Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ސިއްހަތު
ޕެރެސެޓަމޯލް

މާބަނޑު ދުވަސްވަރު ޕެރަސެޓަމޯލް ބޭނުން ކުރުމަކީ ރައްކާތެރި ކަމެއް ކަމަށާއި، އެއާ އެކު އޯޓިޒަމް އާ ގުޅުވާ ޓްރަމްޕް ކުރެއްވި ތުހުމަތުތައް އައު ދިރާސާއަކުން ދޮގުކޮށްފި

މާބަނޑު މީހުންނަށް ހުން އައުމުން ނުވަތަ ހަށިގަނޑުގައި ރިއްސާތީ ބޭނުން ކުރުމަށް އެންމެ ފުރަތަމަ ލަފާދޭ ބޭހަކީ ޕެރަސެޓަމޯލް ކަމަށް ސިއްހީ މާހިރުން ވިދާޅުވޭ.

ރާއްޖެ އެމްވީ | 21 ޖެނުއަރީ 2026 | ބުދަ 18:17
މާބަނޑު އަންހެނަކު ސްކޭން ކުރަނީ

މާބަނޑު އަންހެނަކު ސްކޭން ކުރަނީ | ގެޓީ އިމޭޖަސް

މާބަނޑު ދުވަސްވަރު ޕެރަސެޓަމޯލް ބޭނުން ކުރުމަކީ ރައްކާތެރި ކަމެއް ކަމަށާއި، އޭގެ ސަބަބުން ކުދިންނަށް އޯޓިޒަމް، އޭ.ޑީ.އެޗް.ޑީ ނުވަތަ ހެދިބޮޑުވުމުގެ އެހެން އެއްވެސް މައްސަލައެއް ކުރިމަތިވާކަމުގެ އެއްވެސް ހެއްކެއް ނެތް ކަމަށް ސިއްހީ މާހިރުން ކުރިއަށްގެންދިޔަ ބޮޑު ދިރާސާއަކުން ދައްކައިފި އެވެ.

މި ހޯދުންތަކުގެ ސަބަބުން މާބަނޑު އަންހެނުންނަށް ބޮޑު ހިތްހަމަޖެހުމެއް ލިބިގެންދާނެ ކަމަށް މާހިރުން ވިދާޅުވެ އެވެ. މި ދިރާސާގެ ނަތީޖާއިން ވަނީ އެމެރިކާގެ  ރައީސް ޑޮނަލްޑް ޓްރަމްޕް މިދިޔަ އަހަރު ދެއްކެވި ހަގީގަތާ ޚިލާފު ވާހަކަފުޅުތައް ދޮގުކޮށްފައެވެ. ޓްރަމްޕް އޭރު ވިދާޅުވެފައިވަނީ ޕެރަސެޓަމޯލް އަކީ "ރަނގަޅު އެއްޗެއް ނޫން" ކަމަށާއި، މާބަނޑު އަންހެނުން އެ ބޭނުން ނުކުރުމަށް "ގަދައަޅާ މަސައްކަތް ކުރަންޖެހޭނެ" ކަމަށެވެ.

ޓްރަމްޕްގެ އެ ވާހަކަފުޅުތަކަށް އޭރުވެސް ދުނިޔޭގެ ސިއްހީ އިދާރާތަކުން ވަނީ ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. 'ލާންސެޓް' ޖާނަލް ގައި ޝާއިޢުކޮށްފައިވާ މި ދިރާސާ އަކީ ވަރަށް ފުރިހަމަ އަދި އިތުބާރު ހުރި ދިރާސާއެއް ކަމަށާއި، މިއާއެކު ޕެރަސެޓަމޯލްގެ ރައްކާތެރިކަމާ މެދު އުފެދިފައިވާ ބަހުސްތަކަށް ނިމުމެއް އަންނާނެ ކަމަށް މާހިރުން ދެކެއެވެ. އެހެންނަމަވެސް، އެމެރިކާގެ ބައެއް ސިއްހީ އިދާރާތަކުން ބުނާ ގޮތުގައި މާބަނޑު ދުވަސްވަރު މި ބޭސް ބޭނުންކުރުމާ މެދު އަދިވެސް ބައެއް މާހިރުންގެ މެދުގައި ކަންބޮޑުވުންތައް އެބަހުއްޓެވެ.

އެމެރިކާ ގައި 'އެސިޓަމިނޮފަން' ގެ ނަމުން މަޝްހޫރުވެފައިވާ ޕެރަސެޓަމޯލް އާއި އޯޓިޒަމްއާ ގުޅުމެއް ހުރި ކަމަށް ޓްރަމްޕްގެ ސަރުކާރުން ބުނުމާ ގުޅިގެން ދުނިޔޭގެ ގިނަ ޑޮކްޓަރުންނަށް ބޮޑު ސިހުމެއް ލިބުނެވެ. ޕެރަސެޓަމޯލް އަކީ އާންމުކޮށް މާބަނޑު އަންހެނުންނަށް ތަދު ކެނޑުވުމަށް ދެވޭ އެންމެ މައިގަނޑު ބޭހެވެ. ޓްރަމްޕްގެ އެ ވާހަކަތަކުގެ ސަބަބުން މާބަނޑު އަންހެނުންގެ މެދުގައި ބޮޑު އޮޅުންބޮޅުންތަކެއް އުފެދި، މާހިރުންގެ ކަންބޮޑުވުން އިތުރުވުމަކީ މި އައު ދިރާސާ ކުރަންޖެހުނު ސަބަބެވެ.

'ދަ ލާންސެޓް އޮބްސްޓެޓްރިކްސް، ގައިނަކޮލޮޖީ އެންޑް ވިމެންސް ހެލްތު' ގައި ޝާއިޢުކުރި މި ދިރާސާގައި، އެތައް ލައްކަ އަންހެނުން ހިމެނޭ ގޮތަށް ކުރިއަށްގެންދިޔަ އެންމެ އިތުބާރު ހުރި 43 ދިރާސާއެއް ވަނީ މުރާޖައާ ކޮށްފަ އެވެ. މީގެ ތެރޭގައި ބޭސް ބޭނުންކުރި މީހުންނާއި ބޭނުން ނުކުރާ މީހުންގެ މެދުގައި ހުރި ތަފާތުތައް ވަނީ ވަރަށް ގާތުން ބަލާފަ އެވެ.

ދިރާސާވެރިން ބުނާ ގޮތުގައި، އެއްބަނޑު އެއްބަފާ ކުދިންގެ މެދުގައި ކުރެވުނު ދިރާސާތަކަށް ބަލައި، ޖީންސް ނުވަތަ އާއިލީ މާހައުލު ފަދަ އެހެނިހެން ސަބަބުތައް ވަނީ ދެނެގަނެފައެވެ. އެހެންކަމުން މިއީ "ގޯލްޑް ސްޓޭންޑަޑް" ނުވަތަ އެންމެ މަތީ ފެންވަރުގެ ދިރާސާއެއްގެ ގޮތުގައި ބެލެވެއެވެ. މި ދިރާސާގައި ފަސް އަހަރަށްވުރެ ދިގު މުއްދަތަކަށް ކުދިންގެ ސިއްހަތު ވަނީ މޮނިޓަރކޮށްފަ އެވެ.

މި ދިރާސާގައި އިސްކޮށް އުޅުއްވި ޕްރޮފެސަރ އަސްމާ ޚަލީލް ބީބީސީ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ޕެރަސެޓަމޯލް ބޭނުންކުރުމާއި އޯޓިޒަމްއާ އެއްވެސް ގުޅުމެއް ނެތް ކަމަށް ދިރާސާ އިން ސާފުކޮށް އެނގޭ ކަމަށެވެ. އަދި އިރުޝާދުތަކާ އެއްގޮތަށް ބޭނުންކުރާ ނަމަ، ޕެރަސެޓަމޯލް އަކީ އަދިވެސް މާބަނޑު ދުވަސްވަރު ބޭނުންކުރަން އެންމެ ރައްކާތެރި އެއް ބޭސް ކަމަށް އޭނާ ވިދާޅުވި އެވެ.

މި ހޯދުމުގެ ސަބަބުން އިނގިރޭސިވިލާތް، އެމެރިކާ އަދި ޔޫރަޕްގެ ސިއްހީ އިދާރާތަކުން ޕެރަސެޓަމޯލްއާ މެދު ދީފައިވާ އިރުޝާދުތަކަށް އިތުރު ބާރެއް ލިބިގެންދެއެވެ. މީގެ ކުރިން ބައެއް ރިޕޯޓުތަކުގައި މި ބޭހާއި އޯޓިޒަމްއާ ގުޅުމެއް ހުރި ކަމަށް ބުނެފައިވަނީ ބޭހުގެ ސަބަބުން ނޫން ކަމަށާއި، އެއީ އެހެނިހެން ސަބަބުތަކާ ހެދި ދިމާވާ ކަމެއް ކަމަށް ދިރާސާގައި ބުނެފައިވެ އެވެ.

ޔުނިވަރސިޓީ އޮފް ލަންޑަންގެ ސިޓީ ސެއިންޓް ޖޯޖަސްގެ ޕްރޮފެސަރެއް ކަމަށްވާ އަސްމާ ޚަލީލް އިތުރަށް ވިދާޅުވީ، މާބަނޑު މީހުންނަށް ހުން އައުމުން ނުވަތަ ހަށިގަނޑުގައި ރިއްސާތީ ބޭނުން ކުރުމަށް އެންމެ ފުރަތަމަ ލަފާދޭ ބޭހަކީ ޕެރަސެޓަމޯލް ކަމަށެވެ. މާބަނޑު ދުވަސްވަރު ގަދައަށް ހުން އައުމުން ނުވަތަ ތަދުވުމުން ޕެރަސެޓަމޯލް ބޭނުން ނުކޮށް ހުރުމަކީ ދަރިފުޅަށް ގެއްލުންވެދާނެ ކަމެއް ކަމަށް ސިއްހީ މާހިރުން އިންޒާރުދެ އެވެ. އޭގެ ސަބަބުން ދަރިފުޅު ބައިގެން ދިއުން، ދުވަސް ނުފުރާ ވިހެއުން ނުވަތަ ކުއްޖާގެ ހެދިބޮޑުވުމަށް މައްސަލަތައް ކުރިމަތިވުމުގެ ފުރުސަތު ބޮޑެވެ.

މަސްދަރު: ބީބީސީ

ޕެރެސެޓަމޯލްއޯޓިޒަމްރައީސް ޑޮނަލްޑް ޓްރަމްޕްދަ ލޭންސެޓްއަސްމާ ޚަލީލް

ކޮމެންޓް

އިތުރަށް ކިޔާލަން

ޣައްޒާ ގެ "ބޯޑް އޮފް ޕީސް" ގައި ބައިވެރިވުމަށް ސައުދީ އަރަބިއްޔާ، ތުރުކީ، މިސްރު، އުރުދުން، އިންޑޮނޭޝިއާ، ޕާކިސްތާން، ގަތަރު އަދި ޔޫއޭއީ އިން އެއްބަސްވެއްޖެ

ޣައްޒާ ގެ "ބޯޑް އޮފް ޕީސް" ގައި ބައިވެރިވުމަށް ސައުދީ އަރަބިއްޔާ، ތުރުކީ، މިސްރު، އުރުދުން، އިންޑޮނޭޝިއާ، ޕާކިސްތާން، ގަތަރު އަދި ޔޫއޭއީ އިން އެއްބަސްވެއްޖެ

21 ޖެނުއަރީ 2026
ޓްރަމްޕް ދަތުރު ކުރައްވަމުން ގެންދެވި އެއާ ފޯސް ވަން، އިލެކްޓްރިކަލް މައްސަލަ އެއް ޖެހި އަނބުރާލަން ޖެހިއްޖެ

ޓްރަމްޕް ދަތުރު ކުރައްވަމުން ގެންދެވި އެއާ ފޯސް ވަން، އިލެކްޓްރިކަލް މައްސަލަ އެއް ޖެހި އަނބުރާލަން ޖެހިއްޖެ

21 ޖެނުއަރީ 2026
ތެލުގެ ވިޔަފާރިން ވެނެޒުއެލާ އަށް 300 މިލިއަން ޑޮލަރު ލިބިއްޖެ

ތެލުގެ ވިޔަފާރިން ވެނެޒުއެލާ އަށް 300 މިލިއަން ޑޮލަރު ލިބިއްޖެ

21 ޖެނުއަރީ 2026
އަހަރެން މަރާލައިފި ނަމަ، ދުނިޔެ އިން ވެސް އީރާން ފޮހެލާނަން: ޓްރަމްޕް

އަހަރެން މަރާލައިފި ނަމަ، ދުނިޔެ އިން ވެސް އީރާން ފޮހެލާނަން: ޓްރަމްޕް

21 ޖެނުއަރީ 2026
ދުނިޔެ މި މިސްރާބު ޖަހާފައި ވަނީ ހަމައެކަނި ބާރުގަދަ މީހާގެ ބަސް ހިނގާ، އިސްތިއުމާރީ ފިކުރުތައް އަލުން އާލާވަމުންދާ ޒަމާނަކަށް: ފްރާންސްގެ ރައީސް

ދުނިޔެ މި މިސްރާބު ޖަހާފައި ވަނީ ހަމައެކަނި ބާރުގަދަ މީހާގެ ބަސް ހިނގާ، އިސްތިއުމާރީ ފިކުރުތައް އަލުން އާލާވަމުންދާ ޒަމާނަކަށް: ފްރާންސްގެ ރައީސް

20 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

10 ފެބުރުއަރީ
އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް
20242 އަހަރު ކުރިން
ރާއްޖެ

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
20233 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
20197 އަހަރު ކުރިން
ރިޕޯޓު

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
20188 އަހަރު ކުރިން
ރިޕޯޓު

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު