Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މަރުގެ ހާދިސާ

60 ށް ވުރެ ގިނަ ފަހަރު ޗުއްޓީ ހޭދަ ކުރަން އައި އިނގިރޭސި ދެމަފިރިން ރާއްޖޭގައި ޑައިވް ކުރަން އުޅުމުގެ ތެރޭގައި ހިނގި ހާދިސާއެއް ގައި މަރުވެއްޖެ

މި ދެމަފިރިންގެ މަރުގެ މައްސަލަ ބަލައި، ހަގީގަތް ދެނެގަތުމަށްޓަކައި ޗެސްޓަފީލްޑް ކޮރޯނާސް ކޯޓުގައި ޖެނުއަރީ 30 ވަނަ ދުވަހު އަޑުއެހުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ

ރާއްޖެ އެމްވީ | 13 ޖެނުއަރީ 2026 | އަންގާރަ 18:21
އިލެއިން ރިޗްމަންޑް، 70، (ވ) އަދި އޭނާގެ ފިރިމީހާ މެލްކަމް، 71.

އިލެއިން ރިޗްމަންޑް، 70، (ވ) އަދި އޭނާގެ ފިރިމީހާ މެލްކަމް، 71. | ޑެއިލީ މެއިލް

60 ށް ވުރެ ގިނަ ފަހަރު ޗުއްޓީ ހޭދަ ކުރަން ރާއްޖެ އަށް ޒިޔާރަތް ކޮށްފައިވާ އިނގިރޭސި ދެމަފިރިން ރާއްޖޭ ގައި ޑައިވް ކުރަން އުޅުމުގެ ތެރޭގައި ހިނގި ހާދިސާއެއް ގައި މަރުވެއްޖެ އެވެ.

އިނގިރޭސިވިލާތުގެ ޑެއިލީ މެއިލް އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި މިދިޔަ ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހު، އުމުރުން 70 އަހަރުގެ އިލެއިން ރިޗްމަންޑް މަރުވީ އދ. އެއްލައިދޫ ކައިރީގައި ޑައިވް ކުރަން އުޅުމުގެ ތެރޭގަ އެވެ. އޭނާގެ ފިރިމީހާ، އުމުރުން 71 އަހަރުގެ މެލްކަމް ރިޗްމަންޑް މަރުވީ އޭގެ ތިން ދުވަސް ފަހުން، ޑިސެމްބަރު މަހުގެ 22 ވަނަ ދުވަހު ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސީދާ ސަބަބު އަދި ސާފުވެފައި ނުވާއިރު، މިކަމާ ގުޅޭ އިތުރު ތަފްސީލުތައް އަދި ވަނީ ލިބޭގޮތް ނުވެފައި ކަމަށް ޑެއިލީ މެއިލް ގައިވެ އެވެ.

މި ދެމަފިރިންނަކީ "މޯލްޑިވްސް ހޮލިޑޭމޭކާސް" ނަމަކަށް ކިޔާ ގްރޫޕުގެ މެންބަރުންގެ މެދުގައި މަގުބޫލު، އެއްލައިދޫ ރިސޯޓަށް ގަވާއިދުން ޒިޔާރަތްކުރާ ދެމަފިރިން ކަމަށްވެ އެވެ. އެމީހުން ވަނީ މިހާތަނަށް 60 އަށް ވުރެ ގިނަ ފަހަރު އެ ރިސޯޓަށް ޒިޔާރަތްކޮށްފައި ކަމަށް ރިޕޯޓު ކޮށްފައިވެ އެވެ. އަދި ވޭތުވެދިޔަ 17 އަހަރުގެ ކްރިސްމަސް ބަންދުގައި މެދުކެނޑުމެއް ނެތި އެމީހުން ހޭދަކޮށްފައި ވަނީ ވެސް އެ ރިސޯޓުގަ އެވެ.

ފޭސްބުކް ގްރޫޕެއް ކަމަށްވާ "މޯލްޑިވްސް ހޮލިޑޭމޭކާސް" ގައި އެމީހުންނަށް ތައުޒިޔާ ކިޔަމުން ބުނެފައި ވަނީ، އެ ގްރޫޕުގެ އެންމެ ގާތް ދެ މެންބަރުން ކަމަށްވާ އިލެއިން އާއި މެލްކަމް ރިޗްމަންޑް، ކްރިސްމަސް ބަންދުގެ ތެރޭގައި ރާއްޖޭގައި މަރުވި ޚަބަރު އަޑުއެހީ ވަރަށް ފުން ހިތާމަޔާއެކު ކަމަށެވެ.

މި ދެމަފިރިންގެ މަރުގެ މައްސަލަ ބަލައި، ހަގީގަތް ދެނެގަތުމަށްޓަކައި ޗެސްޓަފީލްޑް ކޮރޯނާސް ކޯޓުގައި ޖެނުއަރީ 30 ވަނަ ދުވަހު އަޑުއެހުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މާލެ އާ ގާތްގަނޑަކަށް 42 ކިލޯމީޓަރު (26 މޭލު) ދުރުގައި އޮންނަ އެއްލައިދޫ އަކީ ފަތުރުވެރިންގެ މެދުގައި، ހާއްސަކޮށް ޑައިވް ކުރާ މީހުންގެ މެދުގައި ވަރަށް މަގުބޫލު ރިސޯޓެކެވެ.

މި ހާދިސާ އާ ބެހޭ ގޮތުން ރިސޯޓުގެ ފަރާތުން ވެސް އަދި ސަރުކާރުގެ ކަމާ ބެހޭ ފަރާތުން ވެސް އެއްޗެއް ބުނެފަ އެއް ނުވެ އެވެ.

މަސްދަރު: ޑެއިލީ މެއިލް

އެއްލައިދޫމޯލްޑިވްސް ހޮލިޑޭމޭކާސްދިވެހި ފަތުރުވެރިކަން

ކޮމެންޓް

އިތުރަށް ކިޔާލަން

އަހަރުގެ ފުރަތަމަ ހަފުތާގައި އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ ޔޫރަޕުން

އަހަރުގެ ފުރަތަމަ ހަފުތާގައި އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ ޔޫރަޕުން

10 ޖެނުއަރީ 2026
2025 ވަނަ އަހަރު ނިމުނު އިރު ރާއްޖެ އަށް 2.2 މިލިއަނަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށްފި

2025 ވަނަ އަހަރު ނިމުނު އިރު ރާއްޖެ އަށް 2.2 މިލިއަނަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށްފި

04 ޖެނުއަރީ 2026
ޑިސެމްބަރު މަހުގެ 1ން 20ށް ލައްކަ އަކަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ އަށް ޒިޔާރަތްކޮށްފި

ޑިސެމްބަރު މަހުގެ 1ން 20ށް ލައްކަ އަކަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ އަށް ޒިޔާރަތްކޮށްފި

22 ޑިސެމްބަރު 2025
ހިރިނައިދޫ އަކީ އެ އަތޮޅު ނެއްލައިދޫގެ ބައެއް ކަމަށް ކަނޑައަޅައިފި

ހިރިނައިދޫ އަކީ އެ އަތޮޅު ނެއްލައިދޫގެ ބައެއް ކަމަށް ކަނޑައަޅައިފި

01 މެއި 2025
މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ

މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ

01 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

8 އެޕްރީލު
ކުރިއަށް އޮތް 6 މަސް ދުވަހަށް އެމްޕީއެލް މުވައްޒަފުންގެ އިތުރު ގަޑީގެ ފައިސާ ކަނޑާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ކުރިއަށް އޮތް 6 މަސް ދުވަހަށް އެމްޕީއެލް މުވައްޒަފުންގެ އިތުރު ގަޑީގެ ފައިސާ ކަނޑާލައިފި

ޝިފާ ހޮސްޕިޓަލް ޤަބުރުސްތާނަކަށް، މުޅި ތަނުގައި ޤަބުރު ކުނިވަސް!
20242 އަހަރު ކުރިން
ރިޕޯޓު

ޝިފާ ހޮސްޕިޓަލް ޤަބުރުސްތާނަކަށް، މުޅި ތަނުގައި ޤަބުރު ކުނިވަސް!

"2 މިލިއަނުންވެސް ނުފުދޭ، ދެން ކޮންތާކުންތަ ފައިސާ ނެރެންވީ؟"
20233 އަހަރު ކުރިން
ރިޕޯޓު

"2 މިލިއަނުންވެސް ނުފުދޭ، ދެން ކޮންތާކުންތަ ފައިސާ ނެރެންވީ؟"

ހަތަރު އަހަރު ފަހުން ދަރިފުޅު ފެނުނީ ޑްރަގާއި ދެކޮޅަށް ތެދުވުމަށް އެމްޓީސީސީން ދިން ފުރުސަތުގެ ސަބަބުން
20224 އަހަރު ކުރިން
ރިޕޯޓު

ހަތަރު އަހަރު ފަހުން ދަރިފުޅު ފެނުނީ ޑްރަގާއި ދެކޮޅަށް ތެދުވުމަށް އެމްޓީސީސީން ދިން ފުރުސަތުގެ ސަބަބުން

"ޕޮލިސް ބޯޑު" އެކުލަވާލައްވައިފި
20215 އަހަރު ކުރިން
ރާއްޖެ

"ޕޮލިސް ބޯޑު" އެކުލަވާލައްވައިފި

މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލާނަން: ޖާބިރު
20197 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލާނަން: ޖާބިރު

ބަރުދަން ލުއި ކުރަން ޕާސްތާ ބަރާބަރު: ދިރާސާ
20188 އަހަރު ކުރިން
ސިއްހަތު

ބަރުދަން ލުއި ކުރަން ޕާސްތާ ބަރާބަރު: ދިރާސާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު