Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އާދަމް އާޒިމް

މާލެތެރެއަށް ބުޅަލުގެ ނަޖިސް އެޅެން ދޫކުރާނެ އުޒުރެއް ނުދެއްކޭނެ، ނުވަންޏާ ހަވާލުކުރޭ: މޭޔަރު އާދަމް އާޒިމް

މާލޭ ސިޓީ ކައުންސިލުގެ ޚަރަދުގައި ހުޅުމާލޭގައި ބުޅާތަކަށް ހެދި ފެސިލިޓީ އެގްރިކަލްޗާ މިނިސްޓްރީއާ ހަވާލުކުރިއިރު، އެތަނަށް ފުދޭ އަދަދަކަށް ބުޅާ ނުގެންދިޔުމުގެ ކަންބޮޑުވުން ކައުންސިލަރުން ފާޅުކުރެއްވި. ފެސިލިޓީ ހަވާލުކޮށްދިނުމަށް ދެ ފަހަރަށް އެދިފައިވާ ކަމަށް މޭޔަރު ވިދާޅުވި. ފެސިލިޓީއަށް ނޮން-ރިކަރަންޓް ޚަރަދުގެ ގޮތުގައި 1.2 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް އެނިމަލް ވެލްފެއާ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވި.

އަލީ ޝާހީން
އަލީ ޝާހީން, ރާއްޖެ އެމްވީ | 21 ޖެނުއަރީ 2026 | ބުދަ 13:53
މާލެ ސިޓީ މޭޔަރު އާދަމް އާޒިމް

މާލެ ސިޓީ މޭޔަރު އާދަމް އާޒިމް | ރާއްޖެ އެމްވީ

މާލެތެރެއަށް ބުޅަލުގެ ނަޖިސް އެޅެން ދޫކުރާނެ އުޒުރެއް މިނިސްޓްރީ އަށް އަދި ސަރުކާރަށް ވެސް ނުދެއްކޭނެ ކަމަށް މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ. 

މާލެ ސިޓީ ކައުންސިލުގެ ރަސްމީ އާންމު ޖަލްސާގައި ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު މުހައްމަދު ސައިފް ފާތިހު ވަނީ މި ކަންކަމާ ގުޅުވައި ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. އެ ޖަލްސާގައި މޭޔަރު ވިދާޅުވީ، މާލެތެރެއަށް ބުޅަލުގެ ނަޖިސް އެޅެން ދޫކުރާނެ އުޒުރެއް ސަރުކާރަށް ނުދެއްކޭނެ ކަމަށާއި ބުޅާތައް ގެންދަން ފަރުކޮޅުފުށީގައި އެޅި ބުޅާ ފެސިލިޓީ ހަވާލުކުރުމަށް ދެ ފަހަރަށް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީގައި އެދިފައިވާނެ ކަމަށެވެ.

Advertisement - newsAdvertisement

ބުޅަލުގެ މައްސަލައަށް ހައްލެއް ގެނައުމަށް މާލޭ ސިޓީ ކައުންސިލުގެ ޚަރަދުގައި ހުޅުމާލޭގައި ފެސިލިޓީއެއް ވަނީ އަޅާފަ އެވެ. އެ ތަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނޮވެންބަރު، 2024 ގައި ވަނީ ހުޅުވައިދެއްވާފަ އެވެ. އަދި އެތަން ހުޅުވުމަށް ފަހު ރައީސް މުޢިއްޒު އެންގެވުމުގެ މަތިން ސިޓީ ކައުންސިލް އިން ވަނީ ބުޅާތައް ބަލަހައްޓަން ހުޅުމާލޭގައި ހެދި ފެސިލިޓީ، އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީއާ ހަވާލުކޮށްފަ އެވެ. އެހެން ނަމަވެސް  ބުޅަލުގެ މައްސަލައަށް އެދެވޭ ހައްލެއް ނާދެ އެވެ.

މި ޖަލްސާގައި ސައިފް ވަނީ  ބުޅާތައް ގެންދަން ހެދި ފެސިލިޓީއަށް އެކަށީގެންވާ މިންވަރަށް ނުގެންދާތީ އެކަމުގެ ކަންބޮޑުވުން ވެސް ފާޅުކުރައްވާފަ އެވެ. އެ ފެސިލިޓީއަށް އެގްރިކަލްޗާ މިނިސްޓްރީން 30 ބުޅާ ލައިގެން 'ބަލަހައްޓައިގެން' ތިބުމުން ބުޅަލުގެ މައްސަލަ ހައްލުނުވާކަން އޭނާ ފާހަގަކުރެއްވި އެވެ.

އަސްލުގަ ވަރަށް ޒިންމާދާރުކަން ކުޑަ ގޮތަކަށް އެތަން ހަވާލުކޮށްފަ ހުރި ފަރާތް އެކަންކަން އެކުރަނީ. އެންމެ ބޮޑަށް ބުޅަލުގެ އަނިޔާ ލިބޭތީ އެވާހަކަ ދެއްކި އެއްފަރާތް އެފަރާތަކީ. މިއަދު އެފަރާތާ ހަވާލުކުރީމަ އެފަރާތުން އެކަން ނުކޮށް ފާޑުފާޑު ޓުވީޓުކޮށް މިތަނުން ބުޅާ ނަޖިސް ނުނަގައޭ ބުނުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ ވަރަށް ވިޔާނުދާ އަމަލެއް އޭނަ އެކުރަނީ. އެހެންވީމަ ސަރުކާރުންވެސް އެބަޖެހޭ އޭނައާ ދޭތެރޭ ފިޔަވަޅު އަޅަން އަސްލު މިހާރު. އަދި ބުޅަލުގެ ކަންތައްތަކުގަ ވަކާލާތު ކުރާ ފަރާތްތަކުން އޭނަ އާއި ދެކޮޅަށް ވަކާލާތުވެސް ކުރަންޖެހޭ.
 މާލޭގެ މޭޔަރު އާދަމް އާޒިމް

މޭޔަރު ވިދާޅުވީ، ބުޅަލުގެ މައްސަލަ ހައްލު ނުވާތީ އެ ތަން ހަވާލުކުރުމަށް އެދި ދެ ފަހަރަށް މިނިސްޓްރީ އަށް ސިޓީ ފޮނުވާފައިވާ ކަމަށެވެ. އެ ގޮތުން، ސިޓީ ކައުންސިލުން ފެސިލިޓީ ހަދާފައި އެ ހުރީ، މާލޭގައި އުޅޭ ބުޅާތައް ގެންގުޅެވޭ ވަރަށް ކަމަށް އާޒިމް ވިދާޅުވި އެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މިދިޔަ އަހަރުގެ މެއި މަހު އެނިމަލް ވެލްފެއާ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވި ގޮތުގައި، މާލެ ސަރަހައްދުގައި އުޅޭ ބުޅާތައް ގެންދިޔުމަށް ހުޅުމާލޭ ފަރުކޮޅުފުށީގައި ގާއިމުކުރި "އޮޅު ހިޔާ"އަށް ނޮން-ރިކަރަންޓް ޚަރަދުގެ ގޮތުގައި 1.2 މިލިއަން ރުފިޔާ ޚަރަދުވާނެ އެވެ.

އާދަމް އާޒިމްމާލޭ ސިޓީ ކައުންސިލްއެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީރައީސް ޑރ. މުހައްމަދު މުއިއްޒު

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް ވިދާޅުވާ އެއްޗެއް ތަކުރާރު ކުރައްވަން އުޅުއްވި ފަލާހު އަށް މިފަހަރު އޮޅިވަޑައިގަތީ އަމިއްލަ އަށް ބަދަލު ކުރެއްވި ގާނޫނު!

ރައީސް ވިދާޅުވާ އެއްޗެއް ތަކުރާރު ކުރައްވަން އުޅުއްވި ފަލާހު އަށް މިފަހަރު އޮޅިވަޑައިގަތީ އަމިއްލަ އަށް ބަދަލު ކުރެއްވި ގާނޫނު!

21 ޖެނުއަރީ 2026
ށ.އަތޮޅު ކައުންސިލް އަކީ ވަރަށް ބޮޑު އެސެޓެއް ނަމަވެސް މިސަރުކާރު ގައި އެއަށް ވާނެ ގޮތެއް ނޭނގޭ: ކުރީގެ ކައުންސިލް މެންބަރު ސައުދުﷲ

ށ.އަތޮޅު ކައުންސިލް އަކީ ވަރަށް ބޮޑު އެސެޓެއް ނަމަވެސް މިސަރުކާރު ގައި އެއަށް ވާނެ ގޮތެއް ނޭނގޭ: ކުރީގެ ކައުންސިލް މެންބަރު ސައުދުﷲ

21 ޖެނުއަރީ 2026
ނ. ވެލިދޫގެ އިންޑަސްޓްރިއަލް ޒޯން 2: އަވަސް އަރުވާލައިގެން ރައީސްގެ ވައުދު ފުއްދަން ދިރާސާ ނުކޮށް ކުރި މަސައްކަތުގެ ހިތި ނަތީޖާ ފެނިއްޖެ!

ނ. ވެލިދޫގެ އިންޑަސްޓްރިއަލް ޒޯން 2: އަވަސް އަރުވާލައިގެން ރައީސްގެ ވައުދު ފުއްދަން ދިރާސާ ނުކޮށް ކުރި މަސައްކަތުގެ ހިތި ނަތީޖާ ފެނިއްޖެ!

20 ޖެނުއަރީ 2026
ރައީސް މުއިއްޒުގެ ފިޔަވަޅު މަތިން ހިނގުމަކީ، މޫސާ އަލީ ޖަލީލަށް ރަނގަޅު ފާލަކަށް ނުވާނެ!

ރައީސް މުއިއްޒުގެ ފިޔަވަޅު މަތިން ހިނގުމަކީ، މޫސާ އަލީ ޖަލީލަށް ރަނގަޅު ފާލަކަށް ނުވާނެ!

19 ޖެނުއަރީ 2026
ރައީސް މުއިއްޒު ސަރުކާރުގެ ކުޑަކުދިންގެ ޕާކު ވަރަށް ތަފާތު! ކުޅޭ ސާމަނެއް ނެތް، 16 ލައިޓާއެކު ހުރީ ހުސް ބިމެއް

ރައީސް މުއިއްޒު ސަރުކާރުގެ ކުޑަކުދިންގެ ޕާކު ވަރަށް ތަފާތު! ކުޅޭ ސާމަނެއް ނެތް، 16 ލައިޓާއެކު ހުރީ ހުސް ބިމެއް

19 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު