Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން

ސަލާމަތީ މަޖިލީހުގެ ބައްދަލުވުމުގައި އީރާން އާއި ޗައިނާ އާއި ރަޝިޔާ އިން އެމެރިކާ އަށް ވަރަށް ބޮޑަށް ފާޑު ކިޔައިފި

އީރާނުން ބުނީ އަމާން މުޒާހަރާތައް ހަމަނުޖެހުންތަކަކަށް ބަދަލުވީ އެމެރިކާ އާއި އިޒްރޭލުން އެކަމުގެ ތެރެއަށް ވަދެގަތުމާ ގުޅިގެން ކަމަށް. ރަޝިޔާ އާއި ޗައިނާ އިން ވަނީ އެމެރިކާގެ ބަސްމަގަކީ ނުރައްކާތެރި ކަމެއް ކަމަށް ސިފަކޮށް އީރާނުގެ ދާހިލީ ކަންކަމާ ބެހުމަށް ދެމުން އަންނަ އިންޒާރުތައް ބަލައި ނުގަންނަ ކަމަށް ބުނެފައި.

ރާއްޖެ އެމްވީ | 16 ޖެނުއަރީ 2026 | ހުކުރު 10:04
އީރާނުގެ ޑެޕިއުޓީ ޕާމަނަންޓް ރެޕްރެސެންޓެޓިވް ޣުލާމް ހުސެއިން

އީރާނުގެ ޑެޕިއުޓީ ޕާމަނަންޓް ރެޕްރެސެންޓެޓިވް ޣުލާމް ހުސެއިން | ސްކްރީން އިމޭޖް

އީރާނު ގައި ބޭރުގެ ނުފޫޒާ އެކު ހިންގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން އދ. ގެ ސަލާމަތީ މަޖިލީހުން ބޭއްވި ކުއްލި ބައްދަލުވުމެއްގައި، އދ. އަށް ކަނޑައަޅާފައި ހުންނަވާ އީރާނުގެ ޑެޕިއުޓީ ޕާމަނަންޓް ރެޕްރެޒެންޓޭޓިވް ޣުލާމް ހުސައިން ދަރުޒީ އެމެރިކާ އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

ބުރާސްފަތި ދުވަހު ބޭއްވި މި ބައްދަލުވުމުގައި ދަރުޒީ ވިދާޅުވީ، އެއްވެސް އަސާސެއް ނެތް ތުހުމަތުތަކެއްކޮށް، އީރާނުގައި ކުރިއަށްދާ އަމާން މުޒާހަރާތަކުގެ ނާޖާއިޒު ފައިދާ ނެގުމަށް އެމެރިކާ އިން ކުރާ މަސައްކަތްތަކުގެ ސަބަބުން އދ. އަކީ "ތިއޭޓަރަކަށް" ބަދަލުވެފައިވާ ކަމަށާއި، މިއީ ވަރަށް ލަދުވެތި ކަމެއް ކަމަށެވެ.

"އެމެރިކާގެ ސަރުކާރުން މި ގަދަރުވެރި މަޖިލިސް ތިއޭޓަރަކަށް ބަދަލުކޮށްލުމަކީ ލަދުވެތި ކަމެއް،" އޭނާ ވިދާޅުވިއެވެ. އަދި މިއީ އދ. ގެ ނިޒާމު ރޫޅާލައި، އެ މުއައްސަސާގެ އަގު ވައްޓާލުމަށް އެމެރިކާ އިން ކުރަމުންދާ މަސައްކަތުގެ ތެރެއިން ހިންގާ އަމަލެއް ކަމަށްވެސް އޭނާ އިތުރަށް ފާހަގަކުރެއްވި އެވެ.

އެމެރިކާގެ އެދުމުގެ މަތިން ބޭއްވި މި ބައްދަލުވުމަކީ، އީރާނުގެ އިގްތިސާދީ ހާލަތު ގޯސްވެ، ތަކެތީގެ އަގު އުފުލި އަދި ފައިސާގެ އަގު ވެއްޓުމާ ގުޅިގެން ފެށުނު މުޒާހަރާތަކާ ގުޅޭގޮތުން ބޭއްވި ބައްދަލުވުމެކެވެ. އަމާންކަމާއެކު ފެށުނު މި މުޒާހަރާތައް ހަމަނުޖެހުންތަކަކަށް ބަދަލުވީ އެމެރިކާ އާއި އިޒްރޭލުން އެކަމުގެ ތެރެއަށް ވަދެގަތުމާ ގުޅިގެން ކަމަށް އީރާނުން ބުނެ އެވެ.

ބޭރުގެ އެޖެންޓުންނާއި ހަތިޔާރު އެޅި ގްރޫޕްތަކުން ވަނީ މިސްކިތްތަކާއި އާންމު ވަސީލަތްތަކަށް ގެއްލުންދީފައެވެ. މި ހަމަނުޖެހުންތަކުގައި އާންމުންނާއި ސަލާމަތީ ބާރުތަކުގެ މީހުން ހިމެނޭހެން ގިނަ ބަޔަކު ވަނީ މަރުވެފަ އެވެ.

އީރާނުގެ ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފައިވާ ގޮތުގައި، ހަތިޔާރު އެޅި ހަމަނުޖެހުން ހިންގާ ފަރާތްތަކުގެ ސަބަބުން އާންމުންނާއި ސަލާމަތީ ބާރުތަކުގެ އެތައް ބަޔަކު ވަނީ ޝަހީދުވެފަ އެވެ. އީރާނުގެ އިންޓެލިޖެންސް އިދާރާތަކުން ކަށަވަރުކޮށްދޭ ގޮތުގައި، މި ފަރާތްތަކަށް ބޭނުންވާ މައުލޫމާތާއި، އޮޕަރޭޝަނަލް އަދި މާލީ އެހީތެރިކަން ފޯރުކޮށްދެނީ ވޮޝިންގޓަނާއި އިޒްރޭލުގެ މޮސާޑް ޖާސޫސީ އިދާރާއިންނެވެ.

އެމެރިކާ އިން ދޮގު ފަތުރާ ކަމުގެ ތުހުމަތު

އީރާނުގެ މަންދޫބު ދަރުޒީގެ ވާހަކަފުޅުގައި، އީރާނުގެ ހަމަނުޖެހުންތައް އިތުރަށް ގޯސްކުރުމުގައި އެމެރިކާގެ ސީދާ ބައިވެރިވުން އޮތްކަން ފޮރުވުމަށްޓަކައި، އެމެރިކާ އިން "ދޮގު ހަދައި، ހަގީގަތް އޮޅުވާލަމުންދާ" ކަމަށް ވިދާޅުވެ އެކަން ކުށްވެރިކުރެއްވި އެވެ.

އޭނާ ވަނީ މާޒީގައި އެމެރިކާ އިން އީރާނާ ދެކޮޅަށް ހިންގާފައިވާ އަމަލުތަކުގެ ހަނދާން އާކޮށްދެއްވާފަ އެވެ. އެގޮތުން 1953 ވަނަ އަހަރުގެ ބަޣާވާތާއި، 1980 ގެ އަހަރުތަކުގައި ސައްދާމް ހުސައިން އީރާނާ ދެކޮޅަށް ކުރި ހަނގުރާމަ އަށް އެމެރިކާ އިން ދިން އެހީތެރިކަމާއި، 1988 ވަނަ އަހަރު އީރާން އެއަރގެ މަތިންދާބޯޓެއް ވައްޓާލައި 290 މީހުން މަރާލި ހާދިސާ އަކީ އެމެރިކާ އިން އީރާނަށް ދޭ "އެހީތެރިކަމުގެ" އަސްލު ސޫރަ ކަމަށް އޭނާ ވިދާޅުވި އެވެ.

މުޒާހަރާކުރާ މީހުން ހިމާޔަތްކުރުމުގެ ނަމުގައި އަސްކަރީ ބާރުގެ ބޭނުންކޮށްފާނެ ކަމުގެ އިންޒާރު ދިނުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކާއި އދ. ގެ މުއާހަދާއާ ހިލާފު ކަމެއް ކަމަށް އޭނާ އިންޒާރު ދެއްވި އެވެ.

އެމެރިކާގެ ނުރައްކާތެރި ބަަސްމަގަށް ރަޝިއާގެ ފާޑުކިޔުން

ރަޝިޔާ އިން އދ. އަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ވަސިލީ ނެބެންޒިއާ ވަނީ އީރާނުގެ ވާހަކަތަކަށް ތާއީދުކުރައްވައި، އެމެރިކާގެ ބަަސްމަގަކީ "ނުރައްކާތެރި އަދި ޒިންމާދާރުކަން ކުޑަ" ބަސްމަގަކެއް ކަމަށް ސިފަކުރައްވާފަ އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ބޭރުގެ ނުފޫޒުތަކުން މަސައްކަތް ކުރަމުންދަނީ އީރާނުގެ ސަރުކާރު ވައްޓާލައި، އެ ގައުމުގެ މިނިވަންކަމާއި ސިޔާދަތު ނަގާލުމަށެވެ. އަދި އެމެރިކާ އަކީ "ދުނިޔޭގެ ފަނޑިޔާރެއް" ކަމަށް ދެކިގެން އެ ގައުމުން ހިންގާ އަމަލުތައް ހުއްޓާލުމަށް އޭނާ ގޮވާލެއްވި އެވެ.

ޗައިނާ އިން އެމެރިކާގެ އިންޒާރުތައް ބަލައެއް ނުގަނޭ

ޗައިނާގެ ޑެޕިއުޓީ މަންދޫބު ވަނީ ހުޅަނގު އޭޝިއާ ސަރަހައްދުގައި މަސްރަހު ގޯސްވަމުންދާތީ ކަންބޮޑުވުން ފާޅުކުރައްވައި، އީރާނުގެ ދާހިލީ ކަންކަމާ ބެހުމަށް އެމެރިކާ އިން ދޭ އިންޒާރުތައް ބަލައިނުގަނެވޭނެ ކަމަށް ވިދާޅުވެފަ އެވެ.

ބެއިޖިންގް އިން ވަނީ ހުރިހާ ފަރާތްތަކަކުން ވެސް ކެތްތެރިކަން އިސްކުރުމަށާއި، މި ސަރަހައްދު އިތުރު ހަމަނުޖެހުންތަކެއްގެ ތެރެއަށް ވައްޓާލުމަށް ކުރާ މަސައްކަތްތައް ހުއްޓާލުމަށް ގޮވާލާފަ އެވެ. އދ. އިން ވެސް ވަނީ ހަމަނުޖެހުންތަކާ ގުޅޭ މިނިވަން ތަހުގީގެއް ހިންގުމަށާއި، މަސްރަހު އިތުރަށް ގޯސްވިޔަނުދިނުމަށް އިލްތިމާސްކޮށްފަ އެވެ.

ސެކިއުރިޓީ ކައުންސިލްޣުލާމް ހުސައިން ދަރުޒީއީރާން-އެމެރިކާއީރާން މުޒާހަރާ

ކޮމެންޓް

އިތުރަށް ކިޔާލަން

ބޭރުގެ ފަރާތްތަކުން ގޮވާލުމަން ދިޔަ ނަމަވެސް ހުކުރު ވިލޭރޭ އީރާނުގެ އެއްވެސް ތަނެއްގައި އެއްވުމެއް ނުބާއްވާ: ފުލުހުންގެ ވެރިޔާ

ބޭރުގެ ފަރާތްތަކުން ގޮވާލުމަން ދިޔަ ނަމަވެސް ހުކުރު ވިލޭރޭ އީރާނުގެ އެއްވެސް ތަނެއްގައި އެއްވުމެއް ނުބާއްވާ: ފުލުހުންގެ ވެރިޔާ

16 ޖެނުއަރީ 2026
ތެހެރާން ގައި ހުންނަ ނިއުޒީލެންޑްގެ އެމްބަސީ ބަންދުކޮށް، އެ ގައުމުގެ ޑިޕްލޮމޭޓުން ފުރައިފި

ތެހެރާން ގައި ހުންނަ ނިއުޒީލެންޑްގެ އެމްބަސީ ބަންދުކޮށް، އެ ގައުމުގެ ޑިޕްލޮމޭޓުން ފުރައިފި

16 ޖެނުއަރީ 2026
އެމެރިކާގެ ހަނގުރާމަމަތީ މަނަވަރުތައް ދެކުނު ޗައިނާ ކަނޑުން ފުރައިގެން މެދުއިރުމައްޗަށް މިސްރާބު ޖަހައިފި

އެމެރިކާގެ ހަނގުރާމަމަތީ މަނަވަރުތައް ދެކުނު ޗައިނާ ކަނޑުން ފުރައިގެން މެދުއިރުމައްޗަށް މިސްރާބު ޖަހައިފި

16 ޖެނުއަރީ 2026
ސަލާމަތީ މަޖިލީހުގައި އެމެރިކާ އިން އީރާނަށް ވަރުގަދަ އިންޒާރުތަކެއް ދީފި

ސަލާމަތީ މަޖިލީހުގައި އެމެރިކާ އިން އީރާނަށް ވަރުގަދަ އިންޒާރުތަކެއް ދީފި

16 ޖެނުއަރީ 2026
އީރާނަށް އެމެރިކާ އިން ހަމަލާ ދިނުން ހުއްޓުވުމަށް ސައުދީ، ގަތަރު އަދި އުމާނުން އިސްނަގައިގެން ބޮޑެތި މަސައްކަތްތަކެއް ކުރި ކަމަށް ބުނެފި

އީރާނަށް އެމެރިކާ އިން ހަމަލާ ދިނުން ހުއްޓުވުމަށް ސައުދީ، ގަތަރު އަދި އުމާނުން އިސްނަގައިގެން ބޮޑެތި މަސައްކަތްތަކެއް ކުރި ކަމަށް ބުނެފި

15 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

20 ޖެނުއަރީ
ޕިއްޒާ ސްޓަންޓް އަތަށް ގޮވާ، ޑީއެންއާރުގެ މަސައްކަތާއި މެދު ޖަވާބު ނުދެވި ނޫސްވެރިންނަށް ފިއްލަވައިފި
20251 އަހަރު ކުރިން
ރާއްޖެ

ޕިއްޒާ ސްޓަންޓް އަތަށް ގޮވާ، ޑީއެންއާރުގެ މަސައްކަތާއި މެދު ޖަވާބު ނުދެވި ނޫސްވެރިންނަށް ފިއްލަވައިފި

އައްމަޓީ ފުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

އައްމަޓީ ފުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި

ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްއާ ބެހޭ ގަވާއިދު ނެރެފި
20233 އަހަރު ކުރިން
ރާއްޖެ

ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްއާ ބެހޭ ގަވާއިދު ނެރެފި

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ގޮވަނީ 346 މިލިއަން ރުފިޔާ ގެންދިޔައީ ގޯނިގޯނީގައިތޯއެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ގޮވަނީ 346 މިލިއަން ރުފިޔާ ގެންދިޔައީ ގޯނިގޯނީގައިތޯއެވެ.

ހޯޕް ޓްރެވަލްސްއިން ތަފާތު މޮޑެލްއެއްގެ ލޯންޗެއް - ގަލްފް ކްރާފްޓްގެ \"ސިލްވަރ ކެޓް 34\"
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ހޯޕް ޓްރެވަލްސްއިން ތަފާތު މޮޑެލްއެއްގެ ލޯންޗެއް - ގަލްފް ކްރާފްޓްގެ \"ސިލްވަރ ކެޓް 34\"

ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!
20197 އަހަރު ކުރިން
ރިޕޯޓު

ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!

އެއް އުކުޅެއް: ގާސިމްގެ ވިޔަފާރި ނައްތާލަން މަސައްކަތް ކުރަނީ ގުޅީ އީސާ ކަލޭފާނުގެ ވިޔަފާރި ނައްތާލި ގޮތަށް!
20188 އަހަރު ކުރިން
ރިޕޯޓު

އެއް އުކުޅެއް: ގާސިމްގެ ވިޔަފާރި ނައްތާލަން މަސައްކަތް ކުރަނީ ގުޅީ އީސާ ކަލޭފާނުގެ ވިޔަފާރި ނައްތާލި ގޮތަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު