Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން-އެމެރިކާ

އީރާން އާ ދިމާލަށް އެމެރިކާގެ ބިޔަ ލަޝްކަރެއް މިސްރާބު ޖަހާފައިވާ ކަމަށް އެމެރިކާގެ ރައީސް ޓްރަމްޕް ވިދާޅުވެއްޖެ

އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަގްޗީ ވިދާޅުވެފައި ވަނީ، އީރާނަށް ހަމަލާ އެއް ދީފިނަމަ، އަތުގައި ހުރި ހުރިހާ ބާރެއްގެ ބޭނުންކޮށްގެން ރައްދު ހަމަލާ ދޭނެ ކަމަށާއި އީރާނުގެ ވަރުގަދަ އަސްކަރީ ބާރުގެ ބޭނުން ފުރިހަމަ އަށް ހިފުމަށް އެއްވެސް ފަސްޖެހުމެއް ނެތް ކަމަށް.

ރާއްޖެ އެމްވީ | 23 ޖެނުއަރީ 2026 | ހުކުރު 04:02
އެމެރިކާގެ އެއާކްރާފްޓް ކެރިއާ ޔޫއެސްއެސް އަބްރަހަމް ލިންކަން އާއި ބައެއް ޑިސްޓްރޯޔަރސް އަދި ފައިޓަރ މަތިންދާބޯޓުތައް އޭޝިއާ ޕެސިފިކް އިން  ވަނީ ގަލްފް ސަރަހައްދަށް ދަތުރު ފަށާފައި.

އެމެރިކާގެ އެއާކްރާފްޓް ކެރިއާ ޔޫއެސްއެސް އަބްރަހަމް ލިންކަން އާއި ބައެއް ޑިސްޓްރޯޔަރސް އަދި ފައިޓަރ މަތިންދާބޯޓުތައް އޭޝިއާ ޕެސިފިކް އިން ވަނީ ގަލްފް ސަރަހައްދަށް ދަތުރު ފަށާފައި. | ރޮއިޓަސް

އީރާނަށް އަމާޒުކޮށް، އެމެރިކާގެ ކަނޑުގެ ބިޔަ އަސްކަރީ ފައުޖެއް ގަލްފް ސަރަހައްދަށް މިސްރާބު ޖަހާފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

އޮފިޝަލުން ހާމަކުރާ ގޮތުގައި، ކުރިއަށް އޮތް މަދު ދުވަސްތަކެއްގެ ތެރޭގައި މަތިންދާބޯޓު އުފުލާ މަނަވަރަކާއި އަސްކަރީ އިތުރު ވަސީލަތްތައް މެދުއިރުމައްޗަށް ފޯރާނެ އެވެ.

ސްވިޒަލޭންޑުގެ ޑާވޯސް ގައި އޮތް ވޯލްޑް އިކޮނޮމިކް ފޯރަމް ނިންމަވާލެއްވުމަށް ފަހު، އެނބުރި ވަޑައިގަންނަވަމުން "އެއަރ ފޯސް ވަން" ގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ، އެމެރިކާ އިން އީރާނުގެ ހަރަކާތްތައް ވަރަށް ގާތުން ބަލަމުންދާ ކަމަށާއި، ވަރުގަދަ ލަޝްކަރެއް އެ ގައުމާ ދިމާލަށް މިހާރު ދަތުރުކުރަމުންދާ ކަމަށެވެ.

"އެއްވެސް ނުރައްކާތެރި ހާދިސާ އެއް ހިނގުމަކީ އަޅުގަނޑު އެދޭ ކަމެއް ނޫން. އެކަމަކު އަޅުގަނޑުމެން މިދަނީ އެމީހުންގެ ކަންކަން ވަރަށް ފަރުވާތެރިކަމާއެކު މޮނިޓަރ ކުރަމުން،" ޓްރަމްޕް ވިދާޅުވި އެވެ. އޭނާ އިތުރަށް ވިދާޅުވީ، ކޮންމެ ފަދަ ހާލަތަކަށް ވެސް ތައްޔާރުވުމުގެ ގޮތުން ގިނަ އަދަދެއްގެ މަނަވަރުތަކެއް އެ ސަރަހައްދަށް ފޮނުވަމުންދާ ކަމަށާއި، ނަމަވެސް އެ ބާރުގެ ބޭނުންކުރަން ނުޖެހޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

އަސްކަރީ ބާރުތައް އިތުރުކުރާނެކަން ޓްރަމްޕް އިޢުލާން ކުރައްވާފައި މިވަނީ، އީރާނުގައި ސަރުކާރާ ދެކޮޅަށް މުޒާހަރާކުރާ މީހުންނަށް މަރުގެ އަދަބު ނުދޭނެ ކަމުގެ ޔަގީންކަން ލިބުމާ ގުޅިގެން، އީރާނާ ދެކޮޅަށް ހަމަލާދޭނެ ކަމަށް ކުރިން ދެއްވި އިންޒާރުތަކަށް މިދިޔަ ހަފުތާގައި ކޮންމެވެސް ވަރެއްގެ ދޫދެއްވުމަކަށްފަހުގަ އެވެ.

މި ސަރަހައްދުގައި އަސްކަރީ ތައްޔާރީތައް ވަރުގަދަކުރަމުންދާކަން ޓްރަމްޕް ކަށަވަރުކޮށްދެއްވިއިރު، އެމެރިކާގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި "ޔޫއެސްއެސް އަބްރަހަމް ލިންކަން" މަތިންދާބޯޓު އުފުލާ މަނަވަރާއި އޭގެ ފައުޖު، ދެކުނު ޗައިނާ ކަނޑުގައި ކުރިއަށްދިޔަ ތަމްރީނުތައް މެދުކަނޑާލުމަށްފަހު މެދުއިރުމައްޗަށް ދިއުމަށް ވަނީ އަމުރުކޮށްފަ އެވެ.

ބުރާސްފަތި ދުވަހު ވާހަކަދައްކަވަމުން ޓްރަމްޕް ތަކުރާރުކޮށް ވިދާޅުވީ، އޭނާ ކުރިން ދެއްވި އިންޒާރުތަކުގެ ސަބަބުން، މުޒާހަރާކުރި 800 އަށްވުރެ ގިނަ މީހުންނަށް މަރުގެ އަދަބު ދިނުން އީރާނުން ހުއްޓާލާފައިވާ ކަމަށެވެ. އަދި އީރާނުގެ ލީޑަޝިޕާ މަޝްވަރާކުރުމުގެ ފުރުސަތު އަދިވެސް އޮތް ކަމަށް އޭނާ ވިދާޅުވިއެވެ.

ނަމަވެސް، އީރާނުގެ އޮފިޝަލުން ވަނީ މުޒާހަރާގެ ބައިވެރިންނަށް މަރުގެ އަދަބު ދިނުމުގެ އެއްވެސް ރޭވުމެއް އޮތް ކަމަށް ބުނާ ވާހަކަތައް ދޮގުކޮށްފަ އެވެ. އީރާނުގެ ދައުލަތުގެ މީޑިއާތަކުން ހާމަކޮށްފައިވާ ގޮތުގައި، ޑިސެމްބަރު މަހު ފެށުނު މުޒާހަރާތަކުގައި ޖުމްލަ 3,117 މީހުން މަރުވެފައިވާއިރު، އޭގެ ތެރޭގައި 2,427 އާންމުންނާއި ސަލާމަތީ ބާރުތަކުގެ މީހުން ހިމެނެއެވެ.

ބުދަ ދުވަހު ސީއެންބީސީ އަށް ދެއްވި ބަސްދީގަތުމެއްގައި ޓްރަމްޕް ވިދާޅުވީ، އީރާނާ ދެކޮޅަށް އިތުރު އަސްކަރީ ފިޔަވަޅެއް އަޅަން ނުޖެހޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އެހެންނަމަވެސް، އީރާނުން އަލުން ނިއުކްލިއަރ ޕްރޮގްރާމް ކުރިއަށް ގެންދަން ފަށައިފިނަމަ، އެމެރިކާ އިން ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އޭނާ ދެއްވިއެވެ. "އެމީހުންނަށް ނިއުކްލިއަރ ކަންކަމެއް ނުކުރެވޭނެ،" ޓްރަމްޕް ވިދާޅުވިއެވެ. "އެމީހުން އެކަން ކޮށްފިނަމަ، ކުރިން ހިނގި ކަންތައްތައް ތަކުރާރުވާނެ،" އޭނާ އިޝާރާތް ކުރެއްވީ 2025 ވަނަ އަހަރުގެ ޖޫން މަހު އިޒްރޭލުން އީރާނާ ދެކޮޅަށް ކުރި 12 ދުވަހުގެ ހަނގުރާމައިގައި ބައިވެރިވެ، އެމެރިކާ އިން އީރާނުގެ ނިއުކްލިއަރ މަރުކަޒުތަކަށް ދިން ވައިގެ ހަމަލާތަކަށެވެ.

އަނެއްކޮޅުން، އީރާނުގެ ފޮރިން މިނިސްޓަރ އައްބާސް އަރަގްޗީ "ވޯލް ސްޓްރީޓް ޖާނަލް" ގައި ލިޔުއްވި ލިޔުމެއްގައި އެމެރިކާ އަށް އިންޒާރު ދެއްވަމުން ވިދާޅުވީ، އީރާނަށް ހަމަލާ އެއް ދީފިނަމަ، އަތުގައި ހުރި ހުރިހާ ބާރެއްގެ ބޭނުންކޮށްގެން ރައްދު ހަމަލާ ދޭނެ ކަމަށެވެ. "އަލުން އަޅުގަނޑުމެންނަށް ހަމަލާ އެއް އަތުވެއްޖެނަމަ، އަޅުގަނޑުމެންގެ ވަރުގަދަ އަސްކަރީ ބާރުގެ ބޭނުން ފުރިހަމަ އަށް ހިފުމަށް އެއްވެސް ފަސްޖެހުމެއް ނެތް،" މިނިސްޓަރު ލިޔުއްވާފައިވެއެވެ.

އަރަގްޗީ ވިދާޅުވި ގޮތުގައި މިއީ އިންޒާރެއް ނޫނެވެ. ނަމަވެސް މިއީ ހަގީގަތެކެވެ. އޭނާ އަކީ ހަނގުރާމަ އަށް ނަފުރަތުކުރާ، ޑިޕްލޮމެޓިކް ދާއިރާގެ ތަޖުރިބާކާރަކަށް ވާތީ މި ވާހަކަ ސާފުކޮށް ބުނަން ބޭނުން ވަނީ ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ، ދެ ގައުމުގެ މެދުގައި ކުރިމަތިލުމެއް ހިނގައިފި ނަމަ، އެއީ ވަރަށް ނުރައްކާތެރި އަދި އިޒްރޭލުން ހީކުރާ ވަރަށްވުރެ މާ ދިގުދެމިގެންދާނެ ކަމެއް ކަމަށެވެ. އަދި އޭގެ އަސަރު މުޅި ސަރަހައްދަށާއި ދުނިޔޭގެ އާންމު ރައްޔިތުންނަށް ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އީރާން-އެމެރިކާއީރާން މުޒާހަރާ

ކޮމެންޓް

އިތުރަށް ކިޔާލަން

މި ތިބީ ބަޑީގެ ޓްރިގަރ ގައި އަތް އަޅައިގެން، އިޒްރޭލާއި އެމެރިކާ އިން ގޯހެއް ނުހަދާތި: އީރާނުގެ ޗީފް ކޮމާންޑަރު

މި ތިބީ ބަޑީގެ ޓްރިގަރ ގައި އަތް އަޅައިގެން، އިޒްރޭލާއި އެމެރިކާ އިން ގޯހެއް ނުހަދާތި: އީރާނުގެ ޗީފް ކޮމާންޑަރު

22 ޖެނުއަރީ 2026
އީރާނުގެ ޚާރިޖީ ވަޒީރު އެމެރިކާ އަށް އަމާޒުކޮށް މިހާތަނަށް ދެއްވި އެންމެ ވަރުގަދަ އިންޒާރު މިއަދު ދެއްވައިފި

އީރާނުގެ ޚާރިޖީ ވަޒީރު އެމެރިކާ އަށް އަމާޒުކޮށް މިހާތަނަށް ދެއްވި އެންމެ ވަރުގަދަ އިންޒާރު މިއަދު ދެއްވައިފި

21 ޖެނުއަރީ 2026
އަހަރެން މަރާލައިފި ނަމަ، ދުނިޔެ އިން ވެސް އީރާން ފޮހެލާނަން: ޓްރަމްޕް

އަހަރެން މަރާލައިފި ނަމަ، ދުނިޔެ އިން ވެސް އީރާން ފޮހެލާނަން: ޓްރަމްޕް

21 ޖެނުއަރީ 2026
އާޔަތުﷲ ޚާމަނާއީ އަށް އަމާޒުކޮށް ދޭ ކޮންމެ ހަމަލާ އަކީ މުޅި އީރާނުގެ ރައްޔިތުންނާ ދެކޮޅަށް އިޢުލާން ކުރާ "ފުރިހަމަ ހަނގުރާމަ އެއް": ރައީސް މަސްޢޫދު ޕެޒެޝްކިއަން

އާޔަތުﷲ ޚާމަނާއީ އަށް އަމާޒުކޮށް ދޭ ކޮންމެ ހަމަލާ އަކީ މުޅި އީރާނުގެ ރައްޔިތުންނާ ދެކޮޅަށް އިޢުލާން ކުރާ "ފުރިހަމަ ހަނގުރާމަ އެއް": ރައީސް މަސްޢޫދު ޕެޒެޝްކިއަން

19 ޖެނުއަރީ 2026
އީރާނުގެ މުޒާހަރާތަކުގައި މަރުވި މީހުންގެ ޒިންމާ ނަންގަވަން ޖެހޭނީ އެމެރިކާގެ ރައީސް: އީރާނުގެ ލީޑަރު

އީރާނުގެ މުޒާހަރާތަކުގައި މަރުވި މީހުންގެ ޒިންމާ ނަންގަވަން ޖެހޭނީ އެމެރިކާގެ ރައީސް: އީރާނުގެ ލީޑަރު

18 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

16 ފެބުރުއަރީ
އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި
20251 އަހަރު ކުރިން
ރިޕޯޓު

އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން
20233 އަހަރު ކުރިން
ރާއްޖެ

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.
20224 އަހަރު ކުރިން
މީހުން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ
20215 އަހަރު ކުރިން
ރިޕޯޓު

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
20197 އަހަރު ކުރިން
ރާއްޖެ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި
20188 އަހަރު ކުރިން
ރާއްޖެ

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު