Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ލައިފް ސްޓައިލް
އަމްބާނީ އާއިލާ

އަމްބާނީ އާއިލާ އިން ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން ގެންދަނީ ރެއަކަށް ތިރީސް ހާސް ޑޮލަރަށް ވުރެ ބޮޑު ޚަރަދެއް ކޮށްގެން ކަން ހާމަ ވެއްޖެ

އިންޑިއާގެ އަމްބާނީ އާއިލާ އިން ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން ދަނީ ރެއަކަށް 30 ހާސް ޑޮލަރަށް ވުރެ ބޮޑު ޚަރަދެއް ކޮށްގެން. މި ދެމަފިރިން ރާއްޖެ އައި އަމިއްލަ ބޯއިންގް ޕްރައިވެޓް ޖެޓުން، 50 މީހުންގެ ސަލާމަތީ ޓީމެއް ގެނައި.

ރާއްޖެ އެމްވީ | 22 ޖެނުއަރީ 2026 | ބުރާސްފަތި 13:14
ރިލަޔަންސް އިންޑަސްޓްރީސް ގެ ޗެއަރަމަން މުކޭޝް އަމްބާނީގެ ދަރިފުޅު އާނަންތު އަމްބާނީ (ކ) އާއި އޭނާގެ އަންހެނުން ރާދިކާ މާޗެންޓް (ވ) ޕެރިހުގައި 2024 ގައި އޮތް އޮލިމްޕިކް ގޭމްސް ބަލާލަން ކުރި ޒިޔާރަތުގައި އިންޑިއާ ހައުސް އަށް ޒިޔާރަތް ކުރަނީ - ޖުލައި 30، 2024.

ރިލަޔަންސް އިންޑަސްޓްރީސް ގެ ޗެއަރަމަން މުކޭޝް އަމްބާނީގެ ދަރިފުޅު އާނަންތު އަމްބާނީ (ކ) އާއި އޭނާގެ އަންހެނުން ރާދިކާ މާޗެންޓް (ވ) ޕެރިހުގައި 2024 ގައި އޮތް އޮލިމްޕިކް ގޭމްސް ބަލާލަން ކުރި ޒިޔާރަތުގައި އިންޑިއާ ހައުސް އަށް ޒިޔާރަތް ކުރަނީ - ޖުލައި 30، 2024. | ގެޓީ އިމޭޖަސް

އިންޑިއާގެ އަމްބާނީ އާއިލާ އިން ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން ގެންދަނީ ރެއަކަށް ތިރީސް ހާސް ޑޮލަރަށް ވުރެ ބޮޑު ޚަރަދެއް ކޮށްގެން ކަން ހާމަ ވެއްޖެ އެވެ. އެއީ އިންޑިއާގެ ފައިސާ އިން ނަމަ ރެއަކަށް  32 ލައްކަ ރުޕީސް އެވެ.

ރިލަޔަންސް އިންޑަސްޓްރީސް ގެ ޗެއަރަމަން, ބިލިއަނަރު މުކޭޝް އަމްބާނީގެ ދަރިފުޅު އާނަންތު އަމްބާނީ އާއި ރާދިކާ މާޗަންޓް ޗުއްޓީ ހޭދަކުރުމަށް ޚިޔާރު ކުރީ ރާއްޖޭގެ އެންމެ މަތީ ފަންތީގެ އެއް ރިސޯޓް ކަމަށްވާ ވޯލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުއްޓެވެ. މި ރިސޯޓުގެ ބައެއް ޝާހީ ވިލާތަކުގެ އަގު ޓެކްސްއާ ނުލައި ރެޔަކަށް 30.5 ހާސް އެމެރިކާ ޑޮލަރަށް ވުރެ މައްޗަށް އަރަ އެވެ.

އެންމެ މަތީ ފަންތީގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް ލޯބިކުރާ، އަމްބާނީ އާއިލާ އަކީ ހައްދެއް ނެތް މުއްސަނދިކަމާއި ޝާހީ ދިރިއުޅުމުގެ ނަމޫނާއެކެވެ. އައު އަހަރު ފެށުން ގުޖުރާތު ގައި އާއިލީ އަދި ސަގާފީ ކަންކަމުގައި ވަގުތު ކޮޅެއް ހޭދަކުރުމަށް ފަހު، އާނަންތު އަމްބާނީ އާއި ރާދިކާ މާޗަންޓް މިވަނީ ރާއްޖޭގެ ނޫވިލުތަކާއި ހިތްގައިމު މާހައުލުގައި އަގު ބޮޑު ޗުއްޓީ އަކަށް ބޮޑު ހޭދައެއް ކޮށްފަ އެވެ.

Loading Instagram post...

ޚަބަރުތައް ބުނާ ގޮތުގައި، 2026 ޖެނުއަރީ 20 އިން ފެށިގެން މި ދެމަފިރިން ތިބީ ދުނިޔޭގެ މަގުބޫލުކަން ހޯދާފައިވާ ވޯލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށީގަ އެވެ. އެމީހުން ރާއްޖެ އައި ގޮތުގެ ތަފުސީލުތަކަށް ބަލާއިރު ވެސް މިއީ ވަރަށް އަގުބޮޑު ދަތުރެއްކަން ހާމަވެ އެވެ. އާނަންތުގެ އަމިއްލަ ބޯއިންގް 737 ޕްރައިވެޓް ޖެޓް ޖެނުއަރީ 17 ވަނަ ދުވަހު ރާއްޖެ އަށް ޖައްސާފައިވާއިރު، އެ ދެމަފިރިންނާއެކު ސަލާމަތީ ކަންކަން ބަލަހައްޓާ ގާތްގަނޑަކަށް 50 މީހުންގެ ޓީމެއް އައިސްފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

'ހޮޓެލިއާ މޯލްޑިވްސް' އިން ޖެނުއަރީ 20 ގައި އާންމުކުރި އިންސްޓަގްރާމް ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، އާނަންތު އާއި ރާދިކާ ތިބީ އެވޯޑް ހާސިލުކޮށްފައިވާ ވޯލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށީގަ އެވެ. މި ރިސޯޓަކީ އެފަދަ މަތީ ފަންތީގެ ވީވީއައިޕީންނަށް ބޭނުންވާނެ ފުރިހަމަ މިނިވަންކަމާއި ޚާއްޞަ ޚިދުމަތްތައް ފޯރުކޮށްދޭ ތަނެކެވެ. އޭގެ ތެރޭގައި ޚާއްޞަ ޕްރައިވެޓް ވިލާތަކާއި، ވަކިން ހާއްސަ ކެއްކުންތެރިންގެ ޓީމަކާއި، އަދި ޕާސަނަލް ކޮންސިއަރޖް ޚިދުމަތް ހިމެނެ އެވެ.

އަމްބާނީ އާއިލާއާނަންތު އަމްބާނީރާދިކާ މާޗަންޓްވޯލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށި

ކޮމެންޓް

އިތުރަށް ކިޔާލަން

މެސީ އަށް 1.3 މިލިއަން ޑޮލަރުގެ ގަޑިއެއް އަމްބާނީ ހަދިޔާ އަކަށް ދީފި

މެސީ އަށް 1.3 މިލިއަން ޑޮލަރުގެ ގަޑިއެއް އަމްބާނީ ހަދިޔާ އަކަށް ދީފި

20 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

31 މެއި
ބަންޑާރާ ކޮށީގައި ސިފައިންގެ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ބަންޑާރާ ކޮށީގައި ސިފައިންގެ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

ލޯންޗަކުން ޖެހި ފާނަ މަސްވެރިކަން ކުރަން އުޅުނު ބިދޭސީއެއް މަރުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ލޯންޗަކުން ޖެހި ފާނަ މަސްވެރިކަން ކުރަން އުޅުނު ބިދޭސީއެއް މަރުވެއްޖެ

އާލާ ބޯޓު އަޑިއަށް ގޮސްފި
20233 އަހަރު ކުރިން
ރާއްޖެ

އާލާ ބޯޓު އަޑިއަށް ގޮސްފި

ބުރިޖުގެ މަސައްކަތް ލަހެއް ނޫން، މާލެ އާއި ވިލިމާލެ ގުޅުވާލާ ބުރިޖުން 2023 ޖުލައިގައި ދަތުރުކުރެވޭނެ – އެފްކޮންސް
20224 އަހަރު ކުރިން
ރާއްޖެ

ބުރިޖުގެ މަސައްކަތް ލަހެއް ނޫން، މާލެ އާއި ވިލިމާލެ ގުޅުވާލާ ބުރިޖުން 2023 ޖުލައިގައި ދަތުރުކުރެވޭނެ – އެފްކޮންސް

އަނދައިގެން ދިޔައީ ބިދޭސީ މީހާގެ އާމްދަނީ، ކައުންސިލުން އެ ލާރި ހޯދައިދެނީ
20215 އަހަރު ކުރިން
ރާއްޖެ

އަނދައިގެން ދިޔައީ ބިދޭސީ މީހާގެ އާމްދަނީ، ކައުންސިލުން އެ ލާރި ހޯދައިދެނީ

އީދު ނަމާދު ކުރާ ސަރަހައްދުގައި އޮފިޝަލުންގެ ގޮތުގައި ބިދޭސީން ހަރަކާތްތެރިވަނީ
20197 އަހަރު ކުރިން
ރާއްޖެ

އީދު ނަމާދު ކުރާ ސަރަހައްދުގައި އޮފިޝަލުންގެ ގޮތުގައި ބިދޭސީން ހަރަކާތްތެރިވަނީ

މުހައްމަދު ސަލާހަށްވި އަނިޔާގެ މައްސަލަ ހުތުރު ގޯޅިއެއް އަޅައިފި
20188 އަހަރު ކުރިން
ކުޅިވަރު

މުހައްމަދު ސަލާހަށްވި އަނިޔާގެ މައްސަލަ ހުތުރު ގޯޅިއެއް އަޅައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު