Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކައުންސިލް އިންތިހާބަށް ސަރުކާރުން ފޯރުވާ ނުފޫޒު

މުވައްޒަފުން ފަސޭހައިން ވަޒީފާ އިން ވަކި ކުރެވޭ ގޮތަށް އެޗްޑީސީ ގެ އުސޫލުތައް ބަދަލު ކޮށްފި

އެޗްޑީސީން ރިޑަންޑެންސީ ޕޮލިސީ އަށް ބަދަލުގެނެސް މުވައްޒަފުން ފަސޭހައިން ވަޒީފާއިން ވަކިކުރެވޭ ގޮތް ހަދާފައިވާތީ މުވައްޒަފުންގެ ކަންބޮޑުވުން ވަނީ އިތުރުވެފަ. މި ބަދަލަކީ ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް މުވައްޒަފުންނަށް ވަޒީފާގެ ބިދު ދެއްކުމަށް ގެނައި ބަދަލެއް ކަމަށް އެ ކުންފުނީގެ މުވައްޒަފުން ތުހުމަތު ކުރޭ.

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް, ރާއްޖެ އެމްވީ | 22 ޖެނުއަރީ 2026 | ބުރާސްފަތި 03:15
އެޗްޑީސީ އޮފީސް

އެޗްޑީސީ އޮފީސް | މިހާރު

ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް މުވައްޒަފުންނަށް ބިރު ދެއްކުމަށް، ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އެ ކުންފުނީގެ ރިޑަންޑެންސީ ޕޮލިސީ އަށް ބަދަލު ގެނެސް މުވައްޒަފުން ފަސޭހައިން ވަޒީފާ އިން ވަކިކުރެވޭ ގޮތް ހަދައިފި އެވެ.

މި ބަދަލުގެ ސަބަބުން އެ ކުންފުނީގެ މުވައްޒަފުންގެ ހިތްހަމަ ނުޖެހުން އިތުރުވެ، ވަޒީފާގެ ރައްކާތެރިކަން ގެއްލިދާނެ ކަމުގެ ކަންބޮޑުވުން ވަނީ އިތުރުވެފަ އެވެ.

Advertisement - newsAdvertisement

އެޗްޑީސީ ގެ ބޯޑުން މި މަހުގެ 11 ދުވަހު ނެރުނު މެމޯ އެއްގައި ބުނީ ކުންފުނީގެ ރިޑަންޑެންސީ ޕޮލިސީގެ އެއް ވަނަ ނުކުތާގެ އެއް ވަނަ މާއްދާއަށް ބަދަލު ގެންނަން ބޯޑުން ނިންމާފައިވާ ކަމަށެވެ. އަދި އެ ނިންމުމާ އެއްގޮތަށް އަމަލު ކުރަން ފެށީ މި މަހުގެ އަށްވަނަ ދުވަހުން ފެށިގެން ކަމަށް އެ މެމޯގައި ބުނެފައިވެ އެވެ.

ބޯޑުން ގެނައި ބަދަލުގެ ދަށުން، މަސައްކަތްތައް ތަރުތީބު ކުރުމަށްޓަކައި ކުންފުނީގެ އޮޕަރޭޝަނަލް އޮނިގަނޑަށް ބަދަލު ގެންނަން ނިންމައިފި ނަމަ، އެކަމާ ގުޅިގެން މުވައްޒަފުން ވަޒީފާ އިން ވަކިކުރުމުގެ ބާރު ކުންފުންޏަށް ލިބިގެން ދެ އެވެ. މީގެ އިތުރުން، މުވައްޒަފަކު މަސައްކަތް ކުރަމުންދާ ޑިޕާޓްމެންޓެއް އުވައިލައިފި ނަމަ ނުވަތަ އުވައިލަން ނިންމައިފި ނަމަ، އެ ތަނެއްގައި މަސައްކަތް ކުރާ މުވައްޒަފުން ވަކިކުރުމުގެ ބާރު ވެސް ކުންފުންޏަށް ލިބެ އެވެ.

އާ ޕޮލިސީގެ ދަށުން، މުވައްޒަފަކު ވަޒީފާ އަށް ނަގާއިރު ވަކި މަސައްކަތެއް ކުރުމަށްޓަކައި އެ މީހެއްގެ ގައިގައި ހުންނަ ޝަރުތު އުނިވެއްޖެ ނަމަ، ނުވަތަ އުނިވެދާނެ ކަމަށް ފެންނަ ނަމަ ވެސް އެ މުވައްޒަފަކު ވަޒީފާ އިން ވަކިކުރުމުގެ ބާރު ކުންފުންޏަށް ލިބެ އެވެ. އަދި ކުންފުނި ހިންގުމަށް ގެންނަ ބަދަލާ ގުޅިގެން ވަކި މަސައްކަތަކީ ކުންފުންޏަށް ބޭނުންތެރި މަސައްކަތެއް ނޫން ކަމަށް ފެނިއްޖެ ހިނދެއްގައި ވެސް މުވައްޒަފުން ވަކިކުރެވިދާނެ އެވެ.

ގައުމުގެ އިގުތިސާދަށް ނުވަތަ ކުންފުނީގެ މާލީ ހާލަތަށް އަންނަ ހީނަރުކަމަކާ ގުޅިގެން ވެސް މުވައްޒަފުން ވަޒީފާ އިން ވަކިކުރުމުގެ ބާރު އުސޫލަށް ގެނައި ބަދަލުން އެޗްޑީސީ އަށް ލިބިގެން ދެ އެވެ.

އެޗްޑީސީ ގެ އުސޫލަށް މި ބަދަލުތައް ގެނައީ އެ ކުންފުނިން ކަނޑާލަން، ސަރުކާރުން ބޭނުންވާ ބައެއް މުވައްޒަފުން ވަަޒީފާ އިން ވަކިކުރުމުގެ މަގްސަދުގައި ކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރެ އެވެ. 

އެޗްޑީސީ ގެ ބައެއް މުވައްޒަފުން އަދި އިދިކޮޅު ފަރާތްތަކުން ވެސް ބުނަމުންދަނީ، މި ބަދަލު ގެނެސްފައި ވަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް މުވައްޒަފުންނަށް ބިރުދެއްކުމަށް ކަމަށެވެ. ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބު ކުރުމަށްޓަކާ ސަރުކާރުން ދަނީ އެކި ގޮތްގޮތުން ނުފޫޒު ފޯރުވާ ސާރުކާރު މުވައްޒަފުންނަށް ބިރު ދައްކަމުންނެވެ. 

ލޯކަލް ކައުންސިލް އިންތިޚާބު 2026ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އެޗްޑީސީރިޑަންޑެންސީ ޕޮލިސީ

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް ވިދާޅުވާ އެއްޗެއް ތަކުރާރު ކުރައްވަން އުޅުއްވި ފަލާހު އަށް މިފަހަރު އޮޅިވަޑައިގަތީ އަމިއްލަ އަށް ބަދަލު ކުރެއްވި ގާނޫނު!

ރައީސް ވިދާޅުވާ އެއްޗެއް ތަކުރާރު ކުރައްވަން އުޅުއްވި ފަލާހު އަށް މިފަހަރު އޮޅިވަޑައިގަތީ އަމިއްލަ އަށް ބަދަލު ކުރެއްވި ގާނޫނު!

21 ޖެނުއަރީ 2026
އަޑި ނޭނގޭ ޑީލެއްގެ ދަށުން ހުޅުމާލެ އިން ބޮޑު ބިމެއް ލަގްޒަރީ ހައުސިންގ އެޅުމަށް ބަޔަކަށް ދިން މަައްސަލަ އޭސީސީ އިން ތަހުގީގު ކުރާ ކަމަށް ބުނެފި

އަޑި ނޭނގޭ ޑީލެއްގެ ދަށުން ހުޅުމާލެ އިން ބޮޑު ބިމެއް ލަގްޒަރީ ހައުސިންގ އެޅުމަށް ބަޔަކަށް ދިން މަައްސަލަ އޭސީސީ އިން ތަހުގީގު ކުރާ ކަމަށް ބުނެފި

21 ޖެނުއަރީ 2026
ކައުންސިލް އިންތިޚާބުގައި ކެނޑިޑޭޓުންނަށް އީސީން ވަނީ ޤާނޫނާއި ޚިލާފު ޝަރުތުތަކެއް ކުރިމަތި ކުރުވާފައި، އެކަން ބަދަލު ނުކުރާ ނަމަ ކޯޓަށް ދާނަން: ޕީއެންއެފް

ކައުންސިލް އިންތިޚާބުގައި ކެނޑިޑޭޓުންނަށް އީސީން ވަނީ ޤާނޫނާއި ޚިލާފު ޝަރުތުތަކެއް ކުރިމަތި ކުރުވާފައި، އެކަން ބަދަލު ނުކުރާ ނަމަ ކޯޓަށް ދާނަން: ޕީއެންއެފް

20 ޖެނުއަރީ 2026
ސަރުކާރަށް ދެ އަހަރުވީއިރު، ރައްޔިތުންގެ ފަރާތުން އިވެމުން ދަނީ ކަމެއް ނުކުރެވޭ ކަމުގެ ޝަކުވާ: ފައިޞަލް ނަސީމް

ސަރުކާރަށް ދެ އަހަރުވީއިރު، ރައްޔިތުންގެ ފަރާތުން އިވެމުން ދަނީ ކަމެއް ނުކުރެވޭ ކަމުގެ ޝަކުވާ: ފައިޞަލް ނަސީމް

20 ޖެނުއަރީ 2026
އެމްޑީޕީ އިން ކައުންސިލް އިންތިހާބުގެ ކެމްޕެއިން ޓީމު އިއުލާންކޮށްފި، މެނޭޖަރަކަށް ކުޑޫ

އެމްޑީޕީ އިން ކައުންސިލް އިންތިހާބުގެ ކެމްޕެއިން ޓީމު އިއުލާންކޮށްފި، މެނޭޖަރަކަށް ކުޑޫ

20 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު