Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުފަތުރުވެރިކަން

2025 ވަނަ އަހަރު ނިމުނު އިރު ރާއްޖެ އަށް 2.2 މިލިއަނަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށްފި

4 ޖެނުއަރީ 2026 | އާދީއްތަ 03:41

2025 ވަނަ އަހަރު ރާއްޖެއަށް 2.2 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު މިއީ 2024 ވަނަ އަހަރާ އަޅާބަލާއިރު 8.7 އިންސައްތައިގެ ކުރިއެރުމެއް. އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޑިސެމްބަރު މަހު 218,650 ފަތުރުވެރިން.

ރާއްޖެ އެމްވީ | 4 ޖެނުއަރީ 2026 | އާދީއްތަ 03:41
މިސް ވޯލްޑް 2000 ކޮންޓެސްޓް ގައި މިސް އިންޑިއާ، ޕްރިޔަންކާ ޗޯޕްރާ ރާއްޖޭގެ ރިސޯޓެއްގައި

މިސް ވޯލްޑް 2000 ކޮންޓެސްޓް ގައި މިސް އިންޑިއާ، ޕްރިޔަންކާ ޗޯޕްރާ ރާއްޖޭގެ ރިސޯޓެއްގައި

2025 ވަނަ އަހަރު ރާއްޖެ އަށް 2.2 މިލިއަނަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ހުސްވި އަހަރު ރާއްޖެ އަށް ޒިޔާރަތް ކުރި ޖުމްލަ ފަތުރުވެރިންގެ އަދަދަކީ 2,240,711 އެވެ. މިއީ 2024 ވަނަ އަހަރު ޒިޔާރަތްކުރި 2,046,615 ފަތުރުވެރިންނާ އަޅާބަލާއިރު 8.7 އިންސައްތައިގެ ކުރިއެރުމެކެވެ. 

އަހަރުގެ އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި މަހަކަށް ވެފައިވަނީ ޑިސެމްބަރު މަހެވެ. އެ މަހު 218,650 ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ. ދެން އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި މަސްތަކަކީ ޖެނުއަރީ (214,863 ފަތުރުވެރިން) އަދި ފެބުރުއަރީ (214,091 ފަތުރުވެރިން) މަހެވެ.

މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓުން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، ޑިސެމްބަރު މަހުގެ އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޑިސެމްބަރު 21 ވަނަ ދުވަހުއެވެ. އެ ދުވަހު އެކަނިވެސް 9,613 ފަތުރުވެރިން ރާއްޖެ އަށް އެތެރެވި އެވެ.

ބައިނަލްއަގުވާމީ މާކެޓުތަކަށް ބަލާއިރު، ރާއްޖެ އަށް އެންމެ ގިނައިން ފަތުރުވެރިން އައީ ޗައިނާއިންނެވެ. އެއީ 329,827 ފަތުރުވެރިން (14.7 އިންސައްތަ) އެވެ. ދެވަނަ އަށް އެންމެ ގިނަ ފަތުރުވެރިން އައި ރަޝިޔާ އިން 277,391 ފަތުރުވެރިން (12.4 އިންސައްތަ) ޒިޔާރަތްކުރިއިރު، ތިން ވަނަ އަށް އެންމެ ގިނަ ފަތުރުވެރިން އައީ އިނގިރޭސިވިލާތުންނެވެ. އެއީ 201,197 ފަތުރުވެރިން (9 އިންސައްތަ) އެވެ. މީގެ އިތުރުން ޖަރުމަނުވިލާތް، އިޓަލީ، އިންޑިއާ، އެމެރިކާ، ފްރާންސް، ސްޕެއިން އަދި ސްވިޒަލޭންޑަކީ ވެސް ފާހަގަކޮށްލެވޭ މުހިންމު މާކެޓުތަކެވެ.

ފަތުރުވެރިން ޗުއްޓީ ހޭދަ ކުރަން ބޭނުންކުރި ވަސީލަތްތަކަށް ބަލާއިރު، އެންމެ ބޮޑު ހިއްސާ އެއް އޮތީ ރިސޯޓުތަކުގައެވެ. އެއީ ޖުމްލަ އެނދުގެ 66 އިންސައްތަ އެވެ. މީގެ އިތުރުން ގެސްޓްހައުސްތަކުގައި 25 އިންސައްތަ، ސަފާރީ އުޅަނދުފަހަރުގައި 5 އިންސައްތަ އަދި ހޮޓާތަކުގައި 4 އިންސައްތަ އެނދު ހިއްސާކުރި އެވެ.

ރިސޯޓްދިވެހި ފަތުރުވެރިކަންމިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

4

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

5

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

އިތުރަށް ކިޔާލަން

22 ޑިސެމްބަރު 2025

ޑިސެމްބަރު މަހުގެ 1ން 20ށް ލައްކަ އަކަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ އަށް ޒިޔާރަތްކޮށްފި

22 ޑިސެމްބަރު 2025
ޑިސެމްބަރު މަހުގެ 1ން 20ށް ލައްކަ އަކަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ އަށް ޒިޔާރަތްކޮށްފި
13 ޑިސެމްބަރު 2025

"5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް"ގެ ދަށުން، ރައީސް މުއިއްޒު ގެ ދެކަނބަލުން ރ. ދުވާފަރުގައި ރުއް އިންދަވައިދެއްވައިފި

13 ޑިސެމްބަރު 2025
"5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް"ގެ ދަށުން، ރައީސް މުއިއްޒު ގެ ދެކަނބަލުން ރ. ދުވާފަރުގައި ރުއް އިންދަވައިދެއްވައިފި
27 ނޮވެމްބަރު 2025

ހުއްދަތައް 3 ދުވަސް ތެރޭގައި ދިނުމަށް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީ އަށް މުއިއްޒު އަންގަވައިފި

27 ނޮވެމްބަރު 2025
ހުއްދަތައް 3 ދުވަސް ތެރޭގައި ދިނުމަށް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީ އަށް މުއިއްޒު އަންގަވައިފި
05 ނޮވެމްބަރު 2025

އޮކްޓޯބަރު މަހު 190.000 ށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ އަށް ޒިޔާރަތް ކޮށްފި

05 ނޮވެމްބަރު 2025
އޮކްޓޯބަރު މަހު 190.000 ށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ އަށް ޒިޔާރަތް ކޮށްފި
09 އޮކްޓޯބަރު 2025

އޮކްޓޫބަރު މަހުގެ ފުރަތަމަ ހަފްތާގައި ރާއްޖެ އަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މައްޗަށް

09 އޮކްޓޯބަރު 2025
އޮކްޓޫބަރު މަހުގެ ފުރަތަމަ ހަފްތާގައި ރާއްޖެ އަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މައްޗަށް
23 ސެޕްޓެމްބަރު 2025

ރައީސް މުޢިއްޒު ނިލަންދޫގައި ކުނިކޮށްޓެއް ހުޅުވައިދެއްވައިފި

23 ސެޕްޓެމްބަރު 2025
ރައީސް މުޢިއްޒު ނިލަންދޫގައި ކުނިކޮށްޓެއް ހުޅުވައިދެއްވައިފި
08 ސެޕްޓެމްބަރު 2025

ސެޕްޓެމްބަރު މަހުގެ ފުރަތަމަ ހަފްތާގައި ރާއްޖެއަށް 33،773 ފަތުރުވެރިން ޒިޔާރަތް ކޮށްފި

08 ސެޕްޓެމްބަރު 2025
ސެޕްޓެމްބަރު މަހުގެ ފުރަތަމަ ހަފްތާގައި ރާއްޖެއަށް 33،773 ފަތުރުވެރިން ޒިޔާރަތް ކޮށްފި
03 އޯގަސްޓު 2025

ޖޫން މަހު އައި ފަތުރުވެރިންގެ އަދަދު 15 އިންސައްތަ އިތުރުވެއްޖެ

03 އޯގަސްޓު 2025
ޖޫން މަހު އައި ފަތުރުވެރިންގެ އަދަދު 15 އިންސައްތަ އިތުރުވެއްޖެ
11 ޖުލައި 2025

ވޭތުވެދިޔަ 24 ގަޑި އިރު ތެރޭގައި ކަނޑުމަތީގެ ތަފާތު ހަތް ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް ކޯސްޓްގާޑަށް ރިޕޯޓުކޮށްފި

11 ޖުލައި 2025
ވޭތުވެދިޔަ 24 ގަޑި އިރު ތެރޭގައި ކަނޑުމަތީގެ ތަފާތު ހަތް ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް ކޯސްޓްގާޑަށް ރިޕޯޓުކޮށްފި
03 ޖުލައި 2025

ރިސޯޓުތަކުގެ އޮކިއުޕެންސީ ރޭޓު ދަށަށް ހިނގައްޖެ

03 ޖުލައި 2025
ރިސޯޓުތަކުގެ އޮކިއުޕެންސީ ރޭޓު ދަށަށް ހިނގައްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް