Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމްއެމްޕީއާރްސީ ޚިޔާނާތް

އެމްއެމްޕީއާރުސީ ޚިޔާނާތުގެ ލިސްޓުގައި ނަން އޮތް ބޭފުޅުން ރައީސް މުއިއްޒުގެ ޕީއެންސީ އިން މިފަހަރުގެ ލޯކަލް ކައުންސިލް އިންތިހާބުގެ ކެނޑިޑޭޓުންގެ ގޮތުގައި ނެރެފައިވޭ: ގަފޫރު

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ލިބުނު ލިސްޓްގައި ޕީއެންސީ ގެ ފަރާތުން މާލޭ މޭޔަރު ކަމަށް ވާދަކުރާ މޫސާ އަލީ ޖަލީލުގެ ނަން ހިމެނޭ އިރު، މި މައްސަލައިގައި އޭނާގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާ ކޮށްދިނުމަށް އޭސީސީ އިން ޕީޖީ އޮފީހަށް ފޮނުވާފައިވޭ.

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް, ރާއްޖެ އެމްވީ | 22 ޖެނުއަރީ 2026 | ބުރާސްފަތި 19:31
ބުރާސްފަތި ދުވަހުގެރޭ އެމްޑިޕީ އިން ބޭއްވި ހަރުގެ ޖަލްސާގައި ގަފޫރު ވާހަކަ ދައްކަވަނީ

ބުރާސްފަތި ދުވަހުގެރޭ އެމްޑިޕީ އިން ބޭއްވި ހަރުގެ ޖަލްސާގައި ގަފޫރު ވާހަކަ ދައްކަވަނީ | ރާއްޖެ އެމްވީ

އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި ބިޔަ ޚިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ލިސްޓްގައި ހިމެނޭ ބޭފުޅުން، ރައީސް މުއިއްޒުގެ ޕީއެންސީ އިން މިފަހަރުގެ ލޯކަލް ކައުންސިލް ތަކުގެ އިންތިހާބުގެ ކެނޑިޑޭޓުންގެ ގޮތުގައި ނެރެފައިވާ ކަމަށާއި، އެބޭފުޅުންނަށް ދިވެހިރައްޔިތުން ދޭނެ ވޯޓެއް ނޯންނާނެ ކަމަށް އެމްޑީޕީގެ ވަގުތީ ޗެއަރޕާސަން އަބްދުލް ގަފޫރު މޫސާ (ގަޕޯ) ވިދާޅުވެއްޖެ އެވެ.

އެމްޑީޕީ އިން ބުރާސްފަތި ދުވަހުގެރޭ ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ހަނިމާދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުގެ ގޮތުގައި ވެސް ހުންނެވި ގަފޫރު ވިދާޅުވީ، ސަރުކާރުން ނެރެގެން އުޅޭ ކެނޑިޑޭޓުންގެ ނަން އެމްއެމްޕީއާރުސީގެ ވައްކަމުގެ ލިސްޓްގައި އޮންނާނެ ކަމަށެވެ.  ގަފޫރު ވިދާޅުވީ، މި ބޭފުޅުންނަށް ދިވެހި ރައްޔިތުން ވޯޓު ދޭނެ ކަމަށް ހީކުރެއްވިޔަސް ޚިޔާނާތުގެ ބައިވެރިންނަށް ދިވެހިރައްޔިތުން ވޯޓު ނުދޭނެ ކަމުގަ އެވެ. އެއްވެސް ރައްޔިތަކު މިއިން ބޭފުޅަކަށް ދޭނެ ވޯޓެއް ނޯންނާނެ ކަމަށް އޭނާ ތަކުރާރުކޮށް ވިދާޅުވި އެވެ. 

Advertisement - newsAdvertisement
ތިބޭފުޅުން ބައްލަވާ މިބޭފުޅުން ނެރުއްވައިގެން އުޅުއްވާ ކެނޑިޑޭޓުގެ ނަން އޮންނާނެ އެމްއެމްޕީއާރުސީ ގެ ވައްކަމުގެ ލިސްޓްގަ. ބައްލަވާ، އަޅުގަނޑު މިބުނީ އޮންނާނެ އޭ. އެ ލިސްޓްގަ މި ސަރުކާރުގެ ކެނޑިޑޭޓުންގެ ނަން، ދިވެހި ރައްޔިތުންގެ ފައިސާ އިން އެމްއެމްޕީއާރުސީ ގެ ފައިސާ އަށް ޚިޔާނާތްތެރިވި މީހުންގެ ތެރޭގަ އެބޭފުޅުންގެ ނަން އޮންނާނެ . އަޅުގަނޑު މިބުނީ އޮންނާނެ އޭ. ދެން މި ބޭފުޅުންނަށް ދިވެހި ރައްޔިތުން ވޯޓު ދެއްވާނެ ކަމަށްތޯ ހީފުޅު ކުރައްވަނީ. ނޫން ނުދޭނެ. ހަމަ އެއްވެސް ރައްޔިތަކު ނުދޭނެ. އެއްވެސް ރައްޔިތަކު މިއިން ބޭފުޅަކަށް ދޭނެ ވޯޓެއް ނޯންނާނެ. ރައްޔިތުން މިތިބީ ގަދަޔަށް މި އަނިޔާވެރިކަމުން ސަލާމަތްވުމަށްޓަކާ ކުރަންޖެހޭ އެންމެހާ މަސައްކަތް ކުރުމަށް ތައްޔާރަށް.
އެމްޑީޕީގެ ވަގުތީ ޗެއަރޕާސަން އަބްދުލްގަފޫރު މޫސާ

މި ފަހަރު މިނެގޭ ކައުންސިލް ވޯޓުގައި ރައްޔިތުން މި ސަރުކާރަށް ބޮޑު ތަނުން ނޫނެކޭ ބުނާނެ ކަމަށް ކުރިން ސިފައިންގެ ޚިދުމަތުގައި އުޅުއްވުމަށް ފަހު ސިޔާސީ ދާއިރާ އަށް ނުކުންނެވި ގަފޫރު ވިދާޅުވި އެވެ. ދެން އަންނަ އެމްޑީޕީ ސަރުކާރެއް ގައި ލާމަރުކަޒީ ނިޒާމުގެ ފޮނިމީރުކަން ރައްޔިތުން ބޭނުންވާ ގޮތަށް އެމްޑީޕީ އިން ފޯރުކޮށްދޭނެ ކަމަށް ވެސް ގަފޫރު ވިދާޅުވި އެވެ. 

ގަފޫރު ގެ ވާހަކައިގައި އިޝާރާތް ކުރެއްވީ ކޮން ކެނޑިޑޭޓެއް ކަމެއް ވިދާޅެއް ނުވެ އެވެ. އެހެން ނަމަވެސް، އެމްއެމްޕީއާރުސީ ގެ ޚިޔާނާތުގެ ފައިސާ ލިބުނި މީހުންގެ ލިސްޓްގައި، މާލެ ސިޓީގެ މޭޔަރު ކަމަށް ސަރުކާރު ހިންގާ ޕީއެންސީ ޓިކެޓުގައި ވާދަކުރާ ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް އަދި ކުރީގެ ޑިފެންސް މިނިސްޓަރު މޫސާ އަލީ ޖަލީލުގެ ނަން ހިމެނޭ ކަން ކުރިން ވަނީ ހާމަވެފަ އެވެ. އެ ލިސްޓްގައި ވާ ގޮތުން ފިނިފެންމާ ލޯންޗް ގޮވި ހާދިސާ ހިނގި ދުވަހު މެންދުރު، ސްޓެލްކޯ ކައިރިން 500،000 (ފަސް ލައްކަ) ރުފިޔާ މޫސާ އަލީ ޖަލީލު ހޯދާފައިވާ ކަމަށް ރިޕޯޓު ކޮށްފައިވެ އެވެ. 2014 އަދި 2015 ވަނަ އަހަރު ވެސް އެކި ފަހަރު މަތިން ޖުމްލަ 1،500،000 (ދޮޅު މިލިއަން) ރުފިޔާ މޫސާ އަލީ ޖަލީލު ހޯދާފައިވާ ކަމަށް އެމްއެމްޕީއާރުސީ ލިސްޓް ގައިވެ އެވެ.

އެމްއެމްޕީއާރުސީ ހިޔާނާތާއި ގުޅިގެން ކުރީގެ ޑިފެންސް މިނިސްޓަރު މޫސާ އަލީ ޖަލީލުގެ މައްޗަށް ދައުވާކޮށްދިނުމަށް ފޮނުވައިފި
Raajje.mv

އެމްއެމްޕީއާރުސީ ހިޔާނާތާއި ގުޅިގެން ކުރީގެ ޑިފެންސް މިނިސްޓަރު މޫސާ އަލީ ޖަލީލުގެ މައްޗަށް ދައުވާކޮށްދިނުމަށް ފޮނުވައިފި

މި މައްސަލައިގައި 2023 ވަނަ އަހަރު މޫސާ އަލީ ޖަލީލްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސިކިއުޓަރ ޖެނަރަލްގެ އޮފީހަށް ވެސް ފޮނުވާފައިވެ އެވެ. އޭސީސީ އިން އޭރު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، ޓޫރިޒަމްގެ ބޭނުމަށް ރަށްތަކާއި ފަޅުތައް ކުއްޔަށް ދޫކޮށްގެން އެމްއެމްޕީއާރުސީ އަށް ލިބުނު ފައިސާގެ ތެރެއިން އަހުމަދު އަދީބު އަބްދުލް ގަފޫރު މެދުވެރިކޮށް މޫސާ އަލީ ޖަލީލަށް ލިބިފައިވާ ފައިސާ އަކީ ކުށްކޮށްގެން ހޯދާފައިވާ ފައިސާ ކަމަށެވެ.

އެއީ އެކަށީގެންވާ ސަބަބުގެ މައްޗަށް ބިނާކޮށް ޝައްކުކުރެވޭ ހާލަތުގައި ހުރެ މޫސާ އަލީ ޖަލީލު ހޯދާފައިވާ ފައިސާކަމާއި، އެ ފައިސާ އޭނާގެ އަމިއްލަ ބޭންކް އެކައުންޓަށް ޖަމާކޮށް އަމިއްލަ ބޭނުންތަކަށް ބޭނުންކޮށްފައިވާކަން ތަހުގީގަށް ހޯދިފައިވާ ކަމަށް އޭސީސީ އިން ބުނެފައިވެއެވެ.

މި މައްސަލައިގައި މޫސާ އަލީ ޖަލީލުގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވާފައިވަނީ މަނީ ލޯންޑްރިން އަދި ޓެރަރިޒަމްއަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނުގެ 5 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މަނީ ލޯންޑްރިންގެ ކުށުގެ ދައުވާ އެވެ.

އެމްއެމްޕީއާރްސީޕީއެންސީއަބްދުލް ގަފޫރު މޫސާމޫސާ އަލީ ޖަލީލުލޯކަލް ކައުންސިލް އިންތިހާބު

ކޮމެންޓް

އިތުރަށް ކިޔާލަން

"މިސްކިތްތަކަށް ވެސް މީހުން ނެގުން މިސަރުކާރުން ވަނީ ހުއްޓުވާފަ" - މޭޔަރު އާދަމް އާޒިމް

"މިސްކިތްތަކަށް ވެސް މީހުން ނެގުން މިސަރުކާރުން ވަނީ ހުއްޓުވާފަ" - މޭޔަރު އާދަމް އާޒިމް

22 ޖެނުއަރީ 2026
މުއިއްޒުގެ ބަހުން ނަމަ ޕީއެންސީ މީހުން ކައުންސިލަށް ހޮވުމަކީ ބިރުވެރިކަމެއް!

މުއިއްޒުގެ ބަހުން ނަމަ ޕީއެންސީ މީހުން ކައުންސިލަށް ހޮވުމަކީ ބިރުވެރިކަމެއް!

22 ޖެނުއަރީ 2026
ރައީސް މުއިއްޒު މަސައްކަތް ކުރައްވަނީ ކައުންސިލްތަކަކީ ރައީސް އޮފީހުން އަންގާ އެންގުންތައް އެކަނި ތަންފީޒު ކުރާ އިދާރާއަކަށް ހެދުމަށް: ނިޔާޒު

ރައީސް މުއިއްޒު މަސައްކަތް ކުރައްވަނީ ކައުންސިލްތަކަކީ ރައީސް އޮފީހުން އަންގާ އެންގުންތައް އެކަނި ތަންފީޒު ކުރާ އިދާރާއަކަށް ހެދުމަށް: ނިޔާޒު

22 ޖެނުއަރީ 2026
އިލެކްޝަން ކޮމިޝަންގެ "މައި ޕޯޓަލް" އަށް ޕީއެންސީ އަށް އެކްސަސް އެބައޮތް: އެމްޑީޕީ

އިލެކްޝަން ކޮމިޝަންގެ "މައި ޕޯޓަލް" އަށް ޕީއެންސީ އަށް އެކްސަސް އެބައޮތް: އެމްޑީޕީ

22 ޖެނުއަރީ 2026
ރައީސް ވިދާޅުވާ އެއްޗެއް ތަކުރާރު ކުރައްވަން އުޅުއްވި ފަލާހު އަށް މިފަހަރު އޮޅިވަޑައިގަތީ އަމިއްލަ އަށް ބަދަލު ކުރެއްވި ގާނޫނު!

ރައީސް ވިދާޅުވާ އެއްޗެއް ތަކުރާރު ކުރައްވަން އުޅުއްވި ފަލާހު އަށް މިފަހަރު އޮޅިވަޑައިގަތީ އަމިއްލަ އަށް ބަދަލު ކުރެއްވި ގާނޫނު!

21 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

22 ޖެނުއަރީ
ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.
20251 އަހަރު ކުރިން
ރާއްޖެ

ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު
20224 އަހަރު ކުރިން
ރާއްޖެ

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް
20215 އަހަރު ކުރިން
ރާއްޖެ

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!
20197 އަހަރު ކުރިން
ރާއްޖެ

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!
20188 އަހަރު ކުރިން
ރިޕޯޓު

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު