Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ޕީއެންސީގެ އޮޅުވާލުން

އެމްޑީޕީގެ މަގުބޫލުކަން ސަރުކާރަކަށް ހަޖަމެއް ނުވި, ޕީއެންސީން "މަރުފަލި" ޖަހަން ފަށައިފި

ލޯކަލް ކައުންސިލް އިންތިޚާބު ކައިރިވަމުން ދާއިރު, އިންތިޚާބު ކާމިޔާބު ކުރަން މަސައްކަތް ކުރުމުގެ ބަދަލުގައި, އިދިކޮޅު އެމްޑީޕީގެ އަގުވައްޓާލުމަށް ޕީއެންސީން ދަނީ މަސައްކަތް ކުރަމުން.

ޢާއިޝަތު އައިނީ އާމިރު
ޢާއިޝަތު އައިނީ އާމިރު, ރާއްޖެ އެމްވީ | 19 ޖެނުއަރީ 2026 | ހޯމަ 14:52
އެމްޑީޕީ އިން މީގެ ކުރިން ބޭއްވި ޙަރަކާތެއްގެ ތެރެއިން އެ ޕާޓީގެ ދިދަ ހިފައިގެން އާންމު މެމްބަރުން

އެމްޑީޕީ އިން މީގެ ކުރިން ބޭއްވި ޙަރަކާތެއްގެ ތެރެއިން އެ ޕާޓީގެ ދިދަ ހިފައިގެން އާންމު މެމްބަރުން | ސޯޝަލް މީޑިއާ

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގެ ފޯރި ގަދަވަމުން އަންނައިރު, ރާއްޖޭގެ ސިޔާސީ މަޝްރަހު މިވަނީ ވަރަށް ބޮޑަށް ހޫނުވެފަ އެވެ. ޚާއްޞަކޮށް، އިދިކޮޅު އެމްޑީޕީގެ މަގުބޫލުކަން ރައްޔިތުންގެ މެދުގައި ދުވަހުން ދުވަހަށް އިތުރުވަމުންދާކަން ފާހަގަކުރެވެން ފެށުމާއެކު، ސަރުކާރު ހިންގާ ޕީއެންސީން ވަނީ އެމްޑީޕީގެ އަގުވައްޓާލުމަށް މަސައްކަތް ފަށާފަ އެވެ.

މި ދަނޑިވަޅުގައި ޕީއެންސީން ކުރަމުންދާ މަސައްކަތްތަކީ، އެ ޕާޓީގެ ސިޔާސީ ބާރު ކެނޑެމުންދާތީ، އެކަމުން ސަލާމަތްވުމަށްޓަކައި "މަރުފަލި" ޖެހުމެވެ. ރައްޔިތުންގެ ތާއީދު ގެއްލެމުންދާކަމުގެ ބިރުވެރިކަން އިހުސާސް ކުރެވެން ފެށުމުން، ހަޤީޤަތާއި ޚިލާފު ވާހަކަތައް ފެތުރުމަށް ޕީއެންސީން ވަނީ އަތުކުރި އޮޅާލާފަ އެވެ.

މިގޮތުން ޕީއެންސީން ދާދި ފަހުން އެމްޑީޕީ އާއި ދެކޮޅަށް މީސްމީޑިއާގެ ޕްލެޓްފޯމެއްގައި އާންމުކޮށްފައިވާ ޕޯސްޓެއްގައި ވަނީ، "ކައުންސިލްތަކަށް ހަޤީޤީ މާލީ ބާރުވެރިކަން ދިނީ ކޮން ސަރުކާރެއް؟" ތޯ ސުވާލު އުފައްދައި، އޮޅުވާލުންތަކުން ފުރިގެންވާ ވާހަކަތަކެއް ވަނީ ދައްކާފައެވެ. ޕީއެންސީން ބުނާ ގޮތުގައި، ކައުންސިލްތަކަށް މާލީ މިނިވަންކަން ހޯދައިދީ، ބަޖެޓް ގްރާންޓްތަކުގެ އެހީގައި ރަށްރަށުގައި ތަރައްޤީގެ ރަންޒަމާނެއް ފައްޓަވައިދެއްވީ ރައީސް މުޢިއްޒުގެ ސަރުކާރުންނެވެ. އަދި އެމްޑީޕީގެ ދައުރުގައި ކައުންސިލްތައް އޮތީ ބާރުވެރިކަމެއް ނެތި ހުއްޓިފައި ކަމަށްވެސް އެ ޕާޓީން ވަނީ ތުހުމަތުކޮށްފަ އެވެ.

ނަމަވެސް، ޕީއެންސީން ދެއްކި މި ވާހަކަތައް މިހާރު ވަނީ އަމިއްލަ އަތަށް ގޮވާފަ އެވެ. ރާއްޖޭގެ ލާމަރުކަޒީ ނިޒާމުގެ ބާނީއަކީ އެމްޑީޕީ ކަމަށްވާއިރު، ކައުންސިލްތަކަށް ޤާނޫނީ ބާރުވެރިކަމާއި، މާލީ މިނިވަންކަން ހޯދައިދިނުމަށް އެމްޑީޕީން ކުރި މަސައްކަތްތަކީ ރައްޔިތުންނަށް އޮޅޭނެ ކަންކަމެއް ނޫނެވެ. ރަށު ކައުންސިލްތަކުގެ ބަޖެޓަށް ސީދާ ފައިސާ ޖަމާކޮށް، ބާރުވެރިކުރުވީ އެމްޑީޕީގެ ސަރުކާރުން ކަން ތާރީޚީ ހަގީގަތްތަކުން ފެންނަން އެބައޮތެވެ.

އެމްޑީޕީގެ މަގުބޫލުކަން އިތުރުވަމުންދާތީ، އެކަން ހަޖަމުނުވެގެން ޕީއެންސީން ކުރަމުންދާ މިފަދަ މަސައްކަތްތަކަކީ ހަޤީޤަތް އޮޅުވާލުމަށާއި ޕީއެންސީން ބުނާ "އިޚްލާޞްތެރި ސިޔާސަތު" ރަށްރަށުގެ ތަރައްޤީއަށްވުރެ ބޮޑަށް އަމާޒުވެފައިވަނީ ސިޔާސީ ވާދަވެރިންގެ އަގުވައްޓާލުމަށް ކުރަމުންދާ ކަމެއްކަން އެއީ މިހާރު ފެންނަން އޮތް ހެއްކެކެވެ. 

ޕީއެންސީގެ މި އެންޓި ކެމްޕެއިނާއި ދޮގު މައުލޫމާތު ފެތުރުމުގެ ސިޔާސަތުގެ ސަބަބުން ފެންނަނީ، ލޯކަލް ކައުންސިލް އިންތިޚާބާ ކުރިމަތިލާއިރު އޮތް ބިރުވެރިކަމާއި، ސިޔާސީ ގޮތުން ނުކުޅެދިފައިވާ މިންވަރުގެ އިތުރުން ސަރުކާރަށް ރައްޔިތުންގެ އިތުބާރު ކުޑަވަމުންދާތަނެވެ. 

ލޯކަލް ކައުންސިލް އިންތިޚާބު 2026އެމްޑީޕީޕީއެންސީ

ކޮމެންޓް

އިތުރަށް ކިޔާލަން

އެމްޑީޕީ އިން 144 ދާއިރާގައި ވޯޓު ފޮށި ބަހައްޓައިގެން 4000 މީހުން ވޯޓު ނުލާ ކަމަށް ބުނެ ޕީޖީ ލީޑަރ ފަލާހު އިތުރުފުޅު ހައްދަވައިފި

އެމްޑީޕީ އިން 144 ދާއިރާގައި ވޯޓު ފޮށި ބަހައްޓައިގެން 4000 މީހުން ވޯޓު ނުލާ ކަމަށް ބުނެ ޕީޖީ ލީޑަރ ފަލާހު އިތުރުފުޅު ހައްދަވައިފި

19 ޖެނުއަރީ 2026
މޫސާ އަލީ ޖަލީލު ގެ ޖަގަހަ ހުޅުވުމުގެ ޖަލްސާ އަށް، ކިރިޔާ ހުކުރު ހަމަވާ ވަރަށް ވެސް މީހުން އެއްވީ ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް މަޖުބޫރު ކޮށްގެން

މޫސާ އަލީ ޖަލީލު ގެ ޖަގަހަ ހުޅުވުމުގެ ޖަލްސާ އަށް، ކިރިޔާ ހުކުރު ހަމަވާ ވަރަށް ވެސް މީހުން އެއްވީ ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް މަޖުބޫރު ކޮށްގެން

19 ޖެނުއަރީ 2026
ވިލިމާލެ އައު ހޮސްޕިޓަލްގެ ކުރެހުންތަކާއެކު އަނެއްކާ ވެސް ރައްޔިތުންނަށް ހުވަފެނެއް؟

ވިލިމާލެ އައު ހޮސްޕިޓަލްގެ ކުރެހުންތަކާއެކު އަނެއްކާ ވެސް ރައްޔިތުންނަށް ހުވަފެނެއް؟

19 ޖެނުއަރީ 2026
ތިނަދޫ ސިޓީގެ ތަރައްގީ ބާރު ސްޕީޑްގައި ކުރިއަށް ގެންދިއުމުގެ މާހައުލެއް ގާއިމް ކުރުމަށް ކައުންސިލް އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދޭން ޖެހޭ: މޭޔަރު ސައުދު

ތިނަދޫ ސިޓީގެ ތަރައްގީ ބާރު ސްޕީޑްގައި ކުރިއަށް ގެންދިއުމުގެ މާހައުލެއް ގާއިމް ކުރުމަށް ކައުންސިލް އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދޭން ޖެހޭ: މޭޔަރު ސައުދު

18 ޖެނުއަރީ 2026
ރައްޔިތުން ބާރުވެރިކޮށް ރައްޔިތުންނާ ގާތުން ވެރިކަމެއް ކުރުމުގެ ނިޒާމް ބައްޓަން ކޮށްދިނީ އެމްޑީޕީ އިން: އަލީ ނިޒާރު

ރައްޔިތުން ބާރުވެރިކޮށް ރައްޔިތުންނާ ގާތުން ވެރިކަމެއް ކުރުމުގެ ނިޒާމް ބައްޓަން ކޮށްދިނީ އެމްޑީޕީ އިން: އަލީ ނިޒާރު

18 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު