Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެވެނެޒުއެލާ

ތެލުގެ ވިޔަފާރިން ވެނެޒުއެލާ އަށް 300 މިލިއަން ޑޮލަރު ލިބިއްޖެ

ވެނެޒުއެލާގެ ވެރި ރަށް ކަރަކާސްގައި އޮތް ޙަރަކާތެއްގައި ޑެލްސީ ވިދާޅުވީ، ތެލުގެ ވިޔަފާރިން ފައިސާ ލިބިފައިވާ ކަމަށާއި، ފުރަތަމަ 500 މިލިއަން އެމެރިކާ ޑޮލަރުން، 300 މިލިއަން އެމެރިކާ ޑޮލަރު ލިބިފައިވާ ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 21 ޖެނުއަރީ 2026 | ބުދަ 05:51
ވެނެޒުއެލާގެ ވަގުތީ ރައީސް ޑެލްސީ ރޮޑްރިގޭޒް

ވެނެޒުއެލާގެ ވަގުތީ ރައީސް ޑެލްސީ ރޮޑްރިގޭޒް | ރޮއިޓަސް

ތެލުގެ ވިޔަފާރިން ވެނެޒުއެލާ އަށް 300 މިލިއަން އެމެރިކާ ޑޮލަރު ލިބިފައިވާ ކަމަށް، އެ ޤައުމުގެ ވަގުތީ ރައީސް ޑެލްސީ ރޮޑްރިގޭޒް ވިދާޅުވެއްޖެ އެވެ.

އަންގާރަ ދުވަހު ޑެލްސީ ވިދާޅުވީ، މި މަހުގެ ކުރީ ކޮޅު އެމެރިކާ އިން ވެނެޒުއެލާގެ ރައީސް ނިކޮލަސް މަދޫރޯ ހައްޔަރު ކުރުމަށް ފަހު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއުލާން ކުރެއްވި 50 މިލިއަން ބެރަލްގެ ތެލުގެ އެއްބަސްވުމުގެ ދަށުން، ތެލުގެ ވިޔަފާާރިން 300 މިލިއަން ޑޮލަރު ލިބިފައިވާ ކަމަށެވެ. 

ވެނެޒުއެލާގެ ވެރި ރަށް ކަރަކާސްގައި އޮތް ޙަރަކާތެއްގައި ޑެލްސީ ވިދާޅުވީ، ތެލުގެ ވިޔަފާރިން ފައިސާ ލިބިފައިވާ ކަމަށާއި، ފުރަތަމަ 500 މިލިއަން އެމެރިކާ ޑޮލަރުން، 300 މިލިއަން އެމެރިކާ ޑޮލަރު ލިބިފައިވާ ކަމަށެވެ. މި ލިބުނު ފައިސާ، ވެނެޒުއެލާގެ ފައިސާ ބަދަލު ކުރުމުގެ ބާޒާރުގެ ޒަރިއްޔާ އިން، ޤައުމީ ބޭންކު ތަކާއި، މަރުކަޒީ ބޭންކުން މެދު ކެނޑުމެއް ނެތި ބޭނުން ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މި ފައިސާ ބޭނުން ކުރާނީ ބާޒާރު ޚަރުދަނާކޮށް ސަލާމަތް ކުރުމާއި، މުވައްޒަފުންގެ އާމްދަނީ އާއި ވިޔަފާރީގެ ބާރު ރަައްކާތެރި ކުރުމަށް ކަމަށް އޭނާ ވިދާޅުވި އެވެ. 

މިދިޔަ ހަފުތާގެ ތެރޭގައި ރޮއިޓާސް އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި، ވެނެޒުއެލާގެ ހަތަރު ބޭންކަކަށް އެ ޤައުމުގެ ސަރުކާރުން އަންގާފައި ވަނީ، ޤަތަރުގައި ހުރި އެކައުންޓެއްގައި ޖަމާ ކޮށްފައިވާ ތެލުގެ އާމްދަނީ އިން 300 މިލިއަން އެމެރިކާ ޑޮލަރު ބަހާލާނެ ކަމަށެވެ. މިއީ ވިޔަފާރީގެ ކަންކަމަށް ފައިސާ ބޭނުންވާ ވެނެޒުއެލާގެ ކުންފުނި ތަކަށް ޑޮލަރު ވިއްކުމުގެ ފުރުސަތު ހުޅުވާލުމަށް ކަމަށް، ރިޕޯޓުތައް ބުނެ އެވެ.

ވެނެޒުއެލާގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް، އަދި ވަގުތީ ރައީސް ޑެލްސީގެ ބޭބެ، ޖޯޖް ރޮޑްރިގޭޒް ވިދާޅުވީ މި ހަފުތާގައި ފުރަތަމަ ފަހަރަށް މަޝްވަރާ ކުރުމަށް ހަމަޖެހިފައިވާ ޤައުމުގެ މައި ތެލުގެ ޤާނޫނަށް ގެންނަ އިސްލާޙު، ރައީސް މަދޫރޯގެ ވެރި ކަމުގައި ފުރަތަމަ ފެށި ބައިވެރި ވުމުގެ އުސޫލުގެ މައްޗަށް ބިނާ ކުރާޏެ ކަމަށެވެ. ނަމަވެސް، އެކަމާ ގުޅޭ އިތުރު ތަފްސީލެއް އޭނާ ދެއްވާފައި ނުވެ އެވެ. 

މިދިޔަ ހަފުތާގެ ތެރޭގައި ޤާނޫނު ހަދާ މަޖިލީހުގައި ވާހަކަ ދައްކަވަމުން ވަގުތީ ރައީސް ޑެލްސީ ވިދާޅުވީ، ބޭރުގެ އިންވެސްޓްމަންޓް އިތުރު ކުރުމަށް ހައިޑްރޯކާބަން ޤާނޫނަށް ބަދަލު ގެނައުމަށް ސަރުކާރުން ތާއީދު ކުރާ ކަމަށެވެ. އެ ޤާނޫނުގައި ހިމެނެނީ ސަރުކާރުގެ ކުންފުނި ޕީޑީވީއެސްއޭގެ ބެލުމުގެ ދަށުން ހިންގާ ގުޅިފައިވާ ވިޔަފާރި ތަކުގެ އެއް ކޮންޓްރެކްޓް މޮޑެލް އެކެވެ. ނަމަވެސް، ފަހުގެ އަހަރު ތަކުގައި ޤައުމުން އައި ބައިވެރިވުން އުފައްފައި، އެކަމުގައި ބައިވެރިވުމުގެ ކޮންޓްރެކްޓުތައް ތައާރަފު ކުރަމުން އަންނަ ކަމަށް ބުނެފައި ވީ ނަމަވެސް، އެ ކޮންޓްރެކްޓް ތަކުގެ ޝަރުތު ފުރިހަމަ އަށް ހާމަ ކޮށްފައި ނުވެ އެވެ. 

ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޖޯޖް ރޮޑްރިގޭޒް ވިދާޅުވީ ،އެ ކޮންޓްރެކްޓް ތަކަކީ ގާނޫނުގެ އިސްލާހު ގައި ހިމަނަން ޖެހޭ މުހިންމު އެއްޗެއް ކަމަށެވެ.

މަސްދަރު: ރޮއިޓާސް

ވެނެޒުއޭލާޑެލްސީ ރޮޑްރިގޭޒްނިކޮލަސް މަދޫރޯރައީސް ޑޮނަލްޑް ޓްރަމްޕްޖޯޖް ރޮޑްރިގޭޒް

އިތުރަށް ކިޔާލަން

21 ޖެނުއަރީ 2026

އަހަރެން މަރާލައިފި ނަމަ، ދުނިޔެ އިން ވެސް އީރާން ފޮހެލާނަން: ޓްރަމްޕް

21 ޖެނުއަރީ 2026
އަހަރެން މަރާލައިފި ނަމަ، ދުނިޔެ އިން ވެސް އީރާން ފޮހެލާނަން: ޓްރަމްޕް
21 ޖެނުއަރީ 2026

އެމެރިކާގެ އަސްކަރިއްޔާ އިން ވެނެޒުއޭލާ އާ ގުޅުންހުރި ހަތް ވަނަ ތެޔޮ ޓޭންކަރު ހިފަހައްޓާފައިވާކަން އިޢުލާނު ކޮށްފި

21 ޖެނުއަރީ 2026
އެމެރިކާގެ އަސްކަރިއްޔާ އިން ވެނެޒުއޭލާ އާ ގުޅުންހުރި ހަތް ވަނަ ތެޔޮ ޓޭންކަރު ހިފަހައްޓާފައިވާކަން އިޢުލާނު ކޮށްފި
20 ޖެނުއަރީ 2026

ދުނިޔެ މި މިސްރާބު ޖަހާފައި ވަނީ ހަމައެކަނި ބާރުގަދަ މީހާގެ ބަސް ހިނގާ، އިސްތިއުމާރީ ފިކުރުތައް އަލުން އާލާވަމުންދާ ޒަމާނަކަށް: ފްރާންސްގެ ރައީސް

20 ޖެނުއަރީ 2026
ދުނިޔެ މި މިސްރާބު ޖަހާފައި ވަނީ ހަމައެކަނި ބާރުގަދަ މީހާގެ ބަސް ހިނގާ، އިސްތިއުމާރީ ފިކުރުތައް އަލުން އާލާވަމުންދާ ޒަމާނަކަށް: ފްރާންސްގެ ރައީސް
20 ޖެނުއަރީ 2026

ފްރާންސް ގެ ރައީސް މެކްރޮން އާ އެކު އެއްވެސް މީހަކު މަސައްކަތް ކުރަން ބޭނުން ނުވާ ކަމަށާއި، ވަރަށް އަވަހަށް އޭނާގެ ވަޒީފާ ގެއްލޭނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

20 ޖެނުއަރީ 2026
ފްރާންސް ގެ ރައީސް މެކްރޮން އާ އެކު އެއްވެސް މީހަކު މަސައްކަތް ކުރަން ބޭނުން ނުވާ ކަމަށާއި، ވަރަށް އަވަހަށް އޭނާގެ ވަޒީފާ ގެއްލޭނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
20 ޖެނުއަރީ 2026

ފަރަންސޭސި ރައީސް މެކްރޮން ޓްރަމްޕަށް ފޮނުއްވި ޕްރައިވެޓް މެސެޖްތަކެއް ޓްރަމްޕް ސޯޝަލް މީޑިއާގައި ލީކު ކޮށްލައްވައިފި

20 ޖެނުއަރީ 2026
ފަރަންސޭސި ރައީސް މެކްރޮން ޓްރަމްޕަށް ފޮނުއްވި ޕްރައިވެޓް މެސެޖްތަކެއް ޓްރަމްޕް ސޯޝަލް މީޑިއާގައި ލީކު ކޮށްލައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު