Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ސަރވިސް ޗާޖު ނުދިނުމުގެ މައްސަލަ

ސަރވިސް ޗާޖް ނުދިނުމުން ކަނިފިނޮޅު ރިސޯޓުގެ މުވައްޒަފުން މުޒާހަރާ ކުރަންފަށައިފި

މީގެ ކުރިން ދެނީ ބޯނަސްއެއް

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ, ރާއްޖެ އެމްވީ | 18 ޖެނުއަރީ 2022 | އަންގާރަ 12:31
ސަރވިސް ޗާޖް ނުދިނުމުން ކްލަބް މެޑް ކަނިފިނޮޅު ރިސޯޓުގައި މުވައްޒަފުން މުޒާހަރާކުރަނީ

ސަރވިސް ޗާޖް ނުދިނުމުން ކްލަބް މެޑް ކަނިފިނޮޅު ރިސޯޓުގައި މުވައްޒަފުން މުޒާހަރާކުރަނީ

މުވައްޒަފުންނަށް ސަރވިސް ޗާޖް ނުދިނުމުން ކްލަބް މެޑް ކަނިފިނޮޅު ރިސޯޓުގެ މުވައްޒަފުން މުޒާހަރާ ކުރަން ފަށައިފިއެވެ.

މުޒާހަރާ ކުރަމުން އަންނަ މީހުންގެ ތެރެއިން ސުޕަވައިޒަރ ލެވެލްގެ ބޭފުޅަކު ރާއްޖެޓީވީއަށް މައުލޫމާތުދެއްވި ގޮތުގައި، ސަރވިސް ޗާޖް ލިބޭނެ އެއްވެސް އުސޫލެއް އެރިސޯޓުން މިހާތަނަށް ހަމަޖައްސާފައެއް ނުވެއެވެ. އަދި މީގެ ކުރިން އެރިސޯޓުން ސަރވިސް ޗާޖް ނުދޭކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ މީގެ ކުރިން ދެނީ ބޯނަސްއެއް ކަމަށެވެ. އަދި މި ބޯނަސްވެސް މަހަކު 6000 ރުފިޔާއަށްވުރެ ބޮޑުނުވާކަމަށެވެ.

Advertisement - newsAdvertisement

މީގެ އިތުރުން އެކި މުވައްޒަފުންގެ ތެރޭގައި ތަފާތުކުރުން ވަރަށް ބޮޑަށް ގެންގުޅޭކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ، ބިދޭސީ މުވައްޒަފުންނަށް އެރިސޯޓުގައި މާރަނގަޅަށް ކަންތައްކުރާ ކަމަށެވެ. އެގޮތުން ދިވެހި މުވައްޒަފެއްނަމަ އޮފް ދުވަހު ރޫމުގައި އޮންނަންޖެހޭ ކަމަށާއި، ނަމަވެސް ބިދޭސީ މުވައްޒަފުންނަށް މުޅި ރަށުގައި އުޅުމުގެ އިތުރުން ސްނޯކްލިންގ ފަދަ ކަންކަމުގައި އުޅެވޭކަމަށެވެ. ނަމަވެސް ދިވެހިންނަށް މިފަދަ ފުރުސަތެއް ނޯންނަކަމަށެވެ.

ބުދަ ދުވަހު ކުރިއަށް ގެންދިޔަ މި މުޒާހަރާގައި އެރިސޯޓުގެ 200 ވަރަކަށް މުވައްޒަފުން ވަނީ ބައިވެރިވެފައެވެ. އަދި މުވައްޒަފުންނަށް ހައްގުވާ ސަރވިސް ޗާޖް ދިނުމަށް މި މުޒާހަރާގެ ބައިވެރީން ވަނީ ގޮވާލާފައެވެ.

މި މުޒާހަރާއާ ގުޅިގެން، މިހާރު އެރިސޯޓާ ހަވާލުވެ ހުންނެވި މެނޭޖަރު ވަނީ މުޒާހަރާގެ ބައިވެރީންނާ ބައްދަލުކުރައްވާފައެވެ. އަދި ސަރވިސް ޗާޖަށް އެޑްޖަސްޓްމެންޓްތަކެއް ގެނައުމަށްފަހު އެކަން އަންގާނެކަމަށް މެނޭޖަރު ވަނީ މުޒާހަރާގެ ބައިވެރީންނަށް އަންގާފައެވެ.

ރިސޯޓުސަރވިސްޗާޖް

އިތުރަށް ކިޔާލަން

09 ޑިސެމްބަރު 2025

ސަރވިސް ޗާޖު ޑޮލަރުން ދިނުން ލާޒިމު ކުރަން ގާނޫނަށް އިސްލާހެއް

09 ޑިސެމްބަރު 2025
ސަރވިސް ޗާޖު ޑޮލަރުން ދިނުން ލާޒިމު ކުރަން ގާނޫނަށް އިސްލާހެއް
11 ސެޕްޓެމްބަރު 2025

ކުއްލި ގޮތަކަށް މަރުވި އަދީލްގެ އޮޓޮޕްސީ ރިޕޯޓު އަދިވެސް ނުލިބޭ: ފުލުހުން

11 ސެޕްޓެމްބަރު 2025
ކުއްލި ގޮތަކަށް މަރުވި އަދީލްގެ އޮޓޮޕްސީ ރިޕޯޓު އަދިވެސް ނުލިބޭ: ފުލުހުން
06 އޯގަސްޓު 2025

"ކޯޓުތަކުގައިވެސް އިންސާފު ކިރަން ހުންނަނީ ތިލަފަތެއް ނޫން، ތަރާދެއް ހުންނަނީ": މެންބަރު ޒިޔާދު

06 އޯގަސްޓު 2025
"ކޯޓުތަކުގައިވެސް އިންސާފު ކިރަން ހުންނަނީ ތިލަފަތެއް ނޫން، ތަރާދެއް ހުންނަނީ": މެންބަރު ޒިޔާދު
10 ޖުލައި 2025

ގެއްލިގެން ހޯދަމުން ދިޔަ 35 އަހަރުގެ މީހާ ފެނިއްޖެ

10 ޖުލައި 2025
ގެއްލިގެން ހޯދަމުން ދިޔަ 35 އަހަރުގެ މީހާ ފެނިއްޖެ
20 މެއި 2024

ރެފަލްސް މޯޯލްޑިވްސް ރިސޯޓުން މޫދަށް ފޭބިފަހުން ގެއްލުނު ބިދޭސީމީހާ ފެނިއްޖެ

20 މެއި 2024
ރެފަލްސް މޯޯލްޑިވްސް ރިސޯޓުން މޫދަށް ފޭބިފަހުން ގެއްލުނު ބިދޭސީމީހާ ފެނިއްޖެ
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު