Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ރައީސް ވިދާޅުވާ އެއްޗެއް ތަކުރާރު ކުރައްވަން އުޅުއްވި ފަލާހު އަށް މިފަހަރު އޮޅިވަޑައިގަތީ އަމިއްލަ އަށް ބަދަލު ކުރެއްވި ގާނޫނު!

ރައީސް މުއިއްޒުގެ ސަރުކާރުން ކައުންސިލް އިންތިޚާބަށް ކެމްޕޭން ކުރަމުން ގެންދަނީ ތަރައްގީގެ މަޝްރޫއުތައް ނުހިނގަނީ ކައުންސިލްތަކުގެ ސަބަބުން ކަމަށް ބުނެ. ނަމަވެސް ހަގީގަތަކީ ލާމަރުކަޒީ ގާނޫނުން ސަރުކާރަށް މަޝްރޫއުތައް ކުރިއަށް ގެންދިއުމުގެ ބާރު ދީފައިވާއިރު މަޝްރޫއުތައް ހުއްޓިފައި އޮތީ ސަރުކާރުގެ ނާގާބިލުކަމުން ކަން. މިއީ ތަރައްގީ ނުވެ އޮތް އޮތުމުގެ ޒިންމާ އެހެން ބަޔަކުގެ ބޮލުގައި އެޅުވުމަށް ކުރާ ސިޔާސީ ހީލަތްތެރި އަމަލެއް.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 21 ޖެނުއަރީ 2026 | ބުދަ 12:36
އިބްރާހިމް ފަލާހް

އިބްރާހިމް ފަލާހް | ރާއްޖެއެމްވީ

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާ ދިމާކޮށް، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ދަނީ ރަށްރަށުގެ ތަރައްގީގެ މަޝްރޫއުތައް ނުހިނގަނީ އިދިކޮޅު ކައުންސިލްތަކުގެ ސަބަބުން ކަމަށް ބުނެ ވަރުގަދަ ކެމްޕޭނެއް ކުރަމުންނެވެ. ނަމަވެސް، ހަގީގީ މަންޒަރަށް ބަލާއިރު މިއީ ރައްޔިތުންގެ މެދުގައި ފިތުނަ އުފައްދައި، ސަރުކާރުގެ ނާގާބިލުކަން ފޮރުވުމަށް ކުރާ ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ސިފަކުރަމުންނެވެ.

މިފަހުން ބާއްވާ ހުރިހާ ޖަލްސާއެއްގައި ރައީސް އާ ރައީސް އަށް ސަނާކިޔުއްވާ ބޭފުޅުން ނިކަން އަޑަށް ބާރުލާފާ ކޮންމެ ޕޯޑިއަމެއްގައި ވިދާޅުވަނީ އެއް ވާހަކަ އެވެ. އެއީ މަޝްރޫއުތަކަށް ބޭނުންވާ ބިން ދޫކުރުމުގައާއި، އިދާރީ ހުއްދަތައް ދިނުމުގައި ކައުންސިލްތަކުން ހުރަސް އަޅަމުންދާ ކަމަށެވެ. އެހެންކަމުން، މަޝްރޫއުތައް ކުރިއަށް ގެންދެވޭނީ ސަރުކާރަށް ތާއީދުކުރާ "ޕީއެންސީ މެޖޯރިޓީ" އޮތް ކައުންސިލްތަކެއް އިންތިޚާބު ކޮށްގެން ކަމަށް އެ ބޭފުޅުން ދަނީ ތަކުރާރު ކޮށް ވިދާޅުވަމުންނެވެ. 

އެންމެ ފުރަތަމަ އެހެން ވިދާޅުވީ ލާމަރުކަޒީ ޗެމްޕިއަން ރައީސް ޑރ. މުއިއްޒެވެ. އޭގެ ފަހުން އަނެއްކާ ވެސް އެ ޕާޓީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާ ގެ މެންބަރު އިބްރާހިމް ފަލާހު ވެސް ހަމަ މި ވިދާޅުވީ އެހެންނެވެ. ސަރުކާރު ހިންގާ ޕީއެންސީ ބޭފުޅުންނަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ ނަމަ ދުވާލު ވެސް އެއީ ރޭގަނޑެވެ. ތެދެއް ދޮގެއް ނުވަތަ ހަމަޖެހޭތޯ ނުޖެހޭތޯ ވެސް ބެލުމެއް ނެތި ރައީސް ވިދާޅުވާ އެއްޗެއް ދެން ތިއްބެވި ހުރިހާ ބޭފުޅުން "ޗެއިން ރިއެކްޝަން" އެއް ގޮތަށް އެ ވިދާޅުވި ގޮތަށް ހަމަ ތަކުރާރު ކުރައްވަން ޖެހިވަޑައިގަންނަވާ ކަހަލަ އެވެ. ނުވަތަ ޖެހިވަޑައިގަންނަވަން ހަމަ މަޖުބޫރީ އެވެ. 

ޕީއެންސީގެ މި ތުހުމަތު ކައުންސިލްތަކުން ދޮގު ކުރާ އިރު ދެލޯ ހުޅުވާ ރަށްރަށަށް ބަލައިފި މީހަކަށް މީހަކަށް ވެސް ސަރުކާރުން ރައްޔޮތުންގެ ލޮލުގައި އަނދުން އެޅުވުމަށް ކުރާ މި މަސައްކަތް ފެންނާނެ އެވެ. ބިންތައް އެހުރީ ދީފަ އެވެ. ބޭނުންވާ އެހީތަކާ ސަރުކާރުން ބުނާ ކޮންމެ ކަމެއް ވެސް ކައުންސިލްތަކުން އެދަނީ ކުރަމުންނެވެ. އެއްވެސް ކައުންސިލަކުން އަމިއްލަ ރަށުގެ ތަރައްގީއަށް ހުރަސް އަޅާނެ ކަމަށް ގަބޫލު ކުރާނީ ވެސް މޮޔަ އެކެވެ. އެކަން ބަޔަކަށް ދައްކައި ހަމަނުޖެހޭ ކަމެއް ބަޔަކު ލައްވާ ގަބޫލު ކުރުމަށް މަސައްކަތް ކުރާނީ އަދި އެއަށް ވުރެ ބޮޑު މޮޔަ އެކެވެ.

ހުއްޓިފައި ހުރި ހުރިހާ މަޝްރޫއުއެއް ހެން ހުއްޓިފައި ހުރީ މި ސަރުކާރުގެ ނާގާބިލު ކަމުންނެވެ. ކޮންމެ މަޝްރޫއެއް ވެސް ބިންގާ އެޅުމަށްފަހު އެ ވަނީ މުޅިންހެން ހުއްޓިފަ އެވެ. މަސައްކަތް ކުރިއަސް  އެ ކުރަނީ ފިނިހަކަ ދުވެލީގަ އެވެ. ގައިމު ބިންގާ ވެސް އެޅޭނީ ކައުންސިލުން ބިން ދިނީމާ ނޫންތޯ އެވެ. އެހެންވީމާ ދެން އެ ވިދާޅުވާ އެއްޗެއް ދިމައެއް ވެސް ނުވެ އެވެ. 

އެ ވިދާޅުވާ ގޮތަށް ކައުންސިލުން އަދި ބިން ނުދިނަސް ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ބަލާއިރު، ދައުލަތުގެ ފެންވަރުގައި ހިންގާ ތަރައްގީގެ މަޝްރޫއުތައް ހުއްޓުވުމުގެ ގާނޫނީ ބާރެއް ކައުންސިލްތަކަކަށް ނޯވެ އެވެ. ތަރައްގީގެ މަޝްރޫއުތަކަށް ބޭނުންވާ ބިން ކަނޑައެޅުމުގެ އެންމެ ފަހުގެ ބާރު އޮންނަނީ ކަމާބެހޭ މިނިސްޓްރީތަކަށެވެ.

ކައުންސިލްތަކުގެ އިހްތިސާސު ގައި ހިމެނޭ ބިމެއް ނުވަތަ ތަނެއްގައި އެ ކައުންސިލެއްގެ ހުއްދައާ ނުލާ ވެސް ސަރުކާރަށް ހިންގަން ބޭނުންވާ ތަރައްގީގެ މަޝްރޫއު އެއް ނުވަތަ ހަރަކާތެއް ހިންގޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް މި ސަރުކާރުން ބަދަލު ގެނަސްފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގަ އެވެ. ދެން ވެސް "ކައުންސިލްތަކުން ހުރަސްއަޅަނީ" ކަމަށް ބުނެ އެކަން ރައްޔިތުން ގަބޫލު ކުރާނެ ކަމަށް ހީކުރާތީ ވެސް އަންނަނީ ހަމަ ހިންޏެވެ.

އެހެންވީމާ މަޝްރޫއުތަކަށް ބޭނުންވާ ބިން ދޫކުރުމުގައާއި، އިދާރީ ހުއްދަތައް ދިނުމުގައި ކައުންސިލްތަކުން ހުރަސް އަޅަމުންދާ ކަމަށް ރައީސް ވިދާޅުވުމުން ފަލާހު އަށް ވެސް އެހެން ވިދާޅުވާން ޖެހިވަޑައިގަންނަވަން މަޖުބޫރު ވީ ކަންނޭނގެ އެވެ. ގާނޫނަށް ބަދަލު ގެންނެވީ ޚުދު ފަލާހު މެންނަށް ވީނަމަވެސް ހެވެވެ. 

މިއަދު ފެންނަން އޮތް ހަގީގަތަކީ މިދިޔަ އަހަރެއްހާ ދުވަހު ގިނަ ރަށްރަށުގައި އަލަށް ފެށި މަޝްރޫއެއް ނެތް ކަމެވެ. ކުރީ ސަރުކާރުން ފަށާފައިވާ މަޝްރޫއުތައް ވެސް ރީ-ޑިޒައިން ކުރުމުގެ ނަމުގައި ނުވަތަ ބަޖެޓު ނެތް ކަމަށް ބުނެ ހުއްޓާލައިފި އެވެ. ކައުންސިލް އިންތިޚާބާ ދިމާކޮށް މި ތުހުމަތުތައް ފެންމަތިކުރުމަކީ، ތަރައްގީ ނުވެ އޮތް އޮތުމުގެ ޒިންމާ އެހެން ބައެއްގެ ބޮލުގައި އެޅުވުމަށް ކުރާ ސިޔާސީ، ހީލަތްތެރި ޒިންމާދާރުކަން ކުޑަ އަމަލެކެވެ.

ރައީސް މުއިއްޒުގެ ސަރުކާރުން ލޯކަލް ކައުންސިލް އިންތިޚާބު ކާމިޔާބު ކުރުމަށްޓަކައި ބޭނުންކުރަމުންދާ މި އުކުޅަކީ ލާމަރުކަޒީ ނިޒާމުގެ ޗެމްޕިއަނުން ކަމަށް ދައުވާ ކުރާ މި ބޭފުޅުން ކުރައްވާ އެ ނިޒާމާ މުޅިން އިދިކީލަ ކަމެކެވެ. ހިތުން ރައްޔިތުންނަށް އޮޅުވާލައި ރައްޔިތުން ގުނބޯހެއްދުމަށް ޖަހާލީ ވަރުގަދަ މަޅިއެކެވެ. އެކަމަކު މިފަހަރު އެ ބެދުނީ އަމިއްލަ މަޅީގަ އެވެ. 

ރައީސް ޑރ. މުހައްމަދު މުއިއްޒުލޯކަލް ކައުންސިލް އިންތިޚާބު 2026ޕީއެންސީލާމަރުކަޒީ ނިޒާމުލާމަރުކަޒީކުރުންޕީއެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހުމަގޭ ރިޕޯޓް

ކޮމެންޓް

އިތުރަށް ކިޔާލަން

ށ.އަތޮޅު ކައުންސިލް އަކީ ވަރަށް ބޮޑު އެސެޓެއް ނަމަވެސް މިސަރުކާރު ގައި އެއަށް ވާނެ ގޮތެއް ނޭނގޭ: ކުރީގެ ކައުންސިލް މެންބަރު ސައުދުﷲ

ށ.އަތޮޅު ކައުންސިލް އަކީ ވަރަށް ބޮޑު އެސެޓެއް ނަމަވެސް މިސަރުކާރު ގައި އެއަށް ވާނެ ގޮތެއް ނޭނގޭ: ކުރީގެ ކައުންސިލް މެންބަރު ސައުދުﷲ

21 ޖެނުއަރީ 2026
ނ. ވެލިދޫގެ އިންޑަސްޓްރިއަލް ޒޯން 2: އަވަސް އަރުވާލައިގެން ރައީސްގެ ވައުދު ފުއްދަން ދިރާސާ ނުކޮށް ކުރި މަސައްކަތުގެ ހިތި ނަތީޖާ ފެނިއްޖެ!

ނ. ވެލިދޫގެ އިންޑަސްޓްރިއަލް ޒޯން 2: އަވަސް އަރުވާލައިގެން ރައީސްގެ ވައުދު ފުއްދަން ދިރާސާ ނުކޮށް ކުރި މަސައްކަތުގެ ހިތި ނަތީޖާ ފެނިއްޖެ!

20 ޖެނުއަރީ 2026
ކައުންސިލް އިންތިޚާބުގައި ކެނޑިޑޭޓުންނަށް އީސީން ވަނީ ޤާނޫނާއި ޚިލާފު ޝަރުތުތަކެއް ކުރިމަތި ކުރުވާފައި، އެކަން ބަދަލު ނުކުރާ ނަމަ ކޯޓަށް ދާނަން: ޕީއެންއެފް

ކައުންސިލް އިންތިޚާބުގައި ކެނޑިޑޭޓުންނަށް އީސީން ވަނީ ޤާނޫނާއި ޚިލާފު ޝަރުތުތަކެއް ކުރިމަތި ކުރުވާފައި، އެކަން ބަދަލު ނުކުރާ ނަމަ ކޯޓަށް ދާނަން: ޕީއެންއެފް

20 ޖެނުއަރީ 2026
ސަރުކާރަށް ދެ އަހަރުވީއިރު، ރައްޔިތުންގެ ފަރާތުން އިވެމުން ދަނީ ކަމެއް ނުކުރެވޭ ކަމުގެ ޝަކުވާ: ފައިޞަލް ނަސީމް

ސަރުކާރަށް ދެ އަހަރުވީއިރު، ރައްޔިތުންގެ ފަރާތުން އިވެމުން ދަނީ ކަމެއް ނުކުރެވޭ ކަމުގެ ޝަކުވާ: ފައިޞަލް ނަސީމް

20 ޖެނުއަރީ 2026
އެމްޑީޕީ އިން ކައުންސިލް އިންތިހާބުގެ ކެމްޕެއިން ޓީމު އިއުލާންކޮށްފި، މެނޭޖަރަކަށް ކުޑޫ

އެމްޑީޕީ އިން ކައުންސިލް އިންތިހާބުގެ ކެމްޕެއިން ޓީމު އިއުލާންކޮށްފި، މެނޭޖަރަކަށް ކުޑޫ

20 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު