަ އެއް ފެށިދާނެ ކަމެއް: ތަޖުރިބާކާރުން
17 ޖެނުއަރީ 2026

އީރާނު ގައި ހަމަ ނުޖެހުން އުފައްދަން އެތެރެވި ޓެރަރިސްޓް ގްރޫޕެއް ހޯދައި، އެމީހުންގެ ހަރަކާތްތައް ހުއްޓުވައިފި

17 ޖެނުއަރީ 2026
އީރާނު ގައި ހަމަ ނުޖެހުން އުފައްދަން އެތެރެވި ޓެރަރިސްޓް ގްރޫޕެއް ހޯދައި، އެމީހުންގެ ހަރަކާތްތައް ހުއްޓުވައިފި
16 ޖެނުއަރީ 2026

ސަލާމަތީ މަޖިލީހުގެ ބައްދަލުވުމުގައި އީރާން އާއި ޗައިނާ އާއި ރަޝިޔާ އިން އެމެރިކާ އަށް ވަރަށް ބޮޑަށް ފާޑު ކިޔައިފި

16 ޖެނުއަރީ 2026
ސަލާމަތީ މަޖިލީހުގެ ބައްދަލުވުމުގައި އީރާން އާއި ޗައިނާ އާއި ރަޝިޔާ އިން އެމެރިކާ އަށް ވަރަށް ބޮޑަށް ފާޑު ކިޔައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް