Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސަރވިސް ޗާޖްގެ މައްސަލަ

ސަރވިސް ޗާޖްގައި މައްސަލަ އުޅޭނަމަ މިނިސްޓްރީއަށް އެންގުން މުހިންމު - މިނިސްޓަރ

މިނިސްޓްރީން ދަނީ ސިނާއަތުގެ މުވައްޒަފުންނާ ވަރަށް ގާތުން މަސައްކަތްކުރަމުން

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 16 ޖުލައި 2021 | ހުކުރު 08:17
ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ މުވައްޒަފުން

ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ މުވައްޒަފުން

ރިސޯޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ސަރވިސް ޗާޖުގައި މައްސަލައެއް އުޅޭކަން ފާހަގަވާނަމަ އެކަންތައް ޓޫރިޒަމް މިނިސްޓްރީއަށް އެންގުން މުހިންމުކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހު ޓޫރިޒަމް މިނިސްޓްރީން ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު މައުސޫމް ވަނީ ސަރވިސް ޗާޖުގެ ވާހަކައަކީ ދޭތެރެ ދޭތެރެއިން ވަރަށް ބޮޑަށް ދެކެވޭ ވާހަކައެއް ކަމަށާއި މިނިސްޓްރީން މިދަނީ ސިނާއަތުގެ މުވައްޒަފުންނާ ވަރަށް ގާތުން މަސައްކަތްކުރަމުން ކަމަށް ވިދާޅުވެފައެވެ. މިނިސްޓްރީން މަސައްކަތްކުރަމުން މިދަނީ ސިނާއަތުގެ ހިއްސާދާރުންނާއެކު ކަމަށާއި މުވައްޒަފުންނަކީ އެ ހިއްސާދާރުންގެ ތެރޭގައި ހިމެނޭ ބައެއްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ވަނީ ފައިނޭންޝަލް ޓްރާންސެކްޝަންތައް މިހާރު މިގެންދަނީ އޮންލައިންކޮށް ކަމަށާއި ބޭންކް ޓްރާންސެކްޝަން ތަކަކީ ވަރަށް ފަސޭހައިން މިހާރު ބެލެން ހުންނަ މައުލޫމާތުކަން ފާހަގަކުރައްވައި ރިސޯޓްތަކުގައި މިހާރު މަސައްކަތްކުރާ މުވައްޒަފުންނަށް އެ ރިސޯޓަކަށް އަންނަ ފަތުރުވެރިންގެ އަދަދަށް ބަލައި ރިސޯޓަށް އެމަހު ވަންނާނެ އާމްދަނީ އަންދާޒާ ކުރެވޭ ކަމަށާއި ސަރވިސް ޗާޖު ރަނގަޅަށް ނުލިބޭކަމަށް ވާނަމަ އެކަން މިނިސްޓްރީއަށް އަންގަން ވާނެ ކަމަށް ވިދާޅުވެފައެވެ. އެގޮތުން އެކަމަށް ހާއްސަ އީމެއިލެއް މިނިސްޓްރީން ހަދާފައިވާއިރު، ކާކުކަން ނޭނގޭ ގޮތަށް ވެސް އެ މައުލޫމާތު މިނިސްޓްރީއާ ހިއްސާކުރުމުގެ ފުރުސަތު އެބައޮތް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އޭގެއިތުރުން ސަރވިސް ޗާޖަކީ ރިސޯޓްގެ އާމްދަނީއާ ގުޅިފައި އޮންނަ އެއްޗެއް ކަމުން ސަރވިސް ޗާޖުގެ ގޮތުގައި މުވައްޒަފުންނަށް ލިބޭ ވަރު ބޮޑުކުރުމަށް މިނިސްޓްރީން މަސައްކަތްކުރާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ބޮޑެތި މުސާރަ ލިބޭ މަގާމުތައް ދިވެހިންނަށް ހޯދައިދީ ދިވެހިން އަދާކުރާ ހިތްވާ މަގާމުތަކުގެ ވަޒީފާ ދިވެހިންނަށް ހޯދައިދިނުމަށް މަސައްކަތް ކުރައްވާކަމަށް ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ ވަޒީފާއާ ބެހޭ ގާނޫނުގައި ބުނާގޮތުންނަމަ، ސަރވިސް ޗާޖަކީ ވަޒީފާދޭ ފަރާތުގެ ހައްގެއް ނޫނެވެ. އެއީ އެތަނެއްގައި މަސައްކަތްކުރާ މުވައްޒަފެއްގެ ހައްގެކެވެ. އެއީ ރިސޯޓަކަށް ވިޔަސް ނޫނީ ރެސްޓޯރަންޓަކަށް ވިޔަސް، ސަރވިސް ޗާޖެއް ނަގާނަމަ އެއީ އެ ނަގާ ތަނެއްގައި މަސައްކަތްކުރާ މުވައްޒަފުންގެ ހައްގެކެވެ. ރިސޯޓްތަކުން މުވައްޒަފުންނަށް އެކަށީގެންވާ ސަރވިސް ޗާޖެއް ނުދޭކަމުގެ ވާހަކަތައް ދޭތެރެ ދޭތެރެއިން ފެންމަތިވާއިރު، ފާއިތުވި އަހަރުގެ ޑިސެމްބަރު މަހު ރިސޯޓްތަކުން ވަނީ ސަރވިސް ޗާޖުގެ ގޮތުގައި ބޮޑެތި އަދަދުތައް ދީފައެވެ.

ސަރވިސްޗާޖްމިނިސްޓަރ އޮފް ޓުއަރިޒަމް އަބްދުﷲ މައުސޫމް

އިތުރަށް ކިޔާލަން

09 ޑިސެމްބަރު 2025

ސަރވިސް ޗާޖު ޑޮލަރުން ދިނުން ލާޒިމު ކުރަން ގާނޫނަށް އިސްލާހެއް

09 ޑިސެމްބަރު 2025
ސަރވިސް ޗާޖު ޑޮލަރުން ދިނުން ލާޒިމު ކުރަން ގާނޫނަށް އިސްލާހެއް
07 އޮކްޓޯބަރު 2023

މުސްތަގުބަލުގައި ފަތުރުވެރިކަމުގެ ދާއިރާއިން ކުރިއަށް ދިއުމަށް އެރަށުން އަނެއް ރަށާ ވާދަކުރާނެ: މިނިސްޓަރު މައުސޫމް

07 އޮކްޓޯބަރު 2023
މުސްތަގުބަލުގައި ފަތުރުވެރިކަމުގެ ދާއިރާއިން ކުރިއަށް ދިއުމަށް އެރަށުން އަނެއް ރަށާ ވާދަކުރާނެ: މިނިސްޓަރު މައުސޫމް
30 ޖޫން 2023

ފަތުރުވެރިކަމުގެ ވެރިންނަށް ދިވެހިން ހެދުމަކީ މަޤްސަދު: ޓޫރިޒަމް މިނިސްޓަރު

30 ޖޫން 2023
ފަތުރުވެރިކަމުގެ ވެރިންނަށް ދިވެހިން ހެދުމަކީ މަޤްސަދު: ޓޫރިޒަމް މިނިސްޓަރު
14 ޖެނުއަރީ 2023

ފަތުރުވެރިކަމުގެ ފަސްވަނަ މާސްޓަރ ޕްލޭން މި މަހުގެ ތެރޭގައި ލޯންޗުކުރާނެ: މިނިސްޓަރ މައުސޫމް

14 ޖެނުއަރީ 2023
ފަތުރުވެރިކަމުގެ ފަސްވަނަ މާސްޓަރ ޕްލޭން މި މަހުގެ ތެރޭގައި ލޯންޗުކުރާނެ: މިނިސްޓަރ މައުސޫމް
02 އޮކްޓޯބަރު 2022

ފަތުރުވެރިކަމަށް ކުރިއެރުން އަންނަ މައިގަނޑު ސަބަބަކީ ކަމާ ގުޅުންހުރި މީހުންގެ ޚިޔާލާއި މަޝްވަރާ ރައީސް ހޯއްދަވާތީ: މިނިސްޓަރ މައުސޫމް

02 އޮކްޓޯބަރު 2022
ފަތުރުވެރިކަމަށް ކުރިއެރުން އަންނަ މައިގަނޑު ސަބަބަކީ ކަމާ ގުޅުންހުރި މީހުންގެ ޚިޔާލާއި މަޝްވަރާ ރައީސް ހޯއްދަވާތީ: މިނިސްޓަރ މައުސޫމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު