Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން-އެމެރިކާ

އީރާނުގެ ޚާރިޖީ ވަޒީރު އެމެރިކާ އަށް އަމާޒުކޮށް މިހާތަނަށް ދެއްވި އެންމެ ވަރުގަދަ އިންޒާރު މިއަދު ދެއްވައިފި

އީރާނުގެ ޚާރިޖީ ވަޒީރު ވިދާޅުވީ މިއީ ހަމައެކަނި ދޭ އިންޒާރެއް ނޫން ކަމަށާއި މިއީ ހަގީގަތް ކަމަށް.

ރާއްޖެ އެމްވީ | 21 ޖެނުއަރީ 2026 | ބުދަ 10:45
2025 ވަނަ އަހަރުގެ ޖޫން މަހުގެ 20 ވަނަ ދުވަހު އީ3 ގްރޫޕް އޮފް ޔޫރަޕިއަން މިނިސްޓަރުންނާ ބައްދަލުކުރެއްވުމަށް ފަހު ޖެނީވާ ގައި އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ (މ) މީޑިއާ އާ ވާހަކަ ދައްކަވަނީ.

2025 ވަނަ އަހަރުގެ ޖޫން މަހުގެ 20 ވަނަ ދުވަހު އީ3 ގްރޫޕް އޮފް ޔޫރަޕިއަން މިނިސްޓަރުންނާ ބައްދަލުކުރެއްވުމަށް ފަހު ޖެނީވާ ގައި އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ (މ) މީޑިއާ އާ ވާހަކަ ދައްކަވަނީ. | ގެޓީ އިމޭޖަސް

އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަގްޗީ، އެމެރިކާއަށް އަމާޒުކުރައްވައި މިހާތަނަށް ދެއްވި އެންމެ ވަރުގަދަ އިންޒާރު ބުދަ ދުަވަހު ދެއްވައިފި އެވެ.

އީރާނުގައި ކުރިއަށްދިޔަ މުޒާހަރާތަކާ ގުޅިގެން އީރާނުގެ ސަރުކާރުން އަމަލު ކުރި ގޮތާ ބެހޭ ގޮތުން އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުން ފާޑުކިޔުން އަމާޒުވެފައިވަނިކޮށް، އަރަގްޗީ ވިދާޅުވީ، އިސްލާމީ ޖުމްހޫރިއްޔާ އަށް އަލުން ހަމަލާއެއް އަތުވެއްޖެނަމަ، އަތުގައި ހުރި ހުރިހާ ވަސީލަތެއް ބޭނުން ކޮށްގެން ރައްދު ހަމަލާ ދޭނެ ކަމަށެވެ.

އީރާނުގެ ސަލާމަތީ ބާރުތަކުން މުޒާހަރާގެ ބައިވެރިން މަރާފައިވާ ކަމަށް ބުނެ، ޑާވޯސް ގައި ބޭއްވޭ ވޯލްޑް އިކޮނޮމިކް ފޯރަމަށް އަރަގްޗީ އަށް ދީފައިވާ ދައުވަތު ވަނީ ކެންސަލްކޮށްފަ އެވެ.

އޭނާގެ މި އިންޒާރު އައިސްފައި ވަނީ، އެމެރިކާގެ މަތިންދާބޯޓު އުފުލާ މަނަވަރެއް ހިމެނޭ ގްރޫޕެއް އޭޝިއާ އިން މެދުއިރުމައްޗާ ދިމާލަށް ދަތުރުކުރަމުންދާ ދަނޑިވަޅެއްގައިކަން ފާހަގަ ކުރެވެ އެވެ.

މީގެ އިތުރުން، އެމެރިކާގެ އަސްކަރިއްޔާ އިން ކެރީބިއަން ސަރަހައްދުގައި ހިންގި އޮޕަރޭޝަނެއްގައި ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަދޫރޯ ހައްޔަރުކުރުމަށް ފަހު، އެމެރިކާގެ ހަނގުރާމަމަތީ ބޯޓުތަކާއި އެހެނިހެން އަސްކަރީ ސާމާނު މެދުއިރުމައްޗަށް ޖަމާވަމުންދާކަން ވަނީ ފާހަގަކުރެވިފަ އެވެ.

އަރަގްޗީ މި އިންޒާރު ދެއްވީ 'ދަ ވޯލް ސްޓްރީޓް ޖާނަލް' ގައި ޝާއިއުކުރި ލިޔުމެއްގަ އެވެ. އެ ލިޔުމުގައި އޭނާ ވިދާޅުވެފައި ވަނީ، އީރާނުގައި ހިނގައިދިޔަ ހަމަނުޖެހުންތަކުގެ ނުރައްކާތެރި މަރުހަލާ 72 ގަޑިއިރަށްވުރެ ކުރު މުއްދަތެއްގައި ނިމުމަކަށް އައިސްފައިވާ ކަމަށެވެ. އީރާނުން ބުނަމުން އައިސްފައިވަނީ ސުލްހަވެރި އިހުތިޖާޖު ގަބޫލު ކުރާ ކަމަށާއި އެހެން ނަމަވެސް ތަންތަނުގައި ހުޅު ޖަހާ މީހުން މެރި މީހުންނަކީ އެމެރިކާ އާއި އިޒްރޭލުން ހިތްވަރު ދީގެން ހަމަ ނުޖެހުން އުފެއްދި ބައެއް ކަމަށެވެ.

"2025 ވަނަ އަހަރުގެ ޖޫން މަހު އީރާނުން ދެއްކި ކެތްތެރިކަމާ ޚިލާފަށް، އަލުން ހަމަލާ އެއް އަތުވެއްޖެ ނަމަ، އަހަރެމެންގެ ވަރުގަދަ އަސްކަރީ ބާރުތަކުން ފަސްޖެހުމެއް ނެތް ރައްދު ހަމަލާ ދޭނެ،" މިދިޔަ ޖޫން މަހު އިޒްރޭލުން އީރާނާ ދެކޮޅަށް ކުރި 12 ދުވަހުގެ ހަނގުރާމަ އަށް އިޝާރާތް ކުރައްވައި އަރަގްޗީ ލިޔުއްވާފައިވެ އެވެ.

"މިއީ ހަމައެކަނި ދޭ އިންޒާރެއް ނޫން، މިއީ ހަގީގަތް. ޑިޕްލޮމޭޓެއްގެ ހައިސިއްޔަތުންނާއި ހަނގުރާމައިގެ ތަޖުރިބާކާރެއްގެ ހައިސިއްޔަތުން އަހަރެން ހަނގުރާމަ އަށް ނަފްރަތުކުރަން." އަރަގްޗީ ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ، ދެފަރާތުގެ މެދުގައި ކުރިމަތިލުމެއް ހިނގައިފި ނަމަ، އެކަން ވަރަށް ނުރައްކާތެރިވާނެ ކަމަށާއި، އިޒްރޭލުން އެމެރިކާ އަށް ދައްކާ ކުރު މުއްދަތުގެ ޚިޔާލީ ތަސައްވަރުތަކަށް ވުރެ މާ ގިނަ ދުވަހަށް ހަނގުރާމަ ދެމިގެންދާނެ ކަމަށެވެ. އަދި މުޅި ސަރަހައްދަށް އޭގެ އަސަރު ފޯރައި، ދުނިޔޭގެ އެކި ކަންކޮޅުތަކުގެ އާންމު ރައްޔިތުންނަށް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

މެދުއިރުމަތީގެ ގައުމުތަކުން، ހާއްސަކޮށް ގަލްފުގެ އަރަބި ގައުމުތަކުގެ ޑިޕްލޮމޭޓުން ވަނީ އީރާނަށް ހަމަލާ ނުދިނުމަށް ޓްރަމްޕަށް ބާރުއަޅުއްވާފަ އެވެ. މިދިޔަ ހަފްތާގައި އީރާނުން ވަނީ އެ ގައުމުގެ ވައިގެ ސަރަހައްދު ބަންދުކޮށްފަ އެވެ. މިއީ ހަމަލާއެއް އަތުވެދާނެ ކަމަށް ބަލައި އެޅި ފިޔަވަޅެއް ކަމަށް ބެލެވެ އެވެ.

ދާދިފަހުން ދެކުނު ޗައިނާ ކަނޑުގައި އޮތް 'ޔޫ.އެސް.އެސް އަބްރަހަމް ލިންކަން' މަނަވަރު މިހާރު ވަނީ އިންޑިއާ ކަނޑާ ދިމާލަށް ދަތުރުކޮށްފަ އެވެ. އެމެރިކާގެ އަސްކަރީ އޮފިޝަލަކު ވިދާޅުވީ، މި މަނަވަރާއި އޭގެ ސަޕޯޓް މަނަވަރުތައް ދަތުރުކުރަމުން ދަނީ ހުޅަނގަށް ކަމަށެވެ. މިއީ ސީދާ މެދުއިރުމައްޗަށް ކުރާ ދަތުރެއް ކަމަށް ރަސްމީކޮށް ބުނެފައި ނުވިނަމަވެސް، މިހާރު އެ މަނަވަރު އޮތް ސަރަހައްދަށް ބަލާއިރު މަދު ދުވަސްކޮޅެއްގެ ތެރޭގައި މެދުއިރުމައްޗަށް ދެވޭނެ އެވެ.

މުޒާހަރާތަކުގައި މަރުވި މީހުންގެ އަދަދު މަދުވެގެން 4،519 އަށް އަރާފައިވާ ކަމަށް އެމެރިކާގައި ހުންނަ 'ހިއުމަން ރައިޓްސް އެކްޓިވިސްޓްސް ނިއުސް އެޖެންސީ' އިން ބުނެ އެވެ. 

އީރާނުގެ ރޫހާނީ ލީޑަރު އަލީ ޚާމަނާއީ ވިދާޅުވި ގޮތުގައި، މުޒާހަރާތަކުގައި "ތިން ހާހަށްވުރެ ގިނަ" މީހުން މަރުވެފައިވެ އެވެ. އަދި މިކަމުގެ ޒިންމާ އީރާނުގެ ލީޑަރު އެޅުއްވީ އެމެރިކާގެ ބޮލުގަ އެވެ. 

އައްބާސް އަރަގްޗީއީރާން-އެމެރިކާއީރާން-އިޒްރޭލްޢަލީ ޚަމަނާއީ

ކޮމެންޓް

އިތުރަށް ކިޔާލަން

އަހަރެން މަރާލައިފި ނަމަ، ދުނިޔެ އިން ވެސް އީރާން ފޮހެލާނަން: ޓްރަމްޕް

އަހަރެން މަރާލައިފި ނަމަ، ދުނިޔެ އިން ވެސް އީރާން ފޮހެލާނަން: ޓްރަމްޕް

21 ޖެނުއަރީ 2026
އާޔަތުﷲ ޚާމަނާއީ އަށް އަމާޒުކޮށް ދޭ ކޮންމެ ހަމަލާ އަކީ މުޅި އީރާނުގެ ރައްޔިތުންނާ ދެކޮޅަށް އިޢުލާން ކުރާ "ފުރިހަމަ ހަނގުރާމަ އެއް": ރައީސް މަސްޢޫދު ޕެޒެޝްކިއަން

އާޔަތުﷲ ޚާމަނާއީ އަށް އަމާޒުކޮށް ދޭ ކޮންމެ ހަމަލާ އަކީ މުޅި އީރާނުގެ ރައްޔިތުންނާ ދެކޮޅަށް އިޢުލާން ކުރާ "ފުރިހަމަ ހަނގުރާމަ އެއް": ރައީސް މަސްޢޫދު ޕެޒެޝްކިއަން

19 ޖެނުއަރީ 2026
އީރާނުގެ މުޒާހަރާތަކުގައި މަރުވި މީހުންގެ ޒިންމާ ނަންގަވަން ޖެހޭނީ އެމެރިކާގެ ރައީސް: އީރާނުގެ ލީޑަރު

އީރާނުގެ މުޒާހަރާތަކުގައި މަރުވި މީހުންގެ ޒިންމާ ނަންގަވަން ޖެހޭނީ އެމެރިކާގެ ރައީސް: އީރާނުގެ ލީޑަރު

18 ޖެނުއަރީ 2026
އީރާނުގެ މަސްރަހު މިވަގުތު ބަލިކަށިކޮށް އޮތް ނަމަވެސް، އެމެރިކާ އިން އެ ގައުމަށް ދޭ ކޮންމެ ހަމަލާ އަކީ ނުރައްކާތެރި ހަނގުރާމަ އެއް ފެށިދާނެ ކަމެއް: ތަޖުރިބާކާރުން

އީރާނުގެ މަސްރަހު މިވަގުތު ބަލިކަށިކޮށް އޮތް ނަމަވެސް، އެމެރިކާ އިން އެ ގައުމަށް ދޭ ކޮންމެ ހަމަލާ އަކީ ނުރައްކާތެރި ހަނގުރާމަ އެއް ފެށިދާނެ ކަމެއް: ތަޖުރިބާކާރުން

17 ޖެނުއަރީ 2026
އީރާނު ގައި ހަމަ ނުޖެހުން އުފައްދަން އެތެރެވި ޓެރަރިސްޓް ގްރޫޕެއް ހޯދައި، އެމީހުންގެ ހަރަކާތްތައް ހުއްޓުވައިފި

އީރާނު ގައި ހަމަ ނުޖެހުން އުފައްދަން އެތެރެވި ޓެރަރިސްޓް ގްރޫޕެއް ހޯދައި، އެމީހުންގެ ހަރަކާތްތައް ހުއްޓުވައިފި

17 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

20 ޖެނުއަރީ
ޕިއްޒާ ސްޓަންޓް އަތަށް ގޮވާ، ޑީއެންއާރުގެ މަސައްކަތާއި މެދު ޖަވާބު ނުދެވި ނޫސްވެރިންނަށް ފިއްލަވައިފި
20251 އަހަރު ކުރިން
ރާއްޖެ

ޕިއްޒާ ސްޓަންޓް އަތަށް ގޮވާ، ޑީއެންއާރުގެ މަސައްކަތާއި މެދު ޖަވާބު ނުދެވި ނޫސްވެރިންނަށް ފިއްލަވައިފި

އައްމަޓީ ފުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

އައްމަޓީ ފުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި

ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްއާ ބެހޭ ގަވާއިދު ނެރެފި
20233 އަހަރު ކުރިން
ރާއްޖެ

ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްއާ ބެހޭ ގަވާއިދު ނެރެފި

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ގޮވަނީ 346 މިލިއަން ރުފިޔާ ގެންދިޔައީ ގޯނިގޯނީގައިތޯއެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ގޮވަނީ 346 މިލިއަން ރުފިޔާ ގެންދިޔައީ ގޯނިގޯނީގައިތޯއެވެ.

ހޯޕް ޓްރެވަލްސްއިން ތަފާތު މޮޑެލްއެއްގެ ލޯންޗެއް - ގަލްފް ކްރާފްޓްގެ \"ސިލްވަރ ކެޓް 34\"
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ހޯޕް ޓްރެވަލްސްއިން ތަފާތު މޮޑެލްއެއްގެ ލޯންޗެއް - ގަލްފް ކްރާފްޓްގެ \"ސިލްވަރ ކެޓް 34\"

ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!
20197 އަހަރު ކުރިން
ރިޕޯޓު

ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!

އެއް އުކުޅެއް: ގާސިމްގެ ވިޔަފާރި ނައްތާލަން މަސައްކަތް ކުރަނީ ގުޅީ އީސާ ކަލޭފާނުގެ ވިޔަފާރި ނައްތާލި ގޮތަށް!
20188 އަހަރު ކުރިން
ރިޕޯޓު

އެއް އުކުޅެއް: ގާސިމްގެ ވިޔަފާރި ނައްތާލަން މަސައްކަތް ކުރަނީ ގުޅީ އީސާ ކަލޭފާނުގެ ވިޔަފާރި ނައްތާލި ގޮތަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު