Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުއިތާފުށި

އިތާފުށި މުވައްޒަފުންނަށް 85،000 ރުފިޔާގެ ސާވިސް ޗާޖެއް ދީފި

24 ޖެނުއަރީ 2026 | ހޮނިހިރު 06:26

މަޝްހޫރު މަހުޖަނުން ޒިޔާރަތްކުރާ މި ހަތް ތަރީގެ ރިސޯޓުން، ޑިސެމްބަރު މަހު މުވައްޒަފުންނަށް ހަފްތާއަކު އެވްރެޖްކޮށް 826 ޑޮލަރު ސާވިސް ޗާޖުގެ ގޮތުގަ ދީފަވޭ.

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް | 24 ޖެނުއަރީ 2026 | ހޮނިހިރު 06:26
ވޮލްޑޯފް އެސްޓޯރިއާ އިތާފުށީގެ މުވައްޒަފުން ޑިސެމްބަރު މަހު ލިބުނު 4،177 ޑޮލަރުގެ ސާވިސް ޗާޖުން ހިތްހަމަ ޖެހިފަ ތިބިކަން ދައްކުވައިދޭ ހިޔާލީ ފޮޓޯ އެއް

ވޮލްޑޯފް އެސްޓޯރިއާ އިތާފުށީގެ މުވައްޒަފުން ޑިސެމްބަރު މަހު ލިބުނު 4،177 ޑޮލަރުގެ ސާވިސް ޗާޖުން ހިތްހަމަ ޖެހިފަ ތިބިކަން ދައްކުވައިދޭ ހިޔާލީ ފޮޓޯ އެއް | ރާއްޖެއެމްވީ

ރާއްޖޭގެ ފަތުރުވެރިކަމުގެ އެންމެ ކާމިޔާބު ދުވަސްވަރާ ދިމާކޮށް، ވޮލްޑޯފް އެސްޓޯރިއާ އިތާފުށި މޯލްޑިވްސް އިން ކޮންމެ މުވައްޒަފަކަށް ޑިސެމްބަރު މަހުގެ ސާވިސް ޗާޖުގެ ގޮތުގައި 4،177 ޑޮލަރު ދީފައިވާ ކަމަށް ހާމަވެއްޖެ އެވެ.

މިއީ މިހާރުގެ ޑޮލަރު ރޭޓުން ބަލާނަމަ 85،000 ރުފިޔާ އަށް ވުރެ އިތުރު އަދަދެކެވެ.

ގަތަރުގެ ޝާހީ އާއިލާ އަށް ނިސްބަތްވާ މަހުޖަނަކާ ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު އަލީ ޖަނާހު ގުޅިގެން ތަރައްގީކޮށްފައިވާ މި ހަތް ތަރީގެ ރިސޯޓުން ދީފައިވާ ސާވިސް ޗާޖުގެ އަދަދުތަކަށް ބަލާ އިރު، އިތާފުށީގެ ކޮންމެ މުވައްޒަފަކަށް ހަފްތާ އަކު އެވެރެޖް ކޮށް 826 ޑޮލަރު، ޑިސެމްބަރު މަހު ސާވިސް ޗާޖުގެ ގޮތުގައި ލިބިފައިވެ އެވެ. މިއީ މިހާރުގެ ރޭޓުން ބަލާއިރު 17،000 ރުފިޔާ އަށް ވުރެ އިތުރު އަދަދެކެވެ.

އިތާފުށީ އަށް ބޮޑު ސާވިސް ޗާޖެއް ލިބޭ މައިގަނޑު ސަބަބަކީ އެތަނަށް ޒިޔާރަތްކުރާ ދުނިޔޭގެ މަޝްހޫރު މަހުޖަނުން ކަމަށް މައުލޫމާތު ލިބެ އެވެ. މި ރިސޯޓަކީ ރާއްޖޭގެ އެންމެ މަތީ ފަންތީގެ ރިސޯޓްތަކުގެ ތެރޭގައި ހިމެނޭ ރިސޯޓެކެވެ.

އިތާފުށި ރިސޯޓުގެ ލަގްޒަރީ ވިލާ އެެއް

އިތާފުށި ރިސޯޓުގެ ލަގްޒަރީ ވިލާ އެެއް

މިދިޔަ ޑިސެމްބަރު މަހު ރާއްޖޭގެ މަތީ ފަންތީގެ އެހެން ރިސޯޓްތަކުން ވެސް ވަނީ މުވައްޒަފުންނަށް ބޮޑު ސާވިސް ޗާޖެއް ބަހާފަ އެވެ. އެގޮތުން ވަން އެންޑް އޮންލީ ރީތި ރަށުން 1،977 ޑޮލަރު ބަހާފައިވާއިރު، ވެލާ ޕްރައިވެޓް އައިލެންޑުން ވަނީ 1،875 ޑޮލަރު ބަހާފަ އެވެ.

އަދި ރިއު އެޓޯލް އެންޑް ޕެލަސް އިން ވަނީ 1،239 ޑޮލަރު ބަހާފަ އެވެ. އަޔާޑާ މޯލްޑިވްސް އިން 1،197.30 ޑޮލަރު ސާވިސް ޗާޖުގެ ގޮތުގައި ދީފައިވާއިރު، ސެންޓާރާ ގްރޭންޑް ލެގޫން އިން 1،111 ޑޮލަރު ބެހިފައިވެ އެވެ. ޖޭޑަބްލިއު މެރިއޮޓް ކާފު އަތޮޅު ރިސޯޓުން ވަނީ 1،158 ޑޮލަރު ދީފަ އެވެ.

މީގެ އިތުރުން މާލޭގައި ހިންގާ ބާސެލޯ ނަސަންދުރާ ހޮޓަލުން ވަނީ، އެ ހޮޓަލުގެ ކޮންމެ މުވައްޒަފަކަށް ޑިސެމްބަރު މަހުގެ ސާވިސް ޗާޖުގެ ގޮތުގައި 748 ޑޮލަރު ދީފަ އެވެ.

ކޮންމެ އަހަރެއްގެ ވެސް ޑިސެމްބަރު އަދި ޖެނުއަރީ މަހަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ އެންމެ ޕީކް ދުވަސްވަރު ކަމަށްވާތީ، މި ދުވަސްވަރު މުވައްޒަފުންނަށް ލިބޭ ސާވިސް ޗާޖު އެހެން މަސްތަކާ އަޅާބަލާއިރު އިތުރުވެގެންދެ އެވެ. މި ދުވަސްވަރަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ފަތުރުވެރިން ރާއްޖެ އަށް އެންމެ ގިނައިން ޒިޔާރަތްކުރާ ދުވަސްވަރެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަކީ ރާއްޖޭގެ އިގްތިސާދުގެ އެންމެ މުހިންމު ސިނާއަތެވެ. މި ސިނާއަތުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ލިބޭ ސާވިސް ޗާޖަކީ އެ މުވައްޒަފުންގެ އާމްދަނީގެ އެންމެ މުހިންމު ބައެވެ. ނަމަވެސް ސަރުކާރުން ރިސޯޓުތަކުން ޑޮލަރު މާރުކުރަން ޖެހޭ އުސޫލަށް ގެނައި ބަދަލުގެ ސަބަބުން ބައެއް ރިސޯޓުތަކުން ވަނީ ރުފިޔާ އިން ސާވިސް ޗާޖު ދޭން ފަށާފަ އެވެ. 

މަސްދަރު: Resort Workers Maldives

ވޯލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށިސަރވިސްޗާޖްދިވެހި ފަތުރުވެރިކަން

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2026

އަމްބާނީ އާއިލާ އިން ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން ގެންދަނީ ރެއަކަށް ތިރީސް ހާސް ޑޮލަރަށް ވުރެ ބޮޑު ޚަރަދެއް ކޮށްގެން ކަން ހާމަ ވެއްޖެ

22 ޖެނުއަރީ 2026
އަމްބާނީ އާއިލާ އިން ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން ގެންދަނީ ރެއަކަށް ތިރީސް ހާސް ޑޮލަރަށް ވުރެ ބޮޑު ޚަރަދެއް ކޮށްގެން ކަން ހާމަ ވެއްޖެ
13 ޖެނުއަރީ 2026

60 ށް ވުރެ ގިނަ ފަހަރު ޗުއްޓީ ހޭދަ ކުރަން އައި އިނގިރޭސި ދެމަފިރިން ރާއްޖޭގައި ޑައިވް ކުރަން އުޅުމުގެ ތެރޭގައި ހިނގި ހާދިސާއެއް ގައި މަރުވެއްޖެ

13 ޖެނުއަރީ 2026
60 ށް ވުރެ ގިނަ ފަހަރު ޗުއްޓީ ހޭދަ ކުރަން އައި އިނގިރޭސި ދެމަފިރިން ރާއްޖޭގައި ޑައިވް ކުރަން އުޅުމުގެ ތެރޭގައި ހިނގި ހާދިސާއެއް ގައި މަރުވެއްޖެ
10 ޖެނުއަރީ 2026

އަހަރުގެ ފުރަތަމަ ހަފުތާގައި އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ ޔޫރަޕުން

10 ޖެނުއަރީ 2026
އަހަރުގެ ފުރަތަމަ ހަފުތާގައި އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ ޔޫރަޕުން
04 ޖެނުއަރީ 2026

2025 ވަނަ އަހަރު ނިމުނު އިރު ރާއްޖެ އަށް 2.2 މިލިއަނަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށްފި

04 ޖެނުއަރީ 2026
2025 ވަނަ އަހަރު ނިމުނު އިރު ރާއްޖެ އަށް 2.2 މިލިއަނަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށްފި
22 ޑިސެމްބަރު 2025

ޑިސެމްބަރު މަހުގެ 1ން 20ށް ލައްކަ އަކަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ އަށް ޒިޔާރަތްކޮށްފި

22 ޑިސެމްބަރު 2025
ޑިސެމްބަރު މަހުގެ 1ން 20ށް ލައްކަ އަކަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ އަށް ޒިޔާރަތްކޮށްފި
16 ޑިސެމްބަރު 2025

ޑޮލަރުގެ މައްސަލަ ހައްލު ނުވާ ސަބަބަކީ ކަޅު ބާޒާރުގައި ހުރި ފައިސާ ރާއްޖޭގައި ނޭނބުރޭ ވަރަށް އެ ފައިސާ ވެސް ސަރުކާރަށް ނެގުން: ދީދީ

16 ޑިސެމްބަރު 2025
ޑޮލަރުގެ މައްސަލަ ހައްލު ނުވާ ސަބަބަކީ ކަޅު ބާޒާރުގައި ހުރި ފައިސާ  ރާއްޖޭގައި ނޭނބުރޭ ވަރަށް އެ ފައިސާ ވެސް ސަރުކާރަށް ނެގުން: ދީދީ
09 ޑިސެމްބަރު 2025

ސަރވިސް ޗާޖު ޑޮލަރުން ދިނުން ލާޒިމު ކުރަން ގާނޫނަށް އިސްލާހެއް

09 ޑިސެމްބަރު 2025
ސަރވިސް ޗާޖު ޑޮލަރުން ދިނުން ލާޒިމު ކުރަން ގާނޫނަށް އިސްލާހެއް
18 ޖެނުއަރީ 2022

ސަރވިސް ޗާޖް ނުދިނުމުން ކަނިފިނޮޅު ރިސޯޓުގެ މުވައްޒަފުން މުޒާހަރާ ކުރަންފަށައިފި

18 ޖެނުއަރީ 2022
ސަރވިސް ޗާޖް ނުދިނުމުން ކަނިފިނޮޅު ރިސޯޓުގެ މުވައްޒަފުން މުޒާހަރާ ކުރަންފަށައިފި
17 ނޮވެމްބަރު 2021

ސަރވިސްޗާޖުގެ މައުލޫމާތު ހުށަހެޅުމަށް އަންގައިފި

17 ނޮވެމްބަރު 2021
ސަރވިސްޗާޖުގެ މައުލޫމާތު ހުށަހެޅުމަށް އަންގައިފި
16 ޖުލައި 2021

ސަރވިސް ޗާޖްގައި މައްސަލަ އުޅޭނަމަ މިނިސްޓްރީއަށް އެންގުން މުހިންމު - މިނިސްޓަރ

16 ޖުލައި 2021
ސަރވިސް ޗާޖްގައި މައްސަލަ އުޅޭނަމަ މިނިސްޓްރީއަށް އެންގުން މުހިންމު - މިނިސްޓަރ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް