Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ބާ މުސްހަފް ނައްތާލުން

ބާ މުސްހަފު ތަކާއި ދީނީ ލިޔުންތަށް ނައްތާލުމަށް ސިޓީ ކައުންސިލާ ހަވާލުކުރަން ހުޅުވާލައިފި

ހޮނިހިރު ދުވަހުން ފެށިގެން މި މަހުގެ 29 ގެ ނިޔަލަށް، ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރު 12:00 އަށް، މެންދުރު ފަހު 1:00 އިން ހަވީރު 5:00 އަށް ނައްތާލަން ބޭނުންވާ މުސްހަފުތަކާއި ގުރުއާނުގެ އާޔަތް ނުވަތަ ހަދީޘް ހިމެނޭ އެފަދަ ދީނީ ފޮތްތަކާއި ލިޔުންތައް، ބަލައިގަންނާނެ ކަމަށް ސިޓީ ކައުންސިލުން ބުނޭ.

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް, ރާއްޖެ އެމްވީ | 23 ޖެނުއަރީ 2026 | ހުކުރު 16:40
ބާވެ ހަލާކު ވުމުގެ ސަބަނުން ނައްތާލަން ބޭނުންވާ މުސްހަފް އަދި ގުރުއާނުގެ އާޔަތް ނުވަތަ ހަދީޘް ހިމެނޭ ލިޔުންތައް ބަލައިގަތުމުގެ އިންތިޒާމު މާލެ ސިޓީ ކައުންސިލުން ވަނީ ހަމަޖައްސާފަ.

ބާވެ ހަލާކު ވުމުގެ ސަބަނުން ނައްތާލަން ބޭނުންވާ މުސްހަފް އަދި ގުރުއާނުގެ އާޔަތް ނުވަތަ ހަދީޘް ހިމެނޭ ލިޔުންތައް ބަލައިގަތުމުގެ އިންތިޒާމު މާލެ ސިޓީ ކައުންސިލުން ވަނީ ހަމަޖައްސާފަ. | ރާއްޖެ އެމްވީ

މާލެ ސިޓީގެ ގޭގޭ ގައި ހުރި ނައްތާލަން ބޭނުންވާ، ބާވެ ނުވަތަ ހަލާކުވެފައިވާ މުޞްޙަފް ތަކާއި ކީރިތި ޤުރުއާނުގެ އާޔަތް ތަކާއި ކީރިތި ރަސޫލާގެ (صلى الله عليه وسلم) ޙަދީޘްތައް ލިޔެފައި ހުންނަ ފޮތްތަކާއި ލިޔުންތައް ނައްތާލުމަށް، މާލޭ ސިޓީ ކައުންސިލާ ހަވާލުކުރަން ހުޅުވާލައިފި އެވެ. 

ބާ މުސްހަފް ނައްތާލުމުގެ ޕްރޮގްރާމެއް މާލެ ސިޓީ  ކައުންސިލުން ފެށީ މދިޔަ އަހަރުގެ ތެރޭގަ އެވެ. މި ހަރަކާތުގައި މަންފާ ޖަމިއްޔާ އާއި، އީގަލްސް ކޮމިއުނިޓީ، މާލެ ސިޓީ ކައުންސިލް، ވެމްލޯ އަދި ފުލުހުން ބައިވެރިވާކަމަށް ކައުންސިލުން ވަނީ ބުނެފަ އެވެ. 

Advertisement - newsAdvertisement

ސިޓީ ކައުންސިލުން ބުރާސްފަތި ދުވަހު ކުރި އިއުލާނެއްގައި ބުނީ ނައްތާލަން ބޭނުންވާ މުސްހަފުތަކާއި ގުރުއާނުގެ އާޔަތް ނުވަތަ ހަދީޘް ހިމެނޭ އެފަދަ ދީނީ ފޮތްތަކާއި ލިޔުންތައް އެ ކައުންސިލާ ހަވާލުކުރެވޭނެ އިންތިޒާމު މިހާރު ހަމަޖައްސާފައިވާ ކަމަށެވެ. 

އެ ތަކެތި އަންނަ ހޮނިހިރު ދުވަހުން ފެށިގެން މި މަހުގެ 29 ގެ ނިޔަލަށް، ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރު 12:00 އަށް، މެންދުރު ފަހު 1:00 އިން ހަވީރު 5:00 އަށް ބަލައިގަންނާނެ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ. 

އެގޮތުން ތަކެތި ބަލައިގަންނަ ތަންތަނަކީ  މާލެ އިން ނަމަ ސިނަމާލެ ތިނެއްގެ ގޯތިތެރެ އެވެ.  ވިލިމާލެ އިން ނަމަ މާލޭ ސިޓީ ކައުންސިލް އިދާރާގެ ވިލިމާލެ ސެކްޝަން އަދި  ހުޅުމާލޭގެ މާލޭ ސިޓީ ކައުންސިލް އިދާރާގެ އޮފީހުން ހޮނިހިރު ދުވަހުން ފެށިގެން މިތަކެތި ބަލައިގަންނާނެ ކަމަށް ސިޓީ ކައުންސިލުން ބުނެ އެވެ. 

ސިޓީ ކައުންސިލުން ބުނީ އެ އިދާރާއިން ބަލައިގަންނާނީ ގޭގެއިން ގެންދާ، ނައްތާލަން ބޭނުންވާ، ބާވެ ނުވަތަ ހަލާކުވެފައިވާ މި ފަދަ ތަކެތި އެކަނި ކަމަށެވެ.

މާލޭ ސިޓީ ކައުންސިލްމަންފާ ޖަމިއްޔާއީގަލްސް ކޮމިއުނިޓީވެމްކޯ

ކޮމެންޓް

އިތުރަށް ކިޔާލަން

"މިސްކިތްތަކަށް ވެސް މީހުން ނެގުން މިސަރުކާރުން ވަނީ ހުއްޓުވާފަ" - މޭޔަރު އާދަމް އާޒިމް

"މިސްކިތްތަކަށް ވެސް މީހުން ނެގުން މިސަރުކާރުން ވަނީ ހުއްޓުވާފަ" - މޭޔަރު އާދަމް އާޒިމް

22 ޖެނުއަރީ 2026
މުއިއްޒުގެ ބަހުން ނަމަ ޕީއެންސީ މީހުން ކައުންސިލަށް ހޮވުމަކީ ބިރުވެރިކަމެއް!

މުއިއްޒުގެ ބަހުން ނަމަ ޕީއެންސީ މީހުން ކައުންސިލަށް ހޮވުމަކީ ބިރުވެރިކަމެއް!

22 ޖެނުއަރީ 2026
މާލެތެރެއަށް ބުޅަލުގެ ނަޖިސް އެޅެން ދޫކުރާނެ އުޒުރެއް ނުދެއްކޭނެ، ނުވަންޏާ ހަވާލުކުރޭ: މޭޔަރު އާދަމް އާޒިމް

މާލެތެރެއަށް ބުޅަލުގެ ނަޖިސް އެޅެން ދޫކުރާނެ އުޒުރެއް ނުދެއްކޭނެ، ނުވަންޏާ ހަވާލުކުރޭ: މޭޔަރު އާދަމް އާޒިމް

21 ޖެނުއަރީ 2026
ރައީސް މުއިއްޒުގެ ފިޔަވަޅު މަތިން ހިނގުމަކީ، މޫސާ އަލީ ޖަލީލަށް ރަނގަޅު ފާލަކަށް ނުވާނެ!

ރައީސް މުއިއްޒުގެ ފިޔަވަޅު މަތިން ހިނގުމަކީ، މޫސާ އަލީ ޖަލީލަށް ރަނގަޅު ފާލަކަށް ނުވާނެ!

19 ޖެނުއަރީ 2026
ހުޅުމާލެ މާލެސިޓީ ކައުންސިލްއާ ހަވާލުކޮށްފިނަމަ އެޗްޑީސީ އަށް ވުރެ މާ ރަނގަޅަށް ހިންގާނަން: މޭޔަރު އާޒިމް

ހުޅުމާލެ މާލެސިޓީ ކައުންސިލްއާ ހަވާލުކޮށްފިނަމަ އެޗްޑީސީ އަށް ވުރެ މާ ރަނގަޅަށް ހިންގާނަން: މޭޔަރު އާޒިމް

19 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

17 ޖޫން
އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި
20251 އަހަރު ކުރިން
ދުނިޔެ

އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް
20242 އަހަރު ކުރިން
ރާއްޖެ

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ

 މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ

 ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން
20215 އަހަރު ކުރިން
ރިޕޯޓު

ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!
20197 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ
20188 އަހަރު ކުރިން
ރިޕޯޓު

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު