Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސަރވިސް ޗާޖް

ސަރވިސްޗާޖުގެ މައުލޫމާތު ހުށަހެޅުމަށް އަންގައިފި

17 ނޮވެމްބަރު 2021 | ބުދަ 18:00

މީރާގެ އޮންލައިން ޓެކްސްޕޭޔަރ ސަރވިސް "މީރާކަނެކްޓް" މެދުވެރިކޮށް އެ މައުލޫމާތު ފޮނުވޭނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 17 ނޮވެމްބަރު 2021 | ބުދަ 18:00
ފުށިފަރު މޯލްޑިވްސް ރިސޯޓް

ފުށިފަރު މޯލްޑިވްސް ރިސޯޓް

ކަނޑައެޅިފައިވާ ނިޒާމުގެ ތެރެއިން ސަރވިސްޗާޖުގެ މައުލޫމާތު ހުށަހެޅުމަށް ލޭބަރ ރިލޭޝަންސް އޮތޯރިޓީން އަންގައިފިއެވެ.

އެ އޮތޯރިޓީން ބުނީ ވަޒީފާއާބެހޭ ގާނޫނުގެ 52 ވަނަ މާއްދާއާއި ސަރވިސްޗާޖާބެހޭ ގަވާއިދުގައި، ވަޒީފާދޭ ފަރާތަށް ސަރވިސްޗާޖުގެ ގޮތުގައި ކޮންމެ މަހަކަށް ލިބުނު އާމްދަނީގެ ތަފްސީލާއި، އެ މަހަކު ސަރވިސްޗާޖް ލިބުނު މުވައްޒަފުންގެ އަދަދާއި، ސަރވިސްޗާޖުގެ ގޮތުގައި ކޮންމެ މުވައްޒަފަކަށް ހައްގުވާ މިންވަރާއި، ސަރވިސްޗާޖުގެ ގޮތުގައި ދިން ފައިސާގެ އަދަދުގެ މައުލޫމާތު ބަލަހައްޓަންވާނެ ކަމަށާއި، އެ މައުލޫމާތު ގަވާއިދުން ލޭބަރ ރިލޭޝަންސް އޮތޯރިޓީއަށާއި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ހުށަހަޅަންވާނެކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.

Advertisement - newsAdvertisement

ވަޒީފާއާބެހޭ ގާނޫނުގައި ބަޔާންކުރާ ގޮތުގެމަތިން، ވަޒީފާދޭ ފަރާތްތަކުގެ ތެރެއިން ޚިދުމަތްތަކުން ސަރވިސްޗާޖު ނަގާ ފަރާތްތަކުން އެލް.އާރް.އޭއާއި މީރާއަށް ހުށަހަޅަންޖެހޭ ސަރވިސްޗާޖުގެ މައުލޫމާތު ފަސޭހައިން ހުށަހެޅޭނެ ނިޒާމެއް ގާއިމުކުރުމަށްޓަކައި، މީރާގެ އޮންލައިން ޓެކްސްޕޭޔަރ ސަރވިސް "މީރާކަނެކްޓް" މެދުވެރިކޮށް އެ މައުލޫމާތު ފޮނުވޭނެ އިންތިޒާމު ވަނީ ހަމަޖެއްސިފައިކަމަށް ލޭބަރ ރިލޭޝަންސް އޮތޯރިޓީން ބުނެއެވެ. އަދި މިގޮތަށް މައުލޫމާތު ހުށަހެޅުމުން، ސަރވިސްޗާޖާބެހޭ ގަވާއިދުގެ 14 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ލޭބަރ ރިލޭޝަންސް އޮތޯރިޓީއަށާއި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް މަޢުލޫމާތު ހުށަހެޅުނީކަމުގައި ބެލޭނެ ކަމަށް އެއޮތޯރިޓީން ބުނެއެވެ.

އެހެންކަމުން ޚިދުމަތްތަކުން ސަރވިސްޗާޖް ނަގާ އެންމެހައި ފަރާތްތަކުން ސަރވިސްޗާޖުގެ މަޢުލޫމާތު ހުށަހެޅުމަށް "މީރާކަނެކްޓް"ގައި ރެޖިސްޓަރވެ، ކަނޑައެޅިފައިވާ ނިޒާމުގެ ތެރެއިން ސަރވިސްޗާޖުގެ މައުލޫމާތު ހުށަހެޅުމަށް އެ އޮތޯރިޓީން ވަނީ އަންގާފައެވެ.

ސަރވިސްޗާޖާ ބެހޭ ގަވާއިދު އެކުލަވާލައި އަމަލުކުރަން ފަށާފައިވަނީ 17 މާޗް 2021ގައެވެ. މި ގަވާއިދުގައި، ވިޔަފާރިތަކުން ސަރވިސްޗާޖް ނަގަންޖެހޭ ގޮތާއި، މުވައްޒަފުންގެ މެދުގައި ސަރވިސްޗާޖް ބެހުމުގައި އަމަލުކުރަންޖެހޭ ގޮތާއި، ވަޒީފާދޭ ފަރާތްތަކުން ސަރވިސްޗާޖްގެ މައުލޫމާތު ހުށަހެޅުމުގައި އަމަލުކުރަންޖެހޭ އުސޫލުތައް ވަނީ ކަނޑައަޅާފައެވެ. 

އެގޮތުން ޓޫރިސްޓް ރިޒޯޓުތަކާއި، ޓޫރިސްޓް ހޮޓާތަކާއި، ޓޫރިސްޓް ގެސްޓްހައުސްތަކާއި، ޓްރެއިނިންގ ރިޒޯޓްތަކާއި، ޓްރާންސިޓް ހޮޓާތަކާއި، ސިޓީ ހޮޓާތަކާއި، ޓޫރިސްޓް އުޅަނދުތަކާއި، ޔޮޓް ބަނދަރުތަކާއި، އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓްތަކާއި، ޕްރައިވެޓް އައިލެންޑްތަކުން %10 އަށްވުރެ މަދުނޫން އަދަދަކުން ސަރވިސްޗާޖް ނަގަން ޖެހެއެވެ. އެހެންނަމަވެސް، އެފަދަ ތަންތަނުގައި މުދާ ވިއްކުމަށް ގާއިމުކޮށްފައިވާ ފިހާރަތަކުން ވިއްކާ މުދަލުން ސަރވިސްޗާޖް ނެގުން ލާޒިމެއްނޫނެވެ.

މީގެ އިތުރުން ސަރވިސްޗާޖް ނެގުން ލާޒިމުވާ ވިޔަފާރިތައް ފިޔަވައި އެހެން ވިޔަފާރިތަކުން ސަރވިސްޗާޖް ނަގާނަމަ އަމަލުކުރާނެގޮތް ވެސް ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.

ސަރވިސްޗާޖްމިނިސްޓްރީ އޮފް ޓުއަރިޒަމްލޭބަރ ރިލޭޝަންސް އޮތޯރިޓީ

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

09 ޑިސެމްބަރު 2025

ސަރވިސް ޗާޖު ޑޮލަރުން ދިނުން ލާޒިމު ކުރަން ގާނޫނަށް އިސްލާހެއް

09 ޑިސެމްބަރު 2025
ސަރވިސް ޗާޖު ޑޮލަރުން ދިނުން ލާޒިމު ކުރަން ގާނޫނަށް އިސްލާހެއް
27 އޮކްޓޯބަރު 2025

އުސޫލާއި ޚިލާފަށް ބ. ބަތަލާގެ ބައެއް މަސައްކަތްތައް ކުރި މައްސަލަ ބަލާ، ގެއްލުމުގެ ބަދަލު ހޯދަން ލަފާ ދީފި

27 އޮކްޓޯބަރު 2025
އުސޫލާއި ޚިލާފަށް ބ. ބަތަލާގެ ބައެއް މަސައްކަތްތައް ކުރި މައްސަލަ ބަލާ، ގެއްލުމުގެ ބަދަލު ހޯދަން ލަފާ ދީފި
19 އޮކްޓޯބަރު 2025

ކިހާދުއްފަރު އެއްބަސްވުން ބާތިލުކުރަން ސަރުކާރުން އުޅުމުން ކޯޓުން ހުއްޓުވައިފި

19 އޮކްޓޯބަރު 2025
ކިހާދުއްފަރު އެއްބަސްވުން ބާތިލުކުރަން ސަރުކާރުން އުޅުމުން ކޯޓުން ހުއްޓުވައިފި
09 އޮކްޓޯބަރު 2025

އޮކްޓޫބަރު މަހުގެ ފުރަތަމަ ހަފްތާގައި ރާއްޖެ އަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މައްޗަށް

09 އޮކްޓޯބަރު 2025
އޮކްޓޫބަރު މަހުގެ ފުރަތަމަ ހަފްތާގައި ރާއްޖެ އަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މައްޗަށް
03 ފެބުރުއަރީ 2025

ޓޫރިޒަމް މިނިސްޓްރީގެ ޕީއެސް މަގާމުން ވަކި ކުރީ ސިޔާސީ ނުފޫޒުން!

03 ފެބުރުއަރީ 2025
ޓޫރިޒަމް މިނިސްޓްރީގެ ޕީއެސް މަގާމުން ވަކި ކުރީ ސިޔާސީ ނުފޫޒުން!
28 ޖެނުއަރީ 2025

ޓުއަރިޒަމް މިނިސްޓަރުކަމުން ފައިސަލް ވަކިކޮށްފި

28 ޖެނުއަރީ 2025
ޓުއަރިޒަމް މިނިސްޓަރުކަމުން ފައިސަލް ވަކިކޮށްފި
26 އޮކްޓޯބަރު 2024

ކުރިއަށް އޮތް 6 ވަރަކަށް މަސް ދުވަސްތެރޭގައި ފަންޑު ލިބި، ކަންކަން ރަނގަޅުވާނެ ކަމުގެ ވަރަށް ބޮޑު ޔަޤީންކަމެއް އެބަ އޮތް - ފައިސަލް

26 އޮކްޓޯބަރު 2024
ކުރިއަށް އޮތް 6 ވަރަކަށް މަސް ދުވަސްތެރޭގައި ފަންޑު ލިބި، ކަންކަން ރަނގަޅުވާނެ ކަމުގެ ވަރަށް ބޮޑު ޔަޤީންކަމެއް އެބަ އޮތް - ފައިސަލް
26 އޮކްޓޯބަރު 2024

ފަތުރުވެރިކަން ތަރައްގީ ކުރައްވަން މިނިސްޓަރ ފައިސަލް އާއި އިންޑިއާގެ ހައިކޮމިޝަނަރު ބަރެސްދުއަށާއި ގާދޫއަށް

26 އޮކްޓޯބަރު 2024
ފަތުރުވެރިކަން ތަރައްގީ ކުރައްވަން މިނިސްޓަރ ފައިސަލް އާއި އިންޑިއާގެ ހައިކޮމިޝަނަރު ބަރެސްދުއަށާއި ގާދޫއަށް
26 އޮކްޓޯބަރު 2024

ސަރުކާރަކުން ހުރިހާ ކަމެއް ކޮށްދޭނެ ކަމަށް ޤަބޫލުކޮށްގެން ތިބުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން - ފައިސަލް

26 އޮކްޓޯބަރު 2024
ސަރުކާރަކުން ހުރިހާ ކަމެއް ކޮށްދޭނެ ކަމަށް ޤަބޫލުކޮށްގެން ތިބުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން - ފައިސަލް
22 މާރިޗު 2024

ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިންޑިއަން އޯޝަން ކެޓަގަރީއިން ރާއްޖެ 9 އެވޯޑަކަށް ނޮމިނޭޓްވެއްޖެ

22 މާރިޗު 2024
ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިންޑިއަން އޯޝަން ކެޓަގަރީއިން ރާއްޖެ 9 އެވޯޑަކަށް ނޮމިނޭޓްވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް