Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ވޯލްޑް އިކޮނޮމިކް ފޯރަމް

ގްރީންލޭންޑް ހޯދުމަކީ ގަނޑުފެންގަނޑެއް ހޯދުން ފަދަ ކަމެއްގެ ގޮތުގައި ސިފަ ކުރައްވަމުން އެތަން ހޯދަން ބާރުގެ ބޭނުން ނުކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

ޑެންމާކުގެ ބާރުގެ ދަށުގައިވާ ގްރީންލޭންޑްގެ ރައްކާތެރިކަން ކަށަވަރުކުރެވޭނީ ހަމައެކަނި އެމެރިކާ އަށް ކަމަށް ޓްރަމްޕް ދައްކަވާ ވާހަކަފުޅު ތަކުރާރު ކުރައްވަމުން، އެ ސަރަހައްދު މިލްކުކުރުމާ ބެހޭގޮތުން ވަގުތުން މަޝްވަރާތައް ފެށުމަށް އެދިވަޑައިގެންނެވި.

ރާއްޖެ އެމްވީ | 21 ޖެނުއަރީ 2026 | ބުދަ 18:58
2026 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 21 ވަނަ ދުވަހު ޑާވޯސްގައި ބޭއްވި ވޯލްޑް އިކޮނޮމިކް ފޯރަމް ގެ އަހަރީ ބައްދަލުވުމުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވާހަކަފުޅު ދައްކަވަނީ،

2026 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 21 ވަނަ ދުވަހު ޑާވޯސްގައި ބޭއްވި ވޯލްޑް އިކޮނޮމިކް ފޯރަމް ގެ އަހަރީ ބައްދަލުވުމުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވާހަކަފުޅު ދައްކަވަނީ، | ގެޓީ އިމޭޖަސް

ގްރީންލޭންޑްގެ މިލްކުވެރިކަން ހޯދުމަށް އަސްކަރީ ބާރުގެ ބޭނުން ނުކުރައްވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުދަ ދުވަހު ވިދާޅުވެއްޖެ އެވެ.

 ނަމަވެސް، ޑެންމާކުގެ ބާރުގެ ދަށުގައި އޮތް އެ ސަރަހައްދުގެ ރައްކާތެރިކަން ކަށަވަރުކުރެވޭނީ ހަމައެކަނި އެމެރިކާ އަށް ކަމަށް ދައްކަވަމުން ގެންދަވާ ވާހަކަ އަނެއްކާ ވެސް ތަކުރާރު ކުރައްވާ ވިދާޅުވިއެވެ.

ޑާވޯސް ގައި ބޭއްވި ވޯލްޑް އިކޮނޮމިކް ފޯރަމްގައި ވާހަކަ ދައްކަވަމުން، ބާރުގެ ބޭނުންކޮށްފާނެ ކަމަށް ދެކެވޭ ވާހަކަތައް ޓްރަމްޕް ދޮގުކުރެއްވި އެވެ.

"ބައެއް މީހުންނަށް ހީވީ އަޅުގަނޑު ބާރުގެ ބޭނުންކޮށްފާނެ ކަމަށް، އެކަމަކު އެއީ އަޅުގަނޑު ކުރަންޖެހޭ ކަމެއް ނޫން،" އޭނާ ވިދާޅުވިއެވެ. "އަޅުގަނޑު ބާރުގެ ބޭނުންކުރާކަށް ބޭނުމެއް ނޫން، އަދި ބޭނުމެއް ވެސް ނުކުރާނަން."

ޓްރަމްޕް މިހެން ވިދާޅުވީ އިޤްތިޞާދީ ދާއިރާއާ ގުޅޭގޮތުން ދެއްވި ތަޤުރީރެއްގެ ތެރެއިންނެވެ. ނަމަވެސް، ގްރީންލޭންޑް ބައްލަވައިގަތުމަށް ޓްރަމްޕް ކުރައްވާ މަސައްކަތުގެ ސަބަބުން ޔޫރަޕާއި އެމެރިކާ އާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަމުގެ ހިޔަނި މި ތަޤުރީރަށް އެޅިގެންދިޔައެވެ.

މި މައްސަލަ އަކީ "ކުޑަ ކަމެއް" ނުވަތަ "ގަނޑުފެންގަނޑެއް" ހޯދުން ފަދަ ކަމެއްގެ ގޮތުގައި ޓްރަމްޕް ސިފަކުރެއްވި އެވެ. އަދި އެ ސަރަހައްދު އެމެރިކާގެ ބާރުގެ ދަށަށް ދިއުމަކީ، ޑެންމާކާއި އެމެރިކާ ވެސް ހިމެނޭ ނޭޓޯގެ އިއްތިޙާދަށް އޮތް ނުރައްކަލެއް ނޫން ކަމަށް އޭނާ ވަކާލާތު ކުރެއްވިއެވެ.

"އެމެރިކާ ފިޔަވައި އެހެން އެއްވެސް ޤައުމަކަށް ނުވަތަ ޖަމާއަތަކަށް ގްރީންލޭންޑްގެ ރައްކާތެރިކަން ކަށަވަރުކޮށްދެވޭނެ ޤާބިލުކަމެއް ނެތް،" ޓްރަމްޕް ވިދާޅުވިއެވެ. މީގެ އިތުރުން، އެ ސަރަހައްދު މިލްކުކުރުމާ ބެހޭގޮތުން "ވަގުތުން މަޝްވަރާތައް" ފެށުމަށް އެދިވަޑައިގަންނަވާ ކަމަށްވެސް ވިދާޅުވި އެވެ.

ދުނިޔޭގެ ސިޔާސީ އަދި ވިޔަފާރީގެ ލީޑަރުން އިޤްތިޞާދީ އަދި ޖިއޯޕޮލިޓިކަލް ގޮންޖެހުންތަކާ ބެހޭގޮތުން ބަހުސްކުރަން އެއްވި ޑާވޯސް ކޮންފަރެންސް ގައި، ޓްރަމްޕްގެ މި ވާހަކަތަކަށް ބޮޑު ސަމާލުކަމެއް ލިބުނެވެ.

ނޭޓޯގެ އޮފިޝަލުން އިންޒާރު ދެއްވާފައި ވަނީ ޓްރަމްޕްގެ މި ސިޔާސަތުގެ ސަބަބުން އިއްތިޙާދުގެ ގުޅުމަށް ބުރޫއަރާފާނެ ކަމަށެވެ. ނަމަވެސް ޑެންމާކާއި ގްރީންލޭންޑްގެ ލީޑަރުން ވަނީ، ގާތްގަނޑަކަށް 57,000 މީހުންގެ އާބާދީއެއް އޮތް، އިސްތިރާތީޖީ ގޮތުން މުހިންމު އެ ސަރަހައްދުގައި އެމެރިކާ އަށް އޮންނަ ފުރުޞަތުތައް ފުޅާކޮށް، އެކުގައި މަސައްކަތް ކުރުމަށް ހުށަހަޅާފައެވެ.

"ދުނިޔޭގެ ރައްކާތެރިކަމަށްޓަކައި އަޅުގަނޑުމެން ބޭނުން ވަނީ ގަނޑުފެންގަނޑެއް، އެކަމަކު އެމީހުން އެ ދޭކަށެއް ބޭނުމެއް ނޫން،" މީހުން ފުރިފައި އޮތް ކޮންގްރެސް ހޯލެއްގައި ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވިއެވެ.

ރައީސް ޑޮނަލްޑް ޓްރަމްޕްގްރީންލޭންޑްޑެންމާކްވޯލްޑް އިކޮނޮމިކް ފޯރަމްޑާވޯސްނޭޓޯ

ކޮމެންޓް

އިތުރަށް ކިޔާލަން

މާބަނޑު ދުވަސްވަރު ޕެރަސެޓަމޯލް ބޭނުން ކުރުމަކީ ރައްކާތެރި ކަމެއް ކަމަށާއި، އެއާ އެކު އޯޓިޒަމް އާ ގުޅުވާ ޓްރަމްޕް ކުރެއްވި ތުހުމަތުތައް އައު ދިރާސާއަކުން ދޮގުކޮށްފި

މާބަނޑު ދުވަސްވަރު ޕެރަސެޓަމޯލް ބޭނުން ކުރުމަކީ ރައްކާތެރި ކަމެއް ކަމަށާއި، އެއާ އެކު އޯޓިޒަމް އާ ގުޅުވާ ޓްރަމްޕް ކުރެއްވި ތުހުމަތުތައް އައު ދިރާސާއަކުން ދޮގުކޮށްފި

21 ޖެނުއަރީ 2026
ޣައްޒާ ގެ "ބޯޑް އޮފް ޕީސް" ގައި ބައިވެރިވުމަށް ސައުދީ އަރަބިއްޔާ، ތުރުކީ، މިސްރު، އުރުދުން، އިންޑޮނޭޝިއާ، ޕާކިސްތާން، ގަތަރު އަދި ޔޫއޭއީ އިން އެއްބަސްވެއްޖެ

ޣައްޒާ ގެ "ބޯޑް އޮފް ޕީސް" ގައި ބައިވެރިވުމަށް ސައުދީ އަރަބިއްޔާ، ތުރުކީ، މިސްރު، އުރުދުން، އިންޑޮނޭޝިއާ، ޕާކިސްތާން، ގަތަރު އަދި ޔޫއޭއީ އިން އެއްބަސްވެއްޖެ

21 ޖެނުއަރީ 2026
ޓްރަމްޕް ދަތުރު ކުރައްވަމުން ގެންދެވި އެއާ ފޯސް ވަން، އިލެކްޓްރިކަލް މައްސަލަ އެއް ޖެހި އަނބުރާލަން ޖެހިއްޖެ

ޓްރަމްޕް ދަތުރު ކުރައްވަމުން ގެންދެވި އެއާ ފޯސް ވަން، އިލެކްޓްރިކަލް މައްސަލަ އެއް ޖެހި އަނބުރާލަން ޖެހިއްޖެ

21 ޖެނުއަރީ 2026
މެކްރޮން އައިނު އަޅުއްވައިގެން އުޅުއްވަނީ، އިންފެކްޝަނެއްގެ ސަބަބުން ލޮލަށް ލޭ އަރާފައި ހުރުމުން

މެކްރޮން އައިނު އަޅުއްވައިގެން އުޅުއްވަނީ، އިންފެކްޝަނެއްގެ ސަބަބުން ލޮލަށް ލޭ އަރާފައި ހުރުމުން

21 ޖެނުއަރީ 2026
ތެލުގެ ވިޔަފާރިން ވެނެޒުއެލާ އަށް 300 މިލިއަން ޑޮލަރު ލިބިއްޖެ

ތެލުގެ ވިޔަފާރިން ވެނެޒުއެލާ އަށް 300 މިލިއަން ޑޮލަރު ލިބިއްޖެ

21 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

5 މެއި
މުނާ އިސްތިއުފާ ދެއްވައިފި - ވިދާޅުވީ ރައީސްގެ ބަހާއި އަމަލާ ދިމާނުވެ ރައްޔިތުންނަށް އޮޅުވާލާކަމަށް
20251 އަހަރު ކުރިން
ރާއްޖެ

މުނާ އިސްތިއުފާ ދެއްވައިފި - ވިދާޅުވީ ރައީސްގެ ބަހާއި އަމަލާ ދިމާނުވެ ރައްޔިތުންނަށް އޮޅުވާލާކަމަށް

މަޖިލީހުގެ 33 އިންސައްތަ އަންހެނުންނަށް ޚާއްސަ ކުރާ އިސްލާހުގެ މަސައްކަތް އަވަސްކޮށްދޭން ރޮޒެއިނާ އެދިވަޑައިގެންފި
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ 33 އިންސައްތަ އަންހެނުންނަށް ޚާއްސަ ކުރާ އިސްލާހުގެ މަސައްކަތް އަވަސްކޮށްދޭން ރޮޒެއިނާ އެދިވަޑައިގެންފި

30 މީހުންނާއެކު ދަތުރުކުރި ލޯންޗަކަށް ރާޅެއް އަރައިފި، މިހާރު ލޯންޗް ލޮކޭޓް ނުކުރެވޭ
20233 އަހަރު ކުރިން
ރާއްޖެ

30 މީހުންނާއެކު ދަތުރުކުރި ލޯންޗަކަށް ރާޅެއް އަރައިފި، މިހާރު ލޯންޗް ލޮކޭޓް ނުކުރެވޭ

ޖަލު ބަލަހައްޓާ ގިނަ އަދަދެއްގެ އޮފިސަރުން ހޯދަން އިއުލާންކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ޖަލު ބަލަހައްޓާ ގިނަ އަދަދެއްގެ އޮފިސަރުން ހޯދަން އިއުލާންކޮށްފި

"ބަނޑުގައި އޮތް ދަރިފުޅާއެކު އަނބިމީހާ ދުނިޔެ ދޫކުރީ ލޯ ކުރިމަތީގައި"
20215 އަހަރު ކުރިން
ރިޕޯޓު

"ބަނޑުގައި އޮތް ދަރިފުޅާއެކު އަނބިމީހާ ދުނިޔެ ދޫކުރީ ލޯ ކުރިމަތީގައި"

ލޯ ކައިރި ކަޅުވަނީ ކީއްވެ؟ ހައްލެއް ބޭނުން!
20197 އަހަރު ކުރިން
ސިއްހަތު

ލޯ ކައިރި ކަޅުވަނީ ކީއްވެ؟ ހައްލެއް ބޭނުން!

މެލޭޝިއާއިން ގެއެއް ގަތުމަށް ލުތުފީ މަސައްކަތްކުރެއްވި!
20188 އަހަރު ކުރިން
ރާއްޖެ

މެލޭޝިއާއިން ގެއެއް ގަތުމަށް ލުތުފީ މަސައްކަތްކުރެއްވި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު