Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން

އާޔަތުﷲ ޚާމަނާއީ އަށް އަމާޒުކޮށް ދޭ ކޮންމެ ހަމަލާ އަކީ މުޅި އީރާނުގެ ރައްޔިތުންނާ ދެކޮޅަށް އިޢުލާން ކުރާ "ފުރިހަމަ ހަނގުރާމަ އެއް": ރައީސް މަސްޢޫދު ޕެޒެޝްކިއަން

19 ޖެނުއަރީ 2026 | ހޯމަ 07:54

އީރާނުގެ ލީޑަރު އާޔަތުﷲ ޚާމަނާއީ ވިދާޅުވީ ފަހަކަށް އައިސް އީރާނު ގައި ހިނގި ހަމަނުޖެހުންތަކުގެ މައިގަނޑު މުގުލަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކަމަށް. އެއާ އެކު ޓްރަމްޕް ވަނީ އީރާނަށް އައު ލީޑަރަކު ހޯދަންވީ ވަގުތު ޖެހިއްޖެ ކަމަށް ވިދާޅުވެފައި.

ރާއްޖެ އެމްވީ | 19 ޖެނުއަރީ 2026 | ހޯމަ 07:54
އީރާނުގެ އިސްލާމީ އިންގިލާބުގެ ލީޑަރު އާޔަތުالله ސައްޔިދު އަލީ ޚާމަނާއީ (ވ) އާއި ރައީސް މަސްއޫދު ޕެޒެޝްކިއަން (ކ).

އީރާނުގެ އިސްލާމީ އިންގިލާބުގެ ލީޑަރު އާޔަތުالله ސައްޔިދު އަލީ ޚާމަނާއީ (ވ) އާއި ރައީސް މަސްއޫދު ޕެޒެޝްކިއަން (ކ). | ޕްރެސްޓީވީ

އާޔަތުﷲ ޚާމަނާއީ އަށް އަމާޒުކޮށް ދޭ ކޮންމެ ހަމަލާ އަކީ މުޅި އީރާނުގެ ރައްޔިތުންނާ ދެކޮޅަށް އިޢުލާން ކުރާ "ފުރިހަމަ ހަނގުރާމަ އެއް" ކަމަށް ވިދާޅުވެ އެ ގައުމުގެ ރައީސް މަސްޢޫދު ޕެޒެޝްކިއަން އިންޒާރު ދެއްވައިފި އެވެ.

އީރާނުގެ ރައީސް އާދީއްތަ ދުވަހު އެކްސް ގައި ކުރެއްވި ޕޯސްޓެއް ގައި ވިދާޅުވީ، އެމެރިކާ އާއި އެ ގައުމުގެ ބައިވެރިން އީރާނާ ދެކޮޅަށް އަޅާފައިވާ އިންސާނިއްޔަތާ ޚިލާފު ދަތިކުރުމުގެ ފިޔަވަޅުތަކަކީ އީރާނުގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ އިޤްތިޞާދީ ދަތިތަކުގެ މައިގަނޑު އެއް ސަބަބު ކަމަށެވެ.

ހޮނިހިރު ދުވަހު އާޔަތުﷲ ޚާމަނާއީ ދެއްވި ބަޔާނެއްގައި ވިދާޅުވީ، ފަހަކަށް އައިސް އީރާނުގައި ހިނގި ހަމަނުޖެހުންތަކުގައި ބޭރުގެ ނުފޫޒުތަކާ ގުޅުންހުރި ފަރާތްތަކުން ހިންގި މަރުތަކާއި ހަލާކުކުރުންތަކުގެ މައިގަނޑު މުގުލަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކަމަށެވެ.

އީރާނުގެ ލީޑަރު ޓްރަމްޕަކީ ކުށްވެރިއެއްގެ ގޮތުގައި ސިފަކުރައްވައި ވިދާޅުވީ، އީރާނުގެ ރައްޔިތުންނަށް ލިބުނު ގެއްލުންތަކާއި، މަރުވި މީހުންނާއި، އަދި އެ ގައުމާ ދެކޮޅަށް ކުރެވުނު ދޮގު ތުހުމަތުތަކުގެ ފުރިހަމަ ޒިންމާ އުފުލަންޖެހޭނީ އެމެރިކާގެ ރައީސް ކަމަށެވެ.

އަނެއްކޮޅުން ހޮނިހިރު ދުވަހުގެ ފަހުގެ ވަގުތެއްގައި ޓްރަމްޕް ވަނީ އިސްލާމީ ޖުމްހޫރިއްޔާ އާ ދެކޮޅަށް އޭނާގެ ހަރުކަށި ބަސްމަގު ތަކުރާރުކުރައްވައި، އާޔަތުﷲ ޚާމަނާއީގެ ޒަޢާމަތު ނިމުމަކަށް ގެނައުމަށް ގޮވާލައްވާފަ އެވެ. "ޕޮލިޓިކޯ" ނޫހަށް ދެއްވި ބަސްދީގަތުމެއްގައި ޓްރަމްޕް ވިދާޅުވީ، އީރާނަށް އައު ލީޑަރަކު ހޯދަންވީ ވަގުތު ޖެހިއްޖެ ކަމަށެވެ.

މިދިޔަ މަހުގެ ފަހުކޮޅު އީރާނު ގައި އަމާންކަމާ އެކު ފެށުނު މުޒާހަރާތައް ހަމަނުޖެހުމަކަށް ބަދަލުވީ، ޓްރަމްޕާއި އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ހިތްވަރު ދިނުމާއި، އެ ގައުމުތަކުގެ ޖާސޫސީ އިދާރާތަކުގެ އެހީތެރިކަމާއެކު ހަމަނުޖެހުން ހިންގާ ފަރާތްތަކުން އީރާނުގެ ރަށްތަކުގައި ހިންގި ހަރަކާތްތަކުގެ ސަބަބުންނެވެ. މި ހަމަނުޖެހުންތަކުގައި ސަލާމަތީ ބާރުތަކުގެ މީހުންނާއި އާންމުން މަރުވެ، ދައުލަތުގެ ވަސީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ދީފައިވެ އެވެ.

އާޔަތުﷲ ޚާމަނާއީމަސްޢޫދު ޕެޒެޝްކިއަންއީރާން-އެމެރިކާއީރާން-އިޒްރޭލް

އެންމެ ހިނގާ

1

ރައީސް މުއިއްޒު މޭޔަރުކަމަށް ގެންނަން އަމިއްލަ ގޭގައި ކޯލް ސެންޓަރު ހިންގި ފަޒްލާވެސް ވަޒީފާއިން ވަކިކޮށްފި

2

ރައީސް މުއިއްޒުގެ ކޮއްކޮ ހައްސާން އަށް މަސައްކަތެއް ނުކޮށް އެމްއޭސީއެލްއިން މުސާރަ ދޭތާ 4 މަސް!

3

އާޒިމާގެ ފުރަތަމަ ޓާސްކް ފްލޮޕް!

4

އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި

5

އީރާނުން އާ މިސައިލެއް ޓެސްޓުކޮށް އެމެރިކާއަށް "ސާފު އިންޒާރެއް" ދީފި

އިތުރަށް ކިޔާލަން

18 ޖެނުއަރީ 2026

އީރާނުގެ މުޒާހަރާތަކުގައި މަރުވި މީހުންގެ ޒިންމާ ނަންގަވަން ޖެހޭނީ އެމެރިކާގެ ރައީސް: އީރާނުގެ ލީޑަރު

18 ޖެނުއަރީ 2026
އީރާނުގެ މުޒާހަރާތަކުގައި މަރުވި މީހުންގެ ޒިންމާ ނަންގަވަން ޖެހޭނީ އެމެރިކާގެ ރައީސް: އީރާނުގެ ލީޑަރު
17 ޖެނުއަރީ 2026

އީރާނުގެ މަސްރަހު މިވަގުތު ބަލިކަށިކޮށް އޮތް ނަމަވެސް، އެމެރިކާ އިން އެ ގައުމަށް ދޭ ކޮންމެ ހަމަލާ އަކީ ނުރައްކާތެރި ހަނގުރާމަ އެއް ފެށިދާނެ ކަމެއް: ތަޖުރިބާކާރުން

17 ޖެނުއަރީ 2026
އީރާނުގެ މަސްރަހު މިވަގުތު ބަލިކަށިކޮށް އޮތް ނަމަވެސް، އެމެރިކާ އިން އެ ގައުމަށް ދޭ ކޮންމެ ހަމަލާ އަކީ ނުރައްކާތެރި ހަނގުރާމަ އެއް ފެށިދާނެ ކަމެއް: ތަޖުރިބާކާރުން
17 ޖެނުއަރީ 2026

އީރާނު ގައި ހަމަ ނުޖެހުން އުފައްދަން އެތެރެވި ޓެރަރިސްޓް ގްރޫޕެއް ހޯދައި، އެމީހުންގެ ހަރަކާތްތައް ހުއްޓުވައިފި

17 ޖެނުއަރީ 2026
އީރާނު ގައި ހަމަ ނުޖެހުން އުފައްދަން އެތެރެވި ޓެރަރިސްޓް ގްރޫޕެއް ހޯދައި، އެމީހުންގެ ހަރަކާތްތައް ހުއްޓުވައިފި
16 ޖެނުއަރީ 2026

ސަލާމަތީ މަޖިލީހުގެ ބައްދަލުވުމުގައި އީރާން އާއި ޗައިނާ އާއި ރަޝިޔާ އިން އެމެރިކާ އަށް ވަރަށް ބޮޑަށް ފާޑު ކިޔައިފި

16 ޖެނުއަރީ 2026
ސަލާމަތީ މަޖިލީހުގެ ބައްދަލުވުމުގައި އީރާން އާއި ޗައިނާ އާއި ރަޝިޔާ އިން އެމެރިކާ އަށް ވަރަށް ބޮޑަށް ފާޑު ކިޔައިފި
16 ޖެނުއަރީ 2026

އެމެރިކާގެ ހަނގުރާމަމަތީ މަނަވަރުތައް ދެކުނު ޗައިނާ ކަނޑުން ފުރައިގެން މެދުއިރުމައްޗަށް މިސްރާބު ޖަހައިފި

16 ޖެނުއަރީ 2026
އެމެރިކާގެ ހަނގުރާމަމަތީ މަނަވަރުތައް ދެކުނު ޗައިނާ ކަނޑުން ފުރައިގެން މެދުއިރުމައްޗަށް މިސްރާބު ޖަހައިފި
14 ޖެނުއަރީ 2026

އީރާނުގެ އަސްކަރިއްޔާ އެންމެ މަތީ ލެވެލްގެ ސަމާލު ކަމަށް ގެނެސްފި

14 ޖެނުއަރީ 2026
އީރާނުގެ އަސްކަރިއްޔާ އެންމެ މަތީ ލެވެލްގެ ސަމާލު ކަމަށް ގެނެސްފި
13 ޖެނުއަރީ 2026

އީރާނުގައި ތިބި އެމެރިކާގެ ރައްޔިތުން ވަގުތުން އެ ގައުމުން ފުރަން އަންގައިފި

13 ޖެނުއަރީ 2026
އީރާނުގައި ތިބި އެމެރިކާގެ ރައްޔިތުން ވަގުތުން އެ ގައުމުން ފުރަން އަންގައިފި
12 ޖެނުއަރީ 2026

އީރާނުގެ އެތައް މިލިއަން މީހުން މަގުތަކަށް ނުކުމެ ސަރުކާރަށް އޮތް ތާއީދު ދައްކާލައިފި

12 ޖެނުއަރީ 2026
އީރާނުގެ އެތައް މިލިއަން މީހުން މަގުތަކަށް ނުކުމެ ސަރުކާރަށް އޮތް ތާއީދު ދައްކާލައިފި
11 ޖެނުއަރީ 2026

ހަމަ ނުޖެހުން ހިންގާ މީހުން ތަމްރީނު ކޮށްފައި ވަނީ ގައުމުން ބޭރުގެ ބަޔަކު: އީރާނުގެ ރައީސް

11 ޖެނުއަރީ 2026
ހަމަ ނުޖެހުން ހިންގާ މީހުން ތަމްރީނު ކޮށްފައި ވަނީ ގައުމުން ބޭރުގެ ބަޔަކު: އީރާނުގެ ރައީސް
11 ޖެނުއަރީ 2026

އީރާނުގެ މުޒާހަރާ ކުރާ މީހުން ތެހެރާނުގައި 25 މިސްކިތް، އިސްފަހާންގައި 10 މިސްކިތް އަންދާލައިފި، މީގެ ތެރޭގައި ތާރީޚީ މިސްކިތެއް ކަމަށްވާ މަސްޖިދު އަބޫޒަރު ހިމެނޭ

11 ޖެނުއަރީ 2026
އީރާނުގެ މުޒާހަރާ ކުރާ މީހުން ތެހެރާނުގައި 25 މިސްކިތް، އިސްފަހާންގައި 10 މިސްކިތް އަންދާލައިފި، މީގެ ތެރޭގައި ތާރީޚީ މިސްކިތެއް ކަމަށްވާ މަސްޖިދު އަބޫޒަރު ހިމެނޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް