Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފަތުރުވެރިކަން

ޑިސެމްބަރު މަހުގެ 1ން 20ށް ލައްކަ އަކަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ އަށް ޒިޔާރަތްކޮށްފި

22 ޑިސެމްބަރު 2025 | ހޯމަ 06:36

2025 ވަނަ އަހަރުގެ ޑިސެމްބަރު 20 ވަނަ ދުވަހާ ހަމައަށް ރާއްޖެ އަށް 2,157,341 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. މިއީ ފާއިތުވި އަހަރާ އަޅާބަލާއިރު ފާހަގަކުރެވޭ އިތުރުވުމެކެވެ. އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ޗައިނާއާއި ރަޝިޔާ އާއި އިނގިރޭސިވިލާތުންނެވެ. މި މުއްދަތުގައި ތިންބައިކުޅަ ދެބަޔަށްވުރެ ގިނަ ފަތުރުވެރިން ބޭނުންކޮށްފައިވަނީ ރިސޯޓުތައް.

ރާއްޖެ އެމްވީ | 22 ޑިސެމްބަރު 2025 | ހޯމަ 06:36
މާލޭ އިންޓަނޭޝަނަލް އެއާޕޯޓުގެ ސީޑްރޯމްގައި ޓްރާންސް މޯލްޑިވިއަން އެއާވޭސްގެ ސީޕްލޭންތަކަށް ފަތުރުވެރިންގެ ލަގެޖު ޕޯޓަރުން ގެންދަނީ

މާލޭ އިންޓަނޭޝަނަލް އެއާޕޯޓުގެ ސީޑްރޯމްގައި ޓްރާންސް މޯލްޑިވިއަން އެއާވޭސްގެ ސީޕްލޭންތަކަށް ފަތުރުވެރިންގެ ލަގެޖު ޕޯޓަރުން ގެންދަނީ

ފަތުރުވެރިކަމާ ބެހޭ ވުޒާރާ އިން ނެރެފައިވާ ތަފާސް ހިސާބުން ދައްކާ ގޮތުގައި، 2025 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 1ން 20ށް 135,280 ފަތުރުވެރިން ރާއްޖެ އަށް ޒިޔާރަތްކޮށްފި އެވެ.

މިއީ ފާއިތުވި އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު 10.8 އިންސައްތައިގެ ކުރިއެރުމެކެވެ. ފާއިތުވި އަހަރުގެ މި މުއްދަތުގައި އައިސްފައި ވަނީ 122,064 ފަތުރުވެރިންނެވެ. މި މުއްދަތުގެ ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 6,764 ފަތުރުވެރިން ޒިޔާރަތް ކޮށްފައިވެ އެވެ. 

Advertisement - newsAdvertisement

ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހާ ހަމައަށް، މި އަހަރު ރާއްޖެ އަށް ޖުމްލަ އައިސްފައިވާ ފަތުރުވެރިންގެ އަދަދު ވަނީ 2,157,341ށް އަރާފައެވެ. މިއީ 2024 ވަނަ އަހަރުގެ މި މުއްދަތުގައި އައިސްފައިވާ 1,959,699 ފަތުރުވެރިންނާ އަޅާ ބަލާއިރު، ފާހަގަ ކުރެވޭ އިތުރުވުމެކެވެ. 

ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހާ ހަމައަށް، އެންމެ ގިނަ ފަތުރުވެރިން އައިސްފައިވާ މާކެޓަކީ ޗައިނާ އެވެ. ޗައިނާ އިން 325,544 ފަތުރުވެރިން އައިސްފައިވާއިރު، ދެވަނަ އަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވާ ރަޝިޔާ އިން 267,341 ފަތުރުވެރިން އައިސްފައިވެ އެވެ. އިނގިރޭސިވިލާތުން 194,931 ފަތުރުވެރިން އައިސް ތިންވަނައިގައި އެ ގައުމު ވަނީ ހިމެނިފަ އެވެ. ޖަރުމަނާއި އިޓަލީ އަކީ އެންމެ ގިނަ ފަތުރުވެރިން އައި ފަސް މާކެޓުގެ ތެރޭގައި ހިމެނޭ ދެ ގައުމެވެ. 

ފަތުރުވެރިންނަށް ހިދުމަތްދޭ ތަންތަނަށް ބަލާއިރު، މި އަހަރު މިހާތަނަށް ރާއްޖެ އަށް އައިސްފައިވާ ފަތުރުވެރިންގެ ތިންބައިކުޅަ ދެބަޔަށްވުރެ ގިނަ ފަތުރުވެރިން ބޭނުންކޮށްފައި ވަނީ ރިސޯޓުތަކެވެ. ގެސްޓްހައުސްތަކުން މި މުއްދަތުގައި ގާތްގަނޑަކަށް ފަތުރުވެރިންގެ ފަސްބައިކުޅަ އެއްބަޔަށްވުރެ ތަންކޮޅެއް އިތުރު ހިއްސާއެއް ހޯދާފައިވެއެވެ. ހޮޓާ ސަފާރީ އުޅަނދުފަހަރުގެ ހިއްސާ ކުޑަކަން ފާހަގަ ކުރެވެއެވެ. 

ރިސޯޓުދިވެހި ފަތުރުވެރިކަން

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

11 ސެޕްޓެމްބަރު 2025

ކުއްލި ގޮތަކަށް މަރުވި އަދީލްގެ އޮޓޮޕްސީ ރިޕޯޓު އަދިވެސް ނުލިބޭ: ފުލުހުން

11 ސެޕްޓެމްބަރު 2025
ކުއްލި ގޮތަކަށް މަރުވި އަދީލްގެ އޮޓޮޕްސީ ރިޕޯޓު އަދިވެސް ނުލިބޭ: ފުލުހުން
06 އޯގަސްޓު 2025

"ކޯޓުތަކުގައިވެސް އިންސާފު ކިރަން ހުންނަނީ ތިލަފަތެއް ނޫން، ތަރާދެއް ހުންނަނީ": މެންބަރު ޒިޔާދު

06 އޯގަސްޓު 2025
"ކޯޓުތަކުގައިވެސް އިންސާފު ކިރަން ހުންނަނީ ތިލަފަތެއް ނޫން، ތަރާދެއް ހުންނަނީ": މެންބަރު ޒިޔާދު
10 ޖުލައި 2025

ގެއްލިގެން ހޯދަމުން ދިޔަ 35 އަހަރުގެ މީހާ ފެނިއްޖެ

10 ޖުލައި 2025
ގެއްލިގެން ހޯދަމުން ދިޔަ 35 އަހަރުގެ މީހާ ފެނިއްޖެ
20 މެއި 2024

ރެފަލްސް މޯޯލްޑިވްސް ރިސޯޓުން މޫދަށް ފޭބިފަހުން ގެއްލުނު ބިދޭސީމީހާ ފެނިއްޖެ

20 މެއި 2024
ރެފަލްސް މޯޯލްޑިވްސް ރިސޯޓުން މޫދަށް ފޭބިފަހުން ގެއްލުނު ބިދޭސީމީހާ ފެނިއްޖެ
06 އެޕްރީލު 2023

ރިސޯޓުތަކުގައި މަސައްކަތްކުރާ 70 އިންސައްތަ މުވައްޒަފުންނަކީ ބިދޭސީން

06 އެޕްރީލު 2023
ރިސޯޓުތަކުގައި މަސައްކަތްކުރާ 70 އިންސައްތަ މުވައްޒަފުންނަކީ ބިދޭސީން
13 މާރިޗު 2023

343 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓް ޕްރޮޖެކްޓެއް ރާއްޖޭގައި ހިންގަނީ

13 މާރިޗު 2023
343 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓް ޕްރޮޖެކްޓެއް ރާއްޖޭގައި ހިންގަނީ
25 ފެބުރުއަރީ 2023

ރިސޯޓް މުވައްޒަފުންނަށް ތުނބުޅި ބެހެއްޓޭ ގޮތް ހަދަން ޕެޓިޝަނެއް

25 ފެބުރުއަރީ 2023
ރިސޯޓް މުވައްޒަފުންނަށް ތުނބުޅި ބެހެއްޓޭ ގޮތް ހަދަން ޕެޓިޝަނެއް
25 އޮކްޓޯބަރު 2022

ފަތުރުވެރިންނަށް ޚިދުމަތްދޭ ތަންތަނުގެ ސަލާމަތީ ކަންކަން ވަރުގަދަކުރަން އެދިއްޖެ

25 އޮކްޓޯބަރު 2022
ފަތުރުވެރިންނަށް ޚިދުމަތްދޭ ތަންތަނުގެ ސަލާމަތީ ކަންކަން ވަރުގަދަކުރަން އެދިއްޖެ
19 އެޕްރީލު 2022

ރިސޯޓް ކުއްޔާއި ޖޫރިމަނާގެ ގޮތުގައި ނުދައްކާ ހުރި ފައިސާ އަހަރުން އަހަރަށް އިތުރުވަނީ އެގްރިމެންޓް ބާތިލުނުކުރާތީ

19 އެޕްރީލު 2022
ރިސޯޓް ކުއްޔާއި ޖޫރިމަނާގެ ގޮތުގައި ނުދައްކާ ހުރި ފައިސާ އަހަރުން އަހަރަށް އިތުރުވަނީ އެގްރިމެންޓް ބާތިލުނުކުރާތީ
18 ޖެނުއަރީ 2022

ސަރވިސް ޗާޖް ނުދިނުމުން ކަނިފިނޮޅު ރިސޯޓުގެ މުވައްޒަފުން މުޒާހަރާ ކުރަންފަށައިފި

18 ޖެނުއަރީ 2022
ސަރވިސް ޗާޖް ނުދިނުމުން ކަނިފިނޮޅު ރިސޯޓުގެ މުވައްޒަފުން މުޒާހަރާ ކުރަންފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް