Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުފަތުރުވެރިކަން

އަހަރުގެ ފުރަތަމަ ހަފުތާގައި އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ ޔޫރަޕުން

10 ޖެނުއަރީ 2026 | ހޮނިހިރު 08:55

2026 ވަނަ އަހަރުގެ ފުރަތަމަ ހަފްތާގައި ރާއްޖެއަށް 43,481 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު މިއީ ކުރީ އަހަރާ އަޅާބަލާއިރު 14.6 އިންސައްތައިގެ ކުރިއެރުމެއް. އެންމެ ގިނައިން ފަތުރުވެރިން އައީ ރަޝިޔާ އިން ކަމަށްވާއިރު ދެވަނައަށް އިޓަލީން ފަތުރުވެރިން އައިސްފައިވޭ. 69 އިންސައްތަ ފަތުރުވެރިން ރިސޯޓުތަކުގައި މަޑުކޮށްފައިވާއިރު 25 އިންސައްތަ ފަތުރުވެރިން ގެސްޓްހައުސްތަކުގައި ތިބި ކަމަށް ތަފާސް ހިސާބުތައް ދައްކާ.

ރާއްޖެ އެމްވީ | 10 ޖެނުއަރީ 2026 | ހޮނިހިރު 08:55
ރާއްޖެ އަށް ޒިޔާރަތްކުރި ރަޝިޔާގެ ދެ ފަތުރުވެރިން އެއަރޓެކްސީ އިން ފައިބައިގެން ރިސޯޓަށް ދިއުމަށް ލޯންޗުގައި މަޑުކޮށްލައިގެން

ރާއްޖެ އަށް ޒިޔާރަތްކުރި ރަޝިޔާގެ ދެ ފަތުރުވެރިން އެއަރޓެކްސީ އިން ފައިބައިގެން ރިސޯޓަށް ދިއުމަށް ލޯންޗުގައި މަޑުކޮށްލައިގެން | ގެޓީ އިމޭޖަސް

މި އަހަރުގެ ފުރަތަމަ ހަފުތާގައި އެންމެ ގިނައިން ފަތުރުވެރިން އައިސްފައި ވަނީ ޔޫރަޕުން ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

ޖެނުއަރީ 7 ވަނަ ދުވަހު އާންމުކުރި ފަތުރުވެރިކަމާ ބެހޭ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި، 2026 ވަނަ އަހަރުގެ ފުރަތަމަ ހަފުތާގައި ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ އޭގެ ކުރީ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ބޮޑުތަނުން އިތުރުވެފަ އެވެ.

މި އަހަރުގެ ޖެނުއަރީ 6 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޖުމްލަ 43,481 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، 2025 ވަނަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް އައީ 37,928 ފަތުރުވެރިންނެވެ. މިއީ 14.6 އިންސައްތައިގެ ކުރިއެރުމެކެވެ. 

ޖެނުއަރީ މަހުގެ ފުރަތަމަ ހަ ދުވަހު ދުވާލަކު އެވްރެޖްކޮށް 7,200 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެ އެވެ. އެންމެ ގިނަ ފަތުރުވެރިން އައިސްފައި ވަނީ އާ އަހަރުގެ ބަންދު ދުވަސްވަރުގައެވެ. އޭގެ ފަހުން، ފަތުރުވެރިން އަންނަ މިންވަރު ކުޑަކޮށް ދަށަށް ގޮސްފައިވާކަން ފާހަގަ ކުރެވެ އެވެ.

2026 ވަނަ އަހަރުގެ ފުރަތަމަ ހަފުތާގައި އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ ޔޫރަޕްގެ ގައުމުތަކުންނެވެ. އެގޮތުން ޖުމްލަ ފަތުރުވެރިންގެ 21 އިންސައްތައާއެކު އެންމެ ކުރީގައި އުޅެނީ ރަޝިޔާ އެވެ. ދެވަނަ އަށް އެންމެ ގިނަ ފަތުރުވެރިން އައީ އިޓަލީންނެވެ. އެއީ 16.2 އިންސައްތަ އެވެ. މީގެ އިތުރުން އިނގިރޭސިވިލާތް، ޖަރުމަނުވިލާތް އަދި އެމެރިކާއަކީ ވެސް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމުތަކެވެ. 

ފަތުރުވެރިން ތިބުމަށް އެންމެ ގިނައިން އިޚްތިޔާރުކުރަނީ ރިސޯޓުތަކެވެ. އެގޮތުން 69 އިންސައްތަ ފަތުރުވެރިން ރިސޯޓުތަކުގައި މަޑުކޮށްފައިވާއިރު، 25 އިންސައްތައަށްވުރެ ގިނަ ފަތުރުވެރިން ތިބީ ގެސްޓްހައުސްތަކުގަ އެވެ. ބާކީ ބައި ހިއްސާކުރަނީ ހޮޓާތަކާއި ސަފާރީ އުޅަނދުތަކެވެ.

ޖެނުއަރީ 6 ވަނަ ދުވަހާ ހަމައަށް ރާއްޖޭގެ ރިސޯޓުތަކާއި، ގެސްޓްހައުސްތަކާއި، ހޮޓާ އަދި ސަފާރީތައް ހިމެނޭހެން ޖުމްލަ 67,600 އަށްވުރެ ގިނަ އެނދު ބޭނުން ކުރެވޭ ކަމަށް ތަފާސް ހިސާބުން ހާމަވެއެވެ. 

ރާއްޖޭގެ އިގުތިސާދު ފަތުވެރިކަމުގެ މައްޗަށް ބިނާވެފަައި އޮތް އިރު 2025 ވަނަ އަހަރު ރާއްޖެ އަށް، 2.24 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި އެވެ.

ޓޫރިޒަމް މިނިސްޓްރީފަތުރުވެރިކަމުގެ ޞިނާޢަތްދިވެހި ފަތުރުވެރިކަން

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

4

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

5

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

އިތުރަށް ކިޔާލަން

04 ޖެނުއަރީ 2026

2025 ވަނަ އަހަރު ނިމުނު އިރު ރާއްޖެ އަށް 2.2 މިލިއަނަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށްފި

04 ޖެނުއަރީ 2026
2025 ވަނަ އަހަރު ނިމުނު އިރު ރާއްޖެ އަށް 2.2 މިލިއަނަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށްފި
22 ޑިސެމްބަރު 2025

ޑިސެމްބަރު މަހުގެ 1ން 20ށް ލައްކަ އަކަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ އަށް ޒިޔާރަތްކޮށްފި

22 ޑިސެމްބަރު 2025
ޑިސެމްބަރު މަހުގެ 1ން 20ށް ލައްކަ އަކަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ އަށް ޒިޔާރަތްކޮށްފި
09 ޑިސެމްބަރު 2025

ސަރވިސް ޗާޖު ޑޮލަރުން ދިނުން ލާޒިމު ކުރަން ގާނޫނަށް އިސްލާހެއް

09 ޑިސެމްބަރު 2025
ސަރވިސް ޗާޖު ޑޮލަރުން ދިނުން ލާޒިމު ކުރަން ގާނޫނަށް އިސްލާހެއް
04 އޯގަސްޓު 2025

ޓޫރިޒަމް ޓްރަސްޓު ފަންޑުގެ ގަވައިދު އެކުލަވާލައިފި

04 އޯގަސްޓު 2025
ޓޫރިޒަމް ޓްރަސްޓު ފަންޑުގެ ގަވައިދު އެކުލަވާލައިފި
27 ޖޫން 2025

ހަލާލް ޓޫރިޒަމް ކުރިއަރުވަން، ލުއިތަކާ އެކު ރަށްތަކެއް ދޫކުރަނީ

27 ޖޫން 2025
ހަލާލް ޓޫރިޒަމް ކުރިއަރުވަން، ލުއިތަކާ އެކު ރަށްތަކެއް ދޫކުރަނީ
14 އެޕްރީލު 2025

ސައުދީން ވީއައިއޭ ތަރައްގީ ކުރުމަށް ބޭނުންވާ އިތުރު 17 މިލިއަން ޑޮލަރުގެ ލޯނެއް ދީފި

14 އެޕްރީލު 2025
ސައުދީން ވީއައިއޭ ތަރައްގީ ކުރުމަށް ބޭނުންވާ އިތުރު 17 މިލިއަން ޑޮލަރުގެ ލޯނެއް ދީފި
22 އޮކްޓޯބަރު 2024

ބޭރު މީހުން ރާއްޖޭގައި އިންވެސްޓް ކުރުމަކީ މައްސަލަ އެއް ނޫން، އެއީ އިންޑަސްޓްރީ ގެއްލުން ކަމަށް ޤަބޫލެއް ނުކުރެވޭ - އުއްޗު

22 އޮކްޓޯބަރު 2024
ބޭރު މީހުން ރާއްޖޭގައި އިންވެސްޓް ކުރުމަކީ މައްސަލަ އެއް ނޫން، އެއީ އިންޑަސްޓްރީ ގެއްލުން ކަމަށް ޤަބޫލެއް ނުކުރެވޭ - އުއްޗު
20 ޑިސެމްބަރު 2023

މިއަހަރުގެ 1.8 މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔައިފި

20 ޑިސެމްބަރު 2023
މިއަހަރުގެ 1.8 މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔައިފި
20 ނޮވެމްބަރު 2023

އަމާޒަކީ ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ އާމްދަނީ 6 ބިލިއަން ޑޮލަރަށް އިތުރުކުރުން: ޓޫރިޒަމް މިނިސްޓަރު

20 ނޮވެމްބަރު 2023
އަމާޒަކީ ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ އާމްދަނީ 6 ބިލިއަން ޑޮލަރަށް އިތުރުކުރުން: ޓޫރިޒަމް މިނިސްޓަރު
15 ނޮވެމްބަރު 2023

ކޮވިޑުން އަރައިގަނެ ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވި ގޮތުގެ ޑޮކިއުމަންޓްރީއެއް މިރޭ ނެރެނީ

15 ނޮވެމްބަރު 2023
ކޮވިޑުން އަރައިގަނެ ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވި ގޮތުގެ ޑޮކިއުމަންޓްރީއެއް މިރޭ ނެރެނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް